Friday 30 October 2009

އަންހެނުންގެ މިސްކިތްތަކަށް ޚަރަދުކުރަނީ އަފްރާސީނުތަ؟

އަންހެނުންގެ މިސްކިތްތަކަށް ޚަރަދުކުރަނީ އަފްރާސީނުތަ؟
ހޭކުނި
އަންހެނުންގެ މިސްކިތްތަކަށް ޚަރަދުކުރުން ހުއްޓާލުމަކީ ދީނީގޮތުން ކުރެވޭނެ ކަމެއް ނޫންކަމަށް ބުނެ މިއުޅޭ އަފުރާސީނު އަނެއްކާވެސް ފަތުވާ ނެރެފިއެވެ. މިއަފުރާސީނު މިގޮތަށް ފޭކު ފަތުވާ ނެރޭތާ މިހާރުގެން މިކަލޭގެ އެ ކިޔެވި އެއްޗެއް ކިޔަވާފާ ރާއްޖެއަށް އައިއްސުރެންނެވެ. ދުވަހަކުވެސް ރަނގަޅު ފަތުވާއެއް އަދި ނެރެވިފައެއް ނުވެއެވެ. މިއީ ދެން ދީނީ ޢިލްމުވެރިޔެކޭ ކިޔައިގެން އުޅޭ މުރަނގަ ގަސްދޮށު މާލިމީއެކެވެ.

މައްޔިތުންނަށް ދަންނަވާށޭ ކިޔާ ޝިރުކު ކުރުމަށް ގޮވާފާނެއެވެ. ދެން ފަހަރެއްގައި ބުނެފާނެއެވެ. ދީނުގައި އޮންނަނީ "ހިތްއެދޭތީ މައެދެމޭ ސަމާސާކުރަން" މިލަވަ ކިޔާށޭ! ދެން ބުނެފާނޭ ރައްޔިތުންގެ މަޖިލީހޭ އެކިޔާ ތަނުގައި ދީނުގައި ޒަކާތްދިނުމަކީ 150 ވަނަ ރުކުނޭ! ސާބަހޭ އެދުރުބޭ ކަލޭއަށް، ތިހުރީ ދީން ކިޔެވިފަ ކަލޭއަށް، އެކަމަކު އިސްލާމްދީނެއް ނޫން

ކޮންމެއަކަށް މިފަހަރު މިކަލޭގެ މި ނެރުނު ޑީއާރުޕިއިސްޑް ފަތުވާއަށް ބަލާލާއިރު އަންހެނުންނާއި ފިރިހެނުން އެއްވެސް ތަފާތުކުރުމެއް ނެތި ނަމާދު ކުރެވޭނެ ގޮތް ހަމަޖައްސައިދޭން ސަރުކާރުން ޖެހޭނެކަމަށް ބުނެފައިވެއެވެ.
އަފްރާސީނުގެ މި "ބިރިކިސިންޑާ" ވިސްނުމަށް ޖަމިއްޔަތުއްސަލަފުގެ ރައީސް ޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމް ރޭޑިޔޯ ޕްރޮގްރާމެއްގައި އަލިއަޅުއްވާލަވަމުން ވިދާޅުވީ "އަންހެނުންގެ މިސްކިތްތައް ހުރުމަކީ ރާއްޖޭގައި ކުރީގެ ސަރުކާރުން ކޮށްފައިވާ "ޢަޖާއިބު" ކަމެއް ކަމަށާއި މިއީ އިސްލާމީ އެއްވެސް ޤައުމެއްގައި އަންހެނުންނަށް ޚާއްޞަކޮށް ހުންނަ މިސްކިތްތައް ރާއްޖޭގައިނޫނީ ނުހުންނަ ކަމަށެވެ."
ބަލަގަ އަންހެނުންނަށް ވަކިން ޚާއްޞަކޮށް މިސްކިތް ހުންނާކަށް ނުޖެހެއެވެ. އަންހެނުންނަށް ފިރިހެނުން ނަމާދުކުރާ މިސްކިތްތަކުގެ ކޮންމެވެސް ޖަގަހައެއް ދިނީމަ ނިމުނީއެވެ.
އިސްލާމީ އަސަރުތައް އެންމެ ގަދަ ސަޢޫދީ ޢަރަބިއްޔާގައި އަންހެނުންނަށް ވަކިން ޚާއްޞަކޮށް އެންމެ މިސްކިތެއްވެސް ނުހުރެއެވެ. އެހެންނަމަވެސް މާތްވެގެންވާ މަސްޖިދުލް ޙަރާމާއި މަސްޖިއްދުނަބަވީ އަދި އެހެނިހެން ބައެއް މަދަނީ މިސްކިތްތަކުގައި އަންހެނުން ނަމާދުކުރުމަށްޓަކައި ވަކިކޮށް ޖަގަހަ ޚާއްޞަކޮށްފައި ހުރެއެވެ.
އިސްލާމްދީނުގައި އޮންނަނީ ކޮންމެ ރަށެއްގައި 150 އަންހެން މިސްކިތް ބިނާކޮށް އެތަނަށް މުދިމު އަންހެން ކަނބަލުން ލާކަށް ނޫނެވެ. ޚަރަދު ކުޑަކުރުމަކީ އިސްލާމްދީނުގައި އޮންނަ ކަމެކެވެ.
ވެރިކަމުން ބީވެ، ފަޟީޙަތްވެ، ޑިގު ވެއްޓި، ބޮލަށް ގަލެއް ހެޔޮވަރު ކޮށްލީމާވެސް އަދިވެސް ސައިޒު ނޭނގިގެން އުޅެންޏާ ދެން އެއަށްވުރެ ބޮޑު ގަލަކުން ބޮލުގެ ފުއްކިބާގައި ފިރުމާލަން ޖެހިދާނެއެވެ.
އަހަރެންނަށް ވެރިކަން ލިބިއްޖެނަމަ ރާއްޖެތެރޭގެ ކޮންމެ ރަށެއްގެ މެދުގައި ހަދާނީ ބޮޑު އެއް މިސްކިތެވެ. އަދި އަންހެނުން ނަމާދުކުރުމަށްޓަކައި ކޮންމެ މިސްކިތެއްގައި ޖަގަހަ ހަދާނީއެވެ. އަދި ކޮންމެ މިސްކިތަކަށް ރާއްޖޭން ބޭރުގެ މަދަރުސާއަކުން ދީނީ ތަޢުލީމު ޙާޞިލްކޮށްފަ ހުރި ނުވަތަ ރީތިކޮށް ޤުރުއާން ކިޔަވަން އިނގޭ މުދިމަކު ލާނަމެވެ.
ރާއްޖެތެރޭގައި ހުރި އަންހެނުންނަށް ނަމާދުކުރުމަށް ޚާއްޞަކޮފައި ހުރި ތަންތަން ތަޅާލުމަށާއި އެހެންނޫނީ އެތަންތަން ޤުރުއާން ހިތުދަސްކޮށްދޭ މަދަރުސާތަކުގެ ގޮތުގައި ބޭނުންކުރުމަށް އިސްލާމިކް މިނިސްޓްރީއަށް ގޮވާލަމެވެ.
ނަމާދޭ މިސްކިތޭ އަންހެނުންނޭ ކިޔައިގެން އަނގަ އަރުވަން އާޒިމާ ޝަކޫރުމެން ލަދު ގަންނަން ވާނެއެވެ. އައުރަ ނިވާ ނުކޮށް ހުރެ، ދިވެހި ރައްޔިތުންގެ ފައިސާއިން ލޯނު ނަގައި، ނުވިތާކަށް ލޯނު އަދިވެސް އަނބުރާ ނުދައްކައި އާސްތާނާ "އުޑާޖެހޭވަރަށް" އުސްކުރިއަށް އަދި ތިމާއީ ދިވެހި އަންހެނުންނަށް ހެޔޮ އެދޭ މީހަކަށް ނުވާނެއެވެ.
ދުލުގަ ހިފާފައި ދެމީމާ މަޑަކުން ނުހުރެވޭނެއެވެ. މިހާރު މަޑުން ހުރެވިއްޖެއެވެ. ފެތުނު އޮޑީގެ ރިޔާދަށުވެގެން ސަލާމަތް ނުވެވިގެން ނޭވާ ނުލެވިގެން އުޅޭހެން އެބަ ހީވެއެވެ. ވައި ފުޅި އަޅަންވީނޫން ހެއްޔެވެ؟
އަފުރާސީނެވެ! ކަލޭވެސް ތައުބާ ވާށެވެ. ތިޔަކަހަލަ ފަތުވާ ނެރުމުގެ ބަދަލުގައި އިސްލާމްދީނުގެ ރުކުންތަކުގެ ތަރުތީބު ދަސްކުރާށެވެ. ގަލަކުން ބޮލުގައި "ފިރުމާލަންޖެހުމުގެ" ކުރީންނެވެ.

1 comment:

  1. www.dharuslive.com
    mi site gai Link jahaidhevuun edhen...

    ReplyDelete