Monday, 19 October 2009

ހިލްއަތު ރަޝީދު: މާތް ﷲ އަށް ފުރައްސާރަކުރާ ނިކަމެތި އިންސާނެއް
މުރާސިލް
ދިވެހިރާއްޖޭގައި ފާޅުގައި، އެންމެ މަޝްހޫރު މީހަކަށް ދީން ދޫކޮށްލި މީހަކީ، ކުރީގެ ނޫސްވެރިޔާ ހިލްއަތު ރަޝީދެވެ. މިއީ ޔޯލަ ވާހަކައެއްނޫނެވެ. ސިޔާސީގޮތުން ބުނާ ވާހަކައެއްވެސް ނޫނެވެ. މިއީ އޭނަގެ ލިއުންތަކާއި، އަމަލުތަކާއި، ޚުދު އަހަރެންގެ ހާޟިރުގައި މީހުންކައިރި ދައްކާފައިވާ ވާހަކަތަކަށް ބުރަވެ ބުނާ ވާހަކައެވެ. މިލިއުމުގައި ހިއްލަތަށް ރައްދު ދޭން ބޭނުންވަނީ އޭނައަށް އެނގޭ ބަހުރުވައިންނެވެ.

ފުރަތަމަވެސް ހިލްއަތުގެ ލިއުންތަކަށް ބަލާލާނަމެވެ. މިގޮތުން އަހަރުމެންގެ މާތް ނަބިއްޔާ މުހައްމަދުގެ ފާނު ކުރެއްވި ކައިވެނި ފުޅަކަށް ޖޯކު ޖަހައިގެން ލިޔެފައިވެއެވެ. ހިލްއަތު ބުނާގޮތުން އެކަލޭގެފާނު އައިޝާތުގެފާނާއި ކައިވެނި ބައްލަވައިގަތީ އުމުރުން ހަގު ކުދިންނާ ކައިވެނި ކުރުމަކީ ކިހާވަރެއްގެ 'ގެއްލުންހުރި' ކަމެއްކަމުގެ މައުލޫމާތު ނުލިބޭތީއެވެ. ސުބަހާނަﷲ އެވެ. އެކަލޭގެފާނަށް އަހަރުން އިންސާނުންނަށް ނޭންގޭ އެތައް ހަބަރެއް ވަނީ ދެއްވާފައެވެ. ކުރިން ހިނގާފައިވާ ކަންތަކާއި ފަހުން ވާނޭ ކަންތަކުގެ ހަބަރެވެ. އަހަރުމެން ކަހަލަ އާދައިގެ ނިކަމެތި އިންސާނެއް މިފަދަ ކުފުރު ވާހަކައެއް ބުނާއިރު ވިސްނާލަބަލާށެވެ. ފުރަތަމަ ތިމާ އަކީ އަންހެންކުދިންގެ ކިބައިން ލިބޭނެ އުފަލާއި އަރާމެއް، އަނބިފިރި ކަމުގެ ގުޅުމެއް، ހަރާންކޮށްގެން ހުރި މީހެކެވެ. މިފަދަ މީހަކަށް ކައިވެންޏާ ބެހޭގޮތުން ދެއްކޭނީ ކޮން ވާހަކައެއް ހެއްޔެވެ. މިލިއުމުގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި، މިކައިވެނިފުޅާވެސް ވަނީ ގުޅުވާލަން މަސައްކަތްކޮށްފައެވެ.

ރޯދަމަހު ޓީވީއެމްއިން ދައްކާ ދީނީ ޕްރޮގްރާމްތަކަށް ޖޯކު ޖެހުމުގެ ގޮތުން ބުނެފައިވަނީ، "ތިމަންނައަށް ހަމައެކަނި ފެންނަނީ ތުނބުޅިތަކަކާއި، ކުރުފަޓްލޫނާއި، ކަޅުބުރުގާތަކެއްގެ ޝޯވް އެއްގެ ގޮތުގައި ކަމަށެވެ. މިފެންވަރުގެ މީހަކަށް ފެންނާނީ އެހެންނެވެ. ތިމާ ހެއްދެވި ފަރާތާއި، އުޅެން އަންގަވާފައިވާ ދީން އޮޅިފަ ހުރި މީހަކަށް ދީނީ އިލްމުވެރިންނެއް، ދީނީ ތަގްރީރެއް ވަތްކެއްނުވާނެއެވެ.

ނިންމާލަމުން ހިލްއަތަށް ބުނަމެވެ. މި ލިއުން އަދި ނިމުނީއެއްނޫނެވެ. އިސްލާމްދީނަށް ފުރައްސާރަކޮށް ލިޔަމުންދާ ކޮންމެ ލިއުމަކާ ދެކޮޅަށް އަހަރުމެންވެސް ލިޔާނަމެވެ. ހިލްއަތުގެ ފަތިފުށް ހާމަކޮށްލުމަކީ އަހަރެންނަށް ހަމަ މެޓައެކެވެ. ނަމަވެސް އިސްލާހުވޭތޯ ޗާންސެއް މި ދެނީއެވެ. މި ބަރަކާތްތެރިމަހުގައި ތައުބާވެ، އިސްލާހުގެ މަގަށް އެނބުރި އައުމަށް ގޮވާލަމެވެ. ކޮންމެ މީހަކުވެސް 'ހިތްއެދޭ' ކަންތައްތަކެއް ހުންނާނެއެވެ. އެކަމެއް ދީނުގައި މަނާވުމަކީ ދީން ދޫކޮށްލަން ޖެހޭވަރުކަމެއްނޫނެވެ. މިވަރުން މިބުނީ ކީކޭކަން ހިލްއަތަށް އެނގޭނެކަމަށް ހީކުރަމެވެ. ތީ ނިކަމެތި އިންސާނެކެވެ. އަމިއްލައަށް ވިސްނާލަބަލާށެވެ.

ތިކިތެޅިތާނަ އާއި، ރައީސް ނަޝީދާއި، މައުމޫނާ ބެހޭގޮތުން ލިއުންތައް ލިޔުނަސް ފަރުވާލެއްނެތެވެ. ދީނާ ނުބެހޭށެވެ.
މިއީ މުރާސިލުން ނަގާފައިވާ ލިޔުމެވެ.

1 comment:

  1. hilath akee haadhahaa nulafa meehekey

    ReplyDelete