Saturday 31 October 2009

ރައީސްއޮފީހުން ލެޕްޓޮޕް "ވަގަށްނެގުން" ކޮންކަހަލަ ޑީލެއްބާ؟

ރައީސްއޮފީހުން ލެޕްޓޮޕް "ވަގަށްނެގުން" ކޮންކަހަލަ ޑީލެއްބާ؟
ދޮންހަސަނު
ދާދިފަހުން ދިވެހިރާއްޖޭގެ އެންމެ ސެކިއުރިޓީގަދަ އޮފީސްކަމުގައިވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މުހިއްމު މަޢުލޫމާތު ތަކެއް ހުރި ހަތަރު ލެޕްޓޮޕް "ވަގަށްނެގި" ވާހަކަ ރައީސްއޮފީހުން މީޑިޔާއަށް ހާމަކޮށް ދިވެހިރައްޔިތުންނަކީ ބޮލެއްނެތް މީދާކޭ އުނބު ހުންނަ ބައެއްކަމުގައި ހަދައިފިއެވެ.
ސިޔާސީ މުޙައްލިލުން ތުހުމަތު ކުރާ ގޮތުގައި މިފަދަތަކެއް މިފަދަ އަޖައިބުކުރުވަނިވި ގޮތަކަށް މި ގެއްލުނީ އެމްޑީޕީ ސަރުކާރާއި ޑީއާރުޕީ އާދެެމެދު ހަދާފައިވާ 30 އަހަރުގެ މައުމޫނު ކުޅިގަނޑުގެ "ހެކި ނައްތާލުމުގެ" އެއްބަސްވުމުގެ ދަށުންނެވެ.

އެމްޑީޕީގެ މެޖޯރިޓީ ރައްޔިތުންގެ މަޖިލީހުގައި ނެތުމާއެކު ސަރުކާރުން ބިލެތްގަނޑެއް ފާސްކުރަން ބޭނުންވާ ކޮންމެ ފަހަރަކު ޑީއާރުޕީ ފައި ބުޑަށް އާދޭސްކޮށް ސަލާންޖަހަން ދިއުމުން، ކޮންމެފަހަރަކުވެސް ޑީއާރުޕީ ބޭނުންވާ ކޮންމެވެސް ޑީލެއް ހަދައެވެ. މިގޮތުން މިފަހަރުގެ ޑީލަކީ އެއަރމޯލްޑިވްސް، އެފްޕީއައިޑީ އަދި އެފަދަ "ކައްވާލައިފާ" ނުވަތަ "ދިރުވާލާފައިވާ" ކުންފުނިތަކުގެ މައްސަލަތައް ތަޙްޤީޤުކުރުން ހުއްޓާލުމެވެ. އެކަމަށް އޮތް ހަމައެކަނި މަގަކީ ހެކި ނައްތާލުންކަމުގައިވާތީ ހެކިނައްތާލުމަށްޓަކައި ފޫގަޅަނީއެވެ.
ރައީސްއޮފީހުގެ ހަފަރާތުގައި ސީސީ ޓީވީ ކެމެރާ ހުރެފައި، ސީސީ ޓީވީ މަންޒަރުތައް ރެކޯރޑްކުރެވެމުންދެއެވެ. މުވައްޒަރުން އެތެރެއަށް ވަދެވެނީ ފާސްކޮށްފައެވެ. މިފަދަ ތަނަކުން ވަގަށް ލެޕްޓޮޕް ގެންދެވޭނެކަމަށް ރައީސް ނަޝީދާއި އޭނާގެ މައުތުޕީސް ޒުހައިރުއެކަނި ޤަބޫލުކޮށްފާނެއެވެ. އަދި ކުރިޔަށް އޮތް ތާނގައި ސަރުކާރުގެ އެކި އެކި އޮފީސްތަކުން ބައިވަރު ލިޔެކިޔުންތަކާއި ލެޕްޓޮޕްތައް "ވަގަށް ނަގާނެއެވެ." ރިޔާސީ ކޮމިޝަނަކީ ދަޅައެކެވެ. ދިވެހިރައްޔިތުން ލޮލުގައި އަނދުން އެޅުވީ ދޮތައެވެ.
ވޭތުވެދިޔަ ތަނުގައި އަނިޔާވެރި ސަރުކާރުން ކުރި އަނިޔާއާއި ދިވެހިރައްޔިތުންނަށް ވެފައިވާ ޚިޔާނާތާއި ފަސާދަ ކެނެރީ ފޮރުވަމުން އެދަނީ ހިތްތިރިކޮށް، ކިބުރުވެރިކަން ކުޑަކޮށް، ބަދަލު ނުހުފިމުގެ ނަމުގައެވެ.
ޢަދުލް އިންސާފު ޤާއިމްކުރުމަކީ ބަދަލު ހިފުމެއް ނޫނެވެ. ރައްޔިތުންގެ ޙައްޤެއް ގެއްލިފައިވާނަމަ އެ ޙައްޤެއްހޯދައި ދިނުމަކީ ބަދަލު ހިފުންތޯއެވެ. އަނިޔާވެރިންނާއި، ޚިޔާނާތްތެރިންނަށް އަދަބު ދިނުމަކީ ބަދަލުހިފުންތޯއެވެ؟
ދިވެހިރާއްޖޭގައި އިސްލާމީ ޝަރީޢާ ޤާއިމްކުރަން އަހަރެމެން ފޫގަޅައިގެން މިއުޅެނީ މިފަދަ ކަންތައްތަކުން ދިވެހިރައްޔިތުންގެ ހިތްތަކަށް ލިބިފައިވާ ނުތަނަވަސްކަން އެއްކިބާކޮށް، އުފާވެރިކާމާއި ޢަދުލްއިންސާފުގެ މަތީގައި ޤާއިމްކުރެވިފައިވާ، ﷲ ގެ ޤާނޫނު މި ދިވެހި ފަސްގަނޑުގައި ހިންގުމަށް ޓަކައެވެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މަޤްޞަދު ޙާޞިލްވާނެއެވެ. މަކަރުން ފުރިފައިވާ މަކަރުވެރި ވެރިކަމުގެ ނިޒާމެއް ދިވެހިރައްޔިތުން ބޭނުމެއް ނޫނެވެ. އިސްލާމީ ޝަރީޢަތަކީ މިފަދަ ހުރިހާ އުނި ކަންތައްތަކަކުން އެއްކިބާވެފައިވާ އެންމެ ފުރިހަަމަ ޝަރީޢަތެވެ. އިސްލާމީ ޝަރީޢަތްދެކެ ތިޔަ ބިރުގަންނަނީ އެހެންވެގެންނެވެ. އެކަމަކު ދިވެހިރާއްޖޭގައި އިސްލާމީ ޝަރީޢަތް ޤާއިމްކުރުމަށްޓަކައި މިހާރު މިފެށި މަސައްކަތް ﷲ ގެ ވާގިފުޅާއެކު ދުވަހަކުވެސް ހުއްޓައެއް ނުލާނަމެވެ. ރައްޔިތުން ހޭލުންތެރިވޭ!

Read more...

Friday 30 October 2009

އަންހެނުންގެ މިސްކިތްތަކަށް ޚަރަދުކުރަނީ އަފްރާސީނުތަ؟

އަންހެނުންގެ މިސްކިތްތަކަށް ޚަރަދުކުރަނީ އަފްރާސީނުތަ؟
ހޭކުނި
އަންހެނުންގެ މިސްކިތްތަކަށް ޚަރަދުކުރުން ހުއްޓާލުމަކީ ދީނީގޮތުން ކުރެވޭނެ ކަމެއް ނޫންކަމަށް ބުނެ މިއުޅޭ އަފުރާސީނު އަނެއްކާވެސް ފަތުވާ ނެރެފިއެވެ. މިއަފުރާސީނު މިގޮތަށް ފޭކު ފަތުވާ ނެރޭތާ މިހާރުގެން މިކަލޭގެ އެ ކިޔެވި އެއްޗެއް ކިޔަވާފާ ރާއްޖެއަށް އައިއްސުރެންނެވެ. ދުވަހަކުވެސް ރަނގަޅު ފަތުވާއެއް އަދި ނެރެވިފައެއް ނުވެއެވެ. މިއީ ދެން ދީނީ ޢިލްމުވެރިޔެކޭ ކިޔައިގެން އުޅޭ މުރަނގަ ގަސްދޮށު މާލިމީއެކެވެ.

މައްޔިތުންނަށް ދަންނަވާށޭ ކިޔާ ޝިރުކު ކުރުމަށް ގޮވާފާނެއެވެ. ދެން ފަހަރެއްގައި ބުނެފާނެއެވެ. ދީނުގައި އޮންނަނީ "ހިތްއެދޭތީ މައެދެމޭ ސަމާސާކުރަން" މިލަވަ ކިޔާށޭ! ދެން ބުނެފާނޭ ރައްޔިތުންގެ މަޖިލީހޭ އެކިޔާ ތަނުގައި ދީނުގައި ޒަކާތްދިނުމަކީ 150 ވަނަ ރުކުނޭ! ސާބަހޭ އެދުރުބޭ ކަލޭއަށް، ތިހުރީ ދީން ކިޔެވިފަ ކަލޭއަށް، އެކަމަކު އިސްލާމްދީނެއް ނޫން

ކޮންމެއަކަށް މިފަހަރު މިކަލޭގެ މި ނެރުނު ޑީއާރުޕިއިސްޑް ފަތުވާއަށް ބަލާލާއިރު އަންހެނުންނާއި ފިރިހެނުން އެއްވެސް ތަފާތުކުރުމެއް ނެތި ނަމާދު ކުރެވޭނެ ގޮތް ހަމަޖައްސައިދޭން ސަރުކާރުން ޖެހޭނެކަމަށް ބުނެފައިވެއެވެ.
އަފްރާސީނުގެ މި "ބިރިކިސިންޑާ" ވިސްނުމަށް ޖަމިއްޔަތުއްސަލަފުގެ ރައީސް ޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމް ރޭޑިޔޯ ޕްރޮގްރާމެއްގައި އަލިއަޅުއްވާލަވަމުން ވިދާޅުވީ "އަންހެނުންގެ މިސްކިތްތައް ހުރުމަކީ ރާއްޖޭގައި ކުރީގެ ސަރުކާރުން ކޮށްފައިވާ "ޢަޖާއިބު" ކަމެއް ކަމަށާއި މިއީ އިސްލާމީ އެއްވެސް ޤައުމެއްގައި އަންހެނުންނަށް ޚާއްޞަކޮށް ހުންނަ މިސްކިތްތައް ރާއްޖޭގައިނޫނީ ނުހުންނަ ކަމަށެވެ."
ބަލަގަ އަންހެނުންނަށް ވަކިން ޚާއްޞަކޮށް މިސްކިތް ހުންނާކަށް ނުޖެހެއެވެ. އަންހެނުންނަށް ފިރިހެނުން ނަމާދުކުރާ މިސްކިތްތަކުގެ ކޮންމެވެސް ޖަގަހައެއް ދިނީމަ ނިމުނީއެވެ.
އިސްލާމީ އަސަރުތައް އެންމެ ގަދަ ސަޢޫދީ ޢަރަބިއްޔާގައި އަންހެނުންނަށް ވަކިން ޚާއްޞަކޮށް އެންމެ މިސްކިތެއްވެސް ނުހުރެއެވެ. އެހެންނަމަވެސް މާތްވެގެންވާ މަސްޖިދުލް ޙަރާމާއި މަސްޖިއްދުނަބަވީ އަދި އެހެނިހެން ބައެއް މަދަނީ މިސްކިތްތަކުގައި އަންހެނުން ނަމާދުކުރުމަށްޓަކައި ވަކިކޮށް ޖަގަހަ ޚާއްޞަކޮށްފައި ހުރެއެވެ.
އިސްލާމްދީނުގައި އޮންނަނީ ކޮންމެ ރަށެއްގައި 150 އަންހެން މިސްކިތް ބިނާކޮށް އެތަނަށް މުދިމު އަންހެން ކަނބަލުން ލާކަށް ނޫނެވެ. ޚަރަދު ކުޑަކުރުމަކީ އިސްލާމްދީނުގައި އޮންނަ ކަމެކެވެ.
ވެރިކަމުން ބީވެ، ފަޟީޙަތްވެ، ޑިގު ވެއްޓި، ބޮލަށް ގަލެއް ހެޔޮވަރު ކޮށްލީމާވެސް އަދިވެސް ސައިޒު ނޭނގިގެން އުޅެންޏާ ދެން އެއަށްވުރެ ބޮޑު ގަލަކުން ބޮލުގެ ފުއްކިބާގައި ފިރުމާލަން ޖެހިދާނެއެވެ.
އަހަރެންނަށް ވެރިކަން ލިބިއްޖެނަމަ ރާއްޖެތެރޭގެ ކޮންމެ ރަށެއްގެ މެދުގައި ހަދާނީ ބޮޑު އެއް މިސްކިތެވެ. އަދި އަންހެނުން ނަމާދުކުރުމަށްޓަކައި ކޮންމެ މިސްކިތެއްގައި ޖަގަހަ ހަދާނީއެވެ. އަދި ކޮންމެ މިސްކިތަކަށް ރާއްޖޭން ބޭރުގެ މަދަރުސާއަކުން ދީނީ ތަޢުލީމު ޙާޞިލްކޮށްފަ ހުރި ނުވަތަ ރީތިކޮށް ޤުރުއާން ކިޔަވަން އިނގޭ މުދިމަކު ލާނަމެވެ.
ރާއްޖެތެރޭގައި ހުރި އަންހެނުންނަށް ނަމާދުކުރުމަށް ޚާއްޞަކޮފައި ހުރި ތަންތަން ތަޅާލުމަށާއި އެހެންނޫނީ އެތަންތަން ޤުރުއާން ހިތުދަސްކޮށްދޭ މަދަރުސާތަކުގެ ގޮތުގައި ބޭނުންކުރުމަށް އިސްލާމިކް މިނިސްޓްރީއަށް ގޮވާލަމެވެ.
ނަމާދޭ މިސްކިތޭ އަންހެނުންނޭ ކިޔައިގެން އަނގަ އަރުވަން އާޒިމާ ޝަކޫރުމެން ލަދު ގަންނަން ވާނެއެވެ. އައުރަ ނިވާ ނުކޮށް ހުރެ، ދިވެހި ރައްޔިތުންގެ ފައިސާއިން ލޯނު ނަގައި، ނުވިތާކަށް ލޯނު އަދިވެސް އަނބުރާ ނުދައްކައި އާސްތާނާ "އުޑާޖެހޭވަރަށް" އުސްކުރިއަށް އަދި ތިމާއީ ދިވެހި އަންހެނުންނަށް ހެޔޮ އެދޭ މީހަކަށް ނުވާނެއެވެ.
ދުލުގަ ހިފާފައި ދެމީމާ މަޑަކުން ނުހުރެވޭނެއެވެ. މިހާރު މަޑުން ހުރެވިއްޖެއެވެ. ފެތުނު އޮޑީގެ ރިޔާދަށުވެގެން ސަލާމަތް ނުވެވިގެން ނޭވާ ނުލެވިގެން އުޅޭހެން އެބަ ހީވެއެވެ. ވައި ފުޅި އަޅަންވީނޫން ހެއްޔެވެ؟
އަފުރާސީނެވެ! ކަލޭވެސް ތައުބާ ވާށެވެ. ތިޔަކަހަލަ ފަތުވާ ނެރުމުގެ ބަދަލުގައި އިސްލާމްދީނުގެ ރުކުންތަކުގެ ތަރުތީބު ދަސްކުރާށެވެ. ގަލަކުން ބޮލުގައި "ފިރުމާލަންޖެހުމުގެ" ކުރީންނެވެ.

Read more...

Tuesday 27 October 2009

A big bold “THANK YOU”, for our Islamic Ministry

An Islamic banking system is something which we all are ravenous for. Speaking frankly, I’ll never want to invest my income in a manner prohibited in Islam.

Tomorrow I am going to terminate my account in Bank of Maldives. That bank is a secular one, I guess its anti Islamic too.

I am going to ask my friends who are working there in the Bank of Maldives, to leave their job. As serving in such an anti Islamic institution is “Haram” which consequently would make their remunerations also Haram. Oh god!! “Save my buddies and their children from eating forbidden food”

I advice the management of the Bank of Maldives to dissolve their anti Islamic business and sack all of their Maldivian employees. We don’t want to get involve or crusade your anti Islamic business.

The concept of simple and compound interests involves “ribaa”. And as we all know “ribaa” is “haram” in Islam.

The message to Bank of Maldives in short is that there is no need of Islamizing your business; just go on with your “haram” business and provide the damn “haram” service to everyone of this so called 100% muslim country. In the meantime our Islamic bank in association with our “levelheaded” Islamic Ministry will provide us Islamic banking.

Our “virtuous” Islamic Ministry and their cogent policies will never abscond and leave us alone. If not with the “will” they will “Islamize” our country even by compulsion.

It’s my pleasure to acknowledge my fault by investing my money in a “haram” comportment. I would like to see Bank of Maldives doing the same, and terminating their “haram” business immediately.



Read more...

Sunday 25 October 2009

އެއްޖިންސުން ގުޅުން ހިންގުން ހުއްދަ ކުރުމަށް ގޮވާލައި މިނިވަން ނިޔުސްގައި ޝާއިޢުކުރި ލިޔުން ތަހުޤީޤު ނުކޮށްފިނަމަ ސީދާ ހަރަކާތަށް ނުކުންނާނެކަމުގެ އިންޒާރު އިސްލާމިކް ފައުންޑޭޝަނުން ދީފި
މަނަދޫލައިވް
އެއްޖިންސުން ގުޅުން ހިންގުމަކީ އިންސާނީ އަސާސީ ހައްޤެއްކަމަށާއި އެއްޖިންސުން ގުޅުން ހިންގުން ދިވެހިރާއްޖޭގައި ހުއްދަ ކުރުމަށް ގޮވާލައި މިނިވަން ނިޔުސްގައި 26 ސެޕްޓެމްބަރުގައި ޝާއިޢުކުރި ލިޔުން ތަހުޤީޤު ނުކޮށްފިނަމަ ސީދާ ހަރަކާތަށް ނުކުންނާނެކަމުގެ އިންޒާރު އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް އިން ދީފިއެވެ.

ބުދަ ދުވަހު ދިޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި، ފައުންޑޭޝަންގެ ރައީސް އިބްރާހީމް ފައުޒީ ވިދާޅުވީ މިނިވަން ނިޔުސްގައި އެލިޔުން ޝާއިޢުކުރި މަޤްސަދު ދެނެގަތުމަށް ކޮމިޓީއެއް އެކުލަވާލައި ބަލަމުން އަންނަކަމަށެވެ. އަދި މިކޮމިޓީން، މިނިވަން ނިޔުސްގެ އެޑިޓަރު މަރިޔަމް އޮމިދީ ރާއްޖެއައިސްގެން އުޅޭ މަޤްސަދުބަލަމުން ދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފައުޒީ އިތުރަށް ވިދާޅުވިގޮތުގައި އެލިޔުމަކީ މިނިވަން ނިޔުސްގެ ވިސްނޫންކަމަށް އެނޫހުން ހާމަކުރިނަމަވެސް، ނޫހުގެ އެޑިޓަރު އިނގިރޭސިވިލާތުގެ ރައްޔިތެއްކަމުގައިވާ މަރިޔަމް އޮމެދީ ޒިންމާ ނަގަންޖެހޭނެއެވެ.

މިނިވަން ނިޔުސްގައި ޝާއިޢުކުރި ލިޔުމުގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި އެއްޖިންސުން ގުޅުން ހިންގާ ގިނަ ބަޔަކު ތިބިކަމަށާއި އެމީހުންގެ ހައްޤުތައް ހޯދައިދޭން ސަރުކާރުން ވިސްނަންވެއްޖެ ކަމަށެވެ. އަދި މިގުޅުން މަނާކުރަނީ އިސްލާމްދީން ކަމަށާއި، ނަމަވެސް ބައެއް އިސްލާމީ ޤައުމުތަކުގައި މިކަން ހުއްދަކޮށްފައިވާކަމަށެވެ.

Read more...

Saturday 24 October 2009

މިނިވަން ނިއުސް- ޝައިޠާނީ ވެބްސައިޓް
މަރިޔަމް އުއްމައިދީ އެކޯ
މިނިވަންނިއުސް ވެބްސައިޓަކީ އިސްލާމްދީނާއި ދެކޮޅަށް ހަގުރާމަކުރުމަށް ދިވެހިންގެ ފިނޑިބަޔަކުހިންގާ ޖަރީމާއެކެވެ. ފިނޑިކަމުގެ ހެއްކަކީ އަމިއްލައަށް އެޑިޓަރ ކަންކުރަންވެސް ނުކެރިގެން އުފަންޤައުމުން ފަހާލީމައި ހުޅަގުގެ ޤައުމަކުން ރައްވެހިކަން ހޯދައިގެންއުޅޭ ރަނޑު އަންހެނަކު އެޑިޓަރަކަށް ލައިގެން ހިންގާކަމެވެ. މިބައިމީހުންގެ ތެރެއިން ދެންފެންނަ އެއްމޫނަކީ ފިރިމީހާކައިރިން ވަރިވެގެން މީހަކާނުއިދެ އުޅޭ އަންހެނެކެވެ. މިބައިމީހުން އެންމެ ބާރަށް ހަޅޭލަވަނީ އިސްލާމްދީނުގެ ހުކުމްތަކާދެކޮޅަށެވެ. ޚާއްސަކޮށް އެއްޖިންސުން ގުޅުންހިންގުމަކީ މިއިސްލާމީ މިޤައުމުގައި ހުއްދަކުރުވަން މިބައިމީހުން އެންމެ ބޭނުންވާ ކަންތަކެވެ. ދީން ހުއްދަނުކުރިނަމަވެސް، ޤާނޫނީ އިމުގެތެރެއިން މިކަންކުރަން މިބައިމީހުން ބޭނުންވަނީ ކަންނެގެއެވެ.

ޒިނޭކުރާ މީހުންގައިގައި ހައްދުޖަހާތީވެސް ދާދިފަހުން ހަމަ މިވެބްސައިޓްގައި ވަނީ އިސްލާމްދީނުގެ ހުކުމްތަކަށް ފުރައްސާރަކޮށް ލިޔެފައެވެ. ޒިނޭ ނުކުރީމަ ހައްދުނުޖަހާނެކަންވެސް މިބައިގަޑަށް ނޭގުނުވެ. ޒިނޭކުރަންބޭނުންނުވާ މީހަކު ޒިނޭކުރާމީހާ ހައްދުޖަހާފާނެތީ ބިރުގަންނާކަށް ނުޖެހެއެވެ. އިގިރެސިވިލާތުގެ ޤާނުނުހަދާ މަޖިލިހުގައި އެންނެފުރަތަމަ، އެއްޖިންސުން ކާވެނިކުރުން ހުއްދަކުރަން ގޮވާލީ އެއްޖިންސުން ގުޅުން ހިންގާމީހެކެވެ.

މިނިވަން ވެބްސައިޓަކީ މިހާރު މިޤައުމުގައި ވެރިކަންކުރާ އެމްޑީޕީގެ ފަރާތުން ހިންގާސައިޓެއްކަން ވަރަށްހިތަމަޔާއެކު ފާހަގަކުރަމެވެ. އިސްލާމްދީނަށާއި ދިވެހިރައްޔިތުންނަށް އިޚުލާސްތެރި ވުމަށް މާތްﷲ ގަންދީ ހުވައިކޮށްގެންތިބި، ވެރިންފަހެކޮބައިތޯއެވެ. ކޮމިއުނިކޭޝަން މިނިސްޓަރަށް މިކަން އެނގިވަޑައި ނުގަންނަވަނީތޯއެވެ. ނުވަތަ އެނގިވަޑައިގެންނުވުމާއެކުވެސް މިފަދަފާހިޝް ކަންތަކަށް ގޮވައިލަން މިބައިގަނޑު ދޫކޮށްލައްވަނީތޯއެވެ. މިއަދު ތިހެންދޫކޮސްލެއްވިދާނެއެވެ. ނަމަވެސް މާތްﷲގެ ޙަޟްރަތުގައި ޖަވާބުދާރީވާންޖެހޭދުވަހުން ދަންނަވާނީ ކީކޭތޯއެވެ. މިނިވަންވެބްސައިޓް ހިންގާކުންފުނީގެ ހިއްސާދާރުން ނެތީތޯއެވެ. ރައީސް ނަޝީދަށް މިކަންތައް އެނގިވަޑައި ނުގަންނަވަނީތޯއެވެ. އެމްޑިޕީގެ އެކްޓިވިސްޓުންނޭވެ. ދިވެހިރައްޔިތުން ތިޔަބައިމީހުންގެ ޕާޓީ އަށްނަފުރަތު ކުރުވާ އެންމެބޮޑު ހަތުރުކަމަށްވާ މިނިވަން ވެބްސައިޓާއި ކެކޮޅަށް ނިކުންނަން އަދިވެސް ނުވަނީތޯއެވެ.

މަރިޔަމް އޮމިދީ އަކީ އިގިރޭސި ރައްޔިތެކެވެ. އޭނަޔާ ނިންނަންބެނުން އަންހެނަކު ތިޔަބައިމީހުންގެ ތެރޭގައި ހުރިނަމަ އިގިރޭސިވިލާތަށް ގޮސް ކައިވެނިކޮށްގެން އެތާ އުޅުނީމަ ނިމުނީއެވެ. މަތްﷲ އިރާދަކުރެއްވިއްޔާ މިޤައުމުގައި ތިޔަކަމެއް ދުވަހަކުވެސް ނުވާނެއެވެ. މިތަންފަސާދަކުރަން ނޫޅޭށެވެ. ދަގަނޑު ކެނޑޭނީ ދަގަނޑުންކަން އަހަރެމެން ދަންނަމެވެ. އަރެމެންނަށް އަދި ގޮތްހުސްނުވެއެވެ. މިޤައުމުގެވެރިނަނަށް ކަލޭމެން މައިތިރިކުރެވޭތޯ ބަލަނީއެވެ. ނުކުރެވިއްޖެއްޔާ ދެވަނަ ވިސްނުމަކަށްދާން އަހަރެމެން އެބަތިމީމެވެ.

Read more...
އިސްލާމީ ޝަރީޢަތުގެ ތަޢުރީފު
ފަޟީލަތުއްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
އިސްލާމީ ޝަރީޢަތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ، އެކަލާނގެ އަޅުތަކުން އެކަލާނގެ އަށް ފުރިހަމަގޮތުގައި އަޅުވެތިވުމަށްޓަކައި ތަބަޢަވުމަށް، ރުހިވޮޑިގެން ކަނޑަ އަޅުއްވާފައިވާ މަންހަޖެވެ. އެއީ މާތްވެގެންވާ އިސްލާމްދީނެވެ. އެދީނުގެ އުޞޫލުތަކެވެ. އެއީ ދިރިއުޅުމުގެ މަގެވެ. ދީނުގެ ޙުކުމްތަކާއި، ދައުލަތް ހިންގުމުގެ ނިޒާމު އެޝަރީއަތުގައި ފުރިހަމައަށް ލައްވާފައިވެއެވެ.

ޝިރުކުގެ ނުބައިކަމާ ޖަހާލަތުގެ އަނދިރިކަމުގެތެރެއަށް މިދުނިޔެ ޣަރަޤުވެފައިވަނިކޮށް، އިސްލާމީ ޝަރީޢަތް ބާވާލެއްވުނީ އިންސާނިއްޔަތަށް ބޭނުންވާ އަދި، އެންމެ ފައިދާހުރި ހުރިހާ ކަމަކާއިގެންނެވެ. އެއީ އިންސާނީ ޙަޔާތުގެ ހުރިހާ ދާއިރާއެއް ޝާމިލުވާގޮތުގެ މަތިން ބާވާލެއްވިފައިވާ ޝަރީޢަތެކެވެ.

މިޝަރީޢަތް ބާވާލެއްވުނުއިރު އިންސާނިއްޔަތުގެ ޙާލަތު އޮތީ ކޮންފަދަގޮތަކަށްތޯއެވެ؟ ދަރީން، މައިން ފަދަ މީހުންނާ ކައިވެނިކުރެއެވެ. ނިކަމެތިން ވަނީ އަނިޔާވެރިންގެ ޗާބޫކުތަކުގެ ދަށުގައެވެ. ޙައްޤަކީ ކޮންއެއްޗެއްކަމެއް ދަންނަނީ މަދުބައެކެވެ. ޢަދުލުއިންސާފެއްނެތެވެ. ލޭއޮހޮރުވުމާއި، މީހުންގެ މުދާތައް ނުޙައްޤުން ކެއުމާއި، ޚިޔާނާތް އޮތީ އިންތިހާއަށް ފެތުރިފައެވެ.

އަންހެންދަރީން ދިރިތިއްބާ ވަޅުލައެވެ. އަންހެނުންގެ ޙައްޤުތަކީ އޮތް އެއްޗެއްނޫނެވެ. ބަނގުރާއަކީ އެބައިމީހުންގެ އެންމެގާތް އެކުވެރިޔާއެވެ. ޒިނޭކުރުމާއި، ފާޙިޝްކަންތައްތަކުން މުޖުތަމަޢުތައްއޮތީ ގުގުމާލާފައެވެ. ދީލަތިކަމާއި، ވަޢުދަށް ވަފާތެރިވުމާއި، ގެފުޅަށްއަންނަ މީހުންނަށް ފެންދިނުމާއި، މިފަދަ މަދު ރީތި އާދަތަކެއް މެނުވީ ނެތެވެ.

މާތްވެގެންވާ ކަޢުބާގައި އެތައްސަތޭކަ ބުދު ބެހެއްޓިފައިހުއްޓެވެ. ދުނިޔެ އޮތީ އިޞްލާޙީ އިންޤިލާބަކަށް ބޭނުންވެފައެވެ. ތެދުވެރި މުޞްލިޙަކަށް އެދިއެދިއެވެ. ޝާއިރުންނާއި، ޙަކީމުންނާއި، ރާހިބުންގެ ދުލުން ނަބިއްޔެއްގެ ޚަބަރުތައް އަންނަމުންދިޔައެވެ. އިންތިޒާރުތައް ކުރެވުނެވެ. މާގިނަ ދުވަސްތަކެއްނުވަނީސް ޤުރައިޝު ވަންހައިގެ ސާހިބާ މާތް މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ނަބީކަމާއިގެން ފޮނުއްވައިފިއެވެ.

އެކަލޭގެފާނު މިޝަރީޢަތް އިޢުލާންކުރެއްވިއެވެ. ވަރަށް މަތިވެރި ނިދާއަކުންނެވެ. ދެ ދުނިޔޭގެ ފަލާޙާއި ކާމިޔާބު އެދޭނަމަ އެކަލޭގެފާނު ގެނެސްދެއްވި ޝަރީޢަތަށް ތަބާވުމަށް ގޮވާލެއްވިއެވެ.

މިހެންކަމުން އިސްލާމީ ޝަރީޢަތް ބާވާލެއްވުނީ އިންސާނާގެ ދުނިޔަވީ ޙަޔާތް ބާއްޖަވެރިކުރުމާއި، އުޚުރަވީ ޙަޔާތުގެ ފަލާޙަށް މަގުދައްކާ ނޫރެއްގެ ގޮތުގައިވެސްމެއެވެ. އަދި އެމަތިވެރި ޝަރީޢަތަކީ ވަކި ޖަމާޢަތަކަށް، ނުވަތަ ވަކި ޤައުމަކަށް، ނުވަތަ ވަކި ޖިންސަކަށް ބާވާލެއްވުނު ޝަރީޢަތެއް ނޫނެވެ.

އެއީ އެންމެހައި އިންސާނުންނަށާ، އަދި ކިއެއްތޯ ޖިންނީން ވެސް ޝާމިލްވާ ގޮތަށް ބާވާލެއްވުނު މާތްވެގެންވާ ހިދާޔަތުގެ ނޫރެވެ. އަލިގަދަ ދަންމަރެވެ.


ﷲ ވަޙީކުރައްވާފައިވެއެވެ: ﴿ يَا أَيُّهَا النَّاسُ قَدْ جَاءَتْكُمْ مَوْعِظَةٌ مِنْ رَبِّكُمْ وَشِفَاءٌ لِمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِلْمُؤْمِنِينَ ﴾ ( يونس 57 ) މާނައީ : [ އޭމީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ތިޔަބައިމީހުންގެ ގާތަށް ވަޢުޡަކާއި ހިތްތަކުގައިވާ ބަލިތަކަށް ޝިފާއަކާއި މުއުމިން ތަކުންނަށް ތެދުމަގަކާއި ރަޙްމަތެއް އަތުވެއްޖެކަން ކަށަވަރެވެ.]

މިފަދަ މަތިވެރި ނިދާއަކުން އިންސާނިއްޔަތާ މުޚާޠަބު ކުރެއްވައި ﷲ އެކަލާނގެ ޝަރީޢަތް އިޢުލާންކުރެއްވިއެވެ.

Read more...

Friday 23 October 2009

އިސްލާމީ ޝަރީޢަތް ތަންފީޛު ކުރުމަށް ގޮވާލެވޭ އަޑު ގަދަވަނީ! اللّـهُ أَكْبَرُ.
ދީނީ ނިއުސް
ﷲ ސުބްޙާނަހޫ ވަތަޢާލާ އިންސާނުން މިބިންމަތީގައި ލައްވަވާފައިވަނީ އެބައިމީހުންނަށް އެންމެ އެކަށޭނޭ އެންމެ ފުރިހަމަ ޝަރީޢަތާއި އެކީގައެވެ. އެޝަރީޢަތަކީ ދުނިޔެއާއި އާޚިރަތުގެ ޙަޔާތް ބާއްޖަވެރިކުރަން އެދޭ ކޮންމެ މީހަކަށް އޮތް ހަމައެކަނި ޙައްލެވެ. އެހެންނަމަވެސް ހިތާމައަކީ މިއަދު އަޅުގަނޑުމެން މުސްލިމުން ކަމުގައި ދަޢުވާކުރާ ބަޔަކު މިފަދަ ފުރިހަމަ ޝަރީޢަތަކަށް ފުރަގަސްދީ އިންކާރުކޮށް، އިންސާނުން އަތުން ކޮށާ މަށާ ހަދާފައިވާ އެއްވެސް ދިއުޅިއެއް ނުވާ، ދެކޮޅު ނުޖެހޭ، މުޖްތަމަޢުގައި ދުވަހަކަށްވުރެ ދުވަހަކަށް ކަންތައްތައް ހަލާކާއި ފަސާދައިގެ ތެރެއަށް ގެންދާ ނިޒާމަކަށް މިސްރާބު ޖަހާފައިވާ ކަމެކެވެ.

ކޮންމެއަކަސް މިއަދު މުޅި އިސްލާމީ ދުނިޔެއަށް ބަލާލި ކަމުގައި ވިޔަސް ފެންނަން މިއޮތީ، އެތައް ޒަމާންތަކެއް ނުވަތަ އަހަރުތަކެއް ވަންދެން، މުސްލިމުން އެމީހުންގެ މައްޗަށް ބާއްވާލާފައިވާ ޝަރީޢަތް ދޫކޮށް އަމިއްލަ ގޮތްތައް ޚިޔާރުކުރުމުގެ ސަބަބުން އަޅުގަނޑުމެން މުސްލިމުން ނިކަމެތި ބަލިކަށި ބައެއްގެ ގޮތުގައި ވެފައި ވަނިކޮށެވެ. އާރެއް ބާރެއް ނެތް އަމިއްލަ މިނިވަންކަން ގެއްލިފައިވާ، ކުފުރުގެ ޠާޣޫތީ ދައުލަތްތަކަށް އަޅުވެތިވެފައިވާ ބައެއްގެ ގޮތުގައި ވެފައިވާތަނެވެ.

ފަހެ މުސްލިމުން އެމީހުންގެ ގޮތަށް އެނބުރި ރުޖޫޢަވާނީ ކޮން އިރަކުތޯއެވެ؟ މިއުއްމަތުގެ އެންމެ ޢަދުލުވެރި އެންމެ މާތް އެއް ބޭކަލަކު ކަމުގައިވާ عُمَرُ الفاروق، އާދެ عُمَرُ بُنُ الْخَطَّابُ رضي الله عنه ވިދާޅުވެފައިވާ މިއަގުހުރި ބަސްފުޅުގައި އަޅުގަނޑުމެންނަށް ޢިބްރަތެއް ނެތީހެއްޔެވެ؟ މިބަސްފުޅަކީ މިއުއްމަތުގެ އަމީން، أَبُو عُبَيْدَة بُنُ الْجَرَّاحُ رضي الله عنه، ޝާމްކަރައަށް ދަތުރުފުޅު ކުރެއްވި ވަޤުތު عُمَرُ بُنُ الْخَطَّابُ رضي الله عنه އެކަލޭގެފާނަށް ވިދާޅުވި ބަސްފުޅެކެވެ.

"إِنَّا كُنَّا أَذِلَّ قَوْمٍ فَأَعَزَّنَا اللهُ بِالإِسْلاَمِ فَمَهْمَا نَطْلُبُ الْعِزَّ بِغَيْرِ مَا أَعَزَّنَا اللهُ بِهِ أَذَلَّنَا اللهُ " وَ فِى رِوَايِةٍ "إِنَّا قَوْمٌ أَعَزَّنَا اللهُ بِالإِسْلاَمِ فَلَنْ نَبْتَغِى العِزَّ بِغَيْرِه" (أَخْرَجَهُ الحَاكمْ وصححه الألباني).

މާނައީ: "އިރެއްގައި އަހުރެމެންނަކީ އެންމެ ނިކަމެތި މީހުން ކަމުގައި ވީމެވެ. ދެންފަހެ، އިސްލާމްދީނުގެ ސަބަބުން ﷲ އަހުރެމެން ޢިއްޒަތްތެރި ކުރެއްވިއެވެ. ދަންނައެވެ. ﷲ ތަޢާލާ ޢިއްޒަތްތެރި ކުރެއްވި ކަންތައް ނޫން ކަމަކުން އަހުރެމެން ޢިއްޒަތް އެދެފިނަމަ، ﷲ އަހުރެމެން ނިކަމެތި ކުރައްވާނެއެވެ." އަދި އެހެން ރިޥާޔަތެއްގައި ވެއެވެ. "އަހުރެމެންނަކީ އިސްލާމްދީނުގެ ސަބަބުން، ﷲ ތަޢާލާ ޢިއްޒަތްތެރި ކުރެއްވި ބައެކެވެ. ފަހެ ހަމަ އެފަރާތުން މެނުވީ އަހުރެމެން ޢިއްޒަތްތެރިކަން ނޭދޭ ހުށީމެވެ." މިއެވެ.

ހަމަކަށަވަރުން عُمَرُ رضي الله عنه އެވިދާޅުވި ބަސްފުޅުގައި އެވަނީ ހަމަ ތެދުފުޅެވެ. އެހެނީ، އިސްލާމުން ﷲގެ ޢިއްޒަތްވަންތަކަމުން ޢިއްޒަތްތެރިކަން ހޯދައިގެން އުޅުނު އިރު އެމީހުންވީ މުޅި ދުނިޔޭގައި ތިބި އެންމެ ޢިއްޒަތްތެރިން ކަމުގައެވެ. އަދި އެހެނިހެން މީސްތަކުންވެސް އެބައިމީހުންނަށް (ޔަޢްނީ އިސްލާމުންނަށް) މާތްކޮށް ހިތިއެވެ. ބޮޑެތި ޖައްބާރުން އެބައިމީހުންނަށް ބޯލަނބައި ކިޔަމަންތެރި ވެއެވެ. ދެން ފަހެ އިސްލާމުން ތިމާމެންގެ ޢަދާޥާތްތެރިންނަށް އިތުބާރުކޮށް އެމީހުންގެ އާދަކާދަތަކާއި އަދި އެމީހުންގެ ތަޤްލީދް ތަކަށް އެދި، އަދި އެކަންކަން ރީތިވީ ހިނދުން ނިކަމެތިވީއެވެ. ތިމާމެންގެ މައްޗަށް އެހެންމީހުން އިހާނާތް ވާން ފެށީއެވެ. އެއްވެސް މީހަކަށް އިންކާރު ނުކުރެވޭ ހިސާބަށް މިއަދު މިއޮތީ އެކަން ގޮސްފައެވެ.[1]

ކޮންމެއަކަސް މިފަދަ އަނދިރި ހިތްދަތި ވަޤުތެއްގައި އަޅުގަނޑުމެން އިސްލާމީ އުންމަތް ހޭދަކުރަމުން ދަނިކޮށް، އިވެންފެށި އަޑުތަކުން ހިތްތަކަށް ދިރުން ގެނުވައި ހިތްތަކަށް ބުނަންވެސް ނޭނގޭ ކަހަލަ އުފާވެރިކަމެއް ވެރިވެއްޖެއެވެ. ނިވެމުންދިޔަ ދީނުގެ ނޫރަށް އަލިކަމާއި ފުރިހަމަކަން އަންނަކަމުގެ އިޙްސާސްތައް ކުރެވެން ފަށައިފިއެވެ. ކުރިމަގު އަމާންވެ އުޖާލާވާނެ ކަމާއިމެދު އުއްމީދުތައް އާލާވެއްޖެއެވެ.

އާދެ އެއަޑަކީ އެވާހަކަތަކަކީ، އެނިޒާމެއްގެ އެހީގައި މިއަދު މުޅި ދުނިޔޭގައި ހަންފަތުރާ އަޅުވެތިކުރަމުންދާ ޝިރުކުގެ މިޑިމޮކްރަސީ ނިޒާމް ފޫއަޅުވާލައި އިސްލާމީ ޝަރީޢަތް އުދަރެހަށް ފާޅުވެ އަލިވިލުނު ވާހަކައެވެ. ފާއިތުވެ ދިޔަ މަދު އަހަރުތަކެއްގެ ތެރޭގައި އިސްލާމީ ޝަރީޢަތް ތަންފީޒު ކުރުމަށް އެދި ގޮވަމުން އެދިޔަ ގޮވުންތަކާއި އަދި އެތައް މުސްލިމު އަޚުންނާއި އުޚްތުންތަކެއް ވަމުންދިޔަ ޤުރުބާނީތަކާއި ކުރަމުން ދިޔަ ޖިހާދުގައި އުއްމީދުގެ ހުޅުކޮޅު ރޯވެ އެކަމަށް ދިރުން ލިބުނު ވާހަކައެވެ. اللّـهُ أَكْبَرُ.

އާދެ އަފްޣާނިސްތާނުގައި އިސްލާމީ ޝަރީޢަތް ތަންފީޛު ކުރަމުން ދިއުމުން އެކަމަކީ ދުނިޔޭގައި މިހާރު އޮތް އެންމެ ބޮޑު ޝައިޠާނީ ދައުލަތްކަމުގައިވާ އެމެރިކާއަށް ކެތްވާވަރުގެ ކަމަކަށް ނުވިއެވެ. މުސްލިމުން ބާރު ގަދަވެ އެމީހުންގެ އަޅުވެތިކަމުން މުސްލިމުން ނިކުމެ ބާރު ހޯދައިފާނެކަމުގެ ބިރަށް، ދޮގު ބުހުތާނު ތަކާއި އިލްޒާމުތައް އަޅުވައި އެތަން އެދަނީ ތަޅާ ސުންނާފަތި ކުރަމުންނެވެ. ޙަޤީޤަތަކީ އެކަމުގެ ސަބަބުން ވަރަށް ގިނަ މުސްލިމުންގެ ލޯތައް ޖާހިލުކަމުގެ ނިދިން ހޭލައްވާލުމެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ކުރިއަށްވުރެވެސް ބޮޑަށް އިސްލާމީ ޝަރީޢަތް ތަންފީޒު ކުރުމަށް ގޮވާލެވޭ ގޮވާލުމުގެ އަޑު ގަދަވެ އެކަމަށް މަސައްކަތް ކުރާ މީހުން އިތުރުވެގެން ދިއުމެވެ.

މިގޮތުން ދާދި ފަހުން އަޅުގަނޑުމެންނަށް ޚަބަރު ލިބިގެން ދިޔައީ ޕާކިސްތާނުގެ ސްވާތު ވާދީ ސަރަޙައްދުގައި އިސްލާމީ ޝަރީޢަތް ތަންފީޛު ކުރަން ފެށި ޚަބަރެވެ. ހަމަޔަޤީނުންވެސް އެއީ އެކަމަށްޓަކައި މަސައްކަތްކޮށް ޤުރުބާންވީ އެތައް ބަޔަކު ކުރި ބުރަ މަސައްކަތުން ލިބުނު ފޮނި ނަތީޖާއެވެ. އެމީހުން އެކަމަށްޓަކައި ކުރި ބުރަ މަސައްކަތުންނާއި އެސަރަޙައްދުގެ މީސްތަކުން އިސްލާމީ ޝަރީއަތަށް އެދި ފެންބޮވައިގެންފައިވުމުގެ ނަތީޖާއަކަށްވީ ޕާކިސްތާނުގެ މިހާރުގެ ސަރުކާރަށްވެސް އެމެރިކާއާއި ހުޅަނގުގެ ޤައުމުތައް ބޭނުންވާގޮތަށް ދީލާލާން ނުކެރި އެކަމާއި އެއްބަސްވާން ޖެހުމެވެ. اللّـهُ أَكْبَرُ.

ހަމައެއާއި އެކު ދެން އަޅުގަނޑުމެންނަށް އަޑުއިވިގެން ދިޔައީ ސޯމާލިޔާގައި އިސްލާމީ ޝަރީޢަތް ތަންފީޛު ކުރަން އެތަނުގެ ބަރުލަމާނުން (ޕާލަމެންޓުން) ނިންމި ވާހަކައެވެ. އާދެ ބަރުލަމާނުގެ ހުރިހައި މެމްބަރުންގެ (340 މެމްބަރުންގެ) އިއްތިފާޤުންނެވެ. އާދެ އެތަނުގައި އިސްލާމީ ޝަރީޢަތް ތަންފީޛު ކުރަން މަގުފަހިވެގެން ދިޔައީ ކީއްވެގެންތޯއެވެ؟ ވިސްނާލެއްވުން ހުއްޓެވެ. 2006 ވަނަ އަހަރުގައި އެތަނުގައި އޮތް ފަސާދަވެފައިވާ ސަރުކާރާއި އިދިކޮޅަށް ހަތިޔާރު ހިފައިގެން ދީނީ ޝެއިޚުންނާއި ދީނަށް ލޯބިކުރާ ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު ނުކުމެ އެތަނުގެ ވެރިކަން ކުރާ ރަށާއި އެނޫންވެސް ވަރަށް ގިނަ ރަށްތައް އެމީހުންގެ ބާރުގެ ދަށަށް ގެނެސް އެތަނުގައި އިސްލާމީ ޝަރީޢަތް ތަންފީޛު ކުރަން ފެށިއެވެ. ނަތީޖާއަކަށް ވެގެންދިޔައީ ދިހަ ބާރަ އަހަރުވަންދެން ފަސާދަވެފައިވާ އެއްވެސް އާރެއް ބާރެއް ނެތް ސަރުކާރެއް އޮތުމުގެ ސަބަބުން ރައްޔިތުންނަށް ގެއްލިފައިވާ ޙައްޤުތައް ލިބި މިނިވަންކަމާއިއެކު ނުކުމެ އެމީހުންގެ ބާޒާރުތަކާއި މަގުތަކުގައި އުޅުމުގެ ފުރުޞަތު ލިބިގެން ދިއުމެވެ. އޭގެ ސަބަބުން އާރާއި ބާރުގެ ބޭނުންކޮށްގެން އެކިއެކި ޤަބީލާތަކާއި ޖަމާޢަތްތަކުން ފޭރިގެންފައިވާ ރައްޔިތުންގެ ޙައްޤުތައް އަނބުރައި ލިބި، ރައްޔިތުން ދިރިއުޅެމުންދިޔަ ބިރުވެރި ކަމުން ސަލާމަތްވެގެން ދިޔައެވެ. މިޚަބަރު އެދުވަސްވަރު ސީއެންއެން ބީބީސީ ބެއްލެވި ބޭފުޅުންނަށްވެސް، އެޕްރޮޕެގެންޑާގެ މީޑިއާތަކުންވެސް ވާނީ އަޑުއިވިފައެވެ.

ކޮންމެއަކަސް އިސްލާމީ ޝަރީޢަތް ތަންފީޛު ކުރުންމަތީ އެމީހުންނަށް ތިބެވުނީ އެންމެ ހައެއްކަ މަސް ދުވަހުއެވެ. އެތަނުގައި ކުރީގައި އޮތް ފަސާދަވެފައިވާ ސަރުކާރުން ދުނިޔޭގެ ކާފަރު ދައުލަތްތަކުގެ އެހީއާއި އެކު އެޤައުމުތަކުން ލަޝްކަރުތައް ގެނެސް އިސްލާމީ ލަޝްކަރު ފަހަތަށް ޖައްސައި އަލުން އެޤައުމުގެ ބާރު އެމީހުންގެ އަތްމައްޗަށް ގެނައެވެ. ނަތީޖާއަކަށް ވެގެންދިޔައީ ކުރީގެ ޙާލަތަށް ރައްޔިތުން އަނެއްކާވެސް ވެއްޓިގެން ދިއުމެވެ. އެޤައުމަށް އަރާ ތިބި އިތިއޯޕިއާއާއި އަދި އެނޫންވެސް ޤައުމުތަކުގެ މީހުން ދިޔައީ ޓެރަރިސްޓުންނާއި ހަނގުރާމަ ކުރުމުގެ ނަމުގައި ބޮޑެތި ޖަރީމާތައް ހިންގައި އަންހެނުންނާއި ކުޑަކުދިންގެ ޢިއްފަތްތެރިކަން ފޭރެމުންނެވެ. ޤައުމުގެ ހުރިހާ ރައްޔިތުން ކަހަލަ ގޮތަކަށް އެވެރިކަމާއި އެޤައުމަށް އަރާތިބި ލަޝްކަރުތައް އެޤައުމުގައި ތިބުމަށް ނޭދޭއިރުވެސް، ވެރިންނަށް ތިބި މަދު ބައެއްގެ އަމިއްލަ އެދުންތަކެއް ފުރިހަމަ ކުރުމަށްޓަކައި ފަގީރުކަމާއި ހަނގުރާމައާއި ކުރިމަތިލާން ޖެހިފައިވާ އެޤައުމު ދިޔައީ އިތުރަށް ތަޅާ ސުންނާފަތި ކުރަމުންނެވެ. ﷲގެ ރަޙްމަތުން އެނުބައިވެރީންތަކުގެ ކަސްތޮޅުން ނެއްޓި މިހާރު އެތަން މިސްރާބު ޖަހާފައި އެވަނީ އިސްލާމީ ޝަރީޢަތާއި ދިމާލަށެވެ. ކޮންމެއަކަސް މިއީ އެއްވެސް ގުޑުމެއް ނެތި ޘާބިތުކަމާއިއެކު އިސްލާމީ ޝަރީޢަތް ތަންފީޘު ކުރުމަށްޓަކައި ޖިހާދު ކުރަމުން ދިޔަ އަަދި މިހާރުވެސް ކުރަމުންދާ މުސްލިމު ޒުވާނުންތަކެއްގެ ބުރަ މަސައްކަތްތަކުގެ ފޮނި މޭވާކަމާއިމެދަކު އެއްވެސް ޝައްކެއް ނެތެވެ.

އެހެންނަމަވެސް ހިތާމައަކީ މިއަދުވެސް އަޅުގަނޑުމެންގެ މުސްލިމުންގެ ތެރެއިން އެތައް ބަޔަކު، ކާފަރުންގެ ޕްރޮޕެގެންޑާ ފަތުރާ ޚަބަރު ފަތުރާ ވަޞީލަތްތަކުގެ ދަންތުރައިގާ ޖެހި އިސްލާމީ ޝަރީޢަތް ތަންފީޛު ކުރުމަށް ގޮވާލައި ގަދައަޅާ މަސައްކަތް ކުރަމުންދާ ފަރާތްތަކަކީ ހައްދުފަހަނާޅާފައިވާ ޓެރަރިސްޓުން ކަމުގައި ހަދައި، ނޫންނަމަ ޚަވާރިޖުން ކަމުގައި ހަދަމުން ދާ ކަމެވެ. އަދި މީގެވެސް އެންމެ ހިތާމަހުރީ މިދަންތުރައިގާ ދީނީ ޢިލްމުވެރިންގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުންވެސް ޖެހިފައިވާ ކަމެވެ. އެފަދަ ހުރިހާ ފަރާތްތަކަށް އަޅުގަނޑު ގޮވާލާ ބުނަމެވެ. މިއަދު އަޅުގަނޑުމެންގެ އިސްލާމީ އުއްމަތުގެ ވާޤިޢުއާއި ޙާލަތަށް ރަނގަޅަށް ނުވިސްނަވައި ކުފުރުގެ ބޮޑުންގެ ޕްރޮޕެގެންޑާގައި ޖެހިވަޑައި ނުގަންނަވާށެވެ.

ރަނގަޅެވެ. އަޅުގަނޑުވެސް އެއްބަހެވެ. އިސްލާމީ ޝަރީޢަތް ތަންފީޛު ކުރުމަށް ގޮވާލައި އެކަމަށް މަސައްކަތް ކުރަމުންދާ މީހުންގެ ކިބައިގާވެސް މައްސަލަތަކެއް އެބަ ހުއްޓެވެ. އެއީ އެކަން ވާނޭވެސް ގޮތެވެ. އިލާހީ ޤާނޫނަކީވެސް އެއީއެވެ. ފަހެ ތިޔަބޭފުޅުން މިއަންނަނި ސުވާލުތަކަށް އަޅުގަނޑަށް ޖަވާބު ދެއްވަދޭށެވެ.

- ކުށް ނުވަތަ ބޮޑެތި ފާފަތައް ހުރިކަމުގައި ވީނަމަވެސް ރަނގަޅީ، އިސްލާމީ ޝަރީޢަތް ތަންފީޛު ކުރުމަށް ގޮވާލާ މަސައްކަތް ކުރާ މީހުން ހެއްޔެވެ؟ ނޫންނަމަ ﷲ ތަޢާލާގެ ޙުކުމްފުޅުތައް ހިތުހުރިގޮތަކަށް ބަދަލުކޮށް މިޒަމާނުގައި މިގޮވާ ޝިރުކުގެ ނިޒާމް ކަމުގައިވާ ޑިމޮކްރަސީއަށް ގޮވާލާ މީހުން ހެއްޔެވެ؟

- ވެރީންނަށް ތިބި މީހުން އިސްލާމީ ޝަރީޢަތް އުވާލާ އެމެރިކާއާއި ހުޅަނގުގެ ޤައުމުތައް ރުހޭނޭހާއި ގޮތަކަށް ދީނާއި ޚިލާފް ޙުކުމްތައް ހަދައި މުސްލިމުންގެ މައްޗަށް ތަންފީޛު ކުރަމުންދާއިރު އެފަދަ ވެރީންތައް ވެރިކަމުން ބޭލުވުމަށްޓަކައި އެފަދަ މީހުންނާއި އިދިކޮޅަށް ޖިހާދު ކުރެވިދާނޭ ހެއްޔެވެ؟

- ކާފަރު ޠާޣޫތީ ޝައިޠާނީ ދައުލަތްތަކުން، މުސްލިމު ޤައުމުތަކަށް އަރައިގަނެ، އެޤައުމުގަކުގައި ނަޞާރާދީނާއި އެނޫންވެސް ދީންތައް ފަތުރަން މަސައްކަތްކޮށް ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިންނާއި މުސްކުޅިންގެ ޢިއްފަތްތެރިކަން ފޭރިގަނެ، އެމީހުން މަރާ އެމީހުންގެ ގެދޮރު ތަޅާ ސުންނާފަތި ކުރަމުންދާއިރު، އެފަދަ ކާފަރު ދައުލަތްތަކަށް މިހަނގުރާމައިގާ އެހީތެރިވެދޭ ޤައުމުތަކުގެ ވެރީންނަށް ރުހި އެމީހުން ބުނިހައި ގޮތެއް ހަދައިގެން އެމީހުންގެ ވެރިކަން ދިފާޢުކޮށް ކާފަރު ދައުލަތްތައްވެސް ރުހޭނޭހައި ގޮތަކަށް ފަތުވާދީ ހަދަން އަދިވެސް އަޅުގަނޑުމެން ތިބެންވީތޯއެވެ؟

- ފަހެ މިނިކަމެތި ކަމުގައި އާރެއް ބާރެއް ނެތި، އަދި ބާރު ހޯދަންވެސް މަސައްކަތް ނުކޮށް އިސްލާމީ ޝަރީޢަތް މިބިންމަތިން ފޮހެލަން އެމެރިކާއާއި ހުޅަނގުން ތައްޔާރުކޮށްފައި ތިބި، ދޮވެލެވިފައިވާ ސިކުނޑިތަކުގެ ވެރި ވެރީންތަކަށް ކިޔަމަންވެ ކުރުނީސްކުރުމުގައި އަޅުގަނޑުމެން ކިހާދުވަހެއް ވަންދެކަށް ތިބެންވީތޯއެވެ؟

ކުރަން ހުރި ސުވާލުތައް ކިތަންމެހައިވެސް ގިނައެވެ. އެހެންނަމަވެސް މިވަރުންވެސް ބުއްދިވެރިއަކަށް ފުދޭނެއެވެ. ފަހެ ދުނިޔެ އަޅުގަނޑުމެންގެ ލޯމައްޗަށް ދައްކަމުން މިދާ ޙަޤީޤަތް ޤަބޫލުކޮށް، އިސްލާމްދީނަށް ލިބެމުން މިދާ ނަޞްރުގައި ކޮންމެވެސް މިންވަރަކަށް ޝާމިލްވެ ބައިވެރިވާ މީހެއްކަމުގައި ވާން އަދިވެސް ނުވަނީހެއްޔެވެ؟ ކޮންމެއަކަސް މިކަމުގެ ޙަޤީޤަތް ދުވާލުގެ އިރުފަދައިން ސާފުކޮށް، ކީރިތި ޤުރުއާނުގައި ބަޔާންވެފައިވެއެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

"يَسْأَلونَكَ عَنِ الشَّهْرِ الْحَرَامِ قِتَالٍ فِيهِ قُلْ قِتَالٌ فِيهِ كَبِيرٌ وَصَدٌّ عَنْ سَبِيلِ اللَّهِ وَكُفْرٌ بِهِ وَالْمَسْجِدِ الْحَرَامِ وَإِخْرَاجُ أَهْلِهِ مِنْهُ أَكْبَرُ عِنْدَ اللَّهِ وَالْفِتْنَةُ أَكْبَرُ مِنَ الْقَتْلِ وَلا يَزَالُونَ يُقَاتِلُونَكُمْ حَتَّى يَرُدُّوكُمْ عَنْ دِينِكُمْ إِنِ اسْتَطَاعُوا وَمَنْ يَرْتَدِدْ مِنْكُمْ عَنْ دِينِهِ فَيَمُتْ وَهُوَ كَافِرٌ فَأُولَئِكَ حَبِطَتْ أَعْمَالُهُمْ فِي الدُّنْيَا وَالآخِرَةِ وَأُولَئِكَ أَصْحَابُ النَّارِ هُمْ فِيهَا خَالِدُونَ" (البقرة:217)

މާނައީ: "ޙުރުމަތް ވެގެންވާ މައްސަރުތަކުގައި ހަނގުރާމަ ކުޅައުމަކީ ކޮންކަހަލަ ކަމެއްތޯ އެއުރެން ކަލޭގެފާނާއި ސުވާލު ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ. އެމައްސަރުތަކުގައި ހަނގުރާމަ ކުޅައުމަކީ ބޮޑުވެގެންފާ ފާފައެކެވެ. އެކަމަކު ﷲގެ މަގުން މީސްތަކުން ދުރުކުޅައުމާއި، އެކަލާނގެއަށް ކާފިރުވުމާއި، ޙުރުމަތްތެރިވެގެންވާ މިސްކިތަށް ވަނަނުދިނުމާއި، އެތާނގެ އަހުލުވެރީން އެތަނުން ނެރެލުމުގެ ފާފަވެރިކަން ﷲގެ ޙަޟްރަތުގައި މާ ނުބައިކަން ބޮޑުވެގެންވެއެވެ. އަދި ޤަތުލުކުރުމަށްވުރެ ފިތުނަވެރިކަމުގެ (އެބަހީ ޝިރުކުގެ) ނުބައިކަން މާބޮޑެވެ. އަދި އެއުރެންނަށް ވެގެން ވަނީނަމަ، ތިޔަބައިމީހުންގެ ދީނުން ތިޔަބައިމީހުން ބޭރުކޮށްފުމަށް ދާންދެން ތިޔަބައިމީހުންނާއި ހަނގުރާމަ ކުރުމުގައި އެއުރެން ނެތިނުދާނެއެވެ. (އެބަހީ ހަނގުރާމަ ކުރުމުގައި ދެމި ތިބޭނެއެވެ.) ތިޔަބައިމީހުންގެ ތެރެއިން މުރުތައްދުވެ، ކާފަރަކު ކަމުގައިވާ ޙާލު މަރުވާ މީހުންނީ ދުނިޔެއާއި އާޚިރަތުގައި އެއުރެންގެ ޢަމަލުތައް ބާޠިލްވެ ގޮސްފައިވާ މީހުންނެވެ. އަދި އެއުރެންނީ ނަރަކައިގެ އަހުލުވެރީންނެވެ. އެއުރެން އެނަރަކައިގާ އަބަދަށް ދެމިތިބޭ ހުއްޓެވެ."

-ނިމުނީ-

_____________________________________________________

[1] . މިޕެރެގްރާފް ނަގާފައިމިވަނީ العلامة الشيخ محمد زكريا الكندهلوي ގެ "وجوب إعفاء اللحية - ތުނބުޅި ދިގުކުރުމުގެ ވާޖިބުކަން" މިފޮތުގެ ދިވެހި ތަރުޖަމާއިންނެވެ

Read more...

Wednesday 21 October 2009

އައްޝައިޚް އަލްއުސްތާޒް އައްނިގެ އިސްލާމްކަން ސާބިތު ކުރަން ގޮވާލަން
ޖިބުއެ
ޤާނޫނު އަސާސީގައިވާ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ ޝަރުތު ތަކުގެ ތެރެއިން ސުއްނީ މުސްލިމަކަށް ވުމުގެ ޝަރުތު ފިލާ ދިޔަކަމުގައި އަޅުގަނޑު ދިވެހިރާއްޖޭގެ ހުރިހާ ރައްޔެތުންނަށާ އަދި ޚާއްސަކޮށް ޖަމްޢިއްޔަތުއްސަލަފް އަދި އަދާލަތު ޕާޓީ އަދި މީގެ އިތުރުން ހުރިހާ ދިވެހި ޢިލްމުވެރިންނަށް ބުނެ އިއްވަމެވެ. މިހެން ނުބުނާންވީ ކިޔެއްވެ ހެއްޔެވެ. އެހެންޏާ މައުމޫނުގެ އިސްލާން ކަމާއި މެދު ޢަދާލަތު ޕާޓީގެ ރައީސް ޝޭޚް ޙުސެއިން ރަޝީރު މީގެ ކުރިން ވަނީ ޝަރީޢަތަށް ގެންގޮސްފައެވެ. އަދި ކޯޓަށް ދުވެ މިކަމައީ ބެހޭ ގޮތުން ލައްކަ ވާހަކަ ދެއްކިފައެވެ. ދިވެހި ރާއްޖެ އިސްލާމްވީއްސުރެ ދިވެހި ތާރީޚްގައި އިސްލާމަކުގެ އިސްލާންކަމާއި މެދު ޝަރުޢީ ކޯޓެއްގައި ދަޢްވާ އުފުލެވުނު ފުރަތަމަ ފަހަރެވެ. ވީމާ ދަންނަވަމެވެ. އައްނި ގޮވައިގެން ކޯޓަށް ދިއުން މިހާރުވެސް މާ ލަސްވެއްޖެއެވެ. ކޯޓްގައި އެތިބީ ޑީއާރްޕީގެ ޤާޒީންނެވެ. އެމީހުން މިކަމުގައި ޙައްޤައް ނަސުރުދޭނީ ޒާތީ ކަމަކަށް ބަލައިގެންނެވެ. ވާ މަޖާވާނެއެވެ. އިސާހިތަކު އޭނާގެ އިސްލާމްކަން ނަފީވެހިނގައި ދާނެއެވެ

އަސްލު މިކުރެވުނީ ކޮންކަމެއް:

އިސްލާމްދީނާ އިދިކޮޅު ތިމާގެ އަމިއްލަ ނަފްސާއި އަނބިދަރިންގެ މައްޗައް އިސްލާމްދީން ތަންފީޒު ނުކުރާ މިކަހަލަ ހުރިހާ ހިޔަޅުވެރިން ކޮންމެ ފަހަރަކުވެސް ލާދީނީ ކަމެއް ނުވަތަ ދީނުގެ ތަނބެއް ހަލާކު ކޮށްލުމުގެ ކުރިން ރައްޔެތުންގެ އިސްލާމްކަން މަކަރުވެރި ގޮތަކަށް ޓެސްޓްކޮށްލާނެއެވެ. މީ މީނާ ކުރި މަކަރުވެރި ޓެސްޓެކެވެ. މީގެން މި މީހުން ބަލާނީ ރައްޔެތުން މިހާރު އިސްލާމްދީންދެކެވަނީ ކިހާ ލޯތްބެއްތޯއެވެ. މިކަހަލަ ކަމަކާއި މާބޮޑަށް ނުރުހުން ވެއްޖެއްޔާ ދެންއަނެއްކާވެސް ތިމަން ބުނީ މިހެންނޭ ، އޭގެ މާނަޔަކީ މިޔޭ، ނުވަތަ ކޮންމެސް ޕްރެސް ސެކެއްޓެރީ އަކު ނިކުމެ ދިވެހިބަހުން ބުނި ބަހުގެ ތަރުޖަމާ ނުވަތަ މާނަ ދިވެހިންނަށް ގޮރުބޯންދޭ ފަދަ ގޮތަކަށް ކިޔައި އަނބުރައިލާނެއެވެ. ހަމަ މިއާ ވިދިގެން ކޮންމެސް ވިޔަފާރިވެރިޔަކާއި ގުޅިގެން ކޮންމެވެސް މިއުޒިކްޝޯއެއް ނުވަތަ ކޮންމެސް އެހެން މުނާސަބަތެއް ފާހަގަކޮށް ރައްޔެތުން ވާވައްދާ ފުނަށް ގަންބާނެއެވެ. ދެން އަނެއްކާވެސް ކުރާނީ ޓެސްޓެވެ. ހުރިހާ ސިޔާސީވެރިންވެސް ބޭނުންކުރަނީ ހަމަ ހުސް މިކަހަލަ އުކުޅު ތަކެވެ. މީ މަޑުމަޑުން މީޓަރު އަޅަމުން ބަލަމުން ދީނުން ބޭރުކުރަމުން ގެންދާ ގެންދިޔުމެކެވެ. ނިކަންވިސްނާށެވެ. އެޑިއުކޭޝަން މިނިސްޓަރުގޭ ދޮށަށް ރައްޔެތުން އެއްވެ ކޮންމެރެޔަކު އެތިބެނީ 250 ޑޮލަރު ޚަރަދު ކުރަންޖެހޭތީއެވެ. އެމީހުން އެއްވެސްމީހަކު ފަލަސްތީނަށް ވެރިވެގެން އުޅޭ ޔަހޫދީންނާއި ޤައުމުގެ ދަރިންގެ ކިޔެވުމުގެ ސެލަބަސް ޙަވާލުކޮށްގެން އުޅޭތީ އެކަމާއި އެބައުޅޭ ހެއްޔެވެ. މިހިރީ ރައްޔެތުން ދީނާ ފޭކޮށްފައި ހުރިވަރެވެ. މިކަންކަން ދެކެފައި އެމީހުން ވަރަށް ހިނި އަންނާނެއެވެ. އަދި މިކަމާއި އޮފީސްތެރޭގައި ޖޯކްޖަހާ ހަދާނެތެވެ. އަދި ބުނަންހެއްޔެވެ. ރައްޔެތުން އެމީހުންގެ ދަރިންގެ އިސްލާމީ ޢަޤީދާގެ ދިފާޢުގައު ނުކުމެދާނެތީ ވަރަށް ބިރުގަންނާނެއެވެ.އަދި އެނޫން ގޮތަކަށް ރައްޔެތުން ކިތަންމެ ފުއްޕިއަކަސް ރައްޔެތުންނަކީ ކޮންބަޔެއްތޯވެސް ވެރިކަމުގެ ފަރާތުން ނުބަލާނެއެވެ. އެއީ އެކަހަލަ ކަމަކު ބަޔަކު ނިކުމެއްޖިއްޔާ ﷲ އެބަޔަކަށް ނަސްރު ދެއްވާނެކަން އެމީހުންނަށް ޔަޤީންވާނެތީއެވެ. މިހިރެ މިހެރެ ކަންކަމުން ނިކަން ތިބެ ޢިބްރަތް ލިބިގަންނާށެވެ. މިހިރިއްޔަކީ ސިޔާސީމީހުންނަކަށް އަންނާނެ ބާވަތަކު ފިކުރެއްނޫނެވެ. މިހަކަ ފިކުރާ މީގެ މަކަރު އެނގޭނީ އިސްލާމުން ނާއި ކާފަރުންނަށެވެ. ތިމާމެންގެ ވިސްނުން މިނިވަންކޮށް އަނެއްވިސްނުމަކުން ވިސްނާށެވެ. މިއީ އަނެއް ދިވެހިރާއްޖެއެވެ. އެއީ ސަމާސާވާހަކަޔެއްނޫނެވެ.

މިހަކަލަ ކަންކަމުގެ ނާޖާއިޒް ފައިދާ ދެން ނަގާނީ ކޮންބަޔެއް

މިކަހަލަ ޙައްސާސް ދަނޑިވަޅު ތަކުގެ ފައިދާ ދެންނަގާނީ ފެމިނިސްޓުންނެވެ. އެމީހުން ނިކަން އިސްލާންމްދީން ވެގެން ފާޅުވާނެތެވެ. އެމީހުންގެ ފަހަތުގައި ވަރަށް މޮޑަރޭޓް ބަޔަކު ކޯޓްފަޓްލޫނުގައި ތިބޭނެއެވެ. އެއީ ފިރިހެން ކުޅި ކުޅުމަށް ތާއީދު ކުރާ މީހުންނެވެ. ފެމިނިސްޓުންނަކީވެސް ފިސާރި ބަޔެކެވެ. އެމީހުންގެ އިންގިލާބީ ސައިޓްތަކުގައި އައްނީގެ ލާދީނީ ވާހަކަތައް މާފޯރިޔަކު ލިޔާނެއެވެ. ނަމަވެސް މިމީހުން ވެސް މިމީހުންގެ ޢަމަލުގައި އިސްލާމްދީނުގެ ހުރިހާ ޙުކުމްތަކަށް އިންކާރުކޮށް ބަދަލުކޮށް އިންޓަރނޭޝަނަލް ކިޔާ މަކަރުވެރި ގްލޯބަލައިޒޭޝަން ދީން ފަތުރާނެއެވެ. މުރުތައްދުވުން ފަދަ ނުބައި ޢަމަލުތައް ހިންގުމުކީ ހުއްދަކަމެކޭ ކިޔައި ބޮޑެތިފޮތްތަށް ލިޔެހަދާނެތެވެ. މިއީ ހަމަ އެއްބަޔެކެވެ. ދިވެހިރާއްޔެކު މިނިކާވާގު އުޅެނީ ޖަންގައްޔަކުނޫނެވެ. ނަމަވެސް ދިވެހި މިނިކާވަގު އުޅެނީ ބޮޑެތި ކޯޓްތައް ލައިގެން ކޯޓް ތަކާއި އޮފީސްތަކުގައެވެ. ދިވެހިރައްޔެތުން އަދިވެސް މިކަމުގައި ވިސްނުން ހުއްޓެވެ.

މާ އެމްޑީޕީވެގެން މާ ޑީއާރްޕީ ވެގެން ނުތެޅޭށެވެ.

ތިޔައީ ހުސް އިސްލާމުންނެވެ. ކަލޭމެންގެ އެއްވެސް އެދުމަކާއި ނުލައި ﷲ ކަލޭމެން އެންމެން އުފަންކުރެއްވީ މިމަތިވެރި ދީންމަތީގައި ނޫންހެއްޔެވެ. ދީނަށް ނަޞުރު ދިނުމަކީ ޢިލްމުވެރިންގެ ކަމެއްނޫނެވެ. އެމީހުން ޙަޤީޤަތުގައި އެ ކުރަނީ ކަލޭމެން ރައްޔިތުންގެ މަސައްކަތެވެ. ހުރި ހަޔާތް ކުޑަކަމެވެ. ރައްޔެތުންގެ އިސްލާމްކަމަށް އަހަރެން ގޮންޖަހަމެވެ. ކަލޭމެން ކަލޭމެންގެ އަސްލުދީނުން ނެރެ މުޅިން އެހެން ކަމެއްގެ ތެރެއަށް ވައްދާފައި ބޯބުރާންތިކޮށްފައި ތިޔަތިބީ ކަލޭމެންގެ ޢިޙްސާސުގެ ލޯ ކަނުވީހެއްޔެވެ. ގޮތްކުޑަކަމުގެ އިންތިހާޔެވެ. މިހުރިހާ މުސީބާތަކީ ދީނަށް ކަމޭނުހިތުމުގެ ނަތީޖާއެވެ. ކޮންމެހެން ބަޔަކަށް މަލާމަތް ކުރާނެކަމެއް ނެތެވެ. މިކަހަލަވާހަކަތައް ކިޔައި ހައްޓަށް ފެއްތުމަކީ އާދައިގެ މީހަކަށް ވަރަށް އުދަނގޫވާނެ ކަމެކެވެ. އަދި ޚާއްސަކޮށް ދިޔާސީ ޕާތީތަކުގެ މީހުންނެވެ. 100 އަހަރުވެފައިވާ މުސްތަޤްބަލުގެ ދުރުމީއަކުން ބަލާށެވެ. ޖިބުއެ މިލާލިޔުންތަށް އެނގިދާނެއެވެ

Read more...

Monday 19 October 2009

ހިލްއަތު ރަޝީދު: މާތް ﷲ އަށް ފުރައްސާރަކުރާ ނިކަމެތި އިންސާނެއް
މުރާސިލް
ދިވެހިރާއްޖޭގައި ފާޅުގައި، އެންމެ މަޝްހޫރު މީހަކަށް ދީން ދޫކޮށްލި މީހަކީ، ކުރީގެ ނޫސްވެރިޔާ ހިލްއަތު ރަޝީދެވެ. މިއީ ޔޯލަ ވާހަކައެއްނޫނެވެ. ސިޔާސީގޮތުން ބުނާ ވާހަކައެއްވެސް ނޫނެވެ. މިއީ އޭނަގެ ލިއުންތަކާއި، އަމަލުތަކާއި، ޚުދު އަހަރެންގެ ހާޟިރުގައި މީހުންކައިރި ދައްކާފައިވާ ވާހަކަތަކަށް ބުރަވެ ބުނާ ވާހަކައެވެ. މިލިއުމުގައި ހިއްލަތަށް ރައްދު ދޭން ބޭނުންވަނީ އޭނައަށް އެނގޭ ބަހުރުވައިންނެވެ.

ފުރަތަމަވެސް ހިލްއަތުގެ ލިއުންތަކަށް ބަލާލާނަމެވެ. މިގޮތުން އަހަރުމެންގެ މާތް ނަބިއްޔާ މުހައްމަދުގެ ފާނު ކުރެއްވި ކައިވެނި ފުޅަކަށް ޖޯކު ޖަހައިގެން ލިޔެފައިވެއެވެ. ހިލްއަތު ބުނާގޮތުން އެކަލޭގެފާނު އައިޝާތުގެފާނާއި ކައިވެނި ބައްލަވައިގަތީ އުމުރުން ހަގު ކުދިންނާ ކައިވެނި ކުރުމަކީ ކިހާވަރެއްގެ 'ގެއްލުންހުރި' ކަމެއްކަމުގެ މައުލޫމާތު ނުލިބޭތީއެވެ. ސުބަހާނަﷲ އެވެ. އެކަލޭގެފާނަށް އަހަރުން އިންސާނުންނަށް ނޭންގޭ އެތައް ހަބަރެއް ވަނީ ދެއްވާފައެވެ. ކުރިން ހިނގާފައިވާ ކަންތަކާއި ފަހުން ވާނޭ ކަންތަކުގެ ހަބަރެވެ. އަހަރުމެން ކަހަލަ އާދައިގެ ނިކަމެތި އިންސާނެއް މިފަދަ ކުފުރު ވާހަކައެއް ބުނާއިރު ވިސްނާލަބަލާށެވެ. ފުރަތަމަ ތިމާ އަކީ އަންހެންކުދިންގެ ކިބައިން ލިބޭނެ އުފަލާއި އަރާމެއް، އަނބިފިރި ކަމުގެ ގުޅުމެއް، ހަރާންކޮށްގެން ހުރި މީހެކެވެ. މިފަދަ މީހަކަށް ކައިވެންޏާ ބެހޭގޮތުން ދެއްކޭނީ ކޮން ވާހަކައެއް ހެއްޔެވެ. މިލިއުމުގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި، މިކައިވެނިފުޅާވެސް ވަނީ ގުޅުވާލަން މަސައްކަތްކޮށްފައެވެ.

ރޯދަމަހު ޓީވީއެމްއިން ދައްކާ ދީނީ ޕްރޮގްރާމްތަކަށް ޖޯކު ޖެހުމުގެ ގޮތުން ބުނެފައިވަނީ، "ތިމަންނައަށް ހަމައެކަނި ފެންނަނީ ތުނބުޅިތަކަކާއި، ކުރުފަޓްލޫނާއި، ކަޅުބުރުގާތަކެއްގެ ޝޯވް އެއްގެ ގޮތުގައި ކަމަށެވެ. މިފެންވަރުގެ މީހަކަށް ފެންނާނީ އެހެންނެވެ. ތިމާ ހެއްދެވި ފަރާތާއި، އުޅެން އަންގަވާފައިވާ ދީން އޮޅިފަ ހުރި މީހަކަށް ދީނީ އިލްމުވެރިންނެއް، ދީނީ ތަގްރީރެއް ވަތްކެއްނުވާނެއެވެ.

ނިންމާލަމުން ހިލްއަތަށް ބުނަމެވެ. މި ލިއުން އަދި ނިމުނީއެއްނޫނެވެ. އިސްލާމްދީނަށް ފުރައްސާރަކޮށް ލިޔަމުންދާ ކޮންމެ ލިއުމަކާ ދެކޮޅަށް އަހަރުމެންވެސް ލިޔާނަމެވެ. ހިލްއަތުގެ ފަތިފުށް ހާމަކޮށްލުމަކީ އަހަރެންނަށް ހަމަ މެޓައެކެވެ. ނަމަވެސް އިސްލާހުވޭތޯ ޗާންސެއް މި ދެނީއެވެ. މި ބަރަކާތްތެރިމަހުގައި ތައުބާވެ، އިސްލާހުގެ މަގަށް އެނބުރި އައުމަށް ގޮވާލަމެވެ. ކޮންމެ މީހަކުވެސް 'ހިތްއެދޭ' ކަންތައްތަކެއް ހުންނާނެއެވެ. އެކަމެއް ދީނުގައި މަނާވުމަކީ ދީން ދޫކޮށްލަން ޖެހޭވަރުކަމެއްނޫނެވެ. މިވަރުން މިބުނީ ކީކޭކަން ހިލްއަތަށް އެނގޭނެކަމަށް ހީކުރަމެވެ. ތީ ނިކަމެތި އިންސާނެކެވެ. އަމިއްލައަށް ވިސްނާލަބަލާށެވެ.

ތިކިތެޅިތާނަ އާއި، ރައީސް ނަޝީދާއި، މައުމޫނާ ބެހޭގޮތުން ލިއުންތައް ލިޔުނަސް ފަރުވާލެއްނެތެވެ. ދީނާ ނުބެހޭށެވެ.
މިއީ މުރާސިލުން ނަގާފައިވާ ލިޔުމެވެ.


Read more...

Islamic Maldives

Maldives is currently a 100 percent Maldivian Muslim country. According to Webster’s Oxford Student Dictionary of Totally Irreverent Definitions, a “Maldivian Muslim” is a type of person
who says he believes in the Five Pillars of Islam but only attends the occasional Friday prayer, prays regularly during the beginning of Ramadan only, is forced/beaten by parents into reciting the entire Quran before reaching puberty, is able to read Arabic but not comprehend a word, and infused with an unwavering sense of brotherhood to their brothers and sisters in Palestine and a few other middle-eastern countries while at the same time nursing an almost uncontrollable hatred towards their brothers and sisters in their own country. (take from bakhabaru)

Read more...
އިސްލާމްދީނުގެ އަޞްލަކާއި ޚިލާފަށް ޤާނޫނު ހެދުމުގެ ބާރެއް ރައްޔިތުންގެ މަޖިލީހަކަށް ލިބިގެނެއްނުވެއެވެ.
މުހައްމަދު އިސްމާއިލް
ރަސޫލު ޒަމާނުގައި ކަންކުރި ގޮތަށް މިހާރު ކަންކަން ނުކުރެވުމަކީ، އިސްލާމީ ޝަރީޢަތާއި ޚިލާފު ވުމަށް ދެއްކޭނެ އުޒުރެއް ނޫނެވެ. ވައްކަން ކުރާ މީހުންގެ އަތް ކެނޑުމާއި، މީހުން މަރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް އަންގަވާފައިވަނީ ހަމައެކަނި ވަކި ޒަމާނެއްގެ ބަޔަކަށް ނޫނެވެ. އިސްލާމީ ޝަރީޢަތް ނުވަތަ މުސްލިމުންގެ މައްޗަށް ބާވާލެއްވި ޤާނޫނަކީ މިބިންމަތީ ﷲ ގެ އެއްކައުވަންތަކަން ޤަބޫލު ކުރާ އަދި މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމް އަކީ ﷲ ގެ ރަސޫލާކަމަށް ޤަބޫލު ކުރާ ކޮންމެ އިންސާނަކަށް ކޮންމެ ޒަމާނެއްގައި ވެސް އެއެއްޗެއްގެ މައްޗަށް އަމަލު ކުރުން ލާޒިމު ކުރައްވާފައިވާ އެއްޗެކެވެ.

ރައީސް ނަޝީދުގެ ރޭޑިޔޯ ތަގްރީރުގައި ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމަށް ފާޑު ކިޔުމުގެ އިތުރުން އިސްލާމީ ޝަރީޢަތާއި ދެކޮޅު ހެއްދެވި ކަމީ ދެރަވެ ހިތާމަކުރާ ކަމެކެވެ. ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ރައީސަކު ހަތް އުޑު މަތިން ﷲ ބާވާލެއްވި ގާނޫނު ވަކި ޒަމާނަކާ މަތި ކުރުވާ އެޝަރީޢަތުގެ ހައްދުތަކާއި ޚިލާފަށް ވާހަކަ ދެއްކެވުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތު އިސްލާހު ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގައި ކުރެވެމުންދާ މިދަނޑިވަޅުގައި ރައީސް ނަޝީދު ދިވެހި ރައްޔިތުންނަށް އެދެއްވީ ވަރަށް ނުރައްކާތެރި މެސެޖެކެވެ.
އިސްލާމް ދީން މިބިންމަތިން ފުހެލުމަށްޓަކައި ޔަހޫދީން އެކި ދުވަސްވަރު ކުރަމުންދަނީ ތަފާތު ކަންތައްތަކެވެ. ކަނޑި އާއި ބަޑިން ހަނގުރާމަ ކޮށްގެން މުސްލިމުން ބަލި ނުކުރެވޭނެކަން އެނގުމުން އެޔަހޫދީން ބޭނުން ކުރަން ފެށީ އެއަށްވުރެ ވަރުގަދަ ހަތިޔާރެކެވެ. އާދެ، މުސްލިމުންގެ މެދުގައި ދީނާއި މެދު ޝައްކު އުފެއްދުމުގެ ހަނގުރާމައެކެވެ. ފިކުރީ ގޮތުން ކުރެވޭ މިހަނގުރާމައިގައި އެންމެ ފުރަތަމަ ވެސް އެބައިމީހުން ކުރަމުންދާ ކަމަކީ އިސްލާމީ ޝަރީއަތާއި މެދު މުސްލިމުން ތަކުގެ މެދުގައި ޝައްކު އުފެއްދުމެވެ.
ރައީސް ނަޝީދުގެ އަމިއްލަ ޚިޔާލު ދިވެހިރައްޔިތުންނާއި ހިއްސާ ކުރުމަކީ މައްސަލައެއް ނޫނެވެ. އެހެންނަމަވެސް ތިމާއަށް ފެންނަ ގޮތަކީ މިއީ އޭ ބުނެ ﷲ ޝަރީޢަތަކާއި ދެކޮޅެއް ނުހެދޭނެއެވެ. ﷲ ކަނޑައަޅާފައިވާ ޙުކުމަކަށް ފާޑުކިޔާ އެކަމާއި ދެކޮޅު ހެދުމުގެ ގޮތުން ވާހަކަ ދެއްކުމުގެ ހައްޤެއް އެއްވެސް މީހަކަށް ނުވެއެވެ.
ދިވެހި ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީގެ 10 ވަނަ މާއްދާގައި ވަނީ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށެވެ. އަދި އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަސްދަރުކަމަށެވެ. އެމާއްދާގެ ށ ގައި ވަނީ ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަޞްލަކާއި ޚިލާފަށް އެއްވެސް ޤާނޫނެއް ނުހެދޭނެ ކަމަށެވެ. އިސްލާމްދީނުގެ އަޞްލު ތަކަކީ ކޮބައިކަން ވެސް އެޤާނޫނު އަސާސީގައި ވަނީ ބަޔާން ކޮށްފައެވެ. ދިވެހި ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީގައި “އިސްލާމްދީނުގެ އަޞްލު” ކަމުގައި ބުނެފައިވަނީ ކީރީތި ޤުރުއާނާއި، މާތް ރަސޫލާގެ ސުންނަތުގައިވާ ކަންކަމުގެ ތެރެއިން، އެކަމެއްގެ ޞައްޙަކަމާމެދު ޚިލާފު އުފެދިފައިނުވާ ޝަރުޢީ އުޞޫލުތަކާއި މިދެއަޞްލުން ދޭހަކޮށްދޭ އުޞޫލުތަކަށެވެ. އަދި “އިސްލާމީ ޝަރީޢަތް” ކަމަށް ބުނެފައިވަނީ ކީރީތި ޤުރުއާނާއި، ސުންނަތުގައިވާ ޖިނާއީ، މަދަނީ، އަލްއަޙްވާލުއްޝަޚްޞިއްޔާ އާއި މިނޫންވެސް ކަންތައްތަކާ ގުޅިފައިވާ އަހްލުއްސުއްނަތި ވަލް ޖަމާޢަތުގެ ޢިލްމުވެރިން ބުރަވެވަޑައިގަންނަވާ ގޮތަށެވެ. ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ނ) ގައި ވަނީ އިސްލާމްދީނުގެ އަޞްލަކާ ޚިލާފުވާ އެއްވެސް ޤާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮސްގެން ނުވާނެކަމަށެވެ. ކަންމިހެން އޮތްއިރު ރައީސް ނަޝީދު އެދިވަޑައިގަންނަވާ ގޮތަށް ޢަމަލު ކުރުމުގެ އެއްވެސް އިޚްތިޔާރެއް، ޤާނޫނު އަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހަކަށް ލިބިގެނެއް ނުވެއެވެ.

ނޯޓް: މިލިޔުމަކީ ކުޅުދުއްފުށިޑޮޓްކޮމް އިން ނަގާފައިވާ ލިޔުމެކެވެ.

Read more...