Thursday, 5 August 2010

ނުކުޅެދޭ ޑިމޮކްރަސީ ނިޒާމްގައި ކޮޅުފައިން ޖެހުމަށްފަހު، ﷲ ޝަރީޢަތް ތަންފީޒު ކުރަންޖެހޭ ވަގުތު އަދިވެސް ނާދޭ ހެއްޔެވެ؟

އަބޫ ޣަރީބް
މުޅި ޤައުމު ހަމަނުޖެހުމެއްގައެވެ. އެކި ކަންކޮޅުތަކުގައި މުޒާހަރާތެކެވެ. ޕާރޓީތަކުގެ މެދުގައި ތަޅާފޮޅުމެވެ. ދޮގު ހެދުމާއި ރިޝްވަތު ކެއުމާއި ވައްކަން ކުރުން ސިޔާސީ ދާއިރާގައި ޢާއްމުވެއްޖެ އެވެ. ފުލުހުންނާއި އަމަން ބަލަހައްޓާ މީހުން ދާންވީ ނުދާންވީ ކޮޅެއް ނޭނގި އަންނަހާ އަމުރަކަށް ކިޔަމަން ވަމުން ދަނީ އެވެ. ނުކުޅެދޭ ޑިމޮކްރަސީގެ ސިޔާސީ އޮއެވަރުގައި ދިވެހިންތައް ޖެހި މަސްތުވެގެންދާ ހިނދު މިއީ ކިހާވަރެއްގެ ދަށްފެންވަރެއްގެ ދިރިއުޅުމުގެ ނިޒާމެއްކަން އިޙްސާސް ކުރެވުނީ ކިތައް ދިވެހި ދަރީންނަށް ހެއްޔެވެ؟

ނުކުޅެދޭ ޑިމޮކްރަސީ ނިޒާމްގެ ފުރިހަމަކަމުގެ ވާހަކަ ދައްކާ މީހުން އަބަދުވެސް މަސައްކަތް ކުރަނީ އެއް ބައްޓަމަކަށެވެ. އެއީ އެއްބެއްގެ އުނިކަން ދެއްކުމަށް ފަހު އެމީހުން ވައްޓާލުމަށްފަހު ކުރިއެރުމެވެ. ވާދަވެރިކަމުގެ ރޭހެކެވެ. އަދި މި ވައްޓާލުމުގައި އެކި އުޞޫލުތައް ބޭނުން ކުރެއެވެ. އޭގެތެރެއިން އެންމެ ހުތުރުކަން ބޮޑު އެއް އުޞޫލަކީ ހަމަނުޖެހުންތައް ބޮޑު ކުރުމަށްފަހު ބޭރުގެ ޤައުމުތަކަށް އެ މަންޒަރުތައް ދައްކައިގެން އެމީހުންގެ އިރުޝާދުގެ ދަށުން ކަންކަން ހައްލު ކުރުމެވެ. މިބައިމީހުން އެހީއާއި މަދަދާއި ހައްލު ހޯދުމަށް މި އެދެނީ ކޮންބައެއްގެ ގާތުން ހެއްޔެވެ؟ ކުއްފާރުންގެ ގާތުންނެވެ. ތެދެއްމެ މި ނުކުޅެދޭ ޑިމޮކްރަސީ ނިޒާމް ގެ ބައްޕައިންނަކީ އެމީހުން ވިއްޔާ އެވެ.

ދަޢުވާ ކުރަނީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައެވެ. ނަމަވެސް ޤާނޫން ހެދުމުގައި މަޝްވަރާ ކުރަނީ ކުއްފާރުންގެ ފަރާތުންނެވެ. ސިޔާސީ ހައްލުތައް ހޯދުމުގައި ދުވެފައި ދަނީ ކުއްފާރުންގެ ފައިބުޑަށެވެ. ފަހެ މިއީ ﷲ އަށް ގޮންޖެހުން ފިޔަވައި ދެން ކޮންކަމެއް ހެއްޔެވެ؟ ﷲ ގެ ޤާނޫނާއި އެއިލާހުގެ ދުސްތޫރު އަހަރެމެންނަށް ނުފުދެނީ ހެއްޔެވެ؟ ހަމަކަށަވަރުން އިސްލާމުންނަށް ﷲ ކަނޑައެޅުއްވި ޤާނޫނަކީ އެއީ އެވެ. ކީރިތި ޤުރުއާނާއި ރަސޫލު ﷲ (صلى الله عليه وسلم) ގެ ސުންނަތެވެ. މި ދެ އަޞްލުގައި ކޮޅުފައިން ޖެހުމަށް ފަހު ކާފަރުންގެ ގާތުން ހައްލެއް ލިބޭނެކަމަށް ޤަބޫލު ކުރުމަށްވުރެ މޮޔަ ކަމެއް އޮންނާނެ ހެއްޔެވެ؟

މި ހަލަބޮލިކަމާއި މި ހަމަނުޖެހުމުގެ މެދުގައި ތިއްބެވި ލޮބުވެތި ޢާއްމު މުސްލިމުންނޭވެ! އަމަން އަމާންކަމާއި ހަމަޖެހުން ލިބުންވަނީ ހަމަކަށަވަރުން އަހަރެމެންގެ މައްޗަށް ކަނޑައަޅުއްވާފައިވާ ﷲ ގެ ޝަރީޢަތް ތަންފީޒު ކުރުމުންނެވެ. އެމެރިކާއާއި، އިނގިރޭސިންނާއި ފަރަންސޭސީންގެ މަޝްވަރާއިން މުސްލިމުންނަށް ލިބޭނެ އެއްވެސް މަންފާއެއް ނޯންނާއެވެ. ޙަޤީޤަތުގައި އެމީހުންނަކީ އިސްލާމުދީނުގެ ބޮޑެތި ޢަދުއްވުންނެވެ. އަދި ހަމައެހެންމެ ﷲ ގެ ވަޢުދު ހަމަ ޔަޤީނުން ވެސް ދޮގެއް ނުވާނެއެވެ. އެއިލާހުގެ ވަޙީއަކަށް ދުވަހަކުވެސް ބަދަލެއް ނާންނާނެއެވެ. އެއިލާހު މުސްލިމުންނަށް އަންގަވާފައިވަނީ، ކުއްފާރުންގެ މިއްލަތަށް، އެބައިމީހުންގެ ދީނަށް މުސްލިމުން ރުޖޫޢަވެއްޖައުމަށް ދާންދެން އެކުއްފާރުން އަހަރެމެންގެ މައްޗަށް ނުރުހޭނެ ކަމަށެވެ. އެހެންކަމުން އެމީހުންގެ ރުހުން ހޯދުމަށްޓަކައި އަހަރެމެންގެ ލޮބޮވެތި ދީން ދޫކޮށްލަން ތިޔައިގެ ތެރެއިން ހަމަ އެކަކުވެސް ބޭނުންފުޅެއް ނުވާނެއެވެ. ސިޔާސީ ވާދަވެރިކަމާއި ސިޔާސީ ދޮގުތަކާއި ސިޔާސީ ކެހިވެރިކަމާއި، ރިޝްވަތާއި ވައްކަން ކުރުމަކީ ﷲ ތަޢާލާގެ އެންމެ އިންޞާފުވެރި ނިޒާމްގައި ކޮޅުފައިން ޖެހުމަށްފަހުގައި އަމިއްލަ ނުކުޅެދޭ ވަޟަޢީ ޤާނުންތަކަށް ކިޔަމަންވުމުގެ ސަބަބުން ނިކުންނަ ހިތާމަވެރި ނަތީޖާތަކެވެ. ޣާފިލްކަމުގެ ނިދިން ހޭލާ ޑިމޮކްރަސީގެ ނުކުޅެދޭ ނިޒާމްގައި ކޮޅުފައިން ޖެހުމަށްފަހު، ﷲ ޝަރީޢަތައް ނަޞްރު ދިނުމުގެ ވަގުތު އަދިވެސް ނުޖެހޭ ހެއްޔެވެ؟ އެއްވެސް ޝައްކެއް ނެތް ގޮތުގައި ސުލްޙަ މަޞްލަޙަތާއި އަމަން އަމާންކަން ވަނީ 7 އުޑު މަތިން ﷲ ބާއްވާއްލެއްވި މަތިވެރި ނިޒާމްގައެވެ.


Read more...

Thursday, 22 July 2010

އިސްލާމީ ޝަރީޢަތުގެ ފުރަތަމަ މަޞްދަރު: القُرْآن

ޝާޑު ވަރޑްޕްރެސް

ސުވާލާއި ޖަވާބު

1) ކީރިތި ޤުރްއާނުގެ އެންމެ މަޝްހޫރު ނަމަކީ [قُرْآن] އެވެ. މި ލަފްޡުގެ މާނައަކީ ކޮބައިކަން ދަލީލާއެކު ބަޔާންކުރޭ!

ޖ. އަލްޤިޔާމަތު ސޫރަތުގެ 17-18 ވަނަ އާޔަތުގައި ﷲ ވަޙީކުރެއްވިއެވެ. إِنَّ عَلَيْنَا جَمْعَهُ وَقُرْآنَهُ. فَإِذَا قَرَأْنَاهُ فَاتَّبِعْ قُرْآنَهُ. މާނައީ [ހަމަކަށަވަރުން އެ ޤުރްއާން (ކަލޭގެފާނަށް) ކިޔަވާ ވިދާޅުވެވޭގޮތަށް ދަސްކޮށްދެއްވުން ވަނީ ތިމަންރަސްކަލާނގެ ޙަޟްރަތަށެވެ. ފަހެ, (ޖިބްރީލް عليه السلام މެދުވެރިކުރައްވާ) އެ ޤުރްއާން ބާވާލައްވަވާ ހިނދު ކަލޭގެފާނު އެކިޔަވާ އަޑުއައްސަވާށެވެ.] القُرْآن ނަޤުލްވެފައިވަނީ މަޞްދަރުގެ މާނާގައެވެ. القِرَاءَةُ (ކިޔެވުން) މި މާނާގައިވެސް ބޭނުންކުރެވެއެވެ. އަދި ކަމުގެ ރައްދުވާއަށް މަޞްދަރު ބޭނުންކުރާ އުޞޫލުން, ﷲ ގެ ކަލާމްފުޅަށް ބޭނުންކުރެވުނެވެ.

2) ކީރިތި ޤުރްއާނަށް ދެވިފައިވާ އެހެން ދެ ނަމެއް ދަލީލާއިއެކު ބަޔާންކުރޭ!

ޖ. (ހ) الفُرْقَان: އަލްފުރުޤާން ސޫރަތުގެ ފުރަތަމަ އާޔަތުގައި ﷲ ވަޙީކުރެއްވިއެވެ. تَبَارَكَ الَّذِي نَزَّلَ الْفُرْقَانَ عَلَى عَبْدِهِ لِيَكُونَ لِلْعَالَمِينَ نَذِيرًا މާނައީ [އިންސާނުންނާއި ޖިންނީންނަށް އިންޛާރުކުރައްވާ ބޭކަލަކުކަމުގައި, އެކަލާނގެ އަޅާއަށް الفُرْقان (ހެވައި ނުބައި ވަކިކޮށް އަންގައިދޭ މިންގަނޑު) ބާވާލެއްވި ކަލާނގެ މަތިވެރިވެ މާތްވެވޮޑިގެންފިއެވެ.]
(ށ) الذِّكْر: އަލްއަންބިޔާ ސޫރަތުގެ 50 ވަނަ އާޔަތުގައި ﷲ ވަޙީކުރެއްވިއެވެ. وَهَذَا ذِكْرٌ مُبَارَكٌ أَنْزَلْنَاهُ މާނައީ [މިއީ ތިމަންރަސްކަލާނގެ ކަލޭގެފާނަށް ބާވާލެއްވި ބަރަކާތްތެރި ޛިކުރެވެ.]

3) ޤުރްއާނަށް ކިޔޭ އެންމެ މަޝްހޫރު ދެ ނަމަކީ ކޮބާ؟

ޖ. القُرْآن އާއި الفُرْقَان އެވެ.

4) ޤުރްއާނުގެ އިޞްޠިލާޙީ މާނައަކީ ކޮބާ؟

ޖ. ޤުރްއާނަކީ އެއްވެސް ޝައްކެއް ނެތި, ރަސޫލާ صلى الله عليه وسلم ގެ އަރިހުން މުތަވާތިރުކޮށް ނަޤުލްކުރެވި, މުޞްޙަފްތަކުގައި ލިޔެވިފައިވާ, އެކަލޭގެފާނަށް ބާވާލެއްވެވި ﷲ ގެ ކަލާމްފުޅެވެ.

5) ކީރިތި ޤުރްއާނުގެ އެކިއެކި ބާވާލެއްވުންތަކުގެ ތެރެއިން ޢިލްމުވެރިން ބަޔާންކުރައްރާ 3 ބާވާލެއްވުން ދަލީލާއިއެކު ލިޔޭ!

ޖ. (ހ) الَوحُ المَحْفُوظ އަށް: ސޫރަތުލް ބުރޫޖިގެ 21-22 ގައި ﷲ ވަޙީކުރެއްވިއެވެ. بَلْ هُوَ قُرْآنٌ مَجِيدٌ. فِي لَوْحٍ مَحْفُوظٍ. މާނައީ [އަދި ކިއެއްތަ! އެއީ لَوحُ الْمَحْفُوظ (ރައްކާކުރެވިފައިވާ ފިލައެއް) ގައިވާ މާތްވެގެންވާ ޤުރުއާނެވެ.]
(ށ) بَيْتُ العِزَّة އަށް: ސޫރަތުލް ޤަދްރިގެ ފުރަތަމަ އާޔަތުގައި ﷲ ވަޙީކުރެއްވިއެވެ. إِنَّا أَنْزَلْنَاهُ فِي لَيْلَةِ الْقَدْرِ މާނައީ [ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެ ޤުރްއާން ބާވާލެއްވީ ލައިލަތުލް ޤަދްރީގައެވެ.] އިބްނު ޢައްބާސް رضي الله عنهما ވިދާޅުވިގޮތުގައި, ކީރިތި ޤުރްއާން ލައިލަތުލް ޤަދްރީގައި ދުނިޔޭގެ އުޑަށް (އެބަހީ بَيْتُ العِزَّة އަށް) އެކީއެކަށް ބަވާލެއްވުނެވެ.
(ނ) ޖިބްރީލް عليه السلام މެދުވެރިކުރައްވާ ރަސޫލާ محمد صلى الله عليه وسلم އަށް: ސޫރަތުއް ޝުޢަރާގެ 193-194 ގައި ﷲ ވަޙީކުރެއްވިއެވެ. نَزَلَ بِهِ الرُّوحُ الأمِينُ. عَلَى قَلْبِكَ لِتَكُونَ مِنَ الْمُنْذِرِينَ. މާނައީ [އެ (ޤުރްއާން) އާއިގެން ފައިބާވަޑައިގެންނެވީ الرُّوحُ الأَمِين (ޖިބްރީލް عليه السلام) އެވެ. އެ (ޤުރްއާން) ކަލޭގެފާނުގެ ހިތްޕުޅަށް ފޯރުކޮށްދިނުށްޓަކައެވެ. އެއީ އިންޛާރުދެއްވަވާ ބޭކަލުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަތުމަށްޓަކައެވެ.]

6) ކީރިތި ރަސޫލާ صلى الله عليه وسلم އަށް ޤުރްއާން ބާވާލެއްވުނު ގޮތްތަކަކީ ކޮބާ؟ އަދި އޭގެތެރެއިން ރަސޫލާ صلى الله عليه وسلم އަށް އެންމެ އުނދަގޫފުޅުވެލައްވާ ގޮތަކީކޮބާ؟

ޖ. (ހ) ރަސޫލާ صلى الله عليه وسلم އިންސާނެއްގެ ޙާލަތުން މަލާއިކަތް ބޭކަލެއްގެ ޙާލަތައް ބަދަލުވެ, ޖިބްރީލް عليه السلام ގެ އަރިހުން އަޑުއައްސަވާ އެ ވަޙީ ބަސްފުޅު ޙާޞިލްކުރުމެވެ. މިއީ އެކަލޭގެފާނު صلى الله عليه وسلم އަށް އެންމެ އުނދަގޫފުޅުވެލައްވާ ގޮތެވެ.
(ށ) ޖިބްރީލް عليه السلام އިންސާނީ ޙާލަތަށް ބަދަލުވެވަޑައިގެން ރަސޫލާ صلى الله عليه وسلم ގެ އަރިހަށް ވަޑައިގެން, އެކަލޭގެފާނު صلى الله عليه وسلم އެ ވަޙީ ބަސްފުޅު ޙާޞިލްކުރުމެވެ.

7) ކީރިތި ރަސޫލާ صلى الله عليه وسلم އަށް ޤުރްއާން ބާވާލެއްވުނީ ކޮން އުޞޫލަކަށް (މަންހަޖަކަށް) ކަަން ދަލީލާއިއެކު ބަޔާންކުރޭ!

ޖ. ވަކިވަކީން ލަސްލަހުންނެވެ. ދަލީލަކީ އަލްއިސްރާ ސޫރަތުގެ 106 ވަނަ އާޔަތެވެ. وَقُرْآنًا فَرَقْنَاهُ لِتَقْرَأَهُ عَلَى النَّاسِ عَلَى مُكْثٍ وَنَزَّلْنَاهُ تَنْزِيلا މާނައީ [އަދި އެއީ (އެ ޤުރްއާނަކީ) ތިމަންރަސްކަލާނގެ (ބައިބަޔަށް) ބަހާލައްވާފައިވާ ޤުރްއާނެކެވެ. އެއީ ކަލޭގެފާނު މީސްތަކުންނަށް (ވިސްނޭގޮތަށް) ލަސްލަހުން އެ ވިދާޅުވެދެއްވުމަށެވެ. އަދި ތިމަންރަސްކަލާނގެ އެ ވަކިވަކިން (23 އަހަރުގެ ތެރޭގައި) ބާވާލެއްވީމެވެ.]

8) ކީރިތި ޤުރްއާން އެއްފަހަރާ ބާވާނުލެއްވެވި ސަބަބެއްކަމުގައި ﷲ ވަޙީކުރެއްވީ ކޮންކަމެއް؟

ޖ. އަލް ފުރްޤާން ސޫރަތުގެ 32 ވަނަ އާޔަތުގައިވެއެވެ. وَقَالَ الَّذِينَ كَفَرُوا لَوْلا نُزِّلَ عَلَيْهِ الْقُرْآنُ جُمْلَةً وَاحِدَةً كَذَلِكَ لِنُثَبِّتَ بِهِ فُؤَادَكَ وَرَتَّلْنَاهُ تَرْتِيلا މާނައީ [ކާފަރުން ބުނެއެވެ. - (ތަޥްރާތާއި އިންޖީލާއި ޒަބޫރުފަދަ ފޮތްތައް ބާވާލެއްވުނު ފަދައިން) އެއްފަހަރާ އެކަލޭގެފާނުގެ މައްޗަށް ޤުރްއާން ބާވާނުލެއްވުނީ ކީއްވެގެންތޯއެވެ؟ - އެގޮތަށް (ވަކިވަކިން ބާވާލެއްވެވީ) ކަލޭގެފާނުގެ ހިތްޕުޅަށް ޘާބިތުކަން (އަދި ދަސްކޮށް ދެނެގަތުމަށް ފަސޭހަކޮށް) ދެއްވުމަށެވެ. އަދި ތިމަންރަސްކަލާނގެ ކަލޭގެފާނަށް ލަސްލަހުން އެ (ޤުރްއާން) ބާވާލެއްވީމެވެ.]

9)ޤުރްއާން ބާވާލެއްވުނު އަޞްލު ސަބަބުގެ އިތުރުން އެހެން ބައެއް ސަބަބުތަކާއި ގުޅިގެންވެސް ޤުރްއާންގެ އާޔަތްތައް ބާވާލެއްވިއެވެ. މިއަށް ޤުރްއާން ބާވާލެއްވި ސަބަބުތަކޭ ކިޔައެވެ. ޤުންރާން ބާވާލެއްވެވި ސަބަބުތަކުގެ 2 ބާވާތް ލިޔޭ!

ޖ. (ހ) ދިމާވާ ޙާދިޘާއެއްގެ ސަބަބުން އާޔަތް ބާވާލެއްވުން:- ޚައުލަތު ބިންތު ޘަޢުލަބާގެ ފިރިމީހާ އައުސް ބިން އައްޞާމިތު ظِهاَر ކުރި ޙާދިޘާގައި, ޙުކުމެއް ބާވާނުލައްވަނީ ހަމައެކަނި އެކަމަނާގެ މައްސަލަތޯ ސުވާލުކުރެއްވިއެވެ. އަދި ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި އެކަމަނާ ވަނިކޮށް سورة الْمُجَادِلَة ގެ 1 – 4 އަށް ބާވާލެއްވުނެވެ.
(ށ) ކުރެވޭ ސުވާލެއްގެ ސަބަބުން އާޔަތް ބާވާލެއްވުން.

10) ޤުރްއާނުން އެންމެ ފުރަތަމަ ބާވާލެއްވުނު އާޔަތަކީ ކޮބާ؟ އަދި އެންމެ ޞައްޙަ އީ ކޮންގޮތެއް؟

ޖ. (ހ) سورة العَلَق ގެ ފެށޭ ބައި:- އަލްބުޚާރީ އާއި މުސްލިމްގައިވާ ފަދައިން އެންމެ ޞައްޙަކަން ބޮޑު ގޮތަކީ މިއީއެވެ.
(ށ) سورة الْمُدَّثِّر ގެ ފުރަތަމަ އާޔަތް:- މިކަމަށް ދަލީލުކޮށްދިނުމަށް ނަންގަވާ ޙަދީޘަށް ޖަވާބުދެއްވަމުން ވިދާޅުވެފައިވާގޮތުގައި, ކަނޑައެޅިގެން އެންމެ ފުރަތަމަ ބާވާލެއްވުނު އާޔަތްކަމެއް އެރިވާޔަތުން އެނގޭކަށްނެތެވެ. އެއީ އެ ޙަދީޘްގެ މި ޢިބާރާތުންނެވެ. [ތިމަންކަލޭގެފާނަށް ފެނިވަޑައިގަތީ ޙިރާ (ފަރުބަދައިގެ ހޮހަޅައި) ގައި އިންނަވަނިކޮށް ތިމަންކަލޭގެފާނުގެ އަރިހަށް ވަޑައިގަތް މަލާއިކަތާ އުޑާއި ބިމާ ދެމެދު ކުރުސިއެއްގައި އިށީނދެވަޑައިގެން އިންނަވަނިކޮށެވެ.] އެހެންކަމުން فَتْرَةُ الوَحْي އަށްފަހު ބާވާލެއްވުނީ މި ސޫރަތްކަމުގައިވުން އެކަށީގެންވެއެވެ.
(ނ) سورة الفَاتِحَة :- މުރްސަލް ރިވާޔަތެކެވެ. މުރްސަލަކީ ޟަޢީފްގެ ވައްތަރެކެވެ.
(ރ) بِسْمِ الله :- މިއީވެސް މުރްސަލް ރިވާޔަތެކެވެ. بِسْمِ الله އަކީ ކޮންމެ ސޫރަތެއްގެވެސް ފެށޭކޮޅުގައި ބާވާލެއްވެވިފައިވާ އާޔަތެއްކަމުން إِقْرَأ އާއިއެކުވެސް بِسْمِ الله ބާވާލެއްވެވިފައިވާނެއެވެ.

11) ޤުރްއާނުގެ އެންމެ ފަހުން ބާވާލެއްވުނު އާޔަތަކީ ކޮބާ؟ އަދީ އެންމެ ބޮޑަށް ބުރަވެވޭގޮތަކީ ކޮބާ؟

ޖ. (ހ) سورة البَقَرَة ގެ 281 ވަނަ އާޔަތް:- وَاتَّقُوا يَوْمًا تُرْجَعُونَ فِيهِ إِلَى اللَّهِ ثُمَّ تُوَفَّى كُلُّ نَفْسٍ مَا كَسَبَتْ وَهُمْ لا يُظْلَمُونَ މިފަދައިން އިބްނު ޢައްބާސް رضي الله عنهما ވިދާޅުވިއެވެ. އަދި އެންމެ ބޮޑަށް ބުރަވެވޭގޮތަކީ މިއީއެވެ. އަދި އިބްނު ޖުރައިޖު ވިދާޅުވިގޮތުގައި, މި އާޔަތް ބާވާލެއްވުނު ފަހުން ރަސޫލާ صلى الله عليه وسلم ދުނިޔޭގައި ހުންނެވީ 9 ރޭ ވަންދެނެވެ.
(ށ) سورة البَقَرَة ގެ 278 ވަނަ އާޔަތް:- يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَذَرُوا مَا بَقِيَ مِنَ الرِّبَا إِنْ كُنْتُمْ مُؤْمِنِينَ އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން އިމާމް އަލްބުޚާރީ ރިވާކުރެއްވިއެވެ.
(ނ) سورة البَقَرَة ގެ 282 ވަނަ އާޔަތް:- يَا أَيُّهَا الَّذِينَ آمَنُوا إِذَا تَدَايَنْتُمْ بِدَيْنٍ إِلَى أَجَلٍ مُسَمًّى فَاكْتُبُوهُ ސަޢީދު ބުން އަލްމުސައްޔިބުގެ އަރިހުން އިބްނު ޖުރައިޖު ރިވާކުރެއްވިއެވެ. މިއާޔަތަށް آيَةُ الدَّيْن (ދަރަނީގެ އާޔަތް) އޭވެސް ކިޔައެވެ.

12) އެންމެ ފަހުން ބާވާލެއްވުނު އާޔަތްތަކާ ބެހޭ ރިވާޔަތްތައް ޖަމާކުރެއްވުމަށްފަހު އިމާމް ސުޔޫތީ ވިދާޅުވީ ކީކޭ؟

ޖ. އިމާމް ސުޔޫތީ ވިދާޅުވާގޮތުގައި, މި އާޔަތްތަކަކީ އެއް ޤިއްޞާއަކާ ގުޅޭ އާތްތަކެކެވެ. އަދި ބާވާލެއްވުނީވެސް އެއްފަހަރާ ޤުރްއާނުގައި ލިޔެވިފައިވާ ތަރުތީބުންނެވެ. މިގޮތުން ކޮންމެ ބޭފުޅަކުސް އެއިން އާޔަތެއް ވިދާޅުވެ އެންމެ ފަހުން ބާވާލެއްވުނީ މިއާޔަތޭ ވިދާޅުވީއެވެ. އަދި އެގޮތަށް ޚަބަރު ދިނުމަކީ ދޮގަކަށް ނުވާނެއެވެ.

13) ޤުރްއާން ޖަމަޢުކުރެވިފައިވަނީ އާޔަތްތަކުގެ ތަރުތީބުންކަން ދޭހަވާ ދަލީލަކީ ކޮބާ؟

ޖ. (ހ) އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެގެންވާގޮތުގައި, ރަސޫލާ صلى الله عليه وسلم ގެ މައްޗަށް ޤުރްއާނުގެ އާޔަތެއް ބާވާލެއްވުމުން, ވަޙީ ލިޔުއްވާ ބައެއް ކާތިބުންނަށް ގޮވާލައްވާ, އެ އާޔަތް މިވެނި ނަމެއްކިޔާ ސޫރަތެއްގައި ލިޔުއްވުމަށް އަމުރުކުރައްވައެވެ.
(ށ) ޢުޘްމާން ބުން އަބީ އަލްޢާޞް رضي الله عنه ގެ އަރިހުން ރިވާވެގެންވާގޮތުގައި, ރަސޫލު صلى الله عليه وسلم ގެ އަރިހުގައި އިންނަވަނިކޮށް, އެކަލޭގެފާނުގެ ލޯފުޅު ބޮޑުކޮށް މައްޗަށް ދެން ސީދާ ބިމަށް ދެން އަނެއްކާވެސް މައްޗަށް ބައްލަވާލެއްވިއެވެ. އެއަށްފަހު ޖިބްރީލ عليه السلام ވަޑައިގެން, މިވެނި ސޫރަތެއްގެ މިވެނި ތަނެއްގައި އެ އާޔަތް ލިޔުއްވުމަށް އަމުރުކުރެއްވިކަމަށް ޙަދީޘްކުރެއްވިއެވެ.
(ނ) އަބޫ މުލައިކާގެ އަރިހުން ރިވާވެގެންވާގޮތުގައި, މަންސޫޚް ކުރެވިފައިވާ އާޔަތެއް ދޫކޮށްނުލައްވާ ލިޔުއްވަންވީ ކީއްވެތޯ ޢުޘްމާން رضي الله عنه ގެ އަރިހުގައި ސުވާލު ދެންނެވުމުން, ވިދާޅުވީ ޤުރްއާނުން އެއްވެސް އެއްޗެއް އެއޮތްތަނަކުން ބަދަލުނުކުރައްވާނެކަމަށެވެ.
(ރ) އަބުއްދަރްދާ رضي الله عنه ގެ އަރިހުން ރިވާވެގެންވާގޮތުގައި, الكَهْفُ ސޫރަތުގެ ފުރަތަމަ 10 އާޔަތް ހިތުދަސްކޮށްފިމީހާ, ދައްޖާލުގެ ފިތުނައިން ސަލާމަތްވާނެކަމަށް, ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
(ބ) الكَلاَلَة (އަޞްލެއް ފަރުޢެއް ނެތި މަރުވާމީހާގެ ތަރިކަ) އާއި ބެހޭގޮތުން ޢުމަރުގެފާނު رضي الله عنه ސުވާލުދެންނެވުމުން, النِّسَاء ސޫރަތުގެ ފަހުގައިވާ ހޫނުމޫސުގައި ބާވާލެއްވި އާޔަތް އެކަލޭގެފާނަށް ނުފުދޭތޯ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

14) ވަޙީ ލިޔުއްވި މަޝްހޫރު ބައެއް ބޭކަލުންގެ ނަންތައް ލިޔޭ!

ޖ. (ހ) އަބޫ ބަކުރުގެފާނު رضي الله عنه
(ށ) އުބައްޔު ބުން ކަޢުބު رضي الله عنه
(ނ) ޒައިދު ބުން ޘާބިތު رضي الله عنه
(ރ) މުޢާވިޔާ ބުން އަބީ ސުފިޔާން رضي الله عنه
(ބ) ޒައިދު ބުން އަބީ ސުފިޔާން رضي الله عنه
(ޅ) އަލްމުޣީރާ ބުން ޝުޢުބާ رضي الله عنه

15) ޤުރްއާން ލިޔުމުން ޖަމަޢުކުރެވުނު ދައުރުތަކަކީ ކޮބާ؟

ޖ. (ހ) ފުރަތަމަ:- ރަސޫލާ صلى الله عليه وسلم ދެ ދައުރު.
(ށ) ދެވަނަ:- އަބޫ ބަކުރު رضي الله عنه ގެ ދައުރު.
(ނ) ތިންވަނަ:- ޢުޘްމާން رضي الله عنه ގެ ދައުރު – މިއީ އެންމެ ފަހު ދައުރެވެ. މިދައުރުގައި އެތައް ކޮޕީތަކެއް ލިޔެވި އިސްލާމީ ޚިލާފަތުގެ ދަށުން އެކި ސަރަޙައްދުތަކަށް އެކޮޕީތައް ބަހާލެވުނެވެ.


ޝާޑް ވަރޑްޕްރެސް އިން ނަގާފައި

Read more...

Sunday, 18 July 2010

އިސްމާއީލް ދަންޖެހުން- ފައްޅީގެ ބިންގާ ކޮނުން

ޢަބްދުއްލަޠީފް
ދާދިފަހުން އެއަރޕޯރޓު ކޮންޓްރޯލް ޓަވަރުގައި ބޭރަށް ފެންނަގޮތަށް ވާގަނޑެއް އެލުވައިގެން ދަންޖެހުނު އިސްމާޢީލްގެ މަރާއިބެހޭގޮތުން މިހާރު ލިބެމުންދާ ބޭރުގެ ރިޕޯރޓުތަކަށް ބަލާއިރު އެއީ ވަރަށް ކުރިން ސުރެ ރާވައިގެން ރާއްޖޭގައި ފައްޅިއެޅުމަށް ކޮނުނު ބިންގަލެއްކަމާއިމެދު ސުވާލު އުފެދެއެވެ.

އޭނާ ދަނޖެހެން ޖެހުނު ސަބަބުތައް ބައިނަލް އަޤްވާމީ މީޑިއާ ތަކުން ހާމަކުރާއިރު ހާމަކުރަމުންގެންދާ ކަންތައްތަކަށާއި އެކަން ކޮށްފައިވާގޮތާއިމެދު ވިސްނައިލުމުން މިއީ ސަލީބީ ކާލިގަނޑުގެ ތެރެއިން ވަރަށް ބޮޑަށް ޕްލޭނު ކުރެވިގެން ކުރެވިފައިވާ ކަމެއްކަމާއިމެދު ޝައްކު ކުރުމަކަށް އެއްވެސް ޖާގައެއް ނެތެވެ.

“އޭނާ އިސްލާމް ދީނަށް އުޅޭކަށް ބޭނުމެއް ނުވެއެވެ. ނަމަވެސް އޭނާގެ އާއިލާއިންވެސް އަދި ގާތް ރަހުމަތްތެރިންވެސް އޭނާ ސަލިބީ ދީނުގައި އުޅުމަށް ހިތްވަރެއް ނުދިނެވެ. ރާއްޖޭގެ ޤާނޫނުން އޭނާ އިސްލާމް ދީން ނޫން އެހެން ދީނަކަށް ރާއްޖޭގައި އުޅުން މަނާކުރެއެވެ. އެހެންކަމުން ދެން އެހެން ގޮތެއް ނެތިގެން ދަންޖެހުނީއެވެ.”

ދަންޖެހުނީ ކޮންތަނެއްގައިތޯއެވެ.! ރާއްޖެއަށް އަންނަ ހުރިހާ ފަތުރުވެރިން އައިސް ފުރާ ހެދުމަށް އޮތް މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގައި ޢާއްމުކޮށް ފެންނަން ހުންނާނެ ގޮތަށެވެ.

މިމަންޒަރު ފެނިގެން އޭނާ އެތަނުން ނަގައިދިނުން އެދި އިމަރޖެންސީ ނަމްބަރުތަކަށް ގުޅަމުންގެންދިއަ ފަރާތްތަކުގެ ފޯނުކޯލުތަކަށް އިޖާބަ ދިނީ އެކަށީގެންވާ ގިނައިރެއްގައި އޭނާ އެގޮތަށް ބަހައްޓައި އިޝްތިހާރުކުރުމަށްފަހުގައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އޭނާ އެތަނުން ނެގުމުގެ އަމަލީ މަސައްކަތް ފެށިފައިވަނީ އޭނާ އެތަނުގައި ހުރިތަން ފެނުނުތާ ގަޑިއެއްހާއިރު ފަހުންނެވެ.

ދުނިޔެއަށް ހާމަވި މަންޒަރު:

ރާއްޖޭގައި ސަލީބީން އެބައުޅެއެވެ. އެމީހުންނަށް ސަލީބީ ދީނަށް އުޅެވެން ނެތިގެން އަމިއްލައަށް ދަންޖެހި މަރުވަމުންދަނީއެވެ. އެމީހުން ތިބީ އެވަރަށް ސަލީބީ ދީނުގައި ފައިތިލަ ސާބިތުކޮށްގެންނެވެ. އެމީހުންނަށް އޮތް ހުރަހަކީ ރާއްޖޭގެ ޤާނޫނެވެ. މުސްލިމުން ނޫން ބަޔަކަށް ދިވެހިރައްޔިތުންގެ ގޮތުގައި ރާއްޖޭގައި އުޅުމުގެ ޤާނޫނު ފުރުޞަތު ލިބިފައި ނެތްކަމެވެ.

ރާއްޖޭގައި މިއަދު އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމާއި މިކަންކަމާއި ގުޅުވާ ވިސްނުންތެރިންވެސް މަދެއް ނޫނެވެ. “ޤާނޫނު އަސާސީގައި މައްސަލަތަކެއް އެބަހުއްޓެވެ. އެ މައްސަލަތައް ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންވީއެވެ. ޤާނޫނު އަސާސީ އަލުން މުރާޖަޢާކުރަންވީއެވެ.” އެއްބަޔަކު މިގޮތަށް ބުނަމުން މިގެންދަނީ ޤާނޫނު އަސާސީ އިން ރާއްޖޭގެ ރައްޔިތުންގެ ދީނަކީ އިސްލާމް ދީން ކަމަށް ބަޔާންކޮށްފައި އޮތް އޮތުން ނައްތާލުމަށް ކަމަށް ޤަބޫލުކުރާ ވިސްނުންތެރިންވެސް މަދެއް ނޫނެވެ.

ސަލީބީ ދީނަށް އެނބުރިގެން މިއުޅޭ ބަޔަކު ކޮންމެ ހަފްތާ ބަންދެއްގައި މާލެއިން އިތުރުގެ ސަރަހައްދެއްގައި ބައްދަލުވުންތައް ބާއްވަމުންގެންދާ ޚަބަރުތައް ލިބެއެވެ. އެ ބައްދަލުވުންތަކުގައި ބައިވެރިވުމަށް މާލެއިން ބަޔަކު ކޮންމެ ހަފްތާ ބަންދެއްގައި ހަނިމާދޫ އަށް އުދުހޭ ކަމަށާއި ދަންޖެހުނު އިސްމާއީލް އަކީވެސް ޤަވާއިދުން އުދުހޭ މީހެއް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ރާއްޖޭގައި ކުއްލިއަކަށް މި ކަންކަން މިހާ ހާމަނަކަންބޮޑު ގޮތެއްގައި ހިނގަން ފުރުޞަތު ލިބިގެންމިދިއަ ސަބަބު ދިރާސާކުރަންޖެހެއެވެ. އެކަމުގެ ތަފްޞީލު ރިޕޯރޓެއް އެކުލަވާލަން އެބަޖެހެއެވެ. މި ފަނި ދިރެމުން އަންނަ ދިމާއެއްވެސް ބަލައި ފަނިތައް މަރައިލެވޭވަރުގެ އެންޓިބައިޓިކެއް ދެވިގެން ނޫނީ އަޅުގަނޑުމެންނަށް މިކަމުން ސަލާމަތްކަމެއް ނެތްކަމަށް ޤަބޫލުކުރަންޖެހެއެވެ.

ތުހުމަތުގެ އިނގިލި ދިއްކުރަން ތިއްބައި އެ ފަނި ބޮޑުވެ ކެންސަރަށް ބަދަލުވެ ނިމެނީއެވެ. އެއިރުން ދެން އޮންނާނެ ހަމައެކަނި ގޮތަކީ އެގުނަވަން ކަނޑައިލުންކަން އެއީ ދުނިތެއިން އަބަދުވެސް ފެންނަމުންދާ ތަޖުރިބާއެވެ.
މިއަދު ނޫހުން ނަގާފައިވާ ލިޔުމެއް

Read more...

Wednesday, 7 July 2010

ޑިމޮކްރަސީ ކުނިވެ ފުޅައަޅައިފި

ބިން މޫސާ
ރައްޔިތުން ވިސްނާލުން މުހިންމެވެ. ޑިމޮކްރަސީންއިން އަޅުގަނޑުމެންނަށް ދަސްވީ ކޮން އެއްޗެއްހެއްޔެވެ؟ ޚިޔާނާތެވެ! މަކަރެވެ! ރިޝްވަތެވެ! ލަދުހަޔާތްކުޑަކޮށް އުޅޭނޭ ގޮތެވެ! އެއްބަޔަކު ތިރީސް އަހަރު ފަރިތަކޮށްގެން މިކަންތައްތައް ކުރަމުންދާއިރު އަނެއްބަޔަކު ދެއަހަރު ތެރޭގައި މިކަންތައްތަކުގެ މާހިރުންނަށްވެ ނިމިއްޖެއެވެ.
އަހަރެމެންގެ ހުރި ނިކަމެތިކަމާއެވެ.

"ކަސޯޓީ ސީރީސް"ގެ ފުރަތަމަ ބައިގެ ނަމުން މަޝްހޫރުވެގެން ދިޔައީ ކުރީގެ ޤާނުނު ހަދާ މަޖިލީހުގެ މަންޒަރުތަކެވެ. އެއީ އޭރުގެ ސަރުކާރުން ޤާނޫނު އަސާސީ އިޞްލާޙު ކުރިދުވަސްތަކުގަ އާއި، ސިޔާސީ ޕާރޓީތައް އުފެދިގެން ދިޔަ ދުވަސްތަކުގައި ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖިލީހުގެ ރިކޯޑިންގް ދިވެހިރާއްޖޭގެ އާންމު ރައްޔިތުންނަށް ފެންނަން ފެށުމުންނެވެ. އެ މަޖިލީހުގެ ތެރޭގައި ކަންހިނގާ ގޮތް އެނގުމުންނެވެ.
މިހާރު މިއޮތީ ޕާޓް 2 ފެށިފަޔޯލައެވެ. ޙައިވާނު ބަގީޗާއެއްގައި، އެތާނގެ އަހުލުވެރިންގެ ތަޞައްރުފާތުތައް މިބައިމީހުންނަށްވުރެ މާ ތަރައްޤީވެފައި ހަމަޖެހޭނެކަން ޔަޤީނެވެ. ބަލައިލަން ހިތަށް ތަންކޮޅެއް ފަސޭހަވެސްވާނެއެވެ.
ދިވެހިރައްޔިތުންގެ ނަމުގައި ވަކިބަޔަކު ނުކުމެ އިޚްތިޔާރު ކޮށްފައިވަނީ ޑިމޮކްރަސީއެވެ. "އިސްލާމް" ކޮށްލާފައި އިސްލާމިކް ޑިމޮކްރަސީއެކޭ ބައެއް މީހުން ކިޔަން ބޭނުންވާއިރު، އަނެއް ބަޔަކުގެ މުރުތައްދު ޢަޤީދާގައި ޑިމޮކްރަސީއަކީ މާ ޙުރުމަތްތެރިވެގެންވާ، މާ އިޙްތިރާމް ކުރަންޖެހޭ އެއްޗެކެވެ. މިދެންނެވި މޮޔައިންގެ ޚާނާއިން ޑިމޮކްރަސީ ތެރެއިންލާފައި އުފެދިގެންއައި ދެކޮޅުނުޖެހޭ، އެއް މާއްދާއާއި އަނެއް މާދާއާ ފުށޫއަރާ ޤާނޫނުތަކާއި ޤަވާޢިދުތައް އެބައިމީހުންގެ ކައިރީގައި ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިލާހީ ޤާނޫނަށްވުރެ މާ މަތިވެރިއެވެ. ބޯލަންބަންޖެހޭލެ މާބޮޑެވެ.
މިއަދު މުޅީންވެސް އިވޭ އަޑަކީ އެވެނި ޢިއްޒަތްތެރި މެންބަރަކު ޚިޔާނަތްތެރިވި ވާހަކައެވެ. މިވެނި މެންބަރަކު ރިޝްވަތު ހިފަންއުޅޭ ވާހަކައެވެ. ރައްޔިތުންގެ މަޖިލީހުގައި ތިބީ ހުސްވަގުންނެވެ. ނޫނީ ނޫޕާޓީގައި ތިބީ ހުސްވަގުންނާއި ޚާއިނުންނެވެ. މިއީ އަޅުގަނޑު ބުނިވާހަކައެއް ނޫނެވެ. މިއީ ދެސަރުކާރުގައިވެސް ވަޒީރެއްގެ މަޤާމު ފުރުއްވާފައިވާ ބޭފުޅާ ޤައުމީ ޓީވީގައި ދެއްކެވި ވާހަކައެއްގެ ޚުލާޞާއެވެ.
އެކަކު ﷲ ގަންދީ ހުވާކޮށްފައި "ހަތް މިލަޔަން" ރުފިޔާ ތިމަންނައަށް ރިޝްވަތުގެ ގޮތުގައި ހުށައެޅިއޭ ބުނާއިރު، ތިމަންމެން ނޫން އެންމެންނަކީ ވަގުންނޭ ގޮވާ މަންޒަރަކީ ދިވެހީންނަކަށް މިހާރު މާ އާކަމަކަށް ނުވެއެވެ. މާބޮޑުކަމަކަށް ނުވަތަ މާމުހިންމު ޚަބަރަކަށް ނުވެއެވެ. ބަލައިލަން ކިތަންމެ ހަޑިޔަސް، އަޑުހާމީހުންގެ ލޮލަށާއި ބޮލަށް ކިތަންމެ ތުރާވިޔަސް، ތިމާމެންގެ މަޤުޞަދުތައް ޙިމާޔަތްކުރުމަށް ޓީވީއާއި ރޭޑިޔޯއިން މިވާހަކަތައް ނޫން އަޑެއް ނީވެއެވެ.
މުޅީންވެސްތިބީ، ރައްޔިތުންނަށް އިޚްލާޞްތެރި ރައްޔިތުންގެ ވިންދު ނުހަނު ގާތުން ބަލަމުންދާ ރައްޔިތުންނަށް ހެޔޮއެދޭ މީހުންނެވެ. ﷲ އަށް އިޚްލާޞްތެރިވުމަކީ ކުރަންޖެހޭ ކަމެއް ނޫނެވެ. ނުވަތަ ކުރަން އެނގޭ ކަމެއްވެސްނޫނެވެ.
ރައްޔިތުން ވިސްނާލުން މުހިންމެވެ. ޑިމޮކްރަސީންއިން އަޅުގަނޑުމެންނަށް ދަސްވީ ކޮން އެއްޗެއްހެއްޔެވެ؟ ޚިޔާނާތެވެ! މަކަރެވެ! ރިޝްވަތެވެ! ލަދުހަޔާތްކުޑަކޮށް އުޅޭނޭ ގޮތެވެ! އެއްބަޔަކު ތިރީސް އަހަރު ފަރިތަކޮށްގެން މިކަންތައްތައް ކުރަމުންދާއިރު އަނެއްބަޔަކު ދެއަހަރު ތެރޭގައި މިކަންތައްތަކުގެ މާހިރުންނަށްވެ ނިމިއްޖެއެވެ.
އަހަރެމެންގެ ހުރި ނިކަމެތިކަމާއެވެ.
= ރާއްޖެއިސްލާމްއިން ނަގާފައިވާ ލިޔުމެއް =

Read more...

Wednesday, 16 June 2010

ބަލަންތިބި މީހުންގެ ކުރިމަތީގައި އަދައި ހުލިވެއްޖެ

ހުސައިން ނަފީސް
އެމެރިކާގެ ފައްޅިއެއްގައި ބަހައްޓާފައިވާ ނަޞާރާއިންގެ ބޮޑު ބުދަކަށް މިދިޔަ ހޯމަ ދުވަހު 11:15 އެހާ ކަންހާއިރު ހޮނުއަޅައި ބަލަންތިބި މީހުންގެ ކުރިމަތީގައި އަދައި ހުލިވެއްޖެއެވެ.

ނަސާރާއިން އަޅުކަން ކުރުމަށް އެމެރިކާގެ އޮހިއޯގައި ހަދާފައިވާ ފައްޅިއެއްގައި މި ބުދު ބެހެއްޓި ނަސާރާއިން އެއަށް ދީފައިވާ ނަމަކީ ރަސްކަލުންގެ ރަސްގެފާން (ކިންގު އޮފް ކިންގު) އެވެ. އަދި ވަނަމެއްގެ ގޮތުގައި އެމީހުން އެއަށް ދީފައިވާ ނަމަކީ ޓަޗްޑައުން ޖީސަސްއެވެ. މިބުދު އެމީހުން ބަހައްޓާފައިވަނީ ހާމައަށްހުރި ތަނެއްގައެވެ.

ހަ ބުރީގެ އުސް އިމާރާތަކަށް ވުރެވެސް އުސް މި ބުދުގެ އުސްމިންގައި 62 ފޫޓް އަދި ފުޅާމިންގައި 40 ފޫޓް ހުރެއެވެ. އަދި މިބުދު އެމީހުން ހަދާފައިވަނީ ޕުލާސްޓިކް ފޯމްއާއި ފައިބަރގުލާސްއާއި ސުޓީލް ފުރޭމް ބޭނުން ކޮއްގެންނެވެ.

އޮހިއޯ ސްޓޭޓްގެ ފުލުހުން ބުނީ ހޯމަދުވަހު ވިދައި ގުގުރައި ބުދަށް ހޮނުއެޅުމުން އޭގައި އަލިފާން ރޯވެ އެއްކޮށް އަދައިގެން ގޮސްފައިވާ ކަމަށާއި އަދި ފެންނަން އޮތީ އެބަހައްޓާފައި ހުރި ދަގަނޑު ފްރޭމްކަމަށާއި، އެވެސްއޮތީ އަދައިގެން ގޮސް ކަޅު ދެލިގަނޑަކަށްވެފައި ކަމަށެވެ.

އެމެރިކާގެ އޮހިއޯ ސުޓޭޓްގައި ދިރިއުޅޭ ގިނައަދަދެއްގެ ބަޔަކު އެބުދަށް ހޮނުއެޅުމުން އެތަނަށް އެއްވެ އެބުދުގައި އަލިފާން ރޯވެ އަދައި ހުލިވެގެން ދިޔަމަންޒަރު ބަލާފައިވެއެވެ.

މިބުދު ބެހެއްޓި މީހުން ބުނެފައިވަނީ އަދިވެސް އެތާގައި އެކަހަލަ ބުދެއް ބަހައްޓާނެކަމަށާއި އަދި ދެން އެމީހުން އެބުދު ހަދާނީ (ފަޔަރ ޕްރޫފް) އަލިފާން ނުހިފާ ގޮތައްކަމައްވެސް ބުނެފައިވެއެވެ.

އަދި މިބުދު ހަދާފައިވާލެއް ބިޔަކަމާއި ހަދާފައިވާ ގޮތުން، މިބުދަކީ ޓޫރިސްޓުންގެ މަޤުބޫލުކަން ވެސް ލިބިފައިވާ އެއްޗެކެވެ.

މިބުދު އެނދުމާ ގުޅިގެން އަންނަ ހުކުރު ދުވަހު އެމެރިކާގެ ރައީސް ބަރަކު އޮބާމާ އޮހިއޯ ސުޓޭޓްގައި މިބުދު ބަހައްޓާފައިހުރި ފައްޅިއަށް ޒިޔާރަތް ކުރާނެކަމަށް ވައިޓް ހައުސްއިން ހާމަކޮއްފައިވެއެވެ.

މިއަދު ނޫހުން ނަގާފައިވާ ލިޔުމެއް

Read more...

Sunday, 9 May 2010

ދެރަނުވާށެވެ. ދަރުސް އަޑުއެހުމަށް އެތައް ހާސްބަޔަކު ޙާޟިރުވި.

އަބްދުއްލަތީފް
ޢަދާލަތު ޕާޓީގެ ފަރާތުން އިންތިޒާމްކޮށްގެން ހުކުރު ދުވަހުގެ ރޭ އަލިމަސް ކާނިވަލުގެ ސްޓޭޖްގައި، ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ” ދެރަނުވާށެވެ.” މައުޟޫއަށް ދެއްވި ދަރުސް އަޑުއެހުމަށް ވަރަށްގިނަ ޢަދަދެއްގެ މީހުން ޙާޟިރުވިއެވެ.

ދެރަނުވާށެވެ.މިމައުޟޫއަށް ދެއްވި ތަޤްރީރުގައި އިސްލާމްދީނުގައި މުސްލިމުންނަށް ދެއްވާފައިވާ އުފާވެރިކަމުގެ ޚަބަރު ވަރަށް ތަފްސީލުކޮށް އައްޝައިޚް އިލްޔާސް ޙުސައިން ބަޔާންކޮށްދެއްވިއެވެ. ކީރިތި ޤުރްއާނާއި މާތްރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުގެ އަލީގައި ހުށަހަޅައިދެއްވި ދަރުސަކީ ވަރަށް އަސަރުގަދަ ދަރުސެއްކަމަށް އަޑުއެއްސެވުމަށް ޙާޟިރުވި ގިނަބަޔަކު ބުނެފައިވެއެވެ. މިރޭގެ ދަރުސަށްވެސް ދިހަހާހަށްވުރެ ގިނަ މީހުން ޙާޟިރުވެފައިވާކަމަށް ދަރުސަށް ޙާޟިރުވީ ގިނަބަޔަކު ބުނެފައިވެއެވެ.
މިއަހަރުގެ ޖެނުއަރީ މަހު 29 ގައި ޢަދާލަތު ޕާޓީގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވުނު ދަރުސަކީ މިހާތަނަށް، އެއްތަނަކަށް ރާއްޖޭގައި އެންމެ ގިނަ މީހުން އެއްވަގުތަކާ އެއްވި އެންމެ ބޮޑު އެއްވުމެވެ. “ސުވަރުގެ އެދޭމީހާއަށް” މިމައުޟޫއަށް ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ދެއްވި ތަޤްރީރަކީ މީހުންނަށް ވަރަށް ކަމުދިޔަ ޢިލްމީ ދަރުސެކެވެ. ލަފާކުރެވޭގޮތުން ދިހަ ހާހާއި، ބާރަހާހާއި ދެމެދުގެ ޢަދަދަކަށް މިދަރުސް އަޑުއެހުމަށް މީހުން ޙާޟިރުވެފައިވެއެވެ. މިދަރުސްގެ ސީޑީއަކީވެސް ރެކޯޑެއް ހޯދާފައިވާ ސީޑީއެކެވެ. 24 ގަޑިއިރުގެ ތެރޭގައި ދެހާހެއްހާ ސީޑީ ވިކިފައިވާ، މިސީޑީއަކީ މިހާތަނަށް ރާއްޖޭގައި ނެރެވުނު ފިލްމުތަކަށާއި ލަވަސީޑީތަކަށް ގޮންޖަހާލާފައިވާ ސީޑީއެކެވެ. މިކަމުން ދިވެހިންގެ ހިތްތަކުގައި މާތްވެގެންވާ އިސްލާމްދީނަށް ދެވިފައިވާ ޤަދަރު އިތުރުވަމުން އަންނަކަމާއި، ދީނުގެ މަޢުލޫމާތު ހޯދުމަށް ދަހިވެތިވެފައިވާ މިންވަރު އެނގިގެންދެއެވެ.

އައްޝައިޚް އިލްޔާސް ޙުސައިން 2010 ވަނަ އަހަރު ދެއްވާފައިވާ ތަޤްރީރުތަކުގެ ތެރެއިން ޢަދާލަތު ޕާޓީއާއި ވިލިގިލީ ޒުވާނުންނާއި ގުޅިގެން އިންތިޒާމްކޮށްގެން ބޭއްވި “މިޢުރާޖްގެ ހަދިޔާ” މައުޟޫއަށްބޭއްވި ދަރުސާއި، ހެންވޭރު ޒުވާނުންނާއި ގުޅިގެން “ޢިއްފަތްތެރިކަމުގެ ގަހަނާ” މައުޟޫއަށް ބޭއްވި ތަޤްރީރަކީވެސް ވަރަށްގިނަ ޢަދަދެއްގެ މީހުން އެތަޤްރީރުތައް އަޑުއެއްސެވުމަށް ވަޑައިގެންނެވި ތަޤްރީރުތަކެކެވެ.

ހުކުރު ދުވަހުގެރޭގެ ދަރުސާއި މީގެ ކުރީން ޢަދާލަތު ޕާޓީގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާފައިވާ އެންމެހައި ދަރުސްތަކަށް އެކިގޮތްގޮތުން އެހީތެރިކަން ދެއްވި އެންމެހައި އަޚުންނާއި އުޚުތުންނަށް، ދަރުސް އިންތިޒާމްކުރުމުގައި އެކިގޮތްގޮތުން އެހީތެރިކަންދެއްވި ގިނަޢަދަދެއްގެ ޒުވާނުންނަށް ވަކީން ޚާއްސަ ޝުކުރެއް ޢަދާލަތު ޕާޓީގެ ފަރާތުން ވަރަށް އިޚްލާސްތެރިކަމާއިއެކު ދަންނަވާކަމަށް އެޕަރޓީން ވަނީ ވިދާޅުވެފައެވެ

ޚަބަރު މިއަދު ނޫހުން ނަކަލުކޮށްފައި

Read more...

މާޔޫސްވެފައިތިބުމުގެ ބަދަލުގައި ތައުބާވެ ހެޔޮ ޢަމަލުކުރުމަށް ޝޭޚު އިލްޔާސް ނަސީހަތްދެއްވައިފި

މޫސާ ހަލީލް
އެކި އެކި ފާފަކުރެވިގެން އެކަމާމެދު މާޔޫސްވެގެން އުޅޭމީހުން އެގޮތްދޫކޮށްލާފައި، މާތްﷲ ސުބްހާނަހޫ ވަތަޢާލާ އަށް ތަޢްބާވެ އެކަލާނގެ އަންގާފައިވާ ފަރްޟުފަސްނަމާދުއަދާކޮށް ހެޔޮޢަމަލުކުރާމީހަކަށްވުމުން ، އޭނާގެ ފާފަފުއްސަވައި މާތްﷲގެ ރަޙްމަތާއި މަޣްފިރަތުއެމީކަށްލިބި ހިތާމަތަކާއި މާޔޫސްވުންކެޑި ހިތްހަމަޖެހުމާއި ބާއްޖަވެރިކަންލިބޭނެކަމަށް ރާއްޖޭގެ މިހާރު އެންމެ މަގްބޫލު ދީނީ އިލްމުވެރިޔާ އައްޝައިޚު އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.
ރޭ ހެދިގޮޑު ދޮށަށް އެއްވެފުރިފައިވާ އެތައްހާސް މީހުންނަކަށް ދީނީނަސީޙަތްދެއްވަމުން ޝައިޚް އިލްޔާސް ވިދާޅުވީ ކުރެވިފައިވާ ފާފަތަކާއި އަދި ދިރިއުޅުމުގައި ކަންތައްތައް ކުރެވިފައިވާ ގޮތާއިމެދު މާޔޫސްވެ ހިތާމަކުރުން ދޫކޮށްލާފައި މާތްﷲ އަށް އީމާންވެ އެކަލާނގެ ޚަޟްރަތަށް އިޚްލާސްތެރިކަމާއެކު ތަގްވާވެރިވެ ތައުބާވުމާއެކު ހެޔޮއަމަލުކުޅުމުގައި ޙަޔާތުގެދުވަސްތައް ހޭދަކޮށް ހިތްހަމަޖެހުމާއި އުފާވެރިކަން ލިބިގަންނަންވީކަމަށެވެ.

ކުރެވޭ ކުށްފާފަތަކަށް އިޚްލާޞްތެރިކާއެކު ތައުބާވުމުން މާތްﷲ އެފާފަތައް ފުއްސަވައި އެކަލާނގެ ރަހްމަތާއި ހެޔޮދަރުމަ އެމީހަކަށް ދެއްވާނެ ކަމަށާއި އެގޮތަށް މާޔޫސްވެފައިވާ ޙާޔާތްތައް ބާއްޖަވެރި އުފާވެރި ޙަޔާތަކަށް ބަދަލުވެގެންދާނެ ކަމަށް ވިދާޅުވިއެވެ. އިސްލާމްދީނުގައި މާޔޫސްވުމެއްނެތްކަމަށާއި ކުރެވޭ ކުށްފާފަތަކަށް ތައުބާވުމުގެ މަތިވެރި ފުރުޞަތު އޮންނަކަމުގައި ޝޭޚު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އަޅުގަޑުމެންނަން ދިމާވާ އެކިއެކި ދަތިތަކާއި ބަދުނަސީބުތަކަކީވެސް މާތްﷲ އަންގަވާފައިވާ މަގުން އެއްކިބާވެވި ކުށްފަާފަކުރުމުގައި އަޅުގަޑުމެންގެ ހިތާއި ނަފްސުދޫކޮށްލެވޭތީ ކަމަށެވެ. އެހެންވުމާއެކު އީMާންކަމާއި ތަގްވާވެރިކަން ވަރަށްގަދަކޮށް ފާފަތަކާއި ފާހިޟްކަންތައްތަކަށް ހެއްލިގެން ދިޔަނުދިނުމަށް އަބަދުވެސް ސަމާލުވެގެން ހުރުމަށް ސޭޚުވިދާޅުވިއެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި އަޅުގަޑުމެންގެ އިގްތިސާދު ރަގަޅުވެ ދަތިތައް ފިލައިގެން ދާނީވެސް އަޅުގަޑުމެން މާތްﷲއަށް އިޚްލާސްތެރިވެ މުޖްތަމައުގައި އަށަގަންނަމުންދާ ފާހިސްކަންތައްތަކާއި ވިޔާނުދާ ކަންތައްތަކުން ސަލާމަތްވެގެން އަޅުގަޑުމެންގެ ހިތާއި ނަފްސުތާހިރު ކޮންގެންކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

ޝޭޚް އިލްޔާސްގެ ދަރުސް ވަގުތުން ޓީވީއެމުން ދެއްކިއެވެ. މިދަރުސްތަކަކީ އަދާލަތުޕާރޓީން އިންތިޒާމް ކޮށްގެން ބާއްވަމުންދާ ދަރުސްތަކެވެ. ރޭގެ ދަރުސްގެ މައުޟޫއަކީ ޑޯންޑްބީސޭޑް – ހިތާމަ ނުކުރާށެވެ މިމައުޟޫޢެވެ.

ޚަބަރު މިއަދު ނޫހުން ނަކަލުކޮށްފައި

Read more...

Monday, 3 May 2010

ފިޔަވަޅަކަށް ފަހު ފިޔަވަޅަކުން ރާއްޖޭގައި އިސްލާމީ ވެރިކަމެއް ޤާއިމްކުރުމަށް ޢަދާލަތު ޕާޓީ ތައްޔާރުވަނީ

ލިޔުނީ ޙުސައިން
www.hussaenh.blogspot.com
ޢަދާލާތު ޕާޓީއަކީ ރާއްޖޭގައި ބޭއްވޭ ކޮންމެ އިންތިހާބެއްގައި، ވާދަކުރުމުގެ ފުރުސަތު ލިބިފައިވާ ޤާނޫނީ މުއައްސަސާއެކެވެ. ވެރިކަމަށް ކުރިމަތި ލުމަކީ ބޮޑު ދެ ޕާޓީކަމަށް ދަޢުވާކުރަމުންދާ ދެ ޕާޓީއަށް އެކަނި ލިބިގެންވާ ޙައްޤެއް ނޫނެވެ. ޢަދާލަތު ޕާޓީއަށްވެސް މިފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

ގައުމު މިއަދު މިއޮތް ޙާލަތުން އެހެން ހާލަތަކަށް ގެނެވޭނީ ޢަދާލަތު ޕާޓީގެ ވެރިކަމަކުންކަން ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ޚާއްސަކޮށް ގައުމު މިއަދު ޣަރަޤުވެފައިވާ ކަނޑުން، ސަލާމަތުގެ އައްސޭރިއަކަށް ގައުމުގެންދެވޭނީ ޢަދާލަތު ޕާޓީގެ ވެރިކަމެއް ރާއްޖޭގައި ޤާއިމްކުރެވިގެންކަމުގައިވެސް އެރައްޔިތުން ދަނީ ބުނަމުންނެވެ. މިފަހަކަށް އައިސް ޢަދާލަތު ޕާޓީއަށް ރާއްޖެއިން ލިބެމުންދާ ތާޢީދާއި މަޤުބޫލުކަމަކީ، ފާހަނގަކޮށްލަން ޖެހޭފަދަ މަޤުބޫލުކަމެކެވެ. ރާއްޖޭގެ އެކިކަންކޮޅު ތަކުން ޢަދާލަތު ޕާޓީ އެރަށްރަށަށް ޒިޔާރަތް ކުރުމަށް ލިބިފައި ދަޢުވަތު ތަކުގެ ގިނަކަމާއި ހުރެ، މިއަހަރުގެ ސެޕްޓެންބަރ މަހާއިހަމަޔަށް ދަތުރުތައްވަނީ ކުރަންޖެހިފައެވެ. އަދިވެސް ވެއިޓިންގް ލިސްޓުގައިވެސް ވަރަށް ގިނަ ރަށްރަށުން އިންތިޒާރުގައި އެބަތިއްބެވެ. އަދި މިދަތުރު ތަކުގެ ހުރިހާ ޚަރަދެއް ބަލަހައްޓަމުން ގެންދަނީވެސް އެރަށްތަކުންނެވެ. މިކަމުންވެސް ޢަދާލަތު ޕާޓީއަށް މިފަހަކަށް އައިސް ލިބެމުންދާ މަޤުބޫލުކަން ހާމަވެގެންދެއެވެ. މިދިޔަ މަރޗް ދިވެހިރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ ބޮޑު މުޒާހިރާޔަކީ ޢަދާލަތު ޕާޓީއާއި، މަދަނީ ޖަމްޢިއްޔާތައް ގުޅިގެން މުޅި ރާއްޖޭގައި އެއްދުވަހެއްގެ އެއްވަގުތެއްގައި، ބަނގުރާއަށް ނޫނެކޭބުނެ ކުރިމުޒާހަރާއެވެ. އީމާނުން ފުރިގެންވާ މުޒާހަރާއެކެވެ. ރާއްޖޭގެ ބޮޑެތި ރަށްރަށުގައި، ޢަދާލަތު ޕާޓީއާއި މަދަނީ އިއްތިހާދުގެ ޢިލްމުވެރިންގެ ގޮވައިލުމަށް ކުރެވުނު މުޒާހިރާއެވެ. މިކަމުންވެސް ޢަދާލަތު ޕާޓީއަށް ލިބެމުން އަންނަ ތާޢީދާއި، މަޤުބޫލުކަން ހާމަވެގެންދެއެވެ.

މިއަދު ގައުމުގެ ޙާލަތުވަނީ ވަރަށް ދަށު ދަރަޖައަކަށްގޮސްފައެވެ. ރައްޔިތުންނަށް ލިބެންޖެންހޭ އިންސާނީ އަސާސީ ޙައްޤުތަކަކީ ޢަދާލަތު ޕާޓީގެ ވެރިކަމެއްގައި، އެންމެބޮޑަށް އިސްކަންދޭނެ އެއްކަމެވެ. އެގޮތުން އިސްލާމީ ޝަރީޢަތާއި، ދިވެހިރާއްޖޭގެ ޤާނޫނު ހުއްދަކުރާ އެންމެ ފުޅާދާއިރާއެއްގައި އިންސާނީ އަސާސީ ޙައްޤުތައް މުޖުތަމަޢުގެ އަފުރާދުންނަށް ހަމަހަމަކަމާއިއެކު ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެއެވެ.
ޢަދާލަތު ޕާޓީވެރިކަމެއްގައި:
ޢަދުލުޢިންސާފް – ޢަދުލުއިންސާފަކީ ކޮންމެ ގައުމަކާއި މުޖުތަމައެއްގެ ކާމިޔާބީގެ އެންމެ ފުރަތަމަ ހަރުފަތެވެ. މުޖުތަމަޢުގެ އަފުރާދުން ތަމްސީލުކުރާ ކޮންމެ މައިދާނެއްގައިވެސް ޢަދުލާއި އިންސާފް ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެއެވެ. ޚަޤީގަތުގައި ޢަދުލުއިންސާފަކީ މާތް ﷲގެ ރުހިވޮޑިގަތުމާއި އެއްގޮތްވާ ގޮތުގެ މަތިން އަޅުތަކުން ބިންމަތީގައި އުޅުމަށްޓަކާ އެއުރެންގެ މެދުގައި ކުރަންޖެހޭ މުޢާމަލާތްތަކާއި، ދޭދޭ ފަރުދުންގެ ގުޅުންތައްވެސް މާތް ﷲ ރުހިވޮޑިގަންނަވާ ގޮތުގެ މަތިން ޤާޢިމުކުރުމެވެ. އަހެންކަމުން ޢަދާލަތު ޕާޓީގެ ފަރާތުން ރައްޔިތުންގެ މެދުގައި ޢަދުލް އިންސާފް ޤާއިމުކުރުމަށް މަސައްކަތް ކުރާނެއެވެ.

މިނިވަންކަން- މިނިވަންކަމަކީ އިންސާނަކަށް ދުނިޔެމަތީގައި ލިބޭނެ އެންމެ މަތިވެރި ނިޢުމަތެވެ. މިނިވަންކަމުގެ މާނައަކީ މީހާ ބޭނުންހާ ގޮތަކަށް އުޅުންނޫން ކަމުގައިވާތީ އިސްލާމީ އުޞޫލުތަކާއި، ދުނިޔޭގެ ޤާނޫނުތަކާއި ހަމަތކުގެމަތީގައި ރައްޔިތުންނަށް ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި މިނިވަންކަން ދިނުމަށްޓަކައި ގައުމީ ފެންވަރުގައި އެކަމުގެ ޤާނޫނު ޤަވާޢިދު އެކަށައަޅައި، އެޤާނޫނަށް ފުރިހަމައަށް ޢަމަލުކުރާނެއެވެ. ދިވެހި ރާއްޖެއަކީ 100 އިން 100 މުސްލިމް ގައުމަކަށް ވީހިނދު ދިވެހިންނަށް އެބައިމީހުންގެ ލޮބުވެތި ދީނުގައި އުޅުމަށް މިނިވަންކަމާއެކު ޖާގަ ދިނުމެވެ. ދިރިއުޅުމުގައި އެކަކު އަނެކަކާ ބައިވެރިވެ މުޢާމަލާތް ކުރުމުގައި، ރިވެތި އަހްލާގާއި ސުލޫކުގެ މަތީގައި، މުޢަމާލާތްކުރުމާއި މެދު ރައްޔިތުން ހޭލުންތެރިކުރުމަށް މަސައްކަތްކުރާނެއެވެ.
ލިއުންތެރިކަމާއި ނޫސްމަޖައްލާގެ މިނިވަންކަން ދިނުމުގައި އިސްލާމްދީނާއި ތަޢާރުޒުނުވާ ގޮތުގެ މަތިން، މިނިވަންކަން ފޯރުކޮށް ދޭނެއެވެ.
ތަޢުލީމާއި ތަރުބިއްޔަތު – ގައުމެއްގެ މިނިވަންކަމާއި، ސިޔާދަތު ދަމަހައްޓައިދޭ އެބައެއްގެ މެދުގައި އޮންނަ ތަޢުލީމީ ނިޒާމެވެ. އެހެންކަމުން ޢަދާލަތު ޕާޓީގެ ވެރިކަމެއްގައި، ތަޢުލީމީ އޮނިގަނޑު އެކުލަވައިލުމުގައި ދިވެހިންގެ އަމިއްލަ ގައުމީ ކަރިކިއުލަމެއް އެކުލަވައިލުމަށް އިސްކަން ދޭނެއެވެ. ގައުމީ ބަހަކީ ދިވެހި ބަސްކަމުގައިވާތީ ދިވެހި ބަހަށް ޚާއްސ އަހަމިއްޔަތުކަމެއްދީގެން ތަޢުލީމް ނިޒާމު އެކުލަވައިލުމަށް މަސައްކަތް ކުރާނެއެވެ. ސާނަވީ ތަޢުލީމު ނިމޭއިރު ދެވަނަ ބަހެއްގެގޮތުގައި ސާނަވީ ފެންވަރަށް އަރަބިބަސް ކިޔަވައި ދޭނެއެވެ. ތަޢުލީމީ ހުރިހާ މަރުހަލާއެއްގައި މާއްދާއެއްގެ ގޮތުގައި ކީރިތި ޤުރުއާން ކިޔަވައިދިނުމަށް ޙާއްސަ އަހަމިއްޔަތު ކަމެއްދޭނެއެވެ. އަރަބި އިސްލާމީ ތަޢުލީމު ދެވޭ މުއައްސަސާތަކުގައި އަރަބިބަހާއިއެކު ގައުމީ ފެންވަރަށް އިނގިރޭސިބަސް ކިޔަވައި ދޭނެއެވެ. ދިވެހި ރާއްޖޭގެ ގައުމީ މުގައްރަރު އެކުލެވިފައިވަނީ އިނގިރޭސި މީޑިއަމަށް ކަމުގައިވާތީ ރާއްޖޭގެ ހުރިހާ ސުކޫލުތަކެއްގައި ހަމަހަމަކަމާއެކު އެމީޑިއަމަށް ކިޔަވައިދޭނެއެވެ. ތަޢުލީމީ ހުރިހާ އިދާރާތަކެއްގައި ދީނީ ހޭލުންތެރިކަން އުފެއްދުމަށް މަސައްކަތް ކުރުމާއިއެކު މަޛްހަބީ ތަޢައްޞުބާއި ނޭއްގާނީކަން ދިވެހިންގެ ތެރޭގައި އަށަގަނެ ނުދިނުން. ޓީ.ވީއާއި ރޭޑިޔޯގެ ވަޞީލަތަކީ ހަމައެކަނި މުނިފޫހިފިލުވުމުގެ ވަޞީލަތެއްކަމުގައި ނަހަދައި، ތަރބަވީ ލަނޑުދަނޑިތަކުގެ ދަށުން އެވަޞީލަތްތަކުގެ ބޭނުންހިފުން. ކިޔަވާ ކުދިންގެ ތެރޭގައި އުޅޭ އާދަޔާ ހިލާފް ތޫނު ފިލިކުދިން ދެނެގަނެ ގައުމަށް އެންމެ ފައިދާ ހުރިގޮތެއްގެ މަތިން އެކުދިން ބިނާކުރުމަށް މަސައްކަތް ކުރުން. މިލަނޑު ދަނޑި ތަކަކީ ޢަދާލަތު ޕާޓީގެ ވެރިކަމެއްގައި، ތަޢުލީމާއި ތަރުބިއްޔަތު ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށްޓަކައި ކުރާނެ މަސައްކަތެވެ.

ދުޅަހެޔޮ ޞިއްޙައްތު – ދުޅަހެޔޮ ޞިއްޙަތެއް ލިބިފައިވުމަކީ، އިންސާނަކަށް ދުނިޔޭގައި ލިބޭނެ އެންމެ ބޮޑު ނިޢުމަތެވެ. ދިވެހި ކޮންމެ ދަރިއަކީވެސް ދުޅަހެޔޮ ޞިއްޙަތެއް ލިބިފައިވާ މީހަކަށް ހެދުމަށް ޢަދާލަތު ޕާޓީގެ ފަރާތުން މަސައްކަތްކުރާނެއެވެ. މިގޮތުން ބޭސް ފަރުވާގެ ޚިދުމަތަކީ ކޮންމެ ދިވެހި ރައްޔިތަކަށްވެސްފަސޭހަ ފަށެއްގައި ހެދުމަށް ޢަދާލަތު ޕާޓީގެ ފަރާތުން މަސައްކަތް ކުރާނެއެވެ. އެކި ދާއިރާތަކުން ސްޕެސަލިސްޓް ޑޮކުޓަރުން ރާއްޖޭގައި އިތުރުކުރުމަށް މަސައްކަތްކުރުމާއިއެކު، ބޭސްވެރިކަމުގެ ވަޞީލަތްތައް ޒަމާނީ ކުރުމަށް މަސައްކަތް ކުރާނެއެވެ. އަތަޅޮތަކުގައި ހުރި ހަސްފަތާލުތަކާއި ޞިއްޙީ މަރުކަޒުތަކުގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރާނެއެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބައިނަލްއަޤުވާމީ ފެންވަރަށް ޚިދުމަތްދޭ ހަސްފަތާލްތައް ބިނާ ކުރުމަށް މަސައްކަތްކުރާނެއެވެ. އަމިއްލަ ހާލައިގެން ނޫޅެވޭ ވަރުގެ ބޮޑެތި ފަރުވާތައް ކުރަންޖެހިފައިވާ ރައްޔިތުންނަށް ލުއި ގޮތަކަށްއެފަދަ ފަރުވާތައް ދިނުމަށް މަސައްކަތް ކުރާނެއެވެ.

އިންސާނީ ވަޞީލަތް – ދިވެހިންގެ އިންސާނީ ވަޞީލަތްތަރައްޤީކުރުމަކީ ޢަދާލަތު ޕާޓީއިން އެންމެ އިސްކަންދޭނެ އެއްކަމެވެ. އެގޮތުން ކޮންމެ ދިވެއްސަކީވެސް އާމްދަނީ ލިބޭފަދަ ކޮންމެސް މަސައްކަތެއް ދަންނަ މީހަކަށް ހެދުމަށް މަސައްކަތްކުރާނެއެވެ. ރާއްޖޭގައި ތިބި ދިވެހި ހުނަރުވެރިންގެ ހުނަރުތައް އާމްދަނީ ލިބޭ މަސައްކަތެއްގެ ގޮތުގައި ދިރުވައި އާލަކުރުމަށް މަސައްކަތްކުރާނެއެވެ. ޕްރޮފިޝަނަލް ދާއިރާތަކުން ތަމްރީނު ލިބިފައިވާ ދިވެހިން އިތުރުކުރުމަށް މަސައްކަތްކުރާނެއެވެ. މަތީތަޢުލީމު ލިބިފައިވާ ދިވެހި ދަރިން އިތުރުކުރުމަށް މަސައްކަތް ކުރާނެއެވެ. އަތަޅުތަކުގެ ރައްޔިތުން ހުނަރުވެރިކަމާއި ފެންވަރު އިތުރުކުރުމަށްޓަކައި ތަފާތު މަރުކަޒުތައް ޤާއިމްކުރާނެއެވެ.

މިކަންތައްތަކަކީ ޢަދާލަތު ޕާޓީގެ ފަރާތުން، ދިވެހި ރައްޔިތުންގެ މެދުގައި އިންސާނީ އަސާސީ ޙައްޤުތައް ފޯރުކޮށްދިނުމަށް އެކަށައަޅައިފައި ޕުލޭންތަކެވެ. މާތް ﷲ އިރާދަކުރެއްވިޔާ އިސްލާމީ ޝަރީޢަތާއި، ދިވެހިރާއްޖޭގެ ޤާނޫނު ހުއްދަކުރާ އެންމެ ފުޅާދާއިރާއެއްގައި އިންސާނީ އަސާސީ ޙައްޤުތައް ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެއެވެ. ތިޔަ ލޮބުވެތި ރައްޔިތުން ޢަދާލަތު ޕާޓީއާއިއކު ތިއްބަވާށެވެ. ދިވަހިރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމެވެ.

ލިޔުނީ ޙުސައިން
www.hussaenh.blogspot.com

Read more...

Thursday, 29 April 2010

ދިވެހިން ވަރަށް ސީރިޔަސްކޮށް ވިސްނާން ވެއްޖެ ކަމެކެވެ

ޑރ މަޢުރޫފް ޙުސައިން
ދިވެހިރާއްޖެ މިއަދު މިވަނީ ރުހޭބަޔަކު ރުހުނަސް ނުވަތަ ނުރުހޭ ބަޔަކު ނުރުހުނަސް ޑިމޮކްރަސީ ނިޒާމްގެ ތެރެއަށް ދީލާލާފައެވެ. ޑިމޮކްރަސީގެ މާނަޔަކީ ގިނަބަޔަކަށް ފެންނަގޮތަށް ކަންތައް ގެންދިއުމެވެ. އާދެ، އަޣްލަބިއްޔަތު ނިޒާމެވެ. މިތާގައި ގިނަބައެކޭ މިބުނެވޭ ބަހުގެ ޙަގީގީ މާނައެއް ކަމުގައިވެފައި އޮންނަނީ ގާނޫނު ހަދާ މަޖިލީހުގައި އޭރަކު އެތިބޭ މީހުންގެ ތެރެއިން ގިނަބަޔަކަށް ފެންނަ ގޮތުގެ ވާހަކައެވެ. މިހިސާބުން ހުއްޓި މި ދެންނެވުނު މަޖިލީހާއި ދިމާލަށް ބަލާލަން އެބަޖެހެއެވެ. އެތާގައި ކަންތައް ހިނގަމުންދާގޮތަކީ އަޅުގަނޑުމެންގެ ކުރިމަތީގައި ދިމާލަށް ފެންނަން ހުރި ޙަގީގަތެކެވެ. އެގޮނޑިތަކުގައި އިށީދެތިބެގެން އެކަކު އަނެކަކަށް "ޢިއްޒަތްތެރި" ކަމުގެ ލަގަބު ދީގެންތިބި މީހުންގެ ކިބައިގައިހުރި އިޚުލާޞްތެރި ކަމާއި ތިމާމެން ނިސްބަތްވާ ޕާރޓީގެ މަސްަޙަތުގެ ކުރިޔަށް ދީނާއި ގައުމުގެ މަސްލަޙަތު ނެރޭމިންވަރުވެސް މިދަނީ ލޮލުންފެނި އަތުންހިފެމުންނެވެ.

އަޅުގަނޑަށްފެންނަގޮތުގައި އެތާގައި އަރައިރުންވެ ތަޅާފޮޅާންތިބި "ޢިއްޒަތްތެރިން" ގެތެރެއިން ގިނަބަޔަކު އެއްގަލަކަށް އަރަނީ ހަމަ އެންމެ މަސްއަލައެއްގައެވެ. އެއީ ދީނާއިގުޅުންހުރި އެކިއެކި ބިލްތައް އެމާތް ގެކޮޅުގެ ތަޅަމަށްވެސް ނާރުވާ ބޭރުކޮށްލުމުގައެވެ. ނުވަތަ ކޮންމެވެސް ގޮތަކުން ތަޅަމާއިހަމަޔަށް ގެނެވިއްޖެނަމަ އެއަށް ހަޖޫކިޔައި އެބިލެއް ބޭކާރުކޮށްލުމުގައެވެ. އެތާގައި އެކިއެކި "ޢިއްޒަތްތެރީން" ދައްކާފައިހުރި ވާހަކަތަކުން އެމީހުންގެ ކިބައިގައި މި ލޮބުވެތި ވަޠަނަށާއި މިމާތް ދީނަންހުރީ ކިހާވަރެއްގެ ލޯތްބެއް ކަން ފާޅުވަމުންދެއެވެ

ދިވެހިރާއްޖޭގެ ގާނޫނުހަދާ ގެއަކީ މިވަގުތުވެރިކަންކުރާ ޕާރޓީއާއި ވެރިކަމުންވެއްޓުމުން އަލުންއަރާން މަސައްކަތްކުރާ ޕާރޓީއާއި ދެބައިމީހުން ބަނޑުމުސާރަޔަށްބައްދާން އޮތް ގުޅަކުޅޭފަސްގަނޑަކަށްވެފައިވާއިރު ދިވެހިރާއްޖޭގެ އެކިއެކި ރަށްރަށުންވެސް ތަކުރާރުވެ ތަމްސީލުވެގެންދަނީ ހަމަ މިމަންޒަރެވެ. ކުދިކުދި ރަށްރަށުގެ މުޖުތަމަޢުތައްވަނީ ބައިބައިވެފައެވެ. އެއްބަޔަކު އަނެއްބަޔަކަށް އެއްޗެތިކިއުމާއި، ލަޢުނަތްދިނުމާއި، ތަޅާފޮޅުމާއި، މުދަލަށާއި ޖާނަށް ގެއްލުން ދިނުމަކީ ޢާންމުކަމަކަށް ވަނީ ވެފައެވެ. މިކަންތައް ގޮސްފައިވާ ހިސާބު ދާދިފަހުން އަޅުގަނޑު ކުރި ދަތުރެއްގައި ވަރަށްކާރީން ފެނުމުގެ ފުރުސަތު ލިބުނެވެ. އެއްބަޔަކު އަނެއްބައެއްގެ ހަރުގެ ތައް ސުންނާފަތިކޮށްލާފައި ހުރިތަން އަޅުގަނޑުމެންނަށް ދެއްކިއެވެ. މިނަފްރަތުގެ އަލިފާންގަނޑުގެ ތެރޭގައި ހަލާކުކުރަނީ ހަރުގެތައް އެކަންޏެއްނޫން އިގޭތޯއެވެ. ރޯގަސްގަހާގެހި ވެސް މެއެވެ. އެއްބަޔަކު ހިޔާވެލާން ވަންނަ ގަސްތައް އަނެއްބަޔަކު ކަނޑާލަނީއެވެ. މިގޮަތަށް ކަނޑާވައްޓާލާފައިވާ އެތައްގަހެއް އަޅުގަނޑުމެނަށް ދެއްކިއެވެ. މިހާލުގައި ރައްޔަތުން ފާޑެއްގެ މަސްތެއްގައި ތިއްބާ މިއިން ކޮންމެ ޕާރޓީއަކުންވެސް އެރަށްރަށަށް އަރައި ޖަލްސާތައްބާއްވައި އަނދަމުންދާ އަލިފާންގަނޑަށް ދަރުއަޅަމުންދެއެވެ. ހުރިހިތާމައެއްގެ ބޮޑުކަމާއެވެ.

ރަށްރަށުގެ އިޖުތިމާޢީ ޙާލަތު މިފަދަ ދަރަޖައަކަށް ދަށަށްގޮސް ދޭދޭދެމަފިރިންނާއި މައިންބަފައިންނާއި ދަރިންގެ ދޭތެރެއަށް ޕާރޓީ ވާދަވެރިކަމާއި ރުޅިވެރިކަން ވަނދެފައިވާއިރު މިއަށްވުރެ ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވަނީ އަޅުގަނޑުމެންގެ ދީނަށެވެ. ސެކިއުލަރ އުސޫލަށް ތަބާވާ ލާދީނީ މީހުންގެ ފަރާތުންނެވެ. މިފަދަ މީހުންނަކީ އިހުގައިވެސް އަދި މިހާރުވެސް އަޅުގަނޑުމެންގެ ތެރޭގައި ތިބިބައެކެވެ. ސަރުކާރުގެ އެތެރޭގައްޔާއި ސަރުކާރުގެ ބޭރުގައެވެ. ރާއްޖޭގައްޔާއި ރާއްޖޭން ބޭރުގައެވެ. މިފަދަމީހުންގެ ނުފޫޒު އޭރަކު އެއޮންނަ ސަރުކާރަކަށް ނުހަނު ބޮޑަށް ފޯރައެވެެ. އަދިވަކީން ބޮޑަށް ޑިމޮކްރަސީގެ ނިޒާމް ގާއިމްވެ ބޭރުގެ ނުފޫޒުތަކަށް ރާއްޖެ ހުޅުވާލެވިފައިވާ މިޒަމާނުގައި މިކަމުގެ ނުރައްކާތެރިކަން ބޮޑުވާނެކަމީ ފެންނާންއޮތް ޙަގީގަތެކެވެ. "ދިވެހީންގެ އެކުވެރީން" ނޭ ކިޔައިގެން ނުވަތަ މިނޫނަސް އެކިއެކި ނަންނަމުގައި މިޝަނަރީން ނިކަން ފޯރިއާއިއެކީ މަސައްކަތް ކުރަމުންގެންދާ ކަމީ ކޮންމެ ދިވެއްސަކު ވިސްނާފިކުރު ކުރާންވެއްޖެ ކަމެކެވެ. ދީނަށް އެކިގޮތްގޮތުން ކުރެވެމުން މިދާ ފުރައްސާރަޔަކީ ދިވެހިން ވަރަށް ސީރިޔަސްކޮށް ވިސްނާން ވެއްޖެ ކަމެކެވެ.

އެކެއްދެމީހެއްގެ ޒާތީ މަސްލަޙަތު ކުރިޔަށް އެރުވުމަށްޓަކައި ދާދިފަހުން ރާއްޖޭގެ މީހުންދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމަށް ރާއްޖޭގެ ގާނޫނުތަކާއި ގަވާޢިދު ތައް ބަދަލު ކުރާން އުޅުމުން ކަންތައްހިގާދިޔަ ގޮތުން ދިވެހީންތިބީ މިކަންތަކަށް ފިސާރި ހޭލާކަމުގެ ނިޝާންތަކެއް ފެނިގެން ދިޔައެވެ. އެކަމާއި ދެކޮޅަށް އިހުތިޖާޖުކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކިއެކިކަންކޮޅުތަކުން މީހުން ނިކުތީ ޕާރޓީ ވާދަވެރިކަމާއި ޢަޞަބިއްޔަތު ދޫކޮށްލާފައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މިފަދަ އެތައް ގޮންޖެހުންތަކަކާއި ކުރިމަތިވާނޭ ކަމުގައި ފެނެއެވެ. މިފަދަ ކޮންމެ ދަނޑިވަޅެއްގައިވެސް ދިވެހި ކޮންމެ ދަރިޔަކު ތެދުވާންވާނީ ހަމަ މިރޫޙުގައެވެ. ސަބަބަކީ، އެތަނެއްގެ ގާނޫނު އަސާސީގައި އެގައުމެއްގެ ރައްޔަތަކަށްވެވޭނީ ހަމައެކަނި މުސްލިމަކަށްކަމުގައި ލިޔެވިގެންވާ އެއްވެސް ގައުމެއް މިދިވެހިރާއްޖެ ނޫނީ މުޅިދުނިޔޭގައިވެސް ވާކަމަކަށް ނުވެއެވެ. މިމާއްދާ ބަދަލު ކޮށްލަން ބޭނުންވާ އެތައްބަޔަކު މިރާއްޖޭގައި އެބަތިއްބެވެ. 300 އަށްވުރެ ގިނަ ދިވެހި ކްރިސްޓިއަނުން އެބަތިބިކަމަށް މީހުުން ބުނާތީ އެބައިވެއެވެ. މިހެންއޮތުމުގެ ސަބަބުން ތިމަންނަމެން ފަކީރުން މިތިބީ އެކޮޅަށްވެސް މިކޮޅަށްވެސް ލައްވާނުލާ ކަމުގައި މިވެރީން އެބަރޮއިހޭރި ދަޢުވާ އެބަ ކުރެއެވެ. ހަނދާނަށް އަންނަނީ މި ދައުރު ފެށުނު ދުވަސްވަރު ދަރުމައިގެ މަސްއޫލު ވެރިންގެ ފަރާތްޕުޅުން އަޅުގަނޑަށް ފޮނުއްވި ސިޓީއުރައެއްގައި ވާ ލިއުންކޮޅެކެވެ. އެއީ އިގިރޭސިވިލާތުގެ ކޮންސަރވޭޓިވް ޕާރޓީގެ އިސްމީހުންގެ ވެބްސައިޓްގައި އެމީހުންގެ އިސްބައެއް މީހުން ލިޔެފައިވާ ލިއުންތަކެކެވެ. މީގައި ލިޔެފައިވާ މީހުންގެ ތެރޭގައި ކޮންސަރވޭޓިވް ޕާރޓީގެ ހިޔަނި ކެބިނެޓްގެ ވަޒީރުންވެސް ހިމެނެއެވެ. އަލަށް ދިވެހިރާއްޖޭގައި ހޮވުނު ސަރުކާރު ހޮވުނީ އެމީހުންގެ ވަރަށް ބޮޑުއެހީތެރިކަމާއި ލައިގެން ކަމާއި އަދި އާސަރުކާރުގައި އެމީހުންގެ ނުފޫޒު އޮތްކަމާއި އަދި ބަސްވިކޭނޭ ކަމުގައްޔާއި އަދި އެމީހުން އެންމެ ބޮލުގައި ރިއްސާކަމަކީ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގައި ދިވެއްސަކަށް ވެވޭނީ ހަމައެކަނި މުސްލިމަކަށް ވެގެން ކަމުގައި ލިޔެފައިވާ ޢިބާރަތް އަދިވެސް އޮންނަ އޮތުން ކަމުގައި ކަމުގައި ބުނުމަށްފަހުގައި ލިޔެފައިވެއެވެ.

“real opportunity for Conservative shadow ministers to exercise quiet diplomacy behind the scenes.”

މާނަޔަކީ: "މިއީ އަހަރެމެން ކޮންސަރވޭޓިވް ޕާރޓީގެ ހިޔަނި ކެބިނެޓްގެ ވަޒީރުންނަށް ފަރުދާގެ އަނެއްފަރާތުގައި ތިބެގެން މިކަމަށް ބާރުއަޅައި ޕްރެޝަރ ކުރުމަށް ލިބިފައިއޮތް ރަނުގެ ފުރުޞަތެކެވެ."

ލޮބުވެތި ދިވެހި މުސްލިމް އަޚުންނާއި އުޚުތުންނޭވެ! ފަރުދާގެ އަނެއްފަރާތުގައި ބަޔަކު ކޮށްފާނޭ ކަމަކަށް ވިސްނައި ފާރަވެރިވެގެން ތިބޭހުށި ކަމެވެ! ތިޔައިން އެއްވެސް ބޭފުޅަކު މަރުވުމަށްފަހު ކުރެވޭ ސުވާލު ތަކުގައި ތިބާ އުޅުނީ ކޮންޕާރޓީއެއްގައިތޯ ސުވާލުކުރައްވާނެކަމަކަށް އަޅުގަނޑަށް ހިޔެއް ނުވެއެވެ. ނަމަވެސް އިސްލާމަދީނަށް ގޮންޖަހައި ދީން ނައްތާލުމަށް ބަޔަކު މަސައްކަތް ކުރިއިރު ތިބާ ހެދީ ކިހިނެއްތޯ ސުވާލު އައުން އެކަށީގެން ވެއެވެ. މިއަދު މިއޮތީ ކޮންމެ ދިވެއްސަކުވެސް އެމީހަކު ނިސްބަތްވާ ޕާރޓީ ދީނާއި ގައުމަށް ވަފާތެރިކަން ހުރި މިންވަރުގެ ތަރާދުން ކިރާލަން ޖެހިފައެވެ. ރައްކާވެތިބިއްޔާ ދަތުރެވެ. drmauroof.blogspot.com އިން ނަގާފައި

Read more...

Thursday, 22 April 2010

ގައުމުގައި ތިބި ސެކިއުލަރރިސްޓުން އެންމެ ބޭނުންވަނީ ދީނަށް ލޯބިކުރާ ފަރާތްތައް ބައިބައިކޮށްލުން – ޝަހީމު

ހަބަރު: ދިއިސްލާމް ޑެއިލީ
ޝަހީމުމިހެން ވިދާޅުވީ ޢަދާލަތު ޕާޓީގެ ފަރާތުން ޒުވާނުން ހޭލުންތެރިކުރުމުގެ ގޮތުން ބާއްވަމުންގެންދަވާ ސިލްސިލާ ބައްދަލުވުމުގެތެރެއިން ރޭގައި، ޢަދާލަތު ޕާޓީގެ މެންބަރުންގެ މާލަމުގައި ބޭއްވި ބައްދަލުވުމެއްގައެވެ.

ޝަހީމު ވިދާޅުވީ ގައުމުގައި ޢަލްމާނީ ފިކުރު ފަތުރަމުންދާ ފަރާތްތަކުން، ދީނަށް ލޯބިކުރާ ފަރާތްތައް ބައިބައި ކޮށްލުމަށްޓަކައި މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެގޮތުން ދީނަށް ލޯބިކުރާ ޖަމްޢިއްޔާތަކުގެ މެދުގައި ބައިބައި ކުރުމަށް ރޭވުންތަކެއް ރާވަމުންދާ ކަމަށާއި، ޙާއްސަކޮށް ޖަމްޢިއްޔަތުއް ސަލަފާއި ޢަދާލަތު ޕާޓީއާއި ދެމެދު ބައިބައިވުން އުފެއްދުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، މިކަމާމެދު ދީނަށް ލޯބިކުރާ ހުރިހާ ފަރާތްތަކުން ވިސްނެވުމަށްވެސް ޝަހީމުވިދާޅުވިއެވެ.

ޝަހީމު ވިދާޅުވީ ގައުމުގައި ފަތުރެމުންދާ ޢަލްމާނިއްޔަތާއި ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި ހަމަޙަޤީގަތުގައިވެސް ދީނަށް ލޯބިކުރާފަރާތްތަކުން، އެއްބައިވެގެން ނޫނީ މިކަމާއި ދެކޮޅަށް މަސައްކަތް ނުކުރެވޭނެކަމަށް ޝަހީމުވިދާޅުވިއެވެ.

މިބައްދަލުވުމުގައި ޒުވާނަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޝަހީމު ވިދާޅުވީ އެއްވެސް ޢިލުމުވެރި ބޭފުޅަކާއިމެދު ފިޔަވަޅެއް ނާޅުއްވާނެކަމަށާއި، ދީނީ ދަޢުވަތު ފެތުރުމުގައި، އިލުމުވެރިން ވިސްނާވަޑައިގެން، ކެތްތެރިކަމާއެކު ކުރިއަށްދާންވީ ކަމުގައި ޝަހީމު ވިދާޅުވިއެވެ.

މިފަހަކަށް އައިސް ދީނަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައިވަނީ ވަރަށް ބޮޑު އެއްބައިވަންތަކަމެއް އުފެދިފައެވެ. ނަމަވެސް މިގައުމުގެ ނަވުގެ އެންމެ އުސް ކުރިބޯށީގައި، ތިބި ބަޔަކު މަސައްކަތް ކުރަމުން ގެންދަނީ އެބައިމީހުން އެދޭ އެދުން ޙާޞިލުކުރުމަށްޓަކައި، ދީނަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި ފިތުނަ އުފެއްދުމަށެވެ.

Read more...

Thursday, 15 April 2010

ދިވެހިރާއްޖޭގައި އިސްލާމީ ޝަރީޢަތް ޤާއިމްކުރުމުގެ ކޮޅުމަތި ފެންނަން ފަށައިފި

ރާއްޖެއިސްލާމް
ރާއްޖޭގައި ދީނީ ހޭލުންތެރިކަން ވަރަށްބޮޑުތަން އިތުރުވެގެން ހިނގައްޖެކަމަށް ދިރާސާއަކުން ދައްކައިފި.

ދިވެހިރާއްޖޭގައި ފާއިތުވެދިޔަ އަހަރެއްހާދުވަހުގެ ތެރޭގައި ﷲ ގެ ހެޔޮ ރަޙްމަތްފުޅުން ދީނީ ހޭލުންތެރިކަން ވަރަށްބޮޑަށް އިތުރުވެގެން ހިންގައްޖެކަމަށް މިސައިޓުގެފަރާތުން ކުރި ދިރާސާއަކުން ދައްކައިފިއެވެ. މި ދިރާސާގައި ވަރަށްގިނަ ފަރާތްތަކެއްގެ ތަފާތު ޚިޔާލުތައް ވަނީ ތަޙުލީލުކުރެވިފައެވެ. އެ ހުރިހާބޭފުޅުންވެސް އެއްކަމަކަށްވަނީ އިއްތިފާޤުވެލައްވާފައެވެ. އެއީ މިދިޔަ އަހަރެއްހާދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ މިސްކިތެއްގައިވެސް ނަމާދު ކުރާމީހުންގެ ޢަދަދު ދެ ގުނައަށް އިތުރުވެގެންދިޔަކަމެވެ.

އަޅުގަނޑުމެންގެ ދިރާސާގައި ދީނީހޭލުންތެރިކަން އިތުރުވެގެންދިޔަ ސަބަބުތަކާއި ގުޅޭގޮތުން އެކިއެކިބޭފުޅުން ފާޅުކުރައްވާފައިވާ ޚިޔާލުތަކުގެ ތެރެއިން ބައެއް ކަންތައްތައް ހިމަނާލާނަމެވެ.

1- ކުރީގެ މައުމޫނުސަރުކާރުގައި ދީނީ ދަޢުވަތަށް އޮތް ހިފެހެއްޓުން ނަޝީދުގެ ސަރުކާރުން ދޫކޮށްލައި ދީނީ ދަޢުވަތު ދިނުމުގައި މިނިވަންކަން ދީފައިވުން.
2- ދީނަށް ދަޢުވަތުދޭ ޖަމާޢަތްތައް ގިނަވެ ގިނަ ޢިލްމުވެރިންތަކެއްގެ ދަރުސްތައް އާއްމުންނަށް ލިބިގެން ދިއުން.
3- އަދާލަތު ޕާޓީ ސަރުކާރުގެ ބައެއްގެ ގޮތުގައި އޮތުން.
4- ދީނަށް ލޯބިކުރާ ވަކިވަކި ފަރުދުންގެ މަސައްކަތްތައް ގިނަވުން.
5- ރޭޑިއޯއެޓޯލްގެ ދައުރު ރަނގަޅުވުން.

މިއީ ދިރާސާގައި މައިގަނޑުގޮތެއްގައި ގިނަ ބޭފުޅުންގެ ޚިޔާލު ހުރިގޮތެވެ. ގިނަބޭފުޅުން ވިދާޅުވެފައިވަނީ ރާއްޖޭގައި ދީނީހޭލުންތެރިކަން އިތުރުވެގެން ދިޔަ އެންމެ ބޮޑު އެއްސަބަބަކީ ކުރީގެ މައުމޫނުސަރުކާރުގައި ދީނީ ދަޢުވަތަށް އޮތް ހުރަސްތަކާއި ހިފެހެއްޓުންތައް ނަޝީދުގެ ސަރުކާރުން ދޫކޮށްލައި ދީނީ ދަޢުވަތު ދިނުމުގައި މިނިވަންކަންދިނުމެވެ. މިހެންވުމުގެ ސަބަބުން ޢިލްމުވެރިން އެބޭފުޅުންނަށް ލިބިވަޑައިގެންފައިވާ ޢިލްމު އޭގެ އެންމެ ފުރިހަމަގޮތުގައި އާއްމުންނަށް ފޯރުކޮށްދިނުމުގެ ފުރުސަތު ލިބިގެން ދިޔައީއެވެ.

ކޮންމެއަކަސް ޔަޤީނުންވެސް އެނގޭކަމަކީ ދީނީ ހޭލުންތެރިކަން ވަރަށް ބޮޑުތަން އިތުރުވެގެން ދިޔަކަމެވެ. ބަންގިގޮވީމައި މިސްކިތަށް ނަމާދަށްއަރާ މީހުންގެ އަދަދު އިތުރުވެގެން ގޮސްފައިވުމެވެ. ދަރުސްތައް އަޑުއެހުމަށްޓަކައި ދާމީހުން ގިނަވިކަމެވެ. ވަރަށްގިނަ އަންހެން ކަނބަލުން އެކަނބަލުންގެ އައުރަ ނިވާކުރިކަމެވެ.

މީގެ އިތުރުން ލާދީނީ ފިކުރުގެ މީހުންގެއަޑު ކުރިއަށްވުރެ ބާރަށް އެއްވެސް ޖެހިލުމެއްނެތި ފާޅުކަން ބޮޑުގޮތެއްގައި އިވޭ އިވުމަކީ އިސްލާމްދީނަށް ލޯބިކުރާމީހުން އިތުރުވެގެންދާކަމުގެ އެންމެ ވަރުގަދަ އަދި އެންމެ ބޮޑު ޢަލާމާތެވެ.

އެއްވެސް އޮޅުމެއް ނެތްގޮތުގައި ދީނީ ހޭލުންތެރިކަން އިތުރުވެގެންދާ، މިފަދަ ދަނޑިވަޅެއްގައި، އެކަމާމެދު ނުރުހުންތެރިވާ ބަޔަކު ދީނާ ދެކޮޅު ޙަރަކާތްތައް އިތުރު ކުރާނެކަން ކަށަވަރެވެ. އެކަމުގެ ހެއްކެއްގެ ގޮތުން މިހާރު އިންތިޒާމު ކުރެވެމުންދާ އިންޓަނޭޝަނަލް ފެންވަރުގެ މިޔުޒިކް ޝޯތަކާއި، ސެކިޔުލަރިސްޓް ހަރަކާތްތައް ގިނަވެގެންދާކަން ފާހަގަކުރެވެއެވެ. ހަމައެހެންމެ، އަންހެނުންގެ ޙައްޤުތަކުގެ ނަމުގައި ބަޔަކު މީހުން ފާޅުގައި ނުކުތުމާއި، ދީނީ ދަރުސްތަކުގައި ވަކިކަހަލަ ވާހަކަތަކެއް މެނުވީ ނުދެއްކުމަށް ދެވޭ އިންޒާރުތައްވެސް ދިވެހިރާއްޖޭގެ މަޞްރަޙުން ދަނީ ފެންނަމުންނެވެ.

އުފަލާއެކު ފާހަގަ ކޮށްލަންޖެހޭ ކަމަކީ، ދިވެހީންގެ ގިނަބަޔަކީ ދީނީ މަޢްލޫމާތު އިތުރުކުރަމަށް ލޯބިވާބަޔަކުކަން މިފަދަ ދިރާސާތަކުން ހާމަވެގެންދާކަމާއި، އަދި ރަނގަޅު މަޢުލޫމާތު ލިބުމުން އެއަށް ކޮންމެ ބޭފުޅަކުވެސް އިތުބާރު ކުރައްވާކަމެވެ.

ނޯޓް: މިލިޔުމަކީ ރާއްޖެއިސްލާމްއިން ނަގާފައިވާ ލިޔުމެއް


Read more...

Wednesday, 31 March 2010

ވިސްނުންތެރިކަމާއެކު މުޅި ލިއުން ކިޔާލުން އެދެން

މައުހަދީ މުރާސިލްގައި ލިޔެފައިވާ ލިޔުމެއް
މިއީ ޑރ. މުޙައްމަދު ރައުފަތް ޢުޘްމާން ލިއުއްވާފައިވާ ލިއުމެއްގެ ޚުލާޞާ ތަރުޖަމާއެއް.

ބޯހިޔާ ވަހިކަން:
އިންސާނާ ބޯހިޔާވަހިކަމަށް ބޭނުންވުމަކީ ﷲ ތަޢާލާ އިންސާނާގެ ފިޠުރަތުގައި ލައްވާފައިވާ ކަމެކެވެ. އަންހެން ފިރިހެން ވަކިކުރުމެއްނެތިއެވެ. އެހެނެއްކަމަކު މި ބިންމަތީ ﷲ ތަޢާލާ އެއެއްޗެގައި ފުރާނަ އެޅުއްވި ހަމަ ކޮންމެ އެއްޗެއްވެސް މެއެވެ. މިކަން ޤުރުޢާނުގެ މުޙްކަމް އާޔާތްތަކުން ޘާބިތުވެއެވެ.

ޝަރުޢީ އެކިއެކި ޙުކުމްތަކުގައި ބޯހިޔާވަހިކަމުގެ މުހިއްމުކަން:
އިސްލާމި ޝަރީޢަތުގައި ބޯހިޔާވަހިކަމުގެ މުހިއްމުކަމަކީ މާގިނަ ވާހަކަތަކެއް ބަޔާން ކުރަންޖެހޭވަރަށްވުރެ ސާފުކޮށް ބަޔާން ވެގެން ވާކަމެކެވެ. އެހެނީ އިސްލާމީ ޝަރީޢަތުގައި އަނބިމީހާށް ލިބިގެންވާ، ފިރިމީހާގެ މައްޗަށް ލާޒިމްކުރާ ޙައްޤުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ޙައްޤކީ ބޯހިޔާވަހިކަމެވެ. އަންބިމީހާއަށްޓަކައި ދިރިއުޅޭނެ ގެއެއް / އެޕާޓްމަންޓެއް ހުންނާން ޖެހޭނެއެވެ. އަނބިމީހާގެ އިޖްތިމާޢީ ޙާލަތާގުޅޭ ފެންވަރުގެ ތަނެކެވެ. ފިރިމީހާއަށް ކުޅަދާނަ ވެގެންވާ މިންވަރުގެ ތެރެއިންނެވެ.

ބޯހިޔާވަހިކަމަށް ބޭނުންވާ މިންވަރު:
އުފެދޭ ސުވާލެކެވެ. އިންސާނާ ބޯހިޔާވަހިކަމަށް ބޭނުންވެގެން ވަނީ ކިހާވަރަކަށް ހެއްޔެވެ؟ ކިހާ ދަރަޖައަކަށް ހެއްޔެވެ؟ ބޯހިޔާވަހިކަމަކީ ޟަރޫރިއްޔާތުގެ ތެރެއިން ވާކަމެއް ހެއްޔެވެ؟ ޟަރޫރިއްޔާތަކީ ކޮބައިހެއްޔެވެ.؟ ޟަރޫރިއްޔާތަކީ އެކަންތަކަކާއި ނުލައި ދީނީ ދުނިޔަވީ މަޞާލިޙުތައް ފުރިހަމަ ނުކުރެވޭނެ ކަންތައްތަކެވެ. އެހެނީ އެއިން ކަމެއް އުނިވެއްޖެނަމަ ހެޔޮ ގޮތުގައި ދުނިޔަވީ މަޞާލިޙުތައް ޤާއިމް ނުކުރެވޭނެތީއެވެ. އެކަންތައްތަކަކީ ދީން ޙިމާޔަތް ކުރުމާއި ނަފްސާއި ނަސްލާއި މުދަލާއި ބުއްދިއެވެ. ( އިމާމް ޝާޠިބީ ރަޙިމަހުﷲ)

ނުވަތަ އިންސާނާ ބޯހިޔާވަހިކަމަށް ބޭނުން ވެގެންވަނީ ޙާޖިއްޔާތުގެ ދަރަޖާގައި ހެއްޔެވެ؟ އުޞޫލުލް ފިޤްހުގެ ޢިލްމުވެރިންގެ އަރިހުގައި ޙާޖިއްޔާތަކީ އެއިންކަމެއް ނެތި ދިއުމުން ދަތި އުދަގުލާއި ކުރިމަތި ވިނަމަވެސް، ޟަރޫރިއްޔާތުގައި ހިމެނޭ ކަމެއް ނެތި ދިއުމުން މެދުވެރިވާ ފަދަ ކަންތައްތަކެއް ކުރިމަތި ނުވާ ކަންކަމެވެ.
ނުވަތަ ބޯހިޔާވަހިކަމަކީ ތަޙްސީނިއްޔާތުގެ ތެރެއިން ވާކަމެއް ހެއްޔެވެ؟ އިމާމް ޝާޠިބީ ރަޙިމަހުﷲ ތަޙްސީނިއްޔާތު ގެ ތަޢުރީފުގައި ވިދާޅުވަނީ އެއީ އެމީހަކާއި ލާއިޤުވެގެންވާ މަޙާސިންތަކުގައި ( އެދެވިގެންވާ ރަގަޅުކަންތައްތަކާއި އެއްޗިހީގައި ) ހިފައި، ދުރުހެލިވެގަތުން އެދެވިގެންވާ ކަންކަމުން ދުރުހެލިވެގަތުމެވެ. އެހެން ޢިބާރާތަކުންނަމަ ދުނިޔަވީ ދިރިއުޅުމުގައި ކޮންމެހެން ބޭނުން ނުޥާ އެހެން ނަމަވެސް އެއެއްޗެއް ތިމާއާއެކު ވުމުން ތިމާގެ ދިރިއުޅުން ފުރިހަމަ ކޮށްދޭ އެއްޗިއްސާއި ކަންކަމެވެ.

އިސްވެދިޔަ ތަޢުރިފުތަކުގެ އަލީގައި އިންސާނާ ބޯހިޔާވަހިކަމަށް ބޭނުންވާ ވުން ތަޙްސީނިއްޔާތުގެ ދަރަޖައަށް ވަނުމަކީ ވަރަށް ދުރުގައިވާ ކަމެކެވެ. އެހެނީ ބޯހިޔާވަހިކަމަކީ ދިރިއުޅުން އިތުރަށް ފުރިހަމަ ކޮށްދޭއެއްޗެއްނޫނެވެ. އެހެނެއްކަމަކު ބޯހިޔާވަހިކަން ނެތުމަކީ މީހާގެ ދިރިއުޅުން އޭގެ އެހޮމަގުން ނެޓިދާނެ ކަމެކެވެ. އެހެން ކަމުން ބޯހިޔާވަހިކަން ހިމެނެނީ ޟަރޫރިއްޔާތާއި ޙާޖިއްޔާތި ދެމެދުގައި ވާކަމެއްގެ ގޮތުގައެވެ. އެހެނެއްކަމަކު ޟަރޫރިއްޔާތުގެތެރެއަށް ވަނުނުން ގާތްވެގެން ވެއެވެ. އެހެނީ ބޯހިޔާވަހިކަމަކީ ޟަރޫރިއްޔާތުގެ ތެރެއިންވާ ކަންތައްތައް ރައްކާތެރިކުރުމަށް މަގުފަހިކޮށްދޭ ވަޞީލަތެކެވެ. މިއީ އިމާމް ޝާޠިބީ ރަޙިމަހުﷲ ވެސް ދެކިވަދައިގަންނަވާގޮތެވެ. އަދި އިމާމް އިބްނި ޙަޒްމު ދެކެވަޑައިގަންނަވާގޮތުގައި ބޯހިޔާވަހިކަމަކީ އަސާސީހައްޤުތަކުގެ ތެރެއިން ވާ ކަމެކެވެ. އެކަމަށް ކުޅަދާނަ ވެގެން ނުވާ ކޮންމެ މީހަކަށް ދައުލަތުގެ ފަރާތުން ބޯހިޔާވަހިކަން ލިބޭނެ ގޮތްތަކެއް ހަމަޖައްސައިދޭންވާނެއެވެ.

ރިބަވީ މުޢާމަލާތެއްގެތެރެއިން ގެއެއް/އެޕަރޓްމަންޓެއް ގަތުން ހުއްދަ ވާނެ ހެއްޔެވެ؟

ބެންކު މެދުވެރިކޮށް ރިބާ ހިމެނޭ މުޢާމަލާތެއްގެތެރެއިން ގަތުމޭ ބުނެވޭ ބަހުގެ މާނައަކީ ކޮބައިތޯއެވެ؟
1- ބެންކުން ގެތަކެއް އެޅުމަށްފަހު ވިއްކުމަށްޓަކައި މާކެޓަށް ހުޅުވާލުމެވެ. 2 އަގެއްގައެވެ. ވަގުތުން ފައިސާދެއްކުމުން ވިއްކާ އަގެވެ. ދެވަނަ އަގަކީ (ފުރަތަމަ އަގަށްވުރެ ބޮޑު) ފަހުން ދައްކާގޮތަށް ވިއްކާ އަގެވެ. އެއީ މަހުން މަހަށް ދައްކާ ޚަލާޞްކުރާގޮތަށް ކަމުގައިވިޔަސް ނުވަތަ ވަކި މުއްދަތެއްގެ ކުރިން ގަނޑުކޮށް ދެއްކުން ކަމުގައިވިޔަސްމެއެވެ.
2- ބޯހިޔާވަހިކަން ލިބިގަންނަ ފަރާތާއި ބެންކާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން، ދެފަރާތަށް ވެސް އެގޭ އަގެއްގައި ބެންކުން ގެއެއް/އެޕަރޓްމަންޓެއް ގަތުމެވެ. އަދި ބެންކުން ގަތް އަގަށްވުރެ ބޮޑުއަގުގައި ބޯހިޔާވަހިކަން ލިބިގަންނަ މީހާއަށް ބެންކުން ގެ ވިއްކުމެވެ.
3- ބޯހިޔާވަހިކަން ފޯރުކޮށްދޭ ކުންފުނި / ބެންކު ފަދަ ތަންތަނުން ރިބަވީ ލޯނުނަގައި ބިމުގައި ގެއެއް ބިނާކުރުމެވެ. ނުވަތަ އެފައިސާއަށް ގެއެއް ގަތުމެވެ.

މި ތިން ގޮތުން ކުރެ ކޮންމެ ގޮތެއްވެސް މެދުވެރި ވެދާނެއެވެ. އެހެން ކަމުން ތިރީގައި އެވަނީ މި ތިން ޙަލަތުގެ ފިޤްހީ ރައުޔެވެ.

1- ފުރަތަމަ ޙާލަތުގައި އެވާ ފަދައިން ބެންކުން އެފަދަ ގެތަކެއް ބިނާކޮށް އެގެތައް ދެ އަގެއްގައި ވިއްކުމީ ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި ހުއްދަކަމެކެވެ. އެހެނީ މިތާގައި ރިބާގެ މުޢާމަލާތެއް ނުހިގާތީއެވެ. މިތާގައި ސުވާލު އުފެދެނީ ފަހުން ދައްކާތީވެ އަގު ބޮޑުވާ ބޮޑުވުމެވެ. ޙަޤީޤަތަކީ ބޯހިޔާވަހިކަމަށް ބޭނުން ވެފައިވާ މީހާއަށް ދެ އިޚްތިޔާރެއް ހުށަހެޅި އެއިން އޭނާއަށް ލާއިޤުވެގެންވާ ގޮތް އިޚްތިޔާރު ކުރާކުރުމެވެ. މިތާގައި އަޞްލަކީ ދެ އަގެވެ. އަޞްލު އަގު އޮވެފައި އަޞްލުގެ މައްޗަށް ލަސްވާ ލަސްވުމަށް، ކަޑައެޅޭ މިންވަރެއް ނުވަތަ އަގުގެ އިންސައްތައެއް އިތުރުވާ އިތުރުވުމެއް ނޫނެވެ. އެހެނެއްކަމަކު ދެ އަގެކެވެ. އެއްއަގަކީ (6 މިލިއަން) މުޅި އެގްރީމެންޓުގެ ފުރިހަމަ އަގު އެއްފަހަރާ ބެންކަށް ދެއްކާނަމަ ''ގެ/އެޕަރޓްމަންޓް'' ވިއްކާ އަގެވެ. ދެވަނައަގަކީ (6.5 މިލިއަން) މުޅި އެގްރީމެންޓުގެ ފުރިހަމަ އަގު 2 އަހަރު ދުވަހުގެ ތެރޭގައި އިތުރުވުމެއްނެތި އެއްކޮށް ދައްކާ ޚަލާޞްކުރަންޖެހޭ އަގެވެ. މިޙަލަތުގައި 2 އަހަރު ދުވަހުގެ ތެރޭ ބައިބަޔަށް ބަހާލައިގެން ދެއްކުމާއި، ގަނޑުކޮށް އެއްފަހަރާ 2 އަހަރު ދުވަހުގެ ތެރޭގައި ދެއްކުން އެއްގޮތްވެގެން ވެއެވެ. ނަމަވެސް މިތާގައި ފާހަގަކޮށްލަންޖެހޭ ކަމަކީ 2 ވަނަ އަގު ދެއްކުމުގައި ބެންކަށް ދައްކަން ޖެހޭ އަގު ނުދައްކާ ލަސްވާ ލަސްވުމަށް ވަކި ޢަދަދެއް ނުވަތަ އިންސައްތައެއް އިތުރުވާނަމަ އެއީ ރިބާއެވެ. އެކުރެވެނީ ރިބާގެ މުޢާމަލާތެކެވެ.
2- ދެވަނަ ޙާލަތުގައިވާ ފަދައިން ބޯހިޔާވަހިކަމަށް ބޭނުންވާ މީހާއާއި ބެންކާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ބެންކުން ދެފަރާތަށް ވެސް އެގޭ އަގެއްގައި ގެއެއްގަނެ، ބެންކާއި އެއްބަސްވުން ހަދާފައިވާ މީހާއަށް ބެނުްކުން އެގެ ގަތް އަގަށްވުރެ ބޮޑުއަގުގައި (ބެންކަށް ފައިދާ ލާފައި) ވިއްކުމަކީ އިސްލާމީ ޝަރީޢަތުގައި ހުއްދަކަމެކެވެ. އެފަދަ މުޢާމަލާތަށް އިސްލާމީ ޝަރީޢަތުގައި ކިޔަނީ ''ޢަޤްދު މުރާބަޙާ'' އެވެ. ނަމަވެސް ފުރިހަމަ އަގު ދެއްކުމުގެ ބަދަލުގައި އަގުގެ ބައެއް ނުވަތަ އަގު އެއްކޮށް ބައިބަޔަށް ބަހާލެވިގެން ދައްކާ ޚަލާޞްކުރާނަމަ ނުވަތަ ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި ގަނޑުކޮށް ދައްކަން އެއްބަސްވެ އެ މުއްދަތުގައި އަޞްލު އަގުގެ މައްޗަށް އިތުރު އެއްޗެއް (އިންޓްރެސްޓެއް) އިތުރުވާނަމަ އެއީ ރިބާއެވެ. އެފަދަ ޙާލަތުގައި އެމުޢާމަލާތް ހުއްދައެއްނުވާނެއެވެ.
3- ތިންވަނަ ޙާލަތުގައިވާ ފަދައިން ރިބަވީ ލޯނެއް ނަގައި ގެއެއް ބިނާކުރުން ނުވަތަ ގެއެއް ގަތުން ހިމެނެނީ ކަނޑައެޅިގެން ރިބާގެތެރެއިންނެވެ. އެހެނީ އިންޓްރެސްޓް ހިމެނޭ ލޯނަކީ ރިބާގެ ވައްތަރެކެވެ.

ޟަރޫރީ ޙާލަތުގައި ޟަރޫރީ މިންވަރަށް ޙަރާމް ކަމެއް/އެއްޗެއް ހުއްދަކުރެއްވުން:
ޙަރާމް އެއްޗިއްސާއި ކަންކަމަކީ ﷲ ތަޢާލާ އެއްޗަކުން/ކަމަކުން ދުރުހެލުވުން ލާޒިމް ކުރައްވާފައިވާ ކޮންމެ އެއްޗެކެވެ. ކަމެކެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ އެކަމެއް ނުކޮށް ދޫކޮށްލުމުން ޘަވާބު ލިބޭ ކުރުމުން ޢިޤާބު ލިބޭ ކަންކަމެވެ.
ނަމަވެސް އިސްތިޘްނާއީ ޙާލަތެއް މެދުވެރި ވުމަކީ އެކަށީގެން ވާކަމެކެވެ. އެފަދަ ޙާލަތްތަކަކީ ޟަރޫރީ ޙާލަތެވެ. އެފަދަ ޙާލަތުގައި ކުރުން ޙަރާމްކަމެއް ޟަރޫރީ މިންވަރަށް އަޞްލުން އިސްތިޘްނާކުރެވި ހުއްދަކުރެވެތެވެ. މިސާލަކަށް ސަހަރާއެއްގައި ހާލުގައިޖެހިފައިވާ މީހަކު ދިރިހުންނާނެ މިންވަރަށް އޫރު މަސްކެއުމަކީ ހުއްދަކަމެކެވެ. އަދި ޤުރުޢާނުގެ މުހްކަމް އާޔަތްތަކުގައި މިކަމަށް ދަލިލު ދައްކައިދޭ އެތަކެއް އާޔަތްތަކެއް ވެއެވެ. ނަމަވެސް މިއީ އެ އާޔަތްތައް ބަޔާން ކުރަން އެންމެ އެކަށޭނަ މަވްޤިފް ކަމަށް ނުވާތީ މިވަރުން ފުއްދާލީމެވެ.

ޟަރޫރީ ޙާލަތުގައި ރިބަވީ ބެންކުން ލޯނުނެގުން:
ޟަރޫރީ ޙާލަތަކީ: އިންސާނާ އެޙާލަތެއްގައި ޙަރާމްކަމެއް ނުކޮށް ދޫކޮށްލައިފިނަމަ އޭނާގެ ފުރާނައަށް ޢިރްޟަށް މުދަލަށް ނުރައްކާވެދާނެ ޙާލަތެވެ.

އިންސާނަކު ބޯހިޔާވަހިކަމަށް ޟަރޫރީ މިންވަރަށް ބޭނުންވާ ޙާލަތުގައި ރިބާ ހިމެނޭ މުޢާމަލާތެއްގެ ތެރެއިން، ޟަރޫރީ މިންވަރުގެ ގެއެއް/އެޕަރޓްމަންޓް ގަތުމީ ހުއްދަ ކަމެކެވެ. ނަމަވެސް އެއީ ޝަރުޢީ ގޮތުން ހުއްދަ އެހެން އެއްވެސް ބަދީލެއް ނެތް ޙާލަތުގައެވެ. އިންޓްރެސްޓް ނުހިމެނޭ ސްކީމެއް ނުވަތަ ގޮތެއް އޮތް ހިދެއްގައި އެފަދަ ރިބާ ހިމެނޭ މުޢާމަލާތެއް ނުކުރެވޭނެއެވެ. މިސާލަކަށް:

1- ކުއްޔަށް ހިފުން: ތިމާއާއި ތިމާގެ ބެލެހެއްޓުންތެރިކަމުގެ ތެރޭގައި ތިބި މީހުނަށް އެކަށޭނަ ތަނެއް ކުއްޔަށް ހިފުމުގެ ޤާބިލުކަން ލިބިގެންވާ މީހަކު އެފަދަ ލޯނެއް ނެގުން ހުއްދައެއް ނުވާނެއެވެ. ސަބަބަކީ އޭނާގެ ޟަރޫރަތު ފުއްދޭނެ ޝަރުޢީ ގޮތުން ހުއްދަ ބަދީލެއް އޮތުމެވެ.
2- ބައިބަޔަށް ބަހާލައިގެން ގެއެއް ގަތުން: ތިމާގެ އިޖްތިމާޢީ ފެންވަރާ އެކަށޭނަ ތަނެއް ބައިބަޔަށް ބަހާލައިގެން ކަނޑައެޅޭ މުއްދަތެއްގައި ދައްކާ ޚަލާޞްކުރާ އުޞުލުން ބޯހިޔާވަހިކަން ހޯދުމުގެ ޤާބިލްކަން ލިބިގެންވާމީހާ އެފަދަ ރިބަވީ ލޯނެއް ނަގައި ބޮޑު ގެއެއް އެޅުން ނުވަތަ ގަތުމަކީ ހުއްދަ ކަމެއް ނޫނެވެ.
3- ބައިބަޔަށް ބަހާލައިގެން ތަނެއް ބިނާކުރުން: ކޮންސްޓަރަކްޝަން ކުންފުންޏަކުން ނުވަތަ ހައުސިން ކޯޕަޜޭޝަނަކުން އެކަށޭނަ ތަނެއް ބައިބަޔަށް ބަހާލައިގެން ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި، ކަނޑައެޅިފައި އޮންނަ މިންވަރެއް (އެމިންވަރަކީ ބޯހިޔާވަހިކަން ލިބިގަންނަ މީހާއަށް ތަޙައްމަލު ކުރެވޭ ވަރުގެ މިންވަރެއް) ކޮންމެ މަހަކު ދައްކާ ޚަލާޞްކުރާ އުޞޫލުން ބޯހިޔާވަހިކަން ލިބިގަތުމުގެ ޤާބިލުކަން ލިބިގެންވާ މީހާ އިންޓްރެސްޓް އެކުލެވޭ ގޮތަށް ލޯނެއް ނެގުމީ ހުއްދަ ކަމެއް ނޫނެވެ.

މިފަދަ ބަދީލެއް އޮތް ޙާލަތެއްގައި ނުވަތަ މިނޫންވެސް ޝަރުޢީ ގޮތުން ހުއްދަ ބަދީލެއް އޮތް ޙާލަތެއްގައި އިންޓްރެސްޓް ހިމެނޭ ރިބަވީ މުޢާމަލާތެއް ކުރުމީ ހުއްދަވެގެންވާކަމެއް ނޫނެވެ.

Read more...

Friday, 19 March 2010

އިޤްޠިޞާދީ ހީނަރުކަމުން އަރައިގަތުމަށް އިސްލާމީ ޝަރީޢަތް!!!

ކަނޑިތީމު އޮންލައިން
ޤައިދީއަކަށް މަދުވެގެން އަށާރަހާސް ރުފިޔާ ހޭދަކުރެވޭއިރު ،ޤައުމެއްގެ ތަރަށްޤީ އެބައެގެ މައްޗަށް ބިނާވެފައިވާ މަދަރުސާ ތަކުގައި ތައުލީމު ހާސިލް ކުރަމުން ދާ ދަރިވަރަކަށް މަހަކު ހޭދަކުރެވެނީ އެންމެ ބާރަސަތޭކަ ރުފިޔާ

ދުނިޔޭގެ އެއްވެސް އިކޮނޮމިސްޓަކު އުންމީދުވެސް ނުކޮށް ހުއްޓައި މުޅި ދުނިޔެއަށް މިވަނީ ބޮޑު އިޤްތިޞާދީ ހީނަރުކަމެއްކުރިމަތިވެފައެވެ. އޭގެ އަސަރު ދިވެހި ރާއްޖޭކު ކުޑަކުޑަ އިޤްތިޞާދަށްވެސް މިދަނީ ކުރަމުންނެވެ. އަދި އެކަމުގެ ސަބަބުން ދައުލަތުން އުންމީދުކުރިވަރާ ގާތަށްވެސް އާމްދަނީއެއް ނުލިބޭނެޔޯލައެވެ. ނަތީޖާއެއްގެ ގޮތުން މި އަހަރުގެ ބަޖެޓުގެ ޑެފިސިޓު އެހެން އަހަރުތަކަށްވުރެންވެސް ބޮޑުވެގެން ދާނެކަމަށް މިވަނީ ލަފާކުރެވިފައެވެ. އާދެ، މިއީ މިއަދު އަޅުގަނޑުމެން ގައުމުގެ ހާލަތެވެ. ދައުލަތުން ކުރަންޖެހޭ ހަރަދުތައް އިންތިހާއަށް އިތުރުވެގެން ގޮސްފައިވާއިރު ލިބޭ އާމްދަނީ މިވަނީ އަނެއް އަތަށް ޖަހައިފައެވެ.

ދިމާވެފައިވާ އިޤްތިޞާދީ ހީނަރުކަމުން ސަލާމަތްވުމަށްޓަކައި އަދުގެ ސަރުކާރުން ގެންދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގައި އިންވެސްޓުކުރުމަށް ބޭރުގެ އިންވެސްޓަރުން ޝައުގުވެރިކުރުމަށްޓަކައި ތަފާތު ހަރަކާތްތައް ދަނީ ހިންގެމުންނެވެ. މީގެ އިތުރުންވެސް ރާއްޖޭގައި ވިޔަފާރިވެރިން އިތުރުކުރުވުމުގެ މަޤްޞަދުގައި އަދުގެ ސަރުކާރުން 2009 ވަނަ އަހަރު ވަނީ ހާއްޞަ ލޯނު ސްކީމެއް ތައާރަފުކޮށްފައެވެ. ނުވިތާކަށް ރިޒޯޓުތައް ކުއްޔަށް ދިނުމާއި، ސަރުކާރުގެ މުވައްޒަފުން މުސާރަތަށްވެސް ދަނީ ކުޑަ ކުރެވެމުންނެވެ. ކޮންމެ އަކަސް މިހުރީ ހައްތަހާވެސް އިޤްތިޞާދީ ހީނަރުކމުން ސަލާމަތްވުމަށްޓަކައި އަދުގެ ސަރުކާރުން އަޅައިފައިވާ އަދި އަޅަމުންދާ ބައެއް ފިޔަވަޅު ތަކެވެ.

އިޤްތިޞާދީ ހާލަތު ރަންގަޅުކުރުމަށްޓަކައި ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅު ތަކަކީ އިޤްތިޞާދީ ނަޒަރިއްޔާތަކުން ބަލާއިރު މިފަދަ ހާލަތެއްގައި ހަމަ އެންމެ އެކަށޭނަ ފިޔަވަޅުތަކެކެވެ. ކަންއޮތީ މިހެން ކަމުގައި ވިޔަސް ސަރުކާރުގެ ހަރަދުކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ހަރަދު ކުޑަކުރުމަށް އެޅުއްވި ބައެއް ފިޔަވަޅުތަކަކީ އެންމެ ރަނގަޅު ފިޔަވަޅު ތަކެއްތޯ ސުވާލު އުފެދެއެވެ. މީގެކުޑަކުޑަ މިސާލެއް މިތާ ބަޔާންކޮށްލާނަމެވެ.

ކޮންމެ މަހަކު ޖަލުގައި ވާ ކޮންމެ ޤައިދީއަކަށް މަދުވެގެން އަށާރަހާސް ރުފިޔާ ހޭދަކުރެވޭއިރު ،ޤައުމެއްގެ ތަރަށްޤީ އެބައެގެ މައްޗަށް ބިނާވެފައިވާ މަދަރުސާ ތަކުގައި ތައުލީމު ހާސިލް ކުރަމުން ދާ ދަރިވަރަކަށް މަހަކު ހޭދަކުރެވެނީ އެންމެ ބާރަސަތޭކަ ރުފިޔާއެވެ. މިއީ ޤައިދީއަކަށް މަހެއްގެ މަށްޗަށް ހޭދަކުރެވޭ މިންވަރުގެ %6.7 އެވެ. ދެން ނިކަން ވިސްނާލަ ބައްލަވާށެވެ. ޖަލު ބަންދުގައި ބޭތިއްބިފައިވަނީ މަރަށް ހުކުމް ކޮށްފައިވާ ކިތަށް މީހުން ތޯއެވެ؟ އެކި ތަންތަނުން ވައްކަން ކޮށްގެން އަތް ފައި ބުރިކުރަން ޖެހިފައި ތިބި ކިތަށް މީހުންތޯއެވެ؟ މި އެންމެނަށް ކުރާހާ ހަރަދެއްކުރަންޖެހެނީ ދައުލަތުގެ މާލިއްޔާއިންނެވެ. ނަތީޖާއެއްގެ ގޮތުން ބަޖެޓު ޑެފިސިޓު ހައްތަހައި ވަނީ ބޮޑެވެ.

އެމީހުންނަށް ދީނުގައި ދޭން އޮތް އަދަބު ނޫން އެހެން އަދަބެއް ދެވެމުން ދިޔުމުގެ ސަބަބުން ދައުލަތަށް މުޅިންވެސް ވާނީ ގެއްލުމެވެ.މިސާލަކަށް ވަށްކަމެއް ކޮށްގެން ގެނެވޭ މީހަކު އަތް ކެނޑުމުގެ ބަދަލުގައި ދެތިން އަހަރަށް ޖަލުގެ ހުކުމެއްކޮށް ޖަލަށްލުމުން އެމީހެއްގެ އުފެއްދުންތެރިކަން ޤައުމުގެ ޖީޑީޕީ(ގްރޯސް ޑޮމެސްޓިކް ޕްރޮޑަކްޓް) އިން އުނިވެގެން ދާނެއެވެ. ތަންކޮޅެއެއް ތިލަކޮށް ދަންނަވާނަމަ ވަށްކަން ކޮށްގެން ގެނައި މީހާ އަތްކެނޑުމަށްފަހު ދޫކޮށްލުމުން އެމީހަކަށް ކުރެވުނު ގޮތަކުން މަސައްކަތެއް ކޮށްގެން ކޮންމެވެސް އާމްދަނީއެއް ހޯދޭނެއެވެ. މި ހޯދޭ އެއްޗެއް ދާނީ ގައުމުގެ އިޤްތިޞާދުގެ ތެރޭގައި އެނބުރެމުންނެވެ. އެހެންނަމަވެސް ދީނުގައި އެފަދަ މީހުންނަށް ދޭން އޮތް އަދަބު އެތްފަރާތް ކޮށްލާ، އެމީހަކު އެތަށްދުވަހަކަށް ޖަލަށް ލުމުން އެމީހެއްގެ ފުށުން އިޤްތިޞާދުގެ ތެރެޔަށް ވަންނަމުން އައިބައި އުނިވެ، ނުވިތާކަށް ޤައުމުގެ މާލިއްޔާއިން އެމީހުންނަށް ހޭދަކުރަން ޖެހިދެއެވެ.

ކަން މިހެން އޮތްއިރު ބަޖެޓުގެ ޑެފިސިޓު ހައްލުކުރުމަށް ކުށްވެރިންނަށް ދޭންއޮތް ހައްގު އަދަބު ދިނުމަށްވުރެން މޮޅުގޮތެއް އޮންނާނެކަމަކަށް ނުފެނެއެވެ. ފަހަރެއްގައި އަދުގެ ސަރުކާރުގެ އިސް ސަފުގައި ތިބީ ބޭފުޅުން މިކަމަށް ވަރަ ދެކޮޅުވެދާނެއެވެ. އެހެންނަމަވެސް އަޅުގަނޑު އެބޭފުޅުންނަށް މި ގޮވާލަނީ އަޖުމަ ބަލައިލާން ނަމަވެސް މިގޮތް އިޙްތިޔާރުކުރަމާބަހީއެވެ. މިގޮތަށް އަމަލުކޮށަގެން ރާއްޖޭގެ އިޤްތިޞާދު ކުރިއަރާނެކަމާ މެދަކު އަޅުގަނޑު އެއްވެސް ޝައްކެއް ނުކުރަމެވެ. އަދި
ބަޖެޓުގެ ޑެފިސިޓު ހައްލުކުރުމުގެ ނަމުގައި މުވައްޒިފުންނަށްދޭ މުސާރަ ކުޑަނުކުރުމަށް އަދުގެ ސަރުކާރަށް ގޮވާލަމެވެ. އަދި ޑެފިސިޓު ހައްލުކުރުމަށް ސަރުކާރުން އެހާ އެދޭނަމަ މި ޤައުމުގައި މާތްﷲގެ ޝަރީޢަތް ތަންފީޒުކުރުމަށް ގޮވާލަމެވެ.

ކަނޑިތީމު އޮންލައިން އިން ނަގާފައިވާ ލިޔުމެއް

Read more...

Wednesday, 3 March 2010

ހެންވޭރުގެ ޒުވާނުން އިޞްލާޙްވަނީ

އައިޝަތު ސިތުނާ
އަޅުގަނޑުމެން ﷲ ސުބުޙާނަޙޫ ވަތަޢާލާއަށް އީމާންވާންވީ ތެދުހިތުންކަމަށާއި އޭރުން އިއްފަތްތެރިކަމުގެ ގަހަނާއަކީ ކިހާވަރެއްގެ އެއްޗެއްކަން އެނގިގެންދާނެކަމަށް އައްޝައިޚު އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ. ޝެއިޚު މިހެންވިދާޅުވީ ހެންވޭރު ޒުވާނުންނާއި އަދާލަތު ޕާޓީ ގުޅިގެން ހެންވޭރުޕާކުގައި ބޭއްވި ދީނީ ދަރުސްގައި ތަޤްރީރު ކުރައްވަމުންނެވެ.

އައްޝައިޚު އިލްޔާސް ހުސެއިން ވިދާޅުވީ އައުރައަކީ ފޮރުވިގެންވާ އެއްޗެއްކަމަށާއި އެ ކަޝްފު ކުރުމަށް ޝައިތާނާ އަބަދުވެސް ވަސްވާސް ދެމުންދާނެކަމަށެވެ. އަދި އިއްފަތްތެރިކަމުގެ ގަހަނާއިން ޒީނަތްތެރިވެއްޖެ މީހަކަށް ދެދުނިޔެ ބާއްޖަވެރިވެގެންދާނެކަމަށް އައްޝައިޚް އިލްޔާސް ޙުސައިންގެ ދަރުހުގައި ވިދާޅުވިއެވެ.

އައުރަ ނިވާކުރުމަށް އަންގަވާފައިވަނީ އަޅުގަނޑުމެން ހެއްދެވި މަތިވެރި ރަސްކަލާނގެކަމަށާއި އެހެންކަމުން މިކަމާއި އެއްވެސް މީހަކަށް ދެކޮޅު ނެހެދޭނެކަމަށް ޝައިޚު ވިދާޅުވިއެވެ. އައުރަ ނިވާކުރަންވީ ދީނުގައި އެކަމަށް އަންގަވާފައިވާ ގޮތުގެ މަތިންކަމަށާއި އެނޫންގޮތަކަށް ކަންތަށް ކޮށްފިނަމަ މުޖުތަމަޢު ފަސާދަވެގެންދާނެކަމަށާއި އެކަންތައް މިމުޖުތަމަޢުންވެސް ފެންނަކަމަށް ވިދާޅުވިއެވެ.

ޝައިޚު އިލްޔާސް ދެއްވި ތަޤްރީރުގައި މިހާރު މުޖުތަމައުގައި ހުރި ވަރަށް ގިނަ މައްސަލަތަކުގެ މައްޗަށް ބައްލަވާލައްވައި އެކަންކަން ދީނުގައި އޮތް ގޮތް ހާމަކޮށްދެއްވިއެވެ. ޅަ ދަރިން ތަރުބިއްޔަތުކުރުން ފަދަ ޢާއްމު މައްސަލަތަކަށް ބައްލަވާލައްވަމުން އެކުދިންނަށް ކިޔާނަން ނޫން އެހެން ނަންތަކުން ނުކިޔުމަށާއި ވަނަމަކުން ގޮވާލުމުގެ ބަދަލުގައި ދަރިފުޅާ އެވެ ގޮވާލުމަށް ބާރުއެޅުއްވިއެވެ.

މިދަރުސް އަޑުއެހުމަށްޓަކައި ހެންވޭރު ޕާކަށް ގިނައަދަދަކަށް މީހުން ހާޒިރުވެތިބިކަމަށް ހާމަކުރައްވަމުން، ހެންވޭރު ޒުވާނުން ހާމަކޮށްފައިވަނީ ކުރިޔަށް އޮތް ތަނުގައިވެސް މިފަދަ ދަރުސްތައް ދިނުމުގެ ބައްދަލުވުންތައް ކުރިޔަށް ގެންދާނެކަމަށެވެ.

މިދަރުސް އިންތިޒާމުކުރުމުގައި އަމަލީގޮތުން ބައިވެރިވި ބައިވެރިޔަކު މިއަދުނޫހަށް މައުލޫމާތުދެމުން ބުނިގޮތުގައި އެމީހުން މިފަދަ ދީނީ ދަރުސްތައް އިންތިޒާމުކުރުމުގެ ބޭނުމަކީ އެސަރަހައްދަކީ އިސްލާމް ދީނަށް ލޯބިކުރާ ޒުވާނުންތަކެއް އުޅޭ ސަރަހައްދަކަށް ހެދުންކަމަށެވެ. ކުރިން އެސަރަހައްދުން ފެނުނުފަދަ މަންޒަރުތައް މިހާރު ނުފެންނާނެ ކަމަށާއި ކުރިއަށް އޮތްތަނުގައި މިހާރަށްވުރެވެސް ރަނގަޅު މަންޒަރުތައް ފެންނަން ފަށާނެކަމަށް ވެސް ބުނެފައިވެއެވެ.

” އަޅުގަނޑުމެން ޒުވާނުންނަށް އެކިއެކި ނުރަނގަޅުކަންތައްތައް ކުރެވުނީ ރަނގަޅުމަގު ދައްކައިދޭނެ ބަޔަކު އެކަމަށް އިސްނަގައިގެން މަސައްކަތްނުކުރިތީ. މިހަރު މިދަނީ މަގުފެންނަމުން. އިރާދަކުރެއްވިއްޔާ ދެން އަހަރެމެން ކުރިއަށްދާނީ އެމަގުން. ” ކަމަށްވެސް ބުނެފައިވެއެވެ..

ސޯސް: މިއަދު ނޫސް

Read more...

Monday, 1 March 2010

"الله أكبر الله أكبر ... ބޭނުންވަނީ އިސްލާމީ ޝަރީއަތް! ... ބޭނުންވަނީ އިސްލާމީ ޝަރީއަތް! "

الله أكبر الله أكبر لاإله الاالله . ދިވެހި މަދު ދަރިންކޮޅެއްގެ ހިތުގައި އިސްލާމްދީނުގެ ހައްޤުގައި ތެދުވުމުގެ ޖޯޝާއި އީމާންތެރިކަން ދެއްވި ގަދަކީރިތިވަންތަ ﷲ ތަޢާލާއަށް ހަމްދާ ޝުކުރު ހުއްޓެވެ.
މިއީ މިއަދު އަހަރުމެންގެ ދިވެހިރާއްޖޭން ފެންނަމުންދާ ވަރަށްވެސް އުފާވެރި މަންޒަރެކެވެ. ﷲ ތަޢާލާ އަހަރުމެން އެބޭނުމަކަށްޓަކައި ފޮނުއްވި ބޭނުމެވެ. އެއިލާހަށް އަޅުކަން ކުރުމެވެ. އަދި އެއިލާހު ދީން މިބިންމަތީ އެކީއެކައްޗަކަށް ޤާއިމްވެއްޖައުމަށް ދާންދެން ހަނގުރާމަކުރުމެވެ. އެކަމަށްޓަކައި އަހަރުމެންނަށް ބަހާއި ޢަމަލުން ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމެވެ. މިއަދު ދިވެހި ފަސްގަނޑުގައި އިސްލާމް ދީނުގެ ހައްޤުގައި ނިކުމެ އެންމެ ކުޑަމިނުން އަޑުއުފުލުމަކީ ވެސް އުފަކުރުން ހައްޤު ކަމެކެވެ. އިސްލާމް ދީނުގެ އަސާސްތައް ރައްކާތެރިކުރުމަށް ގޮވާލާ އަޑު އުފުލުމަކީ ދިވެހި ދަރިންގެ ހިއްވަރާއި އަޒުމް އަދި އެމީހުންގެ ހިތުގައި ދީނުގެ މައްޗަށްވާ ލޯބި ހާމަ ކޮށްދޭ ކަމެކެވެ. ދިވެހި ރާއްޖެއަކީ އޭގެ ތާރީޚުން ފެށިގެންވެސް އިސްލާމްދީނަށް ލޯބިކުރާ ދަރިންތަކެއް ދިރިއުޅޭ ޤައުމެކެވެ.
އޭ ދިވެހި ލޮބުވެތި ދަރިންނޭވޭ! ހަމަކަށަވަރުން ތިޔަބައިމީހުން ތިޔަނިކުތީ ހައްޤުގެ ދިފާއުގައެވެ. ޢާލަމްތަކުގެ ވެރި ރައްބުގެ ކަލިމަ ފުޅުގެ ދިފާއުގަ އެވެ. ހަމަކަށަވަރުން އެއިލާހު ތިޔަބައިމީހުންގެ ޢަމަލުތައް ބައްލަވާ ވޮޑިގެންވެއެވެ. ޢިޚްލާސްތެރި ކަމާއެކު ކުރާ ޢަމަލެއް އެއިލާހު ބޭކާރު ނުކުރައްވާ ހުށިކަމެވެ. ހަމަކަށަވަރުން މުއުމިނުންނާ އެކު ﷲ ވޮޑިގެންވެއެވެ.

އޭ ދިވެހި ލޮބުވެތި ދަރިންނޭވެ! ތިނިކުތުމަކީ، ތިއަޑު އުފުލުމަކީ، ތިޔަ ޝުއޫރުތަކަކީ ޝައިތޯނައާއި އޭނާގެ އައުވާނުން ހަމަޔަގީނުންވެސް ނުރުހޭނެ ކެމެކެވެ. އަދި އެމީހުންގެ މަކަރުވެރި ރޭވުންތަކުން އިސްލާމްދީންގެ ރިވެތި އުސޫލުތަކާއި ހަމަތައް އަހަރުމެންގެ މުޖްތަމައުއިން ނައްތާލާ ފިތުނަ ފަސާދައާއި ލަދީނީ އާދަތައް ދިރުވާ އަށަގެންނެވުމަށް އެމީހުން ކުރަމުންދާ މަސައްކަތައް އެޅޭ މިފަދަ ބޮޑެތި ހުރަސްތައް ނައްތާލުމަށް އެމީހުންނަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް އެމީހުން ކުރާނެކަމީ ތާރީޚް އެކަމަށް ހެކިދޭ ހަޤީޤަތެކެވެ. ވުމާއިއެކު ތިތެދުވި އަޒުމާއި ހިއްވަރުގައި ކުރިއަށް ދިއުމަށް ދިވެހި ލޮބުވެތި ދަރިންނަށް ގޮވާލަމެވެ. ތިމަގުގައި ދިމާވާ އެންމެހާ ގޮންޖެހުންތަކާއި އަނިޔާތަކަށް ކެއްތެރިކަމާއެކުގައި ކުރިމަތިލުމުގެ ހިއްވަރާއި އަޒުމާއެކު ކުރިއަށް ދިޔުމަށްވެސް ގޮވާލަމެވެ.
އޭ ދިވެހި ލޮބުވެތި ދަރިންނޭވެ. ތިޔަ ހިއްވަރާއި އަޒުމާއެކު ކުރިއަށް ދިއުމަށް އަޒުމު ކަނޑައަޅާމާ ހިނގާށެވެ. ދިވެހި ފަސްގަނޑަކީ އިސްލާމީ ޝަރީއަތް ޤާއިމް ކުރެވިފައިވާ ފަސްގަނޑަކަށް ހެދުމަށް އަހަރުމެން ދެކެމުންދާ ހުވަފެންތައް ހަޤީޤަތައްވާނީ ޤުރުބާނީ ތަކެއްވެވިގަނެވެ. އެއީ ރަސޫލާ (ސއވ) އާއި އެކަލޭގެ ފާނުގެ ޞަޙާބީންވެސް އިސްލާމް ދީނުގެ ހައްޤުގައި ވެފައިވާ ޤުރުބާނީތައް ފަދައިންނެވެ. އެހެންކަމުން ދިވެހި ލޮބުވެތި ދަރިންނޭވެ. އިސްލާމް ދީން އެކީ އެކައްޗަކަށް ޤާއިމްވެއްޖައުމަށް ދާންދެން މިގޮތުގައި ސާބިތުވާން ހިގާށެވެ. ދީނުގެ އެންމެ އަސާސެއްގެ ހައްޤުގައި ތެދުވި ފަދައިން މުޅި ދީން ޤާއިމްކުރުމަށް ތެދުވަމާ ހިނގާށެވެ. ތައުހީދުގެ ދެކަލިމެ އޭގެ ފުރިހަމަ ގޮތުގައި ޤާއިމު ކުރުމަށް ތެދުވަމާ ހިނގާށެވެ. އެހެނީ ﷲ ތަޢާލާ އެދި ވޮޑިގަންނަވަނީ އިސްލާމް ދީނަށް ތިޔަބައިމީހުން އެކީ އެކައްޗަކަށް ވަނުމަށެވެ. މުޅިއިސްލާމް ދީން އޭގެ ފުރިހަމަ ގޮތުގައި ޤާއިމް ކުރުމަށެވެ. ﷲ ތާޢާލާގެ ބަސް ފުޅެއްގެ މާނައިގައި ވެއެވެ. " އޭއީމާންވި މީސްތަކުންނޭވެ. ތިޔަބައިމީހުން އިސްލަމްދީނަށް އެކީ އެކައްޗަކަށް ވަންނާށެވެ. އަދި ޝައިތޯނާގެ ގޮވުންތަކަށް ނުހެއްލޭށެވެ. ހަމަކަށަވަރުން އެއީ ތިޔަބައިމީހުންނަށް ހުރި ފާޅުވެގެންވާ އަދުއްވެކެވެ."
އޭލޮބުވެތި ދިވެހި ދަރިންނޭވެ. އަހަރުމެންގެ ދަރިންނަށް މިޔައްވުރެ އަމާން މުޖްތަމައު އެއް ހޯދާދެވޭނީ އަދި އިޖްތިމާއީ އެންމެހާ ހަމަނުޖެހުންތަކުން ސަލާމަތް ވެފައިވާ މާހައުލެއް ހޯދާދެވޭނީ އިސްލާމީ ޝަރީއައް މިބިންމަތީ ޤާއިމް ކުރުމުންނެވެ. އެހެނީ މިދީން އައިސްފައިވަނީ ނާއިންސާފް މިބިންމަތިން ފޮހެލާ އިންސާފާއި އަދުލުވެރިކަމުގެ ހިޔަލަށް އިންސާނުން ގެނައުމަށެވެ. އަހަރުމެންގެ މުޖްތަމައުގައި އާމުވެފައިމިވާ މަގުފޭރުމާއި، ރާބުއިމާ، ހަށިވިއްކުމުގެ ވިޔަފާރިއާ، އަދި މިނޫންވެސް ލާދީނީ އެންމެހާ ކަންތަކުގެ ހައްލަކީ ހަމައެކަނި އެއްހައްލެވެ. އެއީ ކީރިތި ޤުރުއާނާއި ނަބިއްޔާ (ސއވ) ސުންނަތެވެ. އެބަހީ އޭގައި ޢަމަލު ކުރުމަށް އަންގަވާފައިވާ ގޮތަށް ޢަމަލުކުރުމެވެ. އެހެނީ މިގޮތްތަކަކީ މުހިރިހާ ކަމަކާއި ތަކެއްޗެއް ޚަލްޤުކުރެއްވި ގަދަ ކީރިތިވަންތަ ﷲ ތަޢާލާ އެންގެވި ގޮތެވެ. އެޝަރީއަތެއް ޤާއިމްކުރުމުން މެނުވީ މުޖްތަމައުއެއް ތިޔާގިނުވާނެ ޝަރީއަތެވެ. އަހަރުމެންގެ ނަބިއްޔާ ސއވ އެކަމަކައިގެ ފޮނުވުނު ކަންތަކެވެ. ނަބިއްޔާ (ސއވ) ހަދީޘް ކުރައްވާފައެވެ. 'ތިމަންކަލޭގެ ފާނަށް އަމުރުވެވިގެންވަނީ ﷲ ގެ ދީން މުޅީ މިބިންމަތީ ޤާއިމު ވެއްޖައުމަށް ހަނގުރާމަކުރުމަށެވެ.'
އޭ ދިވެހި އުންމަތުގެ އެންމެހާ ޢިލަމު ވެރިންނޭވެ. ތިޔަބައިމީހުންގެ ވާޖިބު ތިޔަބައިމީހުން އަދާކުރުމަށް ފަސްނުޖެހޭށެވެ. ﷲ ގެ ދީނުގެ ހައްޤުގައި މިފަދައިން ނިކތުމުގެ ހަމަތަކާއި އުސޫލުތައް އަހަރުމެންނަށް ކިޔާ ދޭށެވެ. އޭގެ މާތްކަމާއި އިސްލާމްދީނުގައި އެކަންތައްތަކުގެ ހުކުމްތައް އަހަރުމެންނަށް ކިޔާދީ އޮޅުން ފިލުވާދޭށެވެ. އިސްލާމް ދީނުގެ ހައްޤުގައި ނިކުމެ ޤުރުބާން ވުމުގެ ޖަޒުބާތާއި ޖޯށު އުފެދޭ ފަދަ ހާދިޘާތައް އިސްލާމީ ތާރީޚުން ޛިކުރު ކޮށްދޭށެވެ. މިޤުރުބާނީތައް ވެއްޖެނަމަ އަހަރުމެންނަށް ބަދަލުގައި، ދުނިޔެއާއި އާޚިރަތުގައި އޮތް އުޖޫރަ ކިޔާދީ ހަނދާންކޮށްދޭޝެވެ. އަހަރުމެންގެ ހިތްތައް މިޣާފިލް ކަމުގެ ނިދިން ހޭލައްވާ، ޝައިތޯނާ އާއި އޭނާގެ އައުވާނުން އަހަރުމެންނަށް އަރުވާފައިވާ އޮޅުންތައް ފިލުވާދީ ހައްޤު ބަޔާން ކޮށްދޭށެވެ. އަދި ތިޔަބައިމީހުން އަހަރުމެންގެ މިނިކުތުމުގައި އެންމެ ކުރީ ސަފުގައި ވާށެވެ. އެހެނީ މިކަމުގައި އަހަރުމެންނަށް ވުރެ ތިޔަބައިމީހުންގެ މައްޗައްވާ ޒިންމާ ބޮޑެވެ.
ދުޢާއަކީ ދިވެހި ފަސްގަނޑު ޝައިތޯނާގެ ޤާނޫނާއި ދިދައިގެ ދަށުން ސަލާމަތްވެ އިސްލާމީ ޝަރީޢަތުގެ ހިޔަލުގެ ދަށަށް ދިޔުމެވެ. އަދި ދިވެހި ދަރިންގެ ހިއްތަކުގައި އިސްލާމްދީނަށްވާ ލޯބި ވަރުގަދަ ކުރައްވާ، އިސްލާމް ދީނުގެ ހައްޤުގައި ނިކުތުމުގެ ހިއްވަރާއި އީމާންތެރިކަން ވަރުގަދަކުރެއްވުމެވެ. އިސްލާމް ދީނުގެ ދިފާއުގައި ނިކުމެ ޤުރުބާންވާ ތައްޔާރަށްތިބި ދަރިން އިތުރުކުރައްވާ ގިނަ ކުރެއްވުމެވެ. އާމީން!

Read more...

Friday, 26 February 2010

ބަނގުރާ މުޒާހަރާގެ ފޮޓޯތައް



ޙަރާމްވެގެންވާ ބަނގުގަނޑާ ދެކޮޅަށް ބޭއްވުނު ބޮޑު މުޒާހަރާގެ ތަޞްވީރުތައް ބައްލަވާލެއްވުމަށް

http://picasaweb.google.com/maldivesphotosupreme3/NoToAlcohol260210#
Read more...

Tuesday, 23 February 2010

ދެން ހުއްދަކުރާނީ ފިރިހެން ކުޅިބާ؟

ހުކުރު ދުވަހު ބާއްވާ މުޒާހަރާއަށް ނުކުތުމަށް ގޮވާލުން.
މަދަނީ އިއްތިހާދު
ދިވެހި ރާއްޖޭގެ މީހުން ދިރިއުޅޭރަށްރަށުގައި ރާ ވިއްކުން ހުއްދަކުރުމާއި ގުޅިގެން އެކަމާ ދެކޮޅުހަދާ ސަރުކާރާއި އިހުތިޖާޖު ކުރުމުގެ ބާއްވާ މުޒާހަރާއަށް އިސްލާމްދީނަށްލޯބިކުރައްވާ ހުރިހާ ފަރާތްތަކުން ނުކުމެ ބައިވެރިވެ ވަޑައިގަތުމަށް ގޮވާލަމެވެ.
މީދިވެހިންގެ ދީނާއި ލެޔާއި ގުޅިފައިވާ ދިވެހިރާއްޖޭގެ މުސްތަޤުބަލަށްޓަކައިވެސް ކޮންމެހެން މުހިއްމުކަމަކަށް ވާތީ ހުރިހާދިވެހި ރައްޔިތުން ނުކުތުމަކީ ވަރަށްބޮޑަށް އެދެވިގެންވާކަމެއްކަމުގައިވެސް ދަންނަވަމެވެ.
އަންނަ މާޗުމަހުގެ 1 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުން ހުއްދަކުރުމާއި ގުޅިގެން ވަރަށް ބޮޑު މުޒާހަރާއެއް ބާއްވާގޮތަށް ހަމަޖައްސައިފިކަމަށް ޚަބަރު ލިބިއްޖެއެވެ. މި މުޒާހަރާ އޮންނާނީ މިއަންނަ ހުކުރު ދުވަހު ހުކުރުނަމާދަށްފަހު އާޓިފިޝަލްބީޗުގައެވެ. މި މުޒާހަރާއާއި ބެހޭގޮތުން ވަރަށް ގިނަފަރާތްތަކުން މިހާރުވަނީ އެސްއެމްއެސްގެ ޒަރީޢާއިން މައުލޫމާތުތައް ފޮނުވަން ފަށާފައެވެ. އެސްއެމްއެސްތަކުން ފޮނުވަމުންދާ ޚަބަރުތަކުގައި މާލޭގައި އެވަގުތު ތިބި ހުރިހައި ދިވެހިން މިމުޒާހަރާގައި ބައިވެރިވުމަށް ގޮވާލާފައިވެއެވެ.
ލަފާކުރެވޭގޮތުގައި މި މުޒާހަރާގައި މިހާތަނަށް ދިވެހިން ދުވަހަކުވެސް މުޒާހަރާއަކަށް އެއްނުވާވަރަށް އެއްވާނެއެވެ.

Read more...

Wednesday, 17 February 2010

Tuesday, 9 February 2010

Taliban did not come to Maldives

އެއްވެސް ފަރާތަކާއިއެކު ރާއްޖޭގައި މަޝްވަރާކޮށްފައި ނުވާނެ: ޠާލިބާނުން
ޢަބްދުއްލަޠީފް
ޠާލިބާނުންގެ ފަރާތުން އެއްވެސް ބަޔަކު ރައްޖޭގައިވެސް އަދި އެހެން ޤައުމެއްގައިވެސް ހަނގުރާމަހުއްޓުމާއިބެހޭގޮތުން އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާނެކަމަށް ޠާލިބާނުންގެފަރާތުން ހާމަކޮށްފިއެވެ.

ޠީލިބާން ލީޑަރޝިޕް ކައުންސިލްގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމީހުން ކުރަމުންގެންޑާ މަސައްކަތްތައް ހުއްޓައި އެކަން އެހެން ގޮތްގޮތަށް ބަދަލުކުރުމާއިބެހޭ ގޮތުން އެއްވެސް ބަޔަކާއި މަޝްވަރަކޮށްފައި ނުވާނެކަމަށެވެ.

ޠާލިބާން ލީޑަރޝިޕް ކައުންސިލް އިން ނެރުނު ބަޔާނުގައި ވަނީ ހަނގުރާމަ ހުއްޓުުމާއިބެހޭގޮތުން އެމީހުން އެއްވެސް ބަޔަކާއި ވާހަކަދައްކާނީ މުސްލިމް ޤައުމުތަކަށް ވެރިވެގަނެގެން ތިބި ބޭރުގެ ބާރުތައް އެޤައުމުތަކުން ފައިބައި އަފްޣާނިސްތާނާއި ޕާކިސްތާނާއި އެމެރިކާގެ ޖަލުތަކުގައި ހައްޔަރުކޮށްފައިތިބި ތާލިބާން މުޖާހިދުން މިނިވަންކުރުމުން ކަމަށެވެ. އަދި އެމެރިކާއިން ބްލެކް ލިސްތު ކޮށްގެން ގެންގުޅޭ ނަންތައް ދޫކޮށްލުންވެސް ޝަރުޠުކޮށްފައިވެއެވެ.

ޠާލިބާނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އަފްޣާނިސްތާނުގައި އޮތް ސަރުކާރާއި މަޝްވަރަކުރަން އެއްވެސް ކަމެއްގައި ބޭނުން ނުވަނީ އެ ސަރުކާރަކީ އިންސާނީ ހައްޤުތަކުގެ އަނިޔާވެރިން ކަމަށްވެފައި ، ކޮރަޕްޝަން އައި ފަށަދައިގެ އަހުވެރިންކަމަށްވެފައި އަދި މަސްތުވެގެން ތިބެ މަސްތުވާތަކެތީގެ ވިޔަފަރިކުރާ އަދި ޤައުމުގެ ޚާއިނުން ކަމަށްވާތީ ކަމަށެެވެ.

ޠާލިބާނުންގެ ބޭނުމަކީ މުއްލާ މުހައްމަދު އުމަރު ބޭނުންވާ ފަދައިން އިސްލާމީ ދައުލަތެއް ޤާއިމުކުރުން ކަމަށާއި އަވަށްޓެރި އެއްވެސް ޤައުމަކަށް އަރައިގަތުމަކީ ޔާލިބާނުން ކުރަންބޭނުންވާ ކަމެއް ނޫންކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ރާއްޖޭގައި ބޭއްވުނުކަމަށް ބުނާ ޔާލިބާނުންގެ ބައްދަލުވުމުގައި ބައިވެރިވަޑައިގެންވި ކަމަށް މައުލޫމާތުލިބޭ އަފްޣާނިސްތާނުގެ ކުރީގެ ޚާރިޖީ ވަޒިރު މުތަވައްކިލް އާއި އަދިވެސް 4 ބޭފުޅެއްގެ ނަން ވަނީ ޖަނަވަރީ 27 ވަނަ ދުވަހު އެމެރިކާގެ ބްލެކް ލިސްޓުން ނަގާފައެވެ. އެމެރިކާއިން ބުނަމުންގެންދަނީ މުތަވައްކިލް އަކީ ޞުލްހައަށް ލޯބިކުރައްވާ ބޭފުލެއް ކަމަށާއި ނަަމަވެސް ޔާލިބާނުންގެ މައްޗަށް މުތަވައްކިލްގެ އެއްވެސް ބާރެއް ނެތް ކަމަށެވެ.

ނޯޓް: މިއަދު ނޫހުން ނަގާފައިވާ ޚަބަރެއް

Read more...

Saturday, 6 February 2010

Islamic Vahudhath League

އިސްލާމިކް ވަހްދަތު ލީގް އިފްތިތާހްކޮށްފި
އަބްދުއްލަތީފް
ދިވެހިންގެ މެދުގައި ދީނީ އެއްބައިވަންތަކަން އިތުރުކުރުމަށް މަސައްކަތް ކުރުމަށް އުފައްދަވާފައިވާ ޖަމްޢިއްޔާއެއް ކަމުގައިވާ އިސްލާމިކް ވަހްދަތު ލީގް އިފްތިތާހްކޮށްފިއެވެ.
އިސްލާމިކް ވަހުދަތު ލީގް އަކީ ދިވެހިންގެ މެދުގައި ދީނީ އެއްބައިވަންތަކަން އިތުރުކުރުމާއި، ދިވެހިންގެ އަޤީދާ ވަރުގަދަކުރުމާއި، އަދި ދިވެހިންގެ މެދުގައި ދީނީ، އެއްބައިވަންތަކަން ހިފެއްހެއްޓުމަށް މަސައްކަތްކުރުމާއި، ނިކަމެތިންގެ ހައްޤުގައި މަސައްކަތް ކުރުމަށް އުފައްދަވާފައިވާ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ.
އިސްލާމިކް ވަހްދަތު ލީގު އިން މައުލޫމާތުދެއްވި ގޮތުގައި އެ ޖަމްއިއްޔާގެ މެމްބަރަކަށް ވުމުގެ ފުރުޞަތު ޖަމްއިއްޔާގެ އަސާސީ ޤަވާޢިދަށް ތަބާވާ ކޮންމެ ދިވެއްސަކަށް ވެސް ލިބިގެންވެއެވެ.
އިސްލާމިކް ވަހުދަތު ލީގް އިން ވަނީ އެޖަމިއްޔާގެ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި އެކިއެކި Pްރޮގްރާމްތައް އެކިރަށްރަށުގައި ކުރިއަށް ގެންގޮސްފައެވެ.


Read more...

Friday, 22 January 2010

މޯލްޑިވްސް އިސްލާމިކް ބޭންކް ވަރަށް އަވަހަށް ޤައިމުކުރެވޭނެ
އަބްދުއްލަތީފް
ރައްޖޭގައި ހުޅުވަން މަސައްކަތްކުރަމުންގެންދާ ފުރަތަމަ އިސްލާމީ ބޭންކް، މޯލްޑިވްސް އިސްލާމިކް ބޭންކް ހުޅުވުމުގެ މަސަްއކަތް އެކަށީގެންވާ ބާރުމިނެއްގައި ކުރިއަށް ގެންދެވޭކަމަށާއި ވަރަށް އަވަހަށް ހުޅުވޭނެކަމުގެ އުއްމީދު ވަރަށް ބޮޑުކަމުގައި އެބޭންކް އުފެއްދުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ބޭންކުގެ ސީއީއޯ މރ. ހެރިތް ހާރޫން ވިދާޅުވެއްޖެއެވެ.

30 އަަހރު ދުވަހުގެ ބޭންކިން ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ހެރިތް ހާރޫން މިއަދުނޫހަށް ފޮނުއްވި ބަޔާނެެއްގައިވަނީ އިސްލާމިކް ޑިވޮލޮޕްމަންޓް ބޭންކުގެ އިސްލާމިކް ކޯޕޮރޭޝަން ފޮރ ދަ ޑިވޮލޮޕްމަންޓް އޮފް ދަ ޕްރިވެޓް ސެކްޓަރ (އައިސީޑީ) އާއި ރާއްޖޭގެ ސަރުކާރާއި ގުޅިގެން އުފައްދަން މަސަްއކަތްކުރާ އިސްލާމިކް ބޭންކް، މޯލްޑިވްސް އިސްލާމިކް ބޭންކް ލަސްތަކެއް ނުވެ ޤާއިމު ކުރެވިދާނެ ކަމަށެވެ.


އައިޑީބީ އާއި ރާއްޖޭގެ ފިނޭންސް މިނިސްޓްރީ އިން މި ބޭންކް އުފެއްދުމަށް ސޮއިކޮށްފައިވަނީ 2009 ވަނަ އަަހަރުގެ އޮކްޓޯބަރ މަހުގެ 4 ވަނަ ދުވަހު ކަމަށާއި އެދުވަހަށްފަހު ބޭންކް ހުޅުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށްވެސް ހެރިތް ހާރޫން ވިދާޅުވެފައިވެއެވެ.
ހެރިތް ހާރޫން ވިދާޅުވެފައިވަނީ އިސްލާމީ ޝަރީޢާ އާއި އެއްގޮތަށް ހިންގާ ބޭންކެއް ރައްޖޭގައި ހުޅުވުމަށް ގިނަބަޔަކު ވަރަށް ބޮޑަށް ޝައުޤުވެރިވާކަމަށެވެ. އަދި ބޭންކް ހުލުވާނެ ދުވަހަކާއިބެހޭގޮތުން ގިނަބަޔަކު ސުވާލުކުރަމުންގެންދާ ކަމަށެވެ. ކޮމަރޝަލް ބޭންކުތަކުން ނަގަމުންގެންދާ އިންޓަރެސްޓް ދައްކަން ރައްޖޭގެ ގިނަބަޔަކު ކަންބޮޑުވާކަމަށެވެ.
އައިސީޑީ އިން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގައި އިސްލާމިކް ބޭންކް އެއް ހުޅުވުމަށް އެންމެ ފުރަތަމަ ސޮއިކުރެވުނީ 12 މާރޗް 2007 ގައެވެ. ރާއްޖޭގައި ހުޅުވޭ މި ބޭންކުގެ ރައުސުލްމާލަކީ 10 މިލިއަން ޑޮލަރުކަމަށާއި އައިސީޑީގެ އިތުރުން އެހެން ބައެއް ފައިނޭންޝަލް އިންސްޓިޓިޔުްޓްސްތަކާއި ޢާއްމު ފަރާތްތައްވެސް ބޭންކް އުފެއްދުމުގައި ހިއްޞާ ވާނެކަމަށްވެސް އައިސީޑީ އިން ވަނީ ހާމަކޮށްފައެވެ.

ރާއްޖޭގައި އިސްލާމިކް ބޭންކެއް އުފެއްދުމަށް އޭރުގެ ފިނޭންސް މިނިސްޓަރ ޤާސިމް އިބްރާހީމް ސޮއިކުރައްވައި އެޚަބަރު ޢާއްމު ކުރީންސުރެ ރައްޖޭގެ ގިނަބަޔަކު އިންތިޒާރު ކުރަމުންގެންދަނީ ރާއްޖޭގައި އިސްލާމިކް ބޭންކެއް އުފެއްދޭނެ ދުވަހަކަށެވެ.

މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ” މާލީ ހާލަތައި” ގުޅިގެން ބޭންކްތަކާއި ވިޔަފާރިތައް ބަނގުރޫޓުވަމުން ދިއައިރުވެސް އެއްވެސް އިސްލާމިކް ބޭންކެއް އަދި އިސްލާމިކް ބޭންކަކާއި ގުޅިގެން ވިޔަފާރިކުރާ ކުންފުންޏެއް ބަނގުރޫޓުވެފައިނުވާތީ ޔޫރަޕާއި އެމެރިކާއިންވެސް މިހާރު މަސައްކަތްކުރަމުންގެންދަނީ އިސްލާމިކް ބޭންކިންގ ނިޒާމުގެތެރެއިން މުޢާމަލާތުކުރާ ބޭންކްތައް އުފައްދައި ހިންގުމަށެވެ. މިގޮތުން އިނގިރޭސި ސަރުކާރުން ގެންދަނީ އެ ޤައުމަކީ އިސްލާމިކް ބޭންކިންގގެ ހަބް އަކަށް ހެދުމަށް މަސައްކަތްކުރަމުންނެވެ.


ޚަބަރު މިއަދު ނޫހުން ނަގާފައި

Read more...

Wednesday, 20 January 2010

Rapist sentenced to death in Saudi Arabia

QATIF: A man dubbed the Qatif rapist has been sentenced to death for raping over 100 women and blackmailing many of his victims by recording the attacks on video.

The Qatif General Court passed the death sentence on the man who is accused of luring women saying he could perform black magic. The ruling has been passed to the Supreme Court for ratification.

The court originally sentenced the man to 10 years in jail and 1,000 lashes one year ago. The ruling was, however, appealed by the prosecution, Al-Yaum newspaper reported. It added that the crimes took place four years ago.

The man’s family has objected to the sentence, saying the victims are anonymous and that their names have not been mentioned in the case filed against him. The family says this is not in accordance with the law and that the victims should not be given anonymity.

The man was arrested by the Commission for the Promotion of Virtue and the Prevention of Vice, which was informed by the male relative of a woman who was unsuccessfully targeted by the Qatif rapist. The commission spent two months gathering evidence against the man before his arrest four years ago, including setting up a sting operation. The commission is said to have approached another victim to help set up the sting. The woman, however, panicked and so her mother took her place instead. The mother contacted the Qatif rapist saying she needed him to cast a spell to make her husband love her.

The mother recorded all of their conversations and at one point the man asked the mother for SR5,000 and a naked picture of her to include in the spell.

After this conversation, commission members moved to arrest the man. A subsequent search of his home led to the discovery of 200 videotapes and 180 CDs containing films of the man raping his victims. His home was also found to have a number of hidden cameras.

On arrest, the man confessed to blackmailing his victims and hypnotizing them into having sex with him. He would also charge other men SR3,000 to have sex with the women.

Following his arrest, dozens of victims came forward. However, only 15 testified against him in court on condition of anonymity and that the court session was closed from the public.

Sources said the man had over SR4 million in his bank account. The money is thought to be earned from blackmailing. The man is also alleged to have received around SR50,000 a month in blackmail money. (Source Arab News)


Read more...

Saturday, 2 January 2010

Al Imam Ibnu Thaiymiyya - A reformist

އަލްއިމާމު އިބްނު ތައިމިއްޔާ
ޢަބްދުﷲ ފާރޫޤު ޙަސަން
ހިޖްރައިން ހަތްވަނަ ޤަރްނަކީ އިސްލާމީ ތާރީޚުގެ އެންމެ ކަޅު ދުވަސްވަރެވެ. ޢައްބާސީ ޚިލާފަތުގެ ކަނިވަމުންއައި ބައްތި ނިވުނީ އެސައްތައިގައެވެ. ބަޣުދާދުގައި އޮތް ޢައްބާސީ ޚިލާފަތު އުވުމާއެކު މުސްލިމުންގެ ތެރޭގައި ނަމެއްގައި އޮތް މަރުކަޒީ ސަރުކާރުވެސް އުވިގެން ހިނގައްޖެއެވެ. ލެޔަށް ފެންބޮވައިގެންފައިތިބި ތާތާރުން އިސްލާމީ ދުނިޔެއަށް ފެތުރިގެންދިޔައީ އިލާހީ ކޯފާއެއްފަދައިންނެވެ. އެބައިމީހުންގެ އަތްމަތީގައި މުސްލިމުންގެ އެތައް ދައުލަތްތަކެއް ވަނީ ވުޖޫދުން ފޮހެވިގެންގޮސްފައެވެ. އެތައް އެތައް ރަށަކުން ކުށެއްނެތް އެތައްކުރޯޑު ބަޔަކުވަނީ ގަތުލުވެ ލެޔާތަތްތެޅިފައެވެ. އެތައް ޔުނިވަރސިޓީ ތަކަކާއި، އޮބްޒަވޭޓްރީ ތަކަކާއި ކުތުބުޚާނާތަކެއްވަނީ އަނދައި އަޅިޔަށްވެފައެވެ.

މިދެންނެވި ޢިލްމީ، ތަހުޒީބީ ސިޔާސީ ހަލާކުގެ އަސަރު ޢަޤީދާ އަށާއި އަމަލުތަކަށް ފޯރުމަކީ ލާޒިމީކަމެކެވެ. އޭގެސަބަބުން ދީނުގެތެރެއަށްވަނީ ސުމާރެއްނެތްހައިގިނަ ބިދުޢަތަކެއްވަދެފައެވެ. ޤަބުރުތަކަށް އަޅުކަންކުރުމާއި ވަލީވެރީންގެ ކަރާމަތަށް އީމާންވުމަކީ އިސްލާމްދީނުގެ "ރުކުންތަކެއް" ކަމުގައި ވަނީ ބެލެވެން ފަށައިފައެވެ. ޖިހާދުކުރުމާއި އިޖްތިހާދުކުރުންވަނީ މާޒީގެ ވާހަކަތަކަކަށްވުރެ އިތުރު ޙައިޘިއްޔަތެއްނެތް ކަންކަމަށްވެފައެވެ. އިލްމުވެރީންގެ ފިގުހަށް ވަދެތިއްބެވުމުގެ ދަލީލަކީ ބަހުޘްކުރުމުގެ ޖަލްސާތަކުގައި އެއްބޭކަލަކު އަނެއްބޭކަލަކަށް ކިސަޑުއުއްކެވުންކަމުގައި ވަނީ ބެލެވިފައެވެ. ތަޤްވާވެރިކަމަކީ އެހެންމީހުނާ އެކަހެރިވެ ދުނިޔެއަޅައިފައިތިބުންކަމުގައި ސޫފީންވަނީ ކަނޑައަޅައިފައެވެ. ހާލަތު ނުބައިން ނުބަޔަށް ބަދަލުކުރުމުގައި ޢާއްމުން ފަލްސަފާއަށް ލެނބެމުން ދިޔުމަކީ ވަރަށް ފުޅާ ދައުރެއް އަދާކުރި އެއްކަންތަކެވެ. ނަތީޖާއެއްގެ ގޮތުން ކީރިތި ޤުރްއާނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘުފުޅުތައް ތައުވީލުކުރެވެމުން ދިޔައީ ޙައިރާންވެ އަންތަރީސްވާފަދަ ގޮތްގޮތަށެވެ. މާތްﷲ އާއި އެކަލާނގެ ރަސޫލާގެ އިރުޝާދުތަކާއި އަމުރުފުޅުތައް ފަލްސަފާއާ ތަޠުބީޤު ކުރުމުގެ މަގު ހޯދުމުގެ ގޮތުންނެވެ. ނަތީޖާއެއްގެ ގޮތުން އިސްލާމީ އުސޫލުތަކުގެ ތެރޭގައި ހިމެނެމުންދިޔަ "އަރަތްތައް" ހައްލުކުރުމަކީ އާއްމުންފިޔަވައި ޚާއްޞުންނަށްވެސް އުނދަގޫ ކަމަކަށްވަނީވެފައެވެ.

އިސްލާމީ އުންމަތުގެ ޙާލަތު މިދަރަޖަޔަށްދާ ކޮންމެ ފަހަރަކު މުސްލިމުންގެތެރެއިން މުޖައްދިދަކު އުފެއްދެވުމަކީ އިލާހީ ސުންނަތެކެވެ. އާދަޔާ ޚިލާފު ކެރި ވަޑައިގަތުމަކާއި ޤާބިލިއްޔަތަކާއި، ހިތްވަރުފުޅަކާއި ވަރުގަދަ ޢަޒުމުފުޅަކާއެކު އިސްލާމީ އުންމަތަށް އައު އިންޤިލާބެއް ގެންނެވުމަށްޓަކައެވެ. މީސްތަކުންގެ ޢަޤީދާތައް އިސްލާޙުކުރުއްވައި އެބައިމީހުންގެތެރޭގައި އަމަލުކުރުމުގެ ބާރު އަލުން ދިރުއްވުމަށްޓަކައެވެ. ބަޣުދާދުވެއްޓުމުގެ ސަބަބުން އިސްލާމީ އުންމަތުގައި ޢާއްމުވެފައިއޮތް ސިޔާސީ، ދީނީ، އިޖްތިމާއީ ގިލަންވެރިކަމުން އުންމަތް ސަލާމަތްކުރެއްވުމަށްޓަކައި އޯގާވަންތަ މާތްﷲ މެދުވެރިކުރެއްވި މަތިވެރި މުޖައްދިދަކީ އިމާމު އިބްނު ތައިމިއްޔާއެވެ. އިސްވެދެންނެވި ހަލާކާއި ނިކަމެތިކަމުން އިސްލާމީ އުންމަތް ސަލާމަތް ކުރެއްވުމަށް އިބްނު ތައިމިއްޔާ ޖިހާދުކުރެއްވީ ހަމައެކަނި ދޫފުޅާއި ގަލަންކޮޅަކުންނޫނެވެ. އަދި ކީއްތޯއެވެ؟ ކަނޑިކޮޅު އުރައިން ދަންމަވައިގެން ތާތާރުންގެ ކުރިމައްޗަށްވެސް ނުކުމެވަޑައިގެންނެވިއެވެ. ނުޞައިރީންނާ ކުރިމަތިލެއްވިއެވެ. އިބްނު ތައިމިއްޔާ މެދުވެރިވެވަޑައިނުގެންނެވިނަމަ އިރުމަތީގެ އިސްލާމީ އެހެނިހެން ދައުލަތްތަކެކޭ އެއްގޮތަށް ޝާމްކަރައާއި މިޞްރުވެސް ތާތާރުންގެ ބިރުވެރި މުސީބާތުގެ ޝިކާރަޔަކަށް ވެގެންދިޔައީސްކަން ކަށަވަރެވެ. އިބްނު ތައިމިއްޔާ މުސްލިމުންގެތެރެއިން ބިދުއަތައް މުގުރުއްވިއެވެ. މުސްލިމުންގެ ތެރެއަށް އައު އިސްލާމީ ރޫހެއް ފުމެލެއްވިއެވެ. ޝައްކެއްނެތްގޮތުގައި އެމަސައްކަތްޕުޅަކީ އެކަލޭގެފާނަށް ތާއަބަދު ތާރީފު ޙައްޤު މަސައްކަތްޕުޅެކެވެ.


ޙަޔާތްޕުޅުގެ ޞަފްޙާތައް

އިބުނު ތައިމިއްޔާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ތާތާރުން ބަޣުދާދު ތަޅައިލިތާ އެންމެ ފަސްއަހަރު ފަހުންނެވެ. 10 ރަބީޢުލްއައްވަލް 661 (23-22 ޖެނުއަރީ 1263)ވީ އާދީއްތަ ދުވަހުއެވެ. ދިމިޝްޤުގެ ކައިރީގައި އޮންނަ ޙައްރާނުގެ މިނިހެޔޮބިމުގައެވެ. އެކަލޭގެފާނުގެ ނަންފުޅަކީ އަޙްމަދެވެ. އެކަލޭގެފާނުގެ ލަޤަބުފުޅަކީ ތަޤިއްޔުއްދީނެވެ. ކުންޔަތަކީ ޝިހާބުއްދީނެވެ. އެކަލޭގެފާނުގެ ކާބަފައިކަލުންގެ ތެރޭގައި މުޙަންމަދު ބިން ޚުޟުރެވެ ކިޔުނު ބޭކަލަކު އުޅުއްވިއެވެ. މުޙަންމަދު ބިން ޚުޟުރުގެ މައިކަނބަލަކީ ތައިމިއްޔާއެވެ ކިޔުނުބޭކަނބަލެކެވެ. އެކަމަނާއަކީ އެތައް ހިސާބެއްގެ ދުރަށް ނަންފުޅުހިނގައިފައިވާ މަތިވެރި ދަންނަބޭކަނބަލެކެވެ. ޢާލިމާއެކެވެ. އެޚާންދާން ނިސްބަތްވެފައިވަނީ އެމާތްކަމަނާގެ ނަންފުޅަށެވެ. އެމާތް ޢާލިމާގެ މަސައްކަތްޕުޅުގެ ބަރަކާތުން މުޅި އެޢާއިލާއަކީވެސް އިލްމުގެ މުންނާރަކަށްވިއެވެ. އެބޭކަލުންގެ މަސައްކަތްޕުޅަކަށް ހެއްދެވީ ޢިލްމުފެތުރުއްވުމެވެ. އިބްނު ތައިމިއްޔާގެ ބައްޕާފުޅު ޢަބްދުލްޙަލީމާއި، ކާފާފުޅު އަބްދުއްސަލާމް ހިމެނިވަޑައިގެންފައިވަނީ އެޒަމާނުގެ ނަންހުރި ޢާލިމުންގެތެރެއިންނެވެ. ޚާއްޞަކޮށް ޙަދީޘު ޢިލްމުގައި އެދެބަފައިކަލުންނަކީ "ދިގުއަތްޕުޅެއް" ލިބިވަޑައިގެންފައިވާ ދެބަފައިކަލުންނެވެ. އެދެބަފައިކަލުންވަނީ އެރޮނގުން ފާހަގަކޮށްލެވޭފަދަ ފޮތްތަކެއްވެސް ލިޔުއްވައިފައެވެ.

އިބްނު ތައިމިއްޔާ ދުނިޔޭގެ އަލިކަންދެކެވަޑައިގެންނެވިއިރު ތާތާރުންގެ ފިތުނަ އޮތީ އޭގެ އެންމެ ޒުވާންކަމުގައެވެ. އީރާނާއި ޢިރާގު ސުންނާފަތިކުރުމަށްފަހު އެބައިމީހުން މިޞުރާބު ޖަހައިފައިވަނީ ޝާމުކަރަޔާ ދިމާޔަށެވެ. އިބްނު ތައިމިއްޔާ ބޮޑުފުޅުވީ އެ ނުސިޔާނު ދައުރުގައެވެ. އެކަލޭގެފާނުގެ އުމުރުފުޅުން ހައަހަރުފުޅުގައި ތާތާރުންގެ އުނދަގުލާހުރެ އެޢާއިލާއަށް މަޖްބޫރުވީ ޙައްރާން ދޫކޮށްލެއްވުމަށެވެ. ދިމިޝްޤުގައި ވަޒަންވެރިވެވަޑައިގަތުމަށެވެ. އިބްނު ތައިމިއްޔާގެ ތަޢުލީމީ ދައުރުފެށެނީ ދިމިޝްޤަށް ވަޑައިގަތުމަށްފަހުގައެވެ. އެޒަމާނުގެ އާދަކާދައިގެ މަތީން އިބްތިދާއީ ތަޢުލީމް ހޯއްދެވީ އަމިއްލަފުޅު ގެއިންނެވެ. އެންމެ ފުރަތަމަ ކީރިތި ޤުރްއާން ދަސްފުޅުކުރެއްވިއެވެ. އެއަށްފަހު ނަޙުވު ޞަރަފާއި ތާރީޚާއި އަދަބުގެފޮތްތައް ވިދާޅުވިއެވެ. އެންމެ ހަތަރު އަހަރުދުވަހުގެތެރޭގައި ހުރިހާ ޢިލްމުތަކަކަށްމެ ފުރިހަމަޔަށް އަހްލުވެރިވެ ވަޑައިގެންނެވިއެވެ. އިބްނު ތައިމިއްޔާ ތަފްސީރާއި، ޙަދީޘާއި، ފިޤުހުގެ މަތީ ދަރަޖައިގެ ފޮތްތައް ކިޔަވައި ވިދާޅުވީ ޝާމުކަރައިގެ ޢާލިމުންގެ އަރިހުންނެވެ. އެކަލޭގެފާނުގެ އުސްތާޛުންގެތެރޭގައި ބައްޕާފުޅާއި، ޒައިނުއްދީނު އަޙްމަދު ބިން ޢަބްދުއްދާއިމް އަލް މުޤައްދަސީ އާއި، ނަޖްމުއްދީން ބިން ޢަސާކިރާއި، ޒައިނަބު ބިންތު މައްކީއާއި، ޝަމްސުއްދީނު ޙަންބަލީފަދަ އެތައް ޝަޚްސިއްޔަތެއް ހިމެނެއެވެ. އެގާރަ އަހަރުގެ ތަޢުލީމީ ޙަޔާތްޕުޅަކަށްފަހު އުމުރުފުޅުން އެންމެ ސަތާރަ އަހަރުފުޅުގައި ފަތުވާދެއްވުމުގެ ފެންވަރު ހުރިބޭކަލެއްކަމުގައި ޤަބޫލުކުރެވުނެވެ. ފޮތްތައް ތަޞްނީފުކުރައްވަން ފެއްޓެވިއެވެ. އެކާވީސް އަހަރުގެ އުމުރުފުޅުގައި ބައްޕާފުޅު އަވަހާރަވުމުން ޙަންބަލީ ފިގުހުގެ އުސްތާޒެއްގެ ގޮނޑިކޮޅުވެސް ވާރުތައިން ލިބިވަޑައިގަތީ އިބްނު ތައިމިއްޔާއަށެވެ. އުމުރުފުޅުން ތިރީސް އަހަރުފުޅުވެސް ނުވަނީސް ޗީފް ޖަސްޓިސް (ޤާޟިލްޤަޟާތު)ގެ މަޤާމު ހުށަހެޅުނެވެ. އެކަލޭގެފާނުގެ ޢިލްމުވެރިކަމާއި، ފިޤުހުވެރިކަމުގެ ބޮޑުކަމުންނެވެ. ނަމަވެސް އިބްނު ތައިމިއްޔާ އެމަޤާމު ޤަބޫލުފުޅެއް ނުކުރެއްވިއެވެ. ހިޖްރައިން 691ގައި (1292މ.) އިބްނު ތައިމިއްޔާ ޙައްޖުވެވަޑައިގެންނެވިއެވެ.

އިސްލާމީ ފިޤުހުގެތާރީޚުގައި ހިޖްރީ ހަތްވަނަ ސައްތައާއި، އަށްވަނަ ސައްތަޔަކީ މުނާޡިރާގެ ދައުރެވެ. އެދުވަސްވަރު ޢާއްމުކޮށް ޙަންބަލީންނާއި، އަޝްޢަރީންގެ މެދުގައި މުނާޡިރާ ކުރެވެމުން ދިޔައެވެ. އިބްނު ތައިމިއްޔާއަކީ ޙަންބަލީ ފިކުރީ މަދަރުސާއާ ގުޅިފައިވާ ބޭކަލެކެވެ. އެކަލޭގެފާނު ޤާހިރާގައި ހުންނަވަނިކޮށް ޙަމާތުން އައި ސުވާލަކަށް އަލް ޢަޤީދަތުލް ޙަމަވިއްޔާގެ ނަމުގައި މަޝްހޫރުވެފައިވާ ޖަވާބުލިޔުއްވިއެވެ. އެޖަވާބުގައި މުތަކައްލިމުންނަށް ވަރަށް ވަރުގަދަޔަށް އިޢުތިރާޟުކުރައްވައި ރައްދު ދެއްވިއެވެ. އެބޭކަލުންގެ ޚިޔާލުފުޅުތަކަށް ވަރަށް ވަރުގަދަޔަށް ދެކޮޅުހެއްދެވިއެވެ. އެފަތުވާ ހިމެނުނީ ބައެއްމީހުން އިބްނުތައިމިއްޔާއާ ދެކޮޅުވެރިވުމުގެ ސަބަބެއްކަމުގައެވެ. ނަތީޖާއެއްގެ ގޮތުން އިބްނު ތައިމިއްޔާއަށް ފަތުވާދެއްވުން މަނާކުރެވުނެވެ. އެކަލޭގެފާނުގެ ޢަޤީދާއާބެހޭގޮތުން ސުވާލުކުރުމަށްޓަކައި ދިމިޝްޤަށާއި ޤާހިރާއަށް އެކިފަހަރުމަތީން ހާޒިރުކުރެވުނެވެ. ހިނގަމުންދިޔަ ކަންތައްތަކުގެ ތެރޭގައި ދިމިޝްޤާއި، ޤާހިރާއާއި އިސްކަންދަރިއްޔާގައި އެކިފަހަރުމަތީން ހައްޔަރުކުރެވުނެވެ.

އިމާމު އިބްނު ތައިމިއްޔާއަކީ ހަމައެކަނި ދޫފުޅާއި ގަލަންކޮޅުގެ ފަހުލަވާނެއްނޫނެވެ. އަދިކީއްތޯއެވެ. މައިދާނުގައި ފިސާރިޔަކަށް ފައިންޕުޅުހަރުލާ ކުޅަދާނަފުޅު ކަނޑިހެއްވެއްވެސްމެއެވެ. ހަލާކޫޚާނުގެ ދަރިފުޅު ޤާޒާން ޝާމުކަރަޔަށް ހަމަލަދިނީ އެކަލޭގެފާނުގެ ޒުވާން އުމުރުފުޅުގައެވެ. އޭރުޝާމްކަރައޮތީ މިސްރުގެ ވެރިކަމުގެދަށުގައެވެ. ޤާޒާން މިސްރުގެ ރަސްގެފާނު ބަލިކޮށް ޙިމްޞު ހިފިއެވެ. ޤާޒާން ދެންރާވަމުން ގެންދިޔައީ ދިމިޝްޤު ހިފުމަށެވެ. ޤާޒާން ދިމިޝްޤު ހިފަން އުޅޭޚަބަރު ދިމިޝްޤުގެ އަހްލުވެރިންނަށް ލިބުމާއެކު އެރަށުގައި ވަރަށްބޮޑަށް ބިރުވެރިކަން ފެތުރުނެވެ. ފޭރުމާއި ލޫޓުވުމުގެ ޙަރަކާތް އާންމުވިއެވެ. އިމާމް އިބްނު ތައިމިއްޔާ އެދަނޑިވަޅުގައި އެކަލޭގެފާނުގެ ހިތްވަރުފުޅާއި ރޭއްވެވުންތެރިކަން ހާމަކުރެއްވިއެވެ. ޤާޒާންގެ ގާތަށް ވަޑައިގެން އޭނާއާ ވާހަކަ ދައްކަވައިގެން ދިމިޝްޤުގެ އަޙްލުވެރިންނަށް އަމާންކަން ހޯއްދެވިއެވެ. ހަމައެކަނިދިމިޝްޤުގެ އަހްލުވެރިން ޤަޒާނުގެ އަނިޔާވެރި ޙަމަލާއިން ސަލާމަތްކުރެއްވީކީ ނޫނެވެ. ޤާޒާނުގެ އަތްދަށުގައި ހައްޔަރުވެފައިތިބި ބައިތުލްމަޤްދިސްގެ މުސްލިމުންގެ އެތައްބަޔަކުވެސް ސަލާމަތް ކުރެއްވިއެވެ. ދިމިޝްޤުގައި އަމަން ޢަމާންކަން ޤާއިމްކުރެއްވުމަށްޓަކައިވެސް އިބްނުތައިމިއްޔާ ކުލަގަދަ ޚިދުމަތްތަކެއް ކުރެއްވިއެވެ.

ހިޖުރައިން ހަތްވަނަ ޤަރުނުގެ އެންމެ ފަހުއަހަރު އަނެއްކާވެސް ޤާޒާން ދިމިޝްޤަށް ހަމަލަދޭން އުޅޭ ޚަބަރު ލިބިއްޖެއެވެ. ނަމަވެސް އެފަހަރު އިބްނުތައިމިއްޔާ ޤަޞްދުކުރެއްވީ ހަމައެކަނި އަމާންކަމުގެ ފަތެއް ހޯއްދަވައިގެން ހުއްޓަވައިލައްވާކަށެއް ނޫނެވެ.އެކަލޭގެފާނު ޢަހްދުކުރެއްވީ އިސްލާމްދީނުގެ ދުޝްމަނު ތާތާރުންނާ ހަނގުރާމައިގެ މައިދާނުން ބައްދަލުކުރެއްވުމަށެވެ. އެހެންކަމުން ދައުލަތުގެ ބޮޑުން ހަނގުރާމަޔަށް ތައްޔާރުކުރެއްވުމަށްޓަކައި އިބްނު ތައިމިއްޔާ މިސުރަށް ވަޑައިގެންނެވިއެވެ.މިސުރުގެ ދަރުބާރަށް ވަޑައިގެން ރަސްގެފާނާއި ދައުލަތުގެ ބޮޑުންގެ ކުރިފުޅުމަތީގައި ޖިހާދުގެ މާތްކަމާއި ބޭނުންތެރިކަމުގެ މައްޗަށް ނުހަނު ޖޯޝްހުރި އެތައް ތަޤްރީރެއް ކުރެއްވިއެވެ. ނަތީޖާއެއްގެގޮތުން ކުރިޔަށްތިއްބެވި ބޭފުޅުންގެ ހިތްވަރުފުޅު އާވިއެވެ. އަޒުމު އިތުރުވިއެވެ. އެބޭފުޅުން ތާތާރުންނާ ވަރުގަދަޔަކަށް ކުރިމަތިލައްވަން ތައްޔާރުވެ ވަޑައިގަންނަވާން ފެއްޓެވިއެވެ. މިސުރުގައި ޖިހާދުގެތައްޔާރީތައް ކުރިޔަށްދާންފެށުމުން އިބްނު ތައިމިއްޔާ ވަޑައިގަތީ ދިމިޝްޤަށެވެ. ނަމަވެސް އޭގެ ދެއަހަރުފަހުން ތާތާރުން ދިމިޝްޤަށް ހަމަލާދިނުމުން ރަސްގެފާނު ވަރަށްބޮޑަށް ފިކުރުފުޅު ބޮޑުވިއެވެ. ޝާމްކަރައާއި މިސުރު ތާތާރުންނަށް ދޫކޮށްލައްވައިފައި ފިލައިވަޑައިގަތުމާކައިރިޔަށް ކަންތައްތައްދިޔައެވެ. އަނެއްކާވެސް އިބްނުތައިމިއްޔާ މިސުރަށްވަޑައިގެން ރަސްގެފާނާ ބައްދަލުކުރައްވައި ހިތްވަރުދެއްވިއެވެ. ރަސްގެފާނުގެ އަޒުމުފުޅު ވަރުގަދަކުރެއްވުމުގައި ކާމިޔާބު ހޯއްދެވިއެވެ.ނަތީޖާއެއްގެގޮތުން މުސްލިމުން ވަރަށްވަރުގަދަ ސާބިތުކަމަކާއެކު ތާތާރުންނާ ކުރިމަތިލިއެވެ. މަޢުރިކާ ޝަޤްޙަބުގައި ތާތާރުންގެ ނުވަދިހަހާސްމީހުން ގަތުލުކޮށް ތާތާރުންގެ ލަޝްކަރު ބަލިކުރިއެވެ. އެހަނގުރާމައިގައި އެންމެ ހިތްވަރާއި ފަންވަރު ދެއްކެވި އެއް ހެއްވަކީ އިމާމު އިބްނު ތައިމިއްޔާއެވެ.

އިބްނު ތައިމިއްޔާ އެކަލޭގެފާނުގެ ހުރިހާ މަސައްކަތްޕުޅެއް ހޭދަކުރެއްވީ މުސްލިމުން އެއްވަނަ ޤަރުނުގައި ތިބި އުޞޫލުތަކަށް އަނބުރާގެންދެވުމަށެވެ. އިސްތައްޓެއްގެ ފަލަމިނުގެ މިންވަރަށްވެސް އެގޮތާދުރަށް ދިޔަނުދެއްވުމެވެ. އެހެންކަމުން އުންމަތުގެ ހުރިހާ ފިރުޤާތަކަކާއި ފިކުރީ ހުރިހާ މަދަރުސާތަކަކާވެސް އެކަލޭގެފާނު ވަރަށްބޮޑަށް ދެކޮޅު ހެއްދެވިއެވެ. އެފަރާތްތަކުގެ ޢަޤީދާއަށް އިޢުތިރާޟުކުރެއްވުމުގައި ދޫފުޅާއި ގަލަންކޮޅުގެ ބޭނުންކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވާގޮތުގައި ކީރިތި ޤުރްއާނުގެ އާޔަތްތަކުން ނަގަންވާނީ ހަމައެކަނި ލަފުޒީމާނައެވެ. ބިދުޢަތަކާ ދެކޮޅުހެއްދެވިއެވެ. މަހާނަތަކަށް ޒިޔާރަތްކޮށް އުޅުންވަރުގަދަޔަކަށް ނަހީކުރެއްވިއެވެ. ސޫފީންނާއި، ފިލޯސަފަރުންނާއި، މުތަކައްލިމުންވެސް އެކަލޭގެފާނުގެ އަމާޒުފަތްގަނޑަކަށް ހެއްދެވިއެވެ. އެކަލޭގެފާނަށް ތަކުރާރުކޮށް ޖަލަށްވެދެވަޑައިގަންނަވާން ޖެހިވަޑައިގަތީ އެސަބަބާހުރެއެވެ. ޖަލުގައި ހުންނަވާއިރުވެސް އެކަލޭގެފާނުގެ މަސައްކަތްޕުޅަކީ ފޮތްލިޔުއްވުމެވެ. އެކަލޭގެފާނަށް ހަމްދަރުދީވެވަޑައިގަންނަވާ ބޭފުޅަކަށް ދަރުބާރުގެ ނުފޫޒު ލިބިވަޑައިގަތުމުން ނުވަތަ ސަރުކާރަށް އެކަލޭގެފާނުގެ ޚިދްމަތްބޭނުންވުމުން އެކަލޭގެފާނު ޖަލުންދޫކޮށްލެވެއެވެ.

ހަމައެކަނި ޒިޔާރަތްކުރުމުގެ ގަސްދުގައި މަދީނާއަށް ޒިޔާރަތްކުރުމަކީ ޝަރްޢީގޮތުން ސާބިތުކަމެއްނޫންކަމުގެ ފަތުވާއެއް ނެރުއްވުމާވިދިގެން އެކަލޭގެފާނާ ދެކޮޅަށް ފިތުނައިގެ އަލިފާންގަނޑެއް ރޯވިއެވެ. ފިޤުހުވެރީން އެކަލޭގެފާނު ކުފުރުވެވަޑައިގެންފިކަމުގެ ފަތުވާ ނެރުނެވެ. ނަތީޖާއެއްގެ ގޮތުން ހިޖްރައިން 726 ވަނަ އަހަރުގެ ޝަޢުބާންމަހު އިމާމު ދިމިޝްޤުގެ ކިއްލާގައި ހައްޔަރުކުރެވުނެވެ. ބައެއް އިލްމުވެރީން ވިދާޅުވާގޮތުގައި ޙަޤީޤަތުގައި އެފަތުވާއަކީ އޭގެދިހައަހަރުކުރިން ދެއްވައިފައިވާ ފަތުވާއެކެވެ. އެކަލޭގެފާނާ ދެކޮޅުވެރި މީހުން އެފަތުވާގެ މައްސަލަ މާބޮޑުކޮށްލީއެވެ. ހައްޔަރުކުރިތާ ކުރީކޮޅުގައި އެކަލޭގެފާނަށް ބޭނުންފުޅުވާ ހުރިހާއެއްޗެހިކޮޅުތަކެއް ލިބިވަޑައިގަންނަވައެވެ. ފަތުވާލިޔުއްވުމުގެ ހުއްދަވެސްއޮތެވެ. ނަތީޖާއެއްގެގޮތުން އެކަލޭގެފާނަށް ތާއީދުކުރާމީހުން ދުވަހެއް ދުވަހަކަށް އިތުރުވަމުންދިޔައެވެ. އަނެއްކޮޅުން ބައެއްފަރާތްތަކުގެ ދެކޮޅުހެދުމާއި އިޢުތިރާޟު ކުރުންވެސް ގިނަވަމުން ދިޔައެވެ. އެންމެފަހުން ސަރުކާރުން އެކަލޭގެފާނުގެ އަތްޕުޅުން ލިޔުއްވުމަށް ބޭނުންކުރައްވާ ހުރިހާއެއްޗެހިކޮޅުތަކެއް އަތުލަން ހުކުމް ކުރާންޖެހުނެވެ. އެއަމުރަކީ އިބްނު ތައިމިއްޔާއަށް ބަރުދާސްތުކުރެއްވޭވަރުގެ ކަމަކަށެއް ނުވިއެވެ. އެކަލޭގެފާނުގެ އެންމެފަހު ޖުމުލަ ލިޔުއްވީ ބޯޓުދެލިންނެވެ. "އަހަންނަށް ޙަޤީޤީ އަދަބެއް މިލިބުނީ ހަމައެކަނި މިފަހަރުއެވެ." ވިދާޅުވިއެވެ. އެ ޙާދިޘާއަށްފަހު މާގިނަ ދުވަސްތަކެއްނުވެ އެކަލޭގެފާނު އާލާސްކަންފުޅާ ވެއްޖެއެވެ. އެންމެ ވިހިދުވަހު އާލާސްކަންފުޅާ އުޅުއްވުމަށްފަހު 2ޛުލްޤަޢިދާ 728(26-27 ސެޕްޓެމްބަރ 1328)ގައި މިފަނާވަނިވި ދުނިޔެއަށް އަލްވަދާއު ވިދާޅުވެއްޖެއެވެ. އެކަލޭގެފާނުގެ މައްޗަށް ޙާޒިރުގައި ހަތަރުފަހަރަށް ކަށުނަމާދު ކުރެވުނެވެ. ދެލައްކަ ފިރިހެނުންނާއި ފަނަރަހާސް އަންހެނުން ކަށުނަމާދުގައި ބައިވެރިވިއެވެ. އިސްލާމީ އުންމަތުގެ ކަންކޮޅުތަކުގެ ތެރެއިން އެޚަބަރުލިބުނު ކޮންމެ ރަށެއްގައި ޣައިބުގައި ކަށުނަމާދުކުރެވުނެވެ. އަރަހުށި މާތްﷲ އެކަލޭގެފާނަށް ރަޙްމަތްލައްވާށިއެވެ.

އިބްނު ތައިމިއްޔާ ފަސްދާނުވެޑުވުނީ ދިމިޝްޤުގެ "ޞޫފިއްޔާ" ޤަބުރުސްތާނުގައެވެ. ސޫރިޔާ ޔުނިވަރސިޓީ ބިނާ ކުރުމަށްޓަކައި މިހާރުވަނީ އެޤަބުރުސްތާނުގައި ހުރި ހުރިހާ މަހާނަތަކެއް އުވާލެވިފައެވެ. މިހާރު ސަލާމަތުން ފެންނާންހުރީ ހަމައެކަނި އިބްނު ތައިމިއްޔާގެ މަހާނަފުޅެވެ.
ލިޔުއްވިފޮތްތައް
އަލްއިމާމު އިބްނު ތައިމިއްޔާ ދުނިޔޭގައި އުޅުއްވީ 66 އަހަރުއެވެ. އެމުއްދަތުގެތެރެއިން ގިނަދުވަސްތައް ހޭދަކުރެއްވީ ކިޔަވައިދެއްވުމުގައެވެ. އެކިފަހަރުމަތީން ޖަލުގައިވެސް ދިގުމުއްދަތެއް ހޭދަކުރެއްވިއެވެ. އޭގެ އިތުރަށް ޖިހާދުގައިވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މިހުރިހާ މަސައްކަތްޕުޅުތަކަކާއެކުވެސް އެކަލޭގެފާނުގެ ތަޞްނީފުތަކުގެ އަދަދު ފަސްސަތޭކައަށް އަރައެވެ. ޢައްލާމާ އައްޛަހަބީ ވިދާޅުވާގޮތުން އެއްހާހަށް އަރައެވެ. އެޒަމާނުގައި އާއްމުވެފައިއޮތް ހުރިހާ އިލްމުތަކެއްގެ ދާއިރާތަކަކަށް އެތަޞްނީފުތައް ބެހިފައިވެއެވެ. އިމާމުގެ ތަޞްނީފުތަކުގެ ތެރެއިން މިމަޒުމޫނުގެ މައުޟޫޢަކީ ސިޔާސަތާބެހޭ މައުޟޫޢުތަކެވެ. އެކަލޭގެފާނު ލިޔުއްވި ފޮތްތަކުގެ ތެރެއިން ސިޔާސަތާ ބެހޭގޮތުން ފާހަގަކޮށްލެވޭ އެއްފޮތަކީ އަލްއިމާމަތު ވައްސިޔާސަތު މިފޮތެވެ. އަނެއްފޮތަކީ އައްސިޔާސަތުއް ޝަރުޢިއްޔާ ފީ އިޞްލާޙިއްރާޢީ ވައްރިޢާޔާއެވެ.

މިދެފޮތްވަނީ ވަރަށްބޮޑަށް މަޝްހޫރުވެފައެވެ. ވެރިކަންކުރުމުގެ އުޞޫލުތައް އެދެފޮތުގައިވަނީ ބަޔާންކުރައްވައިފައެވެ. ވެރިންނާއި ރައްޔިތުންގެ ގުޅުމުގެމައްޗަށްވަނީ އަލިއަޅުއްވައިފައެވެ. ވަލިއްޔުލް އަމުރާއި އޭނާގެ ވާޖިބުތަކާމެދުވަނީ ބަޙުޘު ކުރައްވައިފައެވެ. ޝަރްޢީ އިންތަކާއި ހައްދުތަކާއި އިސްލާމީދައުލަތެއްގެ ބަޖެޓާމެދުވަނީ ވާހަކަ ދައްކަވައިފައެވެ. މިމަޢުޟޫގައި ފާހަގަކޮށްލެވޭ އަނެއްފޮތަކީ މިންހާޖުއް ސުންނާއެވެ. އެފޮތަކީ ދީނީ، ސިޔާސީ ފޮތެކެވެ. ޙަޤީޤަތުގައި އެފޮތް ލިޔުއްވައިފައިވަނީ ޝީޢީންނަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. ނަމަވެސް އެފޮތުގައި ސިޔާސީ އުޞޫލުތައް ވަރަށް ގިނައިންވަނީ ބަޔާންކުރައްވައިފައެވެ. ޚާއްޞަކޮށް ޚިލާފަތުގެ މައްސަލައާމެދު ތަފްޞީލުކޮށްވަނީ ބަޙްޘުކުރައްވައިފައެވެ.

ޚިޔާލުފުޅު ފާޅުކުރެއްވި ބަހުރުވައާއި ހެކިދެއްކެވިގޮތް

އިމާމު އިބްނު ތައިމިއްޔާގެ ތަޞްނީފުތަކުގައިވަނީ އައުޚިޔާލުފުޅާއި އަމިއްލަފުޅުގޮތްކޮޅެކެވެ. އާއްމުގޮތެއްގައި ބޭނުންފުޅުކުރައްވައިފައިވަނީ ޢާއްމުންނަށް ފަހްމުކުރާން ފަސޭހަ ބަހުރުވައެކެވެ. އާއްމުންނަށް ފަސޭހައިން ހަޖަމުކުރެވޭފަދަ ޢިބާރާތްތަކެވެ. ނަމަވެސް އިދިކޮޅުފަރާތްތަކުގެ ޢަޤީދާއަށް ރައްދުދެއްވާން ބޭނުންފުޅުވުމުން ޢިބާރާތްތައް ވަރަށް ވަރުގަދަ ކުރައްވައެވެ. ކުޑަވެސް ދަތިފުޅުކަމެއްނެތި ދަލީލަކަށްފަހު ދަލީލެއްދައްކަވަމުން ހެކިތައްބަޔާންކުރައްވަމުން ގެންދަވައެވެ. ބުއްދީގެ ދަލީލުތަކާއި ޢިލްމީ ޙަވާލާތަކުގެ ޒަރީޢާއިންނެވެ. އެންމެ އިދިކީލިމީހުންވެސް އިސްދަށަށްޖަހައިލަން މަޖްބޫރު ކުރައްވައެވެ. އެފަދަ ޙާލަތްތަކުގައި ބައެއްފަހަރު ޢިބާރާތްތަކުން މަލާމާތުގެ ކުލަވެސް ވަނީފެނިފައެވެ.

އިބްނު ތައިމިއްޔާ އެކަލޭގެފާނުގެ ޙަޔާތްޕުޅު ވަގުފުކުރައްވައިފައިވަނީ އެންމެ މަގުޞަދަކަށްޓަކައެވެ. އެމަޤްޞަދަކީ މުސްލިމުން ކީރިތި ޤުރްއާނާއި ޙަދީޘްފުޅުތަކުގައި ވަރުގަދަޔަކަށް ހިފެހެއްޓުމެވެ. އެހެންހުރިހާ އެއްޗެއްސެއް ދޫކޮށްލުމެވެ. އެކަމަށްޓަކައި އެކަލޭގެފާނު ހަނގުރާމައިގެ މައިދާނަށް ނިކުމެވަޑައިގަތީ "ބަރަހަނާކަނޑިކޮޅެއް" ހިއްޕަވައިގެންނެވެ. އެމަޤްޞަދު ހާޞިލުކުރެއްވުމަށްޓަކައި އެކަލޭގެފާނުގެ ދޫފުޅާއި ގަލަންކޮޅު ވަރަށްފުރިހަމަޔަށް ބޭނުންފުޅުކުރެއްވިއެވެ.

އިމާމު އިބްނު ތައިމިއްޔާ އެކަލޭގެފާނުގެ ސިޔާސީ ޚިޔާލުފުޅުތަކާއި ނަޒަރިއްޔާތައް ސާބިތުކުރެއްވުމަށްޓަކައި މުޅީންހެން ހެކިދައްކަވައިފައިވަނީ ކީރިތި ޤުުރްއާނާއި ކައުސާހިބާގެ ޙަދީޘުފުޅުތަކުންނެވެ. ޞަޙާބީންގެ އާޘާރުތަކުންނާއި މުސްލިމުންގެ މަޝްހޫރު ރަސްރަސްކަލުންގެ ޢަމަލުފުޅުތަކުންވެސް ބައެއްފަހަރަށްވަނީ ހެކިދައްކަވައިފައެވެ. ކީރިތި ޤުރުއާން އެކަލޭގެފާނުގެ ނަޒަރިއްޔާތަކުގެ ބިންގަލަކަށް ހައްދަވަން ވަރަށްބޮޑަށް މަސައްކަތްޕުޅުކުރެއްވިއެވެ. ނަމަވެސް ކީރިތި ޤުރްއާނުގެ އާޔަތެއް އެއްވެސް ވަރަކަށް ތައުވީލުކުރައްވާކަށެއް އެކަލޭގެފާނު ޤަބޫލުފުޅެއްނޫނެވެ. ގަދަކަމުން ވަކިމާނައެއް ނެރުއްވާކަށެއްވެސް ރުހިވަޑައެއް ނުގަންނަވައެވެ. އިމާމު އަބަދުވެސް ނަންގަވަނީ އާޔަތްތަކުގެ ލަފުޒީމާނައެވެ.

މިސާލެއްގެގޮތުން އެކަލޭގެފާނުގެ އައްސިޔާސަތުއް ޝަރްޢިއްޔާގައި، ވެރިން އެބޭފުޅުންގެ ދަށުން މަސައްކަތްކުރާ މީހުން ޢައްޔަން ކުރެއްވުމުގައި އެކަށީގެންވާ ޤާބިލްމީހުން މަޤާމުތަކަށް ހޮއްވެވުމަށް ވަރަށް ބޮޑަށް ބާރުއެޅުއްވިއެވެ. މަޤާމުތައްލިބުން ޙައްޤުނޫން މީހުންނަށް އެއްވެސް ޙާލެއްގައި ރިޢާޔަތެއް ނުދެއްވަން ބާރުއެޅުއްވިއެވެ. ދަލީލެއްގެގޮތުން ބަޔާންކުރައްވައިފައިވަނީ ކީރިތި ޤުރުއާނުގެ އަންނަނިވި އާޔަތެވެ.

" އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ﷲއަށާއި، ރަސޫލާއަށް ތިޔަބައިމީހުން ޚިޔާނާތްތެރި ނުވާށެވެ! އަދި ތިޔަބައިމީހުންގެ އަމާނާތްތަކަށް، އެނގިއެނގިތިބެ ތިޔަބައިމީހުން ޚިޔާނާތްތެރިނުވާށެވެ"
(އަލްއަންފާލު: 27)
މަޝްވަރާކުރެއްވުމުގެ މުހިންމުކަން ވެރީންނަށް ބަޔާންކޮށްދެއްވުމަށްޓަކައި ހުށަހަޅުއްވަނީ ތިރީގައި މިދަންނަވާ އާޔަތެވެ.
"ފަހެ، އެއުރެންނަށް ކަލޭގެފާނު ޢަފޫ ކުރައްވާށެވެ! އަދި، އެއުރެންނަށް ފާފަފުއްސެވުންއެދި ދަންނަވާށެވެ! އަދި، ކަންތަކުގައި ކަލޭގެފާނު އެއުރެންނާ މަޝްވަރާ ކުރައްވާށެވެ!"
(އާލުޢިމްރާން: 159)

އިމާމް އިބްނުތައިމިއްޔާ އެއްގޮތަކަށްވެސް ޟަޢީފު ޙަދީޘެއް ސަނަދަކަށް ނަހައްދަވައެވެ. އެކަލޭގެފާނު މަސައްކަތްޕުޅު ކުރައްވައިފައިވަނީ "ޞަޙާޙުސިއްތާ" (ޙަދީޘުފުޅުގެ ފޮތްތަކުގެ ތެރެއިން އެންމެ ސައްޙަކަންބޮޑު ހަފޮތް)ގެ ދާއިރާއިން ބޭރަށްނިކުމެވަޑައި ނުގަތުމަށެވެ. އެހެންފޮތެއްގެ އެހީ ހޯއްދަވައިފައިވަނީ ވަރަށް ނާދިރު ގޮތެއްގައެވެ. ހާލަކުން ފަހަރަކުއެވެ. އެފަދަ ޙާލަތްތަކުގައިވެސް މަސްނަދު އިމާމުއަޙްމަދަށްވުރެ ބޭރަކަށް ނިކުމެވަޑައެއް ނުގަންނަވައެވެ. މިސާލެއްގެގޮތުން ދަންނަވަމެވެ. އެކަލޭގެފާނު ދެކެވަޑައިގަންނަވާގޮތުގައި މަޑުމައިތިރިކަމާއި ރީތިއަޚްލާޤަކީ ޙާކިމުންނާއި، "މޮހުމާއިގޮށްޖެހުމުގެ" އަހްލުވެރީންނަށް ކޮންމެހެން ބޭނުން ސިފައެކެވެ. އެހެންކަމުން އެކަމަށް ބާރުއަޅުއްވައި ދަލީލެއްގެގޮތުން ދައްކަވަނީ ޞަޙީޙައިނީގައިވާ ޙަދީޘުފުޅެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ، މުޢާޛުބިން ޖަބަލު ޔަމަނުކަރައިގެ ގަވަރުނަރުކަމުގައި ފޮނުއްވިއިރު ދެއްވި ނަސޭހަތްޕުޅުގައި ވިދާޅުވިއެވެ. "އޯގާވެރިކަމާއެކު ކަންތައްކުރައްވާށެވެ.

ހަރުކަށިވެވަޑައިނުގަންނަވާށެވެ. މީސްތަކުންގެ ހިތްތައް އުފާކޮށްދެއްވާށެވެ. އެބައިމީހުންގެ ރުހުން ހޯއްދަވާށެވެ. އެބައިމީހުން ދުޝްމިނުންނަށް ނަހައްދަވާށެވެ." އިތުރު ދަލީލެއްގެގޮތުން ބަޔާންކުރައްވަނީ ބަދަވީންގެމީހަކު މަސްޖިދުއްނަބަވީއަށް ކުޑަކަމުދިޔަ ޙާދިޘާއެވެ. ޞަޙާބީން އެކަމާ ނިހާޔަތަށް ކޯފާއިސްވާގޮތްވުމުން އިތުރު ސާހިބާ ޙަދީޘުކުރެއްވިއެވެ. " ތިޔަބައިމީހުން ފޮނުއްވުނީ އޯގާވެރިވުމަށްޓަކައެވެ. ހަރުކަށިވުމަށްޓަކައެއްނޫނެވެ."

އިމާމު އިބްނު ތައިމިއްޔާ ވިދާޅުވާގޮތުގައި އިސްވެރިޔަކަށް ހުންނަވާބޭފުޅަކަށް ހެޔޮއެދުމަކީ ރައްޔިތުންގެ މައްޗަށް ވާޖިބުކަމެކެވެ. އެވާހަކަފުޅުގެ ސަނަދެއްގެ ގޮތުން ގެންނަވައިފައިވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘުފުޅެކެވެ. އިމާމު މުސްލިމު ރިވާކުރައްވާ ޙަދީޘުފުޅެކެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘުފުޅުކުރެއްވިއެވެ. "އަރަހުށި މާތްﷲ ތިންކަމަކާމެދު ރުހިވޮޑިގަންނަވައެވެ. އެންމެފުރަތަމަކަމަކީ އެކަލާނގެ ރަސްކަންފުޅަށް އަޅުކަންކުރުމާއި އެކަލާނގެއަށް ޝަރީކުނުކުރުމެވެ. ދެވަނަކަމަކީ އެކަލާނގެ މަގުގައި އެންމެން ގުޅިގެން ހިފެހެއްޓުމާއި ވަކިވަކިވެގެން ނުދިޔުމެވެ. ތިންވަނަކަމަކީ އެކަލާނގެ ތިޔަބައިމީހުންގެ ކަންތައްތަކާ މަތިކުރައްވައިފައިވާ ވެރިމީހާއަށް ހަމްދަރުދީވެ އެމީހާއަށް އިޚްލާޞްތެރިވެ ހެޔޮއެދުމެވެ."

ކުރިންވެސް ދެންނެވިފަދައިން މާތްﷲގެ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ބަސްފުޅުތަކާއި ޢަމަލުފުޅުތަކުން ދަލީލުދެއްކެވުމުގެ އިތުރަށް ދަރަޖަމަތިވެރި ޞަޙާބީންގެ އާޘާރުތަކުންވެސް ދަލީލު ދައްކަވައިފައިވެއެވެ. ޚާއްޞަކޮށް ހަތަރު ޚަލީފާއިންގެ ބަސްފުޅުތަކާއި އެބޭކަލުން ޢަމަލުކުރައްވައިފައިވާގޮތްކޮޅުން ތަކުރާރުކުރައްވައި ހެއްކާއި ދަލީލު ދައްކަވައިފައިވެއެވެ. މިސާލެއްގެގޮތުން މާތްކަމާއި ދަރަޖައިގެ ގޮތުން އެބައެއްގެ ތެރޭގައި ހުރި އެންމެ ރަނގަޅުމީހާ ކަމުގައިނުވާމީހަކު ޝަރުޢީމަޞްލަޙަތަކަށްޓަކައި ވެރިޔަކަށް ހެދިދާނެކަމުގެ ހެއްކެއްގެ ގޮތުން ބަޔާންކުރައްވަނީ އަމީރުލް މުއުމިނީން އަބޫބަކުރުއް ޞިއްދީޤު ރަޟިޔަﷲ ޢަންހު، ޚާލިދުބުނުލް ވަލީދު ރަޟިޔަﷲ ޢަންހު ކޮމާންޑަރުއިންޗީފްކަމުން ވަކިނުކުރައްވައި އެމަޤާމުގައި ބަހައްޓަވައިފައިވުމެވެ. ޚާލިދުގެ ފަރާތްޕުޅުން އިޢުތިރާޟުކުރެއްވޭފަދަ ބައެއްކަންތައްތައް ފެނިވަޑައިގެންފައިވުމާވެސް އެކުގައެވެ.

ޙާކިމަކު ހަމައެކަނި އޭނާގެ ގާތްތިމާގެމީހަކަށްވީތީ ނުވަތަ ރަޙްމަތްތެރިޔަކަށްވީތީ މީހަކަށް މަޤާމެއްދިނުމާ އިމާމު ވަރަށް ވަރުގަދަޔަށް ދެކޮޅުހައްދަވައެވެ. އެކަމުގެ ދަލީލެއްގެގޮތުން ގެންނަވައިފައިވަނީ އަމީރުލް މުއުމިނީން ޢުމަރުލްފާރޫޤު ރަޟިޔަﷲ ޢަންހުގެ ބަސްފުޅެކެވެ. ޢުމަރުގެފާނު ވިދާޅުވެފައިވެއެވެ. "މުސްލިމުންގެ ވެރިކަމަކާ ޙަވާލުވެހުރިމީހަކު މަޤާމަކަށް މީހަކު ހޮވުމުގައި ޤާބިލިއްޔަތަށް ބެލުމުގެ ބަދަލުގައި ތިމާލޯބިވާ މީހަކަށްވާތީ ނުވަތަ ގާތްތިމާގެ މީހަކަށްވާތީ މީހަކު މަޤާމަކަށް ހޮވައިފިނަމަ އޭނާ މާތްﷲއަށާއި، އެކަލާނގެ ރަސޫލާއަށާއި، މުސްލިމުންނަށް ޣަދަރުވެރިވެއްޖެއެވެ."

ޝަރުޢީ ޙައްދެއް ޤާއިމުކުރާންޖެހޭވަގުތު އެކަމާ ފަސްޖެހޭގޮތްވުމަކީ ރަނގަޅުކަމެއްނޫންކަމަށް އިމާމު ދެއްކެވި ވާހަކަފުޅުގެ ޙުއްޖަތެއްގެ ގޮތުން ގެންނަވައިފައިވަނީ އަމީރުލް މުއުމިނީން ޢުޘްމާން ޛުއްނޫރައިނި ރަޟިޔަﷲ ޢަންހުގެ ބަސްފުޅެކެވެ. ޢުޘްމާނުގެފާނު ވިދާޅުވެފައިވެއެވެ. "މީހެއްގެ މައްޗަށް ޝަރްޢީ ހައްދެއް ޤާއިމުކުރާންޖެހުމުން އެކަމުން އެމީހަކު ސަލާމަތްކުރުމަށްޓަކައި ޝަފާޢަތްތެރިވާ މީހާއާއި ޝަފާޢަތް ޤަބޫލުކުރާމީހާއާ ދެމީހުންގެ މައްޗަށް މާތްﷲގެ ލަޢުނަތް ހުއްޓެވެ."

ސަރުކާރުގެ މުވައްޒަފުންގެ ޢަމަލުތަކާއި އެބައިމީހުން އުޅޭ ނޫޅޭގޮތް ޙާކިމާ ވަރުގަދަޔަކަށް ބައްލަވަންޖެހޭނެކަމަށް އިމާމު ދެއްކެވި ވާހަކަފުޅަށް ދަލީލުދައްކަވައިފައިވަނީ އަމީރުލް މުއުމިނީން ޢަލީ މުރްތަޟާ ކައްރަމަﷲ ވަޖުހަހޫގެ ބަސްފުޅަކުންނެވެ. ގަވަރުނަރެއްގެ އަނިޔާވެރިކަމުގެ ޚަބަރު އިވިވަޑައިގަތުމުން ޢަލީގެފާނު ވިދާޅުވިއެވެ. "އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އިބަރަސްކަލާނގެ ޚަލްޤުތަކުންނަށް އަނިޔާވެރިވާކަށެއް މިއަޅާފަހަރެއްގައިވެސް އޭނާ އަކަށް އަމުރެއް ނުކުރަމެވެ."

މާތް ޞަޙާބީން ގެ ބަސްފުޅުތަކުގެ އިތުރަށް ތާބިޢީންގެ ބަސްފުޅުތަކާއި ހަތަރު އިމާމުންގެ ބަސްފުޅުތައްވެސް ދަލީލެއްގެ ގޮތުން ބޭނުންފުޅުކުރެއްވިއެވެ. ޚާއްޞަކޮށް ވަރަށް ގިނަ ފަހަރަށް ޢުމަރު ބިން ޢަބްދުލްޢަޒީޒު ޢަމަލުކުރައްވައިފައިވާ ގޮތްކޮޅާއި ހަތަރު އިމާމުންގެ ރައުޔުގެ ވާހަކަ ބަޔާންކުރައްވައެވެ. އިމާމު އިބްނު ތައިމިއްޔާގެ ހެކިދެއްކެވުމުގެ ގޮތްކޮޅަކީ ކަނޑައެޅިގެންހުރި ޝަރުޢީ އުޞޫލުތަކެކެވެ. އެހެންކަމުން ދުނިޔޭގެ ތާރީޚުގެ ހާދިޘާތަކަކަށެއް އެކަލޭގެފާނުގެ ހެކިދެއްކެވުމުގައި އެއްވެސް ޖާގައެއް ނުދެއްވައެވެ.

އިމާމު އިބްނު ތައިމިއްޔާ އޭރަކު ވާހަކަފުޅުދައްކަވާ މަޢުޟޫޢަކާ ގުޅޭގޮތުން ޖައްސަވާ މިސާލުތަކުންވެސް ވަރަށްފުރިހަމަޔަށް ދަލީލު ދައްކަވައެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. ވަލިއްޔުލް އަމްރާ ވެރިކަން ޙަވާލުކުރެވެނީ ހެޔޮކަންތައް ކުރުމަށް މީސްތަކުން ޝައުގުވެރި ކުރުއްވުމަށްޓަކައެވެ. ނުބައިކަންތައްތައް ހުއްޓުވުމަށްޓަކައެވެ. ނަމަވެސް ވަލިއްޔުލް އަމްރު ރިޝްވަތު ހިއްޕަވައި މީސްތަކުން ނުބައި ކަންތައްތައްކުރުމަށާއި އުރެދުންތަކަށް އަރައިގަތުމުގެ ސަބަބަކަށް ވެވަޑައިގަންނަވާނަމަ ވަލިއްޔުލް އަމްރަށް އަމަލުކުރެއްވެމުންއެދަނީ އޭނާއާ އެމަސްއޫލިއްޔަތު ޙަވާލުކުރެވުނު މަޤްޞަދާ ޚިލާފަށެވެ. އެފަދަމީހުންގެ މިސާލަކީ މީހަކު އޭނާގެ ދުޝްމިނުންގެ ކިބައިން ސަލާމަތްވުމަށްޓަކައި ނޯކަރަކު ހޯދުމުން އެނޯކަރު އޭނާގެ ސާހިބާއަށް އެހީތެރިވުމުގެ ބަދަލުގައި ދުޝްމިނުންނާ ބައިވެރިވެ ސާހިބުމީހާގެ ގައިގައި ތަޅައި އަނިޔާކުރުމުގެ މިސާލެވެ. މާތްﷲގެ މަގުގައި ޖިހާދުކުރުމުގެ މަޤްޞަދުގައި މުދާހޯދުމަށް ފަހު އޭގެބޭނުންކޮށްގެން ކާފަރުންނާ ހަނގުރާމަކުރުމުގެ ބަދަލުގައި މުސްލިމުންނާ ހަނގުރާމަކުރާ މީހެއްގެ މިސާލެވެ.

އިބްނު ތައިމިއްޔާ ވިދާޅުވާގޮތުގައި ކުށްވެރީންނަށް ޙައްޤު އަދަބުދިނުމަކީ ކުށްވެރީންނަށް ހުރި ރަޙްމަތެކެވެ. މިސާލެއްގެގޮތުން ވިދާޅުވެފައިވެއެވެ. ބޭސްވެރީން ބަލިމީހުންނަށް ހިތިބޭސްތައް ބޯންދެއެވެ. ހަށިގަނޑުގެ މަސްކޮށައެވެ. ކަށިހަރައެވެ. ހަމައެފަދައިން އިންސާނުން އަމިއްލަޔަށްވެސް ހިތިބޭސްބޮއެވެ. ނުހަނު ބުރަމަސައްކަތް ކުރެއެވެ. ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން އަރާމާއި، ރާޙަތުލިބިގަތުމަށްޓަކައެވެ.
ސިޔާސީ ނަޒަރިއްޔާތައް

ތެދުމަގުލިބިވަޑައިގެންތިއްބެވި ހަތަރު ޚަލީފާއިންގެ ދައުރު ނިމުމަށްފަހު އިސްލާމީ އުންމަތުގެ ވެރިކަމަށްއައި ހުރިހާ ޢާއިލާ ތަކަކުންވެސް ގެންދިޔައީ ޝަރުޢީ ޤާނޫނުތަކާ ދުރުހެލިވަމުންނެވެ. ދުވަސްތައްފާއިތުވަމުން ދިޔަދިޔަހެން ހާލަތުދިޔައީ ނުބައިން ނުބަޔަށް ބަދަލުވަމުންނެވެ. އެހެންކަމުން ސިޔާސީ މުފައްކިރުންގެތެރެއިން އިސްލާމީ ޤާނޫނުތަކުގެ މައްޗަށް އެބޭކަލުންގެ ސިޔާސީ ނަޒަރިއްޔާތަކުގެ ބިންގާއެޅުއްވި މުފައްކިރުންނަށް ކުރިމަތިލައްވާން ޖެހިވަޑައިގެންނެވި އެންމެ އުނދަގޫ މައްސަލައަކީ އެބޭކަލަކު ދުނިޔޭގައި އުޅުއްވި ދުވަސްވަރެއްގެ ޙާލަތާއި ޝަރްއީޤާނޫނުތަކާ އެއްތައްގަނޑަކަށް ފެއްތެވުމެވެ. މިއީ ވަރަށްގިނަ މުފައްކިރުންނަށް ކަތިފިޔަވަޅުތަކެއް އެޅުއްވުނު ދާއިރާއެކެވެ. އެ ކަށިތަކުންފުރިގެންވާ މައިދާނުން އެބޭކަލުންގެ ފަސްބައިކޮޅު ސަލާމަތްކުރެއްވުމުގައި ކާމިޔާބު ހޯއްދެވި މުފައްކިރުން ކާމިޔާބު ހޯއްދަވައިފައިވަނީ ދައުލަތުގެ އެންމެ އިސްވެރިޔަކަށް ހުންނަވާ ބޭފުޅެއްގެ ގައިކޮޅުގައި ހުރުން ލާޒިމު ސިފަފުޅުތަކާއި އެބޭފުޅެއްގެ ވާޖިބުތަކުގެ ދިގުފިހުރިސްތެއް ތައްޔާރުކުރައްވައިގެންނެވެ. އެބޭކަލުންނާ އެއްދުވަސްވަރެއްގެ ވެރީންގެތެރެއިން އެބޭކަލުންގެ ލިސްޓުގައިވާ ސިފަފުޅުތައް ނުހުންނަ ވެރީންނާމެދު އެފަދަބޭފުޅުން މަޤާމުތަކުގައި ބައިތިއްބުމާމެދުވެސް މަޤާމުން ދުރުކުރުމާމެދުވެސް ޚިޔާލުފުޅެއް ފާޅެއްނުކުރައްވައެވެ.

ކުރިންވެސް ދަންނަވައިފައިވާ ފަދައިން އިމާމު އިބްނު ތައިމިއްޔާ އެކަލޭގެފާނުގެ ސިޔާސީ ތަޞައްވުރުތަކުގެ އަސްލެއްކަމުގައި ހައްދަވައިފައިވަނީ ކީރިތި ޤުރްއާނާއި، ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘުފުޅުތަކެވެ. އެހެންކަމުން އެކަލޭގެފާނަށްވެސް އެކަލޭގެފާނުގެ ޒަމާނުގެ ސިޔާސީ ޙާލަތާއި އެކަލޭގެފާނުގެ ސިޔާސީ ވިސްނުންފުޅާ އެއްގޮތް ކުރެއްވުމުގެ އުނދަގޫ މަރްޙަލާއާ ކުރިމަތިވެވަޑައިގެންނެވިއެވެ. ނަމަވެސް އިބްނު ތައިމިއްޔާ އެކަމުގައި ހޯއްދަވައިފައިވަނީ މުޅީންއާމަގެކެވެ. އެހެނިހެން ސިޔާސީ މުފައްކިރުން ފަދައިން އިބްނު ތައިމިއްޔާ ވެރީންގެ ކިބައިގައި ހުންނާންޖެހޭ ސިފަފުޅުތަކެއް ބަޔާނެއް ނުކުރައްވައެވެ. އަދިކީއްތޯއެވެ؟ އެކަލޭގެފާނު ހުރިހާ ސަމާލުކަމެއް ދެއްވީ ޝަރްޢީ ހުކުމްތައް ޝަރަޙަކުރެއްވުމާއި އޮޅުންފިލުއްވައިދެއްވުމުގެ މައްޗަށެވެ. އެކަލޭގެފާނުގެ ސިޔާސީ ފިކުރުފުޅުތަކުގެ މިޙްވަރަކީ މުޖްތަމަޢު އިސްލާހުކުރުމާއި، މުޖްތަމަޢުގެ ކަންތައް އިންތިޒާމު ކުރުމުގައި ޝަރްޢީ ޙުކުމްތައް އެހީތެރިވެދެނީ ކިހައި ވަރަކަށްތޯ ބަޙުޘުކުރެއްވުމެވެ. ނަމަވެސް އެބަޙްޘުތަކުގައިވެސް އެކަލޭގެފާނުގެ ޒަމާނުގެ ސިޔާސަތާއި ދީނީ ޙުކުމްތަކާހުރީ ކިހައިވަރެއްގެ ފުށުއެރުމެއްތޯ ބަޙުޘެއްނުކުރައްވައެވެ. އެޒަމާނުގެ ސިޔާސަތު ދީނީ ސިޔާސަތަކަށް ހެދުމަށްޓަކައި ގެންނާންވީ ކޮންކޮންބަދަލެއްކަމެއްވެސް ބަޔާނެއް ނުކުރައްވައެވެ.

އިންސާނީ ގިންތިތައް

އިންސާނީ ޚާއްޞިއްޔަތުގެ މައްޗަކަށް އިބްނު ތައިމިއްޔާ އަލިއަޅުއްވައެއް ނުލައްވައެވެ. ހަމައެފަދައިން އެންމެފުރަތަމަ އިންސާނީ މުޖްތަމަޢެއް އުފެދުނު ގޮތެއްވެސް ވިދާޅުވެއެއް ނުދެއްވައެވެ. އަލްފާރާބީފަދައިން ޢުމްރާނީ މުޢާހަދާގެ މައްޗަކަށްވެސް އެކަލޭގެފާނު ޔަޤީންކަމެއް ނުދެއްވައެވެ. އިންސާނީ މުޖްތަމަޢު ވުޖޫދަށްއައީ އިންސާނީ ފިޠުރަތުގެ ނަތީޖާއެއްގެ ގޮތުންކަމަށް އަލްޣަޒާލީ ވިދާޅުވާ ވިދާޅުވުމާވެސް އެއްބަސްވެވަޑައެއް ނުގަންނަވައެވެ. އިމާމު އިބްނު ތައިމިއްޔާ ހުރިހާ ކަމެއްވެސް ޤަބޫލުކުރެއްވީ އެދުވަސްވަރު އެކަމެއް އޮތްހިސާބަކުންނެވެ. އޭރަކު އެކަމެއް އޮތްގޮތަކަށެވެ. އެކަމެއް އެންމެ ފުރަތަމަ އޮތްސިފަޔަކާއި އެކަމެއް ބަދަލުވަމުން އައިގޮތަކީ އެކަލޭގެފާނު ބެހިވަޑައިގެންނެވި ކަންކަމެއްނޫނެވެ. އިމާމު އިބްނު ތައމިއްޔާ ވިދާޅުވަނީ ހުރިހާ އިންސާނުންނަކީ އެއްބައެއްކަމުގައެވެ. އިންސާނުންގެ ތެރެއިން އެއްބަޔަކީ މަތީފަންތީގެ ބައެއްކަމަށާއި އަނެއްބަޔަކީ ދަށުފަންތީގެ ބައެއްކަމަށް ބެލުމަކީ އެކަލޭގެފާނު ވަރަށްބޮޑަށް ދެކޮޅު ހެއްދެވިކަންކަމެވެ. ތިމާއަކީ އެހެންމީހުންނަށްވުރެ މަތީގިންތިއެއްގެ މީހެއްކަމަށާއި، އެހެންމީހުން ތިބޭންޖެހޭނީ ތިމާއަށްވުރެ ދަށުގައިކަމަށް ދެކޭކޮންމެ މީހަކީ އިބްނު ތައިމިއްޔާގެ އަރިހުގައި އިންސާނިއްޔަތަށް އިހާނެތިކޮށް ހިތެވުމުގެ ޒަރީޢާއެއްކަމުގައި ހިމެނޭމީހެކެވެ. މުޅިއިންސާނިއްޔަތަށް އަނިޔާވެރިވާ މީހެކެވެ. އިމާމު ވިދާޅުވާގޮތުގައި ތިމާއަކީ އެހެންމީހުނަށްވުރެ މަތިވެރި، މާތްމީހެއްކަމުގައި ދުށުމާއި، ތިމާއެހެންމީހުނަށްވުރެ މަތިވެރިވާން އެދުމަކީ އިންސާނީ އެދުންތަކުގެ ތެރެއިން ވިޔާނުދާކަމާއި، ނުލަފާކަމުގެ ޖަޒުބާތު ހާމަކޮށްދޭކަމެކެވެ. އިބްނު ތައިމިއްޔާ ވިދާޅުވާގޮތުގައި އެންމެހައި އިންސާނުންނަކީ ދަރަޖައިގެގޮތުން އެއްވަރު ބައެކެވެ. ނަމަވެސް އެންމެންނަކީ ޤާބިލިއްޔަތުގެ ގޮތުން ހަމަހަމަ ބައެއްނޫނެވެ. ބުއްދީގެ ގޮތުންނާއި ދީންވެރިކަމުގެ ގޮތުން މީސްތަކުންވަނީ ތަފާތު ދަރަޖަތަކެއްގައެވެ. އެކަލޭގެފާނުގެ މިދަޢުވާގެ ދަލީލެއްކަމުގައި ދައްކަވަނީ ކީރިތި ޤުރުއާނުގެ އަންނަނިވި ދެއާޔަތެވެ.

ސިޔާސީ ނަޒަރިއްޔާތައް
ތެދުމަގުލިބިވަޑައިގެންތިއްބެވި ހަތަރު ޚަލީފާއިންގެ ދައުރު ނިމުމަށްފަހު އިސްލާމީ އުންމަތުގެ ވެރިކަމަށްއައި ހުރިހާ ޢާއިލާ ތަކަކުންވެސް ގެންދިޔައީ ޝަރުޢީ ޤާނޫނުތަކާ ދުރުހެލިވަމުންނެވެ. ދުވަސްތައްފާއިތުވަމުން ދިޔަދިޔަހެން ހާލަތުދިޔައީ ނުބައިން ނުބަޔަށް ބަދަލުވަމުންނެވެ. އެހެންކަމުން ސިޔާސީ މުފައްކިރުންގެތެރެއިން އިސްލާމީ ޤާނޫނުތަކުގެ މައްޗަށް އެބޭކަލުންގެ ސިޔާސީ ނަޒަރިއްޔާތަކުގެ ބިންގާއެޅުއްވި މުފައްކިރުންނަށް ކުރިމަތިލައްވާން ޖެހިވަޑައިގެންނެވި އެންމެ އުނދަގޫ މައްސަލައަކީ އެބޭކަލަކު ދުނިޔޭގައި އުޅުއްވި ދުވަސްވަރެއްގެ ޙާލަތާއި ޝަރްއީޤާނޫނުތަކާ އެއްތައްގަނޑަކަށް ފެއްތެވުމެވެ. މިއީ ވަރަށްގިނަ މުފައްކިރުންނަށް ކަތިފިޔަވަޅުތަކެއް އެޅުއްވުނު ދާއިރާއެކެވެ. އެ ކަށިތަކުންފުރިގެންވާ މައިދާނުން އެބޭކަލުންގެ ފަސްބައިކޮޅު ސަލާމަތްކުރެއްވުމުގައި ކާމިޔާބު ހޯއްދެވި މުފައްކިރުން ކާމިޔާބު ހޯއްދަވައިފައިވަނީ ދައުލަތުގެ އެންމެ އިސްވެރިޔަކަށް ހުންނަވާ ބޭފުޅެއްގެ ގައިކޮޅުގައި ހުރުން ލާޒިމު ސިފަފުޅުތަކާއި އެބޭފުޅެއްގެ ވާޖިބުތަކުގެ ދިގުފިހުރިސްތެއް ތައްޔާރުކުރައްވައިގެންނެވެ. އެބޭކަލުންނާ އެއްދުވަސްވަރެއްގެ ވެރީންގެތެރެއިން އެބޭކަލުންގެ ލިސްޓުގައިވާ ސިފަފުޅުތައް ނުހުންނަ ވެރީންނާމެދު އެފަދަބޭފުޅުން މަޤާމުތަކުގައި ބައިތިއްބުމާމެދުވެސް މަޤާމުން ދުރުކުރުމާމެދުވެސް ޚިޔާލުފުޅެއް ފާޅެއްނުކުރައްވައެވެ.

ކުރިންވެސް ދަންނަވައިފައިވާ ފަދައިން އިމާމު އިބްނު ތައިމިއްޔާ އެކަލޭގެފާނުގެ ސިޔާސީ ތަޞައްވުރުތަކުގެ އަސްލެއްކަމުގައި ހައްދަވައިފައިވަނީ ކީރިތި ޤުރްއާނާއި، ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘުފުޅުތަކެވެ. އެހެންކަމުން އެކަލޭގެފާނަށްވެސް އެކަލޭގެފާނުގެ ޒަމާނުގެ ސިޔާސީ ޙާލަތާއި އެކަލޭގެފާނުގެ ސިޔާސީ ވިސްނުންފުޅާ އެއްގޮތް ކުރެއްވުމުގެ އުނދަގޫ މަރްޙަލާއާ ކުރިމަތިވެވަޑައިގެންނެވިއެވެ. ނަމަވެސް އިބްނު ތައިމިއްޔާ އެކަމުގައި ހޯއްދަވައިފައިވަނީ މުޅީންއާމަގެކެވެ. އެހެނިހެން ސިޔާސީ މުފައްކިރުން ފަދައިން އިބްނު ތައިމިއްޔާ ވެރީންގެ ކިބައިގައި ހުންނާންޖެހޭ ސިފަފުޅުތަކެއް ބަޔާނެއް ނުކުރައްވައެވެ. އަދިކީއްތޯއެވެ؟ އެކަލޭގެފާނު ހުރިހާ ސަމާލުކަމެއް ދެއްވީ ޝަރްޢީ ހުކުމްތައް ޝަރަޙަކުރެއްވުމާއި އޮޅުންފިލުއްވައިދެއްވުމުގެ މައްޗަށެވެ. އެކަލޭގެފާނުގެ ސިޔާސީ ފިކުރުފުޅުތަކުގެ މިޙްވަރަކީ މުޖްތަމަޢު އިސްލާހުކުރުމާއި، މުޖްތަމަޢުގެ ކަންތައް އިންތިޒާމު ކުރުމުގައި ޝަރްޢީ ޙުކުމްތައް އެހީތެރިވެދެނީ ކިހައި ވަރަކަށްތޯ ބަޙުޘުކުރެއްވުމެވެ. ނަމަވެސް އެބަޙްޘުތަކުގައިވެސް އެކަލޭގެފާނުގެ ޒަމާނުގެ ސިޔާސަތާއި ދީނީ ޙުކުމްތަކާހުރީ ކިހައިވަރެއްގެ ފުށުއެރުމެއްތޯ ބަޙުޘެއްނުކުރައްވައެވެ. އެޒަމާނުގެ ސިޔާސަތު ދީނީ ސިޔާސަތަކަށް ހެދުމަށްޓަކައި ގެންނާންވީ ކޮންކޮންބަދަލެއްކަމެއްވެސް ބަޔާނެއް ނުކުރައްވައެވެ.

އިންސާނީ ގިންތިތައް

އިންސާނީ ޚާއްޞިއްޔަތުގެ މައްޗަކަށް އިބްނު ތައިމިއްޔާ އަލިއަޅުއްވައެއް ނުލައްވައެވެ. ހަމައެފަދައިން އެންމެފުރަތަމަ އިންސާނީ މުޖްތަމަޢެއް އުފެދުނު ގޮތެއްވެސް ވިދާޅުވެއެއް ނުދެއްވައެވެ. އަލްފާރާބީފަދައިން ޢުމްރާނީ މުޢާހަދާގެ މައްޗަކަށްވެސް އެކަލޭގެފާނު ޔަޤީންކަމެއް ނުދެއްވައެވެ. އިންސާނީ މުޖްތަމަޢު ވުޖޫދަށްއައީ އިންސާނީ ފިޠުރަތުގެ ނަތީޖާއެއްގެ ގޮތުންކަމަށް އަލްޣަޒާލީ ވިދާޅުވާ ވިދާޅުވުމާވެސް އެއްބަސްވެވަޑައެއް ނުގަންނަވައެވެ. އިމާމު އިބްނު ތައިމިއްޔާ ހުރިހާ ކަމެއްވެސް ޤަބޫލުކުރެއްވީ އެދުވަސްވަރު އެކަމެއް އޮތްހިސާބަކުންނެވެ. އޭރަކު އެކަމެއް އޮތްގޮތަކަށެވެ. އެކަމެއް އެންމެ ފުރަތަމަ އޮތްސިފަޔަކާއި އެކަމެއް ބަދަލުވަމުން އައިގޮތަކީ އެކަލޭގެފާނު ބެހިވަޑައިގެންނެވި ކަންކަމެއްނޫނެވެ. އިމާމު އިބްނު ތައމިއްޔާ ވިދާޅުވަނީ ހުރިހާ އިންސާނުންނަކީ އެއްބައެއްކަމުގައެވެ. އިންސާނުންގެ ތެރެއިން އެއްބަޔަކީ މަތީފަންތީގެ ބައެއްކަމަށާއި އަނެއްބަޔަކީ ދަށުފަންތީގެ ބައެއްކަމަށް ބެލުމަކީ އެކަލޭގެފާނު ވަރަށްބޮޑަށް ދެކޮޅު ހެއްދެވިކަންކަމެވެ. ތިމާއަކީ އެހެންމީހުންނަށްވުރެ މަތީގިންތިއެއްގެ މީހެއްކަމަށާއި، އެހެންމީހުން ތިބޭންޖެހޭނީ ތިމާއަށްވުރެ ދަށުގައިކަމަށް ދެކޭކޮންމެ މީހަކީ އިބްނު ތައިމިއްޔާގެ އަރިހުގައި އިންސާނިއްޔަތަށް އިހާނެތިކޮށް ހިތެވުމުގެ ޒަރީޢާއެއްކަމުގައި ހިމެނޭމީހެކެވެ. މުޅިއިންސާނިއްޔަތަށް އަނިޔާވެރިވާ މީހެކެވެ. އިމާމު ވިދާޅުވާގޮތުގައި ތިމާއަކީ އެހެންމީހުނަށްވުރެ މަތިވެރި، މާތްމީހެއްކަމުގައި ދުށުމާއި، ތިމާއެހެންމީހުނަށްވުރެ މަތިވެރިވާން އެދުމަކީ އިންސާނީ އެދުންތަކުގެ ތެރެއިން ވިޔާނުދާކަމާއި، ނުލަފާކަމުގެ ޖަޒުބާތު ހާމަކޮށްދޭކަމެކެވެ. އިބްނު ތައިމިއްޔާ ވިދާޅުވާގޮތުގައި އެންމެހައި އިންސާނުންނަކީ ދަރަޖައިގެގޮތުން އެއްވަރު ބައެކެވެ. ނަމަވެސް އެންމެންނަކީ ޤާބިލިއްޔަތުގެ ގޮތުން ހަމަހަމަ ބައެއްނޫނެވެ. ބުއްދީގެ ގޮތުންނާއި ދީންވެރިކަމުގެ ގޮތުން މީސްތަކުންވަނީ ތަފާތު ދަރަޖަތަކެއްގައެވެ. އެކަލޭގެފާނުގެ މިދަޢުވާގެ ދަލީލެއްކަމުގައި ދައްކަވަނީ ކީރިތި ޤުރުއާނުގެ އަންނަނިވި ދެއާޔަތެވެ.
وَهُوَ الَّذِي جَعَلَكُمْ خَلائِفَ الأَرْضِ وَرَفَعَ بَعْضَكُمْ فَوْقَ بَعْضٍ دَرَجَاتٍ لِّيَبْلُوَكُمْ فِي مَا آتَاكُمْ إِنَّ رَبَّكَ سَرِيعُ الْعِقَابِ وَإِنَّهُ لَغَفُورٌ رَّحِيمٌ

"އެކަލާނގެއީ، ބިމުގެ ޚަލީފާއިން ކަމުގައި، ތިޔަބައިމީހުން ލެއްވި ރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުން ކުރެ، އެއްބަޔަކު އަނެއްބަޔެއްގެ މައްޗަށް ދަރަޖަ މަތިވެރި ކުރެއްވިއެވެ. (އެއީ) ތިޔަބައިމީހުންނަށް، އެކަލާނގެ ދެއްވި ތަކެއްޗާމެދު، ތިޔަބިމީހުން އިމްތިޙާނު ކުރެއްވުމަށްޓަކައެވެ."
(ސޫރަތުލް އަންޢާމް: 165)


وَكَذَلِكَ مَا أَرْسَلْنَا مِن قَبْلِكَ فِي قَرْيَةٍ مِّن نَّذِيرٍ إِلاَّ قَالَ مُتْرَفُوهَا إِنَّا وَجَدْنَا آبَاءَنَا عَلَى أُمَّةٍ وَإِنَّا عَلَى آثَارِهِم مُّقْتَدُونَ

"ދުނިޔޭގެ ދިރިއުޅުމުގައި އެއުރެންގެމެދުގައި ދިރިއުޅުމުގެ ކަންތައްތައް ބެއްސެވީ ތިމަންރަސްކަލާނގެއެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންކުރެ ބައެއްމީހުން، އަނެއްބައިމީހުންގެ މައްޗަށް ދަރަޖަތަކަކަށް އުފުއްލެވީމެވެ. (އެއީ) އެއުރެންކުރެ އެއްބަޔަކު އަނެއްބަޔެއްގެ ޚިދުމަތްތެރިކަން ހިފުމަށްޓަކައެވެ."
(އައްޒުޚުރުފު: 32)

އިމާމް އިބްނު ތައިމިއްޔާގެ އަރިހުގައި އިންސާނުން ހަތަރު ގިންތިއަކަށް ބަހައިލެވިދާނެއެވެ. އޭގެތެރެއިން އެއްބަޔަކީ އެހެންމީހުން ތިމާގެ އަމުރުގެ ދަށުގައި ބައިތިއްބަން ބޭނުންވާ މީހުންނެވެ. މާތްﷲގެ ބިމުގައި ފަސާދައިގެ އޮށް އިންދާމީހުންނެވެ. މިގިންތިއަކީ އަނިޔާވެރި ރަސްރަސްކަލުންނާއި ފާސިދު އަމީރުންގެ ގިންތިއެވެ. މިގިންތީގެ މީހުންގެ މިސާލެއްކަމުގައި އެކަލޭގެފާނު ދައްކަވަނީ ފިރުޢައުނެވެ. އިމާމު އިބްނު ތައިމިއްޔާ ވިދާޅުވާގޮތުގައި އެފަދަ މީހުންނަކީ އެންމެ ނުބައި މަޚްލޫޤުންނެވެ.

ދެވަނަ ގިންތީގައި ހިމަނުއްވަނީ އެއްވެސްބާވަތެއްގެ މަތިވެރިކަމެއް ނުވަތަ މަތީމަޤާމެއް ލިބިފައިނުވާ އެކަމަކު ފަސާދައުފެއްދުމުގެ ރޭވުންތައް ރާވާ މީހުންނެވެ. އެބައިގައި ހިމަނުއްވަނީ ވައްކަންކުރާމީހުންނާއި، އެނޫންވެސް ބޮޑެތިކުށްކުށަށް އަރައިގަންނަމީހުންނެވެ. ތިންވަނަ ގިންތީގެ މީހުންކަމުގައި ވިދާޅުވަނީ މަތިވެރިވުމާއި މޮޅުވުމަށް އެދޭ އެކަމަކު އެބޭނުން ޙާޞިލުކުރުމަށްޓަކައި ބިމުގައި ފަސާދައުފައްދާން ޤަޞްދުނުކުރާމީހުންނެވެ. އެޖަމާއަތުގައި ހިމަނުއްވަނީ ދީނުގެ ޒަރީޢާއިން މަތީމަޤާމުތައް ހޯދަން ބޭނުންވާ ދީނީ ލީޑަރުންނެވެ. ހަތަރުވަނަ ގުރޫޕަކީ އެހެންމީހުނަށްވުރެ މާތްމީހުންކަމުގައި ވުމާއެކުވެސް ބިންމަތީގައި އެއްވެސް މަތިވެރި މަޤާމަކަށް ދަހިވެތިނުވާ މީހުންނެވެ. ފަސާދައުފެއްދުމުގެ ވިސްނުން ނުގެންގުޅޭ މީހުންނެވެ. އިބްނު ތައިމިއްޔާ އެޖަމާއަތަށް ނަންދެއްވަނީ "ޚައިރުލްބަރިއްޔާ''ގެ މަތިވެރި ނަމުންނެވެ.


އިމާމް އިބްނު ތައިމިއްޔާގެ އަރިހުގައި އިންސާނުން ހަތަރު ގިންތިއަކަށް ބަހައިލެވިދާނެއެވެ. އޭގެތެރެއިން އެއްބަޔަކީ އެހެންމީހުން ތިމާގެ އަމުރުގެ ދަށުގައި ބައިތިއްބަން ބޭނުންވާ މީހުންނެވެ. މާތްﷲގެ ބިމުގައި ފަސާދައިގެ އޮށް އިންދާމީހުންނެވެ. މިގިންތިއަކީ އަނިޔާވެރި ރަސްރަސްކަލުންނާއި ފާސިދު އަމީރުންގެ ގިންތިއެވެ. މިގިންތީގެ މީހުންގެ މިސާލެއްކަމުގައި އެކަލޭގެފާނު ދައްކަވަނީ ފިރުޢައުނެވެ. އިމާމު އިބްނު ތައިމިއްޔާ ވިދާޅުވާގޮތުގައި އެފަދަ މީހުންނަކީ އެންމެ ނުބައި މަޚްލޫޤުންނެވެ.

ނޯޓް: މިލިޔުމަކީ "ފަންވަތުން" ނަގާފައިވާ ލިޔުމެކެވެ. އަޞްލު ލިޔުން ވިދާޅުވުމަށް މި ލިންކަށް ފިތާލައްވާށެވެ.


Read more...