Monday 7 December 2009

މާތް ﷲ އިރާދަކުރެއްވިއްޔާ މިގައުމުގެ ހުންގާނާއި ދެންހަވާލުވަނީ އިސްލާމީ ޝަރީއަތް ޤާޢިމުކުރާނެ ވެރިއެއް.


މާތް ﷲ އިރާދަކުރެއްވިއްޔާ މިގައުމުގެ ހުންގާނާއި ދެންހަވާލުވަނީ އިސްލާމީ ޝަރީއަތް ޤާޢިމުކުރާނެ ވެރިއެއް.
ޙުސައިން
އިސްލާމީ ޝަރީއަތަކީ އެންމެ ޒަމާންވީ ޝަރީއަތެވެ. އެންމެ ކާމިޔާބު ޝަރީއަތެވެ. އިސްލާމް ދީން ބާރުއަޅަނީ، ހުރިހާ މަހުލޫގުންނާއިމެދުވެސް ޢަދުލުވެރި ވުމެވެ. އަދުލުވެރި ޝަރީއަތް ޤާޢިމުކުރުމެވެ. މިއަދު މިގައުމު އެދި ގޮވަނީ، ތެދުވެރި ޢަދުލުވެރި މުސްލިހަކަށެވެ. އިސްލާމީ ޝަޜީއަތުގެ އަލީގައި، މިދޯނީގެ މިސްރާބު، ކަފި ކުރާނެ އަދުލުވެރި ކެޔޮޅަކަށެވެ. އަދި އެކޮޔޮޅާއި އެކު ދަތުރުކުރާނެ، އިސްލާމް ދީނާއި ސުންނަތައް ލޯބިކުރާނެ، އަދުލުވެރި މާލިމީން ތަކަށެވެ.

މިއަދު ޤައުމުގެ ޙާލަތުވަނީ ބަދަލުވެފައެވެ. ތަރައްޤީގެ ނަމުގައި، މި ޠާހިރު ފަސްގަނޑުގައި، ބަނގުރަލާއި، ބާތިލު ދީންތަކަށް އަޅުކަން ކުރުމާއި، ފާހިޝް ޢަމަލުތަކުގެ، ދޮރުތައް ހުޅުވުމަށް، ބަޔަކު މަސައްކަތް ކުރަމުންގެންދެއެވެ. ' ތާހިރު ދިރިއުޅުމަކަށް' 'އަނެއް ދިވެހިރާއްޖެ' ވަތަން އެދޭ ގޮތަށް' މިފަދަ ޝިޢަރުތަކުގެ ނަމުގައި، މަސައްކަތް ކުރަމުންގެންދަނީ، ހަޑި މުޑުދާރު ދިރިއުޅުމަކަށް ދިވެހިން ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ. އަނެއް ދިވެހި ރާއްޖެގެ ނަމުގައި، ފާހިޝް ޢަމަލުތަކުން ފުރިފައިވާ ދިވެހިރާއްޖެއަކަށް ހަނދަމުންނެވެ. ވަތަން އެދޭ ގޮތައްގެ ނަމުގައި، ޝިޢާރު ފާޅުކޮށް ވެރިކަން ކުރަމުންގެންދަނީ ޔަހޫދީންނާއި ނަޞާރާއިން އެދޭ ގޮތަށެވެ.

މިފަދަ ޙާލަތަކަށް ގައުމުގެ ޙާލަތު ގޮސްފައިވުމުން، ގައުމުގެ ހުންގާނު އަމާން އައްސޭރިއަކަށް ގެންދިޔުމަށްޓަކައި، އިސްލާމް ދީނަށާއި ސުންނަތައް ލޯބިކުރާނެ ޒުވާން ވެރިއަކު، މިގައުމުގެ ހުންގާނާއި ހަވާލުވުމެވެ. ބޭނުންވަނީ ޤަރަގު ވެފައިވާ މިކަނޑުން ޤައުމު ސަލާމަތް ކުރުމެވެ.

މާތް ﷲ އިރާދަ ފުޅާއި މިންވަރު ފުޅުން، 11 ނޮވެންބަރަ 2013 ވާ ހޯމަދުވަހު، މިރާއްޖޭގައި ހުވާކުރައްވާނީ އިސްލާމް ދީނާއި، ސުންނަތައް ލޯބިކުރާ އަދުލުވެރި ވެރިއެކެވެ. މިހާރު އެބޭފުޅަކު ތަޢުލީމު ޙާސިލްކުރައްވަމުންގެންދަވަނީ ދުނިޔޭގެ ވަރަށް މަޝްހޫރު ގައުމެއްގެ ޔުނިވަރަސިޓީއެއްގައެވެ.

އަޅުގަނޑު ތާޢީދު މިހާރުން ފެށިގެން އެބޭފުޅަކަށް އަރުވައިފީމުއެވެ. އޭގެ ކުރިން އަޅުގަނޑު މަސައްކަތް ކުރާނީ އަޅުގަނޑުގެ އަމިއްލަ ނަފުސުގައި، އިސްލާމީ ޝަރީއަތް ޤާއިމުކުރުމެވެ. އެއަށްފަހު، އިސްލާމީ އާއިލާއެއްގެ ތެރޭގައި އިސްލާމީ ޝަރީއަތުގެ ކިއްލާ ބިނާކުރުމެވެ. އެއަށްފަހު، އިސްލާމީ މުޖުތަމައުއެއް ބިނާކުރުމެވެ. އެއަށްފަހު އިސްލާމީ ގައުމެއް ބިނާކުރުމެވެ. މާތް ﷲ އިރާދަކުރެއްވިއްޔާ މިގޮތަށް މިސްރާބު ގެންދެވިއްޖެނަމަ، މިގައުމުގައި އިސްލާމީ ޝަރީއަތް ޤާއިމުކުރެވޭނެއެވެ. އަދި މިފަދަ ވެރިއަކަށް ތާޢީދުކުރާނެ އަޤުލަބިއްޔަތެއް، މިގައުމުގައި އުފެއްދޭނެއެވެ. އަޅުގަނޑުމެންގެ ހަތިޔާރަކީ ހިކުމަތާއި ދުވާއެވެ. ހަތިޔާރުގައި ހިއްޕަވާށެވެ.

ބޭނުމަކީ، މިގައުމުގައި އިސްލާމީ އުންމަތެއް ބިނާކުރުމެވެ. އިސްލާމީ ވެރިކަމެއް ބިނާކުރުމެވެ. އިސލާމީ ޝަރީއަތުގެ ކިއްލާ މިގައުމުގައި ބިނާކުރުމެވެ..

4 comments:

  1. ހަދާން ނއްތާލާ. . ދީން ކޮއްމެ ކަމއްގެ ތެރެއް ނުވައްދަބަ؟؟ އެމީހަކު އުޅޭ ދީނަކައް އުޅުނީމަ ހުއްނާނީ ރަގަލައް. ކޮއްމެހެނ ނުޖެހޭ މިތާ ތިބުނާ ޝަރިއަ ގާއިމް ކުރާކަޝެއް. .

    ReplyDelete
  2. ތިކަން ވެއްޖެނަމަ ﷲ އަށް ޙަމްދު ހުރި. އެބޭފުޅަކީ ކޮންބޭފުޅެއްބާ؟

    ReplyDelete
  3. އިރާދަކުރެއްވިޔާ ތިދުވަސް އަންނާނޭ. ތީ އަޅުގެ ދުޢާ އަކީވެސް. ބޭނުންހާ ދީނަކަށް ބޭނުންހާ ގޮތަކަށް މި ފަސްގަނޑުގަ އުވިގެންނެއް ނުވާނެ. ﷲ ދީނަށް އެކަލާންގެ ނަސްރުދެއްވާނެ. ދީނުގެ ހުކުމްތައް ޤާއިމުކުރެވެންޖެހޭނެވެ.

    ReplyDelete
  4. އެމް.ޑީ.ޕީ އަދި ޑީ. އާރް. ޕީ ވެސް ކަމަކުނުދޭ. މި ޤައުމު އެދި ގޮވަނީ ދީނީ ބަތޮލަކަށް. އިސްލާމްދީނުގެ ޝަރީއަތް ޤާއިމް ކުރެވޭ ފަދަ އިސްލާމީ ސަޙްސިއްޔަތެއް. ޢުމަރު ބުނު ޙައްތޯބެއް ނޫނީ ޢުމަރު ބުނު ޢަބްދުލް ޢަޒީޒް ފަދަ އިސްލާމީ ވެރިޔެއް. ކީރިތި ޤުރުއާން އާއި ކީރިތި ރަސޫލާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމް ގެ ހުކުމްތަކަށް ތަބާވާ އަދުލުވެރި ވެރިޔެއް.

    ReplyDelete