Saturday 31 October 2009

ރައީސްއޮފީހުން ލެޕްޓޮޕް "ވަގަށްނެގުން" ކޮންކަހަލަ ޑީލެއްބާ؟

ރައީސްއޮފީހުން ލެޕްޓޮޕް "ވަގަށްނެގުން" ކޮންކަހަލަ ޑީލެއްބާ؟
ދޮންހަސަނު
ދާދިފަހުން ދިވެހިރާއްޖޭގެ އެންމެ ސެކިއުރިޓީގަދަ އޮފީސްކަމުގައިވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މުހިއްމު މަޢުލޫމާތު ތަކެއް ހުރި ހަތަރު ލެޕްޓޮޕް "ވަގަށްނެގި" ވާހަކަ ރައީސްއޮފީހުން މީޑިޔާއަށް ހާމަކޮށް ދިވެހިރައްޔިތުންނަކީ ބޮލެއްނެތް މީދާކޭ އުނބު ހުންނަ ބައެއްކަމުގައި ހަދައިފިއެވެ.
ސިޔާސީ މުޙައްލިލުން ތުހުމަތު ކުރާ ގޮތުގައި މިފަދަތަކެއް މިފަދަ އަޖައިބުކުރުވަނިވި ގޮތަކަށް މި ގެއްލުނީ އެމްޑީޕީ ސަރުކާރާއި ޑީއާރުޕީ އާދެެމެދު ހަދާފައިވާ 30 އަހަރުގެ މައުމޫނު ކުޅިގަނޑުގެ "ހެކި ނައްތާލުމުގެ" އެއްބަސްވުމުގެ ދަށުންނެވެ.

އެމްޑީޕީގެ މެޖޯރިޓީ ރައްޔިތުންގެ މަޖިލީހުގައި ނެތުމާއެކު ސަރުކާރުން ބިލެތްގަނޑެއް ފާސްކުރަން ބޭނުންވާ ކޮންމެ ފަހަރަކު ޑީއާރުޕީ ފައި ބުޑަށް އާދޭސްކޮށް ސަލާންޖަހަން ދިއުމުން، ކޮންމެފަހަރަކުވެސް ޑީއާރުޕީ ބޭނުންވާ ކޮންމެވެސް ޑީލެއް ހަދައެވެ. މިގޮތުން މިފަހަރުގެ ޑީލަކީ އެއަރމޯލްޑިވްސް، އެފްޕީއައިޑީ އަދި އެފަދަ "ކައްވާލައިފާ" ނުވަތަ "ދިރުވާލާފައިވާ" ކުންފުނިތަކުގެ މައްސަލަތައް ތަޙްޤީޤުކުރުން ހުއްޓާލުމެވެ. އެކަމަށް އޮތް ހަމައެކަނި މަގަކީ ހެކި ނައްތާލުންކަމުގައިވާތީ ހެކިނައްތާލުމަށްޓަކައި ފޫގަޅަނީއެވެ.
ރައީސްއޮފީހުގެ ހަފަރާތުގައި ސީސީ ޓީވީ ކެމެރާ ހުރެފައި، ސީސީ ޓީވީ މަންޒަރުތައް ރެކޯރޑްކުރެވެމުންދެއެވެ. މުވައްޒަރުން އެތެރެއަށް ވަދެވެނީ ފާސްކޮށްފައެވެ. މިފަދަ ތަނަކުން ވަގަށް ލެޕްޓޮޕް ގެންދެވޭނެކަމަށް ރައީސް ނަޝީދާއި އޭނާގެ މައުތުޕީސް ޒުހައިރުއެކަނި ޤަބޫލުކޮށްފާނެއެވެ. އަދި ކުރިޔަށް އޮތް ތާނގައި ސަރުކާރުގެ އެކި އެކި އޮފީސްތަކުން ބައިވަރު ލިޔެކިޔުންތަކާއި ލެޕްޓޮޕްތައް "ވަގަށް ނަގާނެއެވެ." ރިޔާސީ ކޮމިޝަނަކީ ދަޅައެކެވެ. ދިވެހިރައްޔިތުން ލޮލުގައި އަނދުން އެޅުވީ ދޮތައެވެ.
ވޭތުވެދިޔަ ތަނުގައި އަނިޔާވެރި ސަރުކާރުން ކުރި އަނިޔާއާއި ދިވެހިރައްޔިތުންނަށް ވެފައިވާ ޚިޔާނާތާއި ފަސާދަ ކެނެރީ ފޮރުވަމުން އެދަނީ ހިތްތިރިކޮށް، ކިބުރުވެރިކަން ކުޑަކޮށް، ބަދަލު ނުހުފިމުގެ ނަމުގައެވެ.
ޢަދުލް އިންސާފު ޤާއިމްކުރުމަކީ ބަދަލު ހިފުމެއް ނޫނެވެ. ރައްޔިތުންގެ ޙައްޤެއް ގެއްލިފައިވާނަމަ އެ ޙައްޤެއްހޯދައި ދިނުމަކީ ބަދަލު ހިފުންތޯއެވެ. އަނިޔާވެރިންނާއި، ޚިޔާނާތްތެރިންނަށް އަދަބު ދިނުމަކީ ބަދަލުހިފުންތޯއެވެ؟
ދިވެހިރާއްޖޭގައި އިސްލާމީ ޝަރީޢާ ޤާއިމްކުރަން އަހަރެމެން ފޫގަޅައިގެން މިއުޅެނީ މިފަދަ ކަންތައްތަކުން ދިވެހިރައްޔިތުންގެ ހިތްތަކަށް ލިބިފައިވާ ނުތަނަވަސްކަން އެއްކިބާކޮށް، އުފާވެރިކާމާއި ޢަދުލްއިންސާފުގެ މަތީގައި ޤާއިމްކުރެވިފައިވާ، ﷲ ގެ ޤާނޫނު މި ދިވެހި ފަސްގަނޑުގައި ހިންގުމަށް ޓަކައެވެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މަޤްޞަދު ޙާޞިލްވާނެއެވެ. މަކަރުން ފުރިފައިވާ މަކަރުވެރި ވެރިކަމުގެ ނިޒާމެއް ދިވެހިރައްޔިތުން ބޭނުމެއް ނޫނެވެ. އިސްލާމީ ޝަރީޢަތަކީ މިފަދަ ހުރިހާ އުނި ކަންތައްތަކަކުން އެއްކިބާވެފައިވާ އެންމެ ފުރިހަަމަ ޝަރީޢަތެވެ. އިސްލާމީ ޝަރީޢަތްދެކެ ތިޔަ ބިރުގަންނަނީ އެހެންވެގެންނެވެ. އެކަމަކު ދިވެހިރާއްޖޭގައި އިސްލާމީ ޝަރީޢަތް ޤާއިމްކުރުމަށްޓަކައި މިހާރު މިފެށި މަސައްކަތް ﷲ ގެ ވާގިފުޅާއެކު ދުވަހަކުވެސް ހުއްޓައެއް ނުލާނަމެވެ. ރައްޔިތުން ހޭލުންތެރިވޭ!

No comments:

Post a Comment