Friday 20 November 2009

ރާއްޖޭގައި އެހެންދީންތަކަށް އުޅުމުގެ މިނިވަންކަން ދިނުން

ރާއްޖޭގައި އެހެންދީންތަކަށް އުޅުމުގެ މިނިވަންކަން ދިނުން
ލިޔުނީ: ޝެއިޚް އާދަމް ނަސީމް (ބީ.އޭ)
ﷲގެ އިސްމުފުޅުން ފަށަމެވެ.
އިސްލާމްދީނުގެ ނަމުގައި މަސްއަލާތަކާމެދު ވާހަކަދައްކާ ކަމުގައިވަނީނަމަ، ރިޢާޔަތް ކުރަންޖެހޭ އުޞޫލުތަކެއް ހުރެއެވެ. މިދެންނެވި އުޞޫލުތަކަކީ އިސްލާމްދީނުގެ ޙުކުމްތަކުގެ އަޞްލުތަކެވެ. އެއީ (1) ކީރިތި ޤުރުއާން (2) ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުއްނަތް (3) ދަންނަބޭކަލުންގެ އިޖްމާޢު (4) ޤިޔާސްކުރުން. މިއެވެ. މި އުޞޫލުތަކުގެ މައްޗަށް ބިނާކޮށްގެން މެނުވީ އިސްލާމްދީނުގެ އެއްވެސް ކަމަކާމެދު ވާހަކައެއް ނުދެއްކޭނެއެވެ. އެކަމަކީ އިންޓަރނޭޝަނަލް މަސްއަލާއެއް ކަމުގައި ވިޔަސް ވެހެވެ. އިސްލާމްދީނަކީ އިންޓަރނޭޝަނަލްދީނެވެ. މި މާތްދީނުގައި ކަނޑައެޅިފައިހުރި އުޞޫލުތަކާ އެއްގޮތަށް އެތައް ޤަރުނެއް ވަންދެން މުސްލިމުންވަނީ ދުނިޔޭގައި ވެރިކަން ކޮށްފައެވެ. ޢަދުލު އިންސާފު ޤާއިމުކޮށްދީފައެވެ. އިންސާނީ ޙައްޤުތައްވަނީ އެންމެ ދެރަ ނިކަމެތިންނަށްވެސް ހޯދައިދީފައެވެ. ޖާހިލުކަމުގެ އަދިރިކަމުން ހިދާޔަތުގެ އަލިކަމުގެ ތެރެއަށް މީސްތަކުން ނެރެދީފައެވެ. ސައެންސުގެ ރޮގުގައި ކުރިއަށް ދިޔުމުގެ ބިންގާ އަޅައިދީފައެވެ…. އަދިވެސް އެތައް އެތައް ރޮގެއްގައި އިންސާނިއްޔަތަށް އަލިމަގެއް ކޮށައިދީފައެވެ. އިސްލާމްދީނުގެ އިމުގެ ތެރޭގައެވެ. މިދެންނެވި އިމުގެ ތެރެއިން ބޭރުނުވެ، ތަރައްޤީގެ މަގުތައް ހޯދައިދީފައެވެ

ދެންފަހެ މިހާރު، ދިވެހިރާއްޖޭގައި ޑރ.ކަމާލީ ވިދާޅުވާ ކަމުގައިވެއެވެ. “އަޅުގަނޑު ދަންނަވާފައިވާނެ. އިސްލާމްދީން އެހެންދީންތަކަށް އުޅުން މަނާ ނުކުރާކަމަށް. އަދި ޤުރުއާނުގައިވެސް ދީނީ މިނިވަންކަން ލިއްބައިދިނުމަށް ބަޔާންކޮށްފައި ވާކަމަށް. މިގޮތުން ޤުރުއާނުގައި ސާފުކޮށް ބަޔާންކުރޭ “لاَ إِكْرَاهَ فِي الدِّينِ” އެއީ ޤުރުއާނުގެ ބަޤަރާ ސޫރަތުގެ 256 ވަނަ އާޔަތް.” (މިނިވަން: 01 ނޮވެމްބަރ 2007) ފަހެ ޤުރުއާނުގައިވެސް ދީނީ މިނިވަންކަން ލިއްބައިދިނުމަށް ބަޔާންކުރައްވާފައިވާ ކަމަށް ވިދާޅުވެ، ސޫރަތުލް ބަޤަރާގެ 256 ވަނަ އާޔަތް ވިދާޅުވާއިރު، އެވިދާޅުވާ ދީނީ މިނިވަންކަމާ މިއާޔަތާ ހުރި ގުޅުމަކީ ކޮބައިބާވައެވެ! އާޔަތްތައް ތަފްސީރު ކުރެވޭނީ ޙަދީޘުންނާއި، ތަފްސީރު ޢިލްމުވެރިންގެ ބަޔާންތަކުންނެވެ. އެއްވެސް މީހަކަށް އެމީހެއްގެ ޚިޔާލާ އެއްގޮތަށް ޤުރުއާނުގެ މާނަ ކުރުމަކީ ޙުއްދަކަމެއްނޫނެވެ. ކޮށްގެންވާނެ ކަމެއްނޫނެވެ. މިމޭރުމުން މިއާޔަތުގެ މާނައާމެދު ވިސްނާލަމާތޯއެވެ؟ މާނަ: ދީނާމެދު މަޖްބޫރު ކުރުމެއްނެތެވެ. (ގަދަދެއްކުމެއްނެތެވެ.) ހަމަކަށަވަރުން، މަގުފުރެދުމުގެ ތެރެއިން ހިދާޔަތުގެ ސާފު އަލިމަގު އެނގިފާޅުވެއްޖެއެވެ. ފަހެ ޝައިޠާނާއަށް ކާފިރުވެ، ﷲއަށް އީމާންވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެމީހާ އެންމެ އިތުބާރުހުރި އުޅައްގަނޑުގައި ހިފަހައްޓައިފިކަން ކަށަވަރެވެ. ބިންދައިގެން ދިޔުމެއް އެއަކަށް ނުވެއެވެ. ﷲއީ މޮޅަށް އައްސަވާ ވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.” (2/256) ތަފްސީރު ޢިލްމުވެރިން ވިދާޅުވަނީ އިސްލާމްދީނަށް ވެއްދުމަށް އެއްވެސްމީހަކު އެހެން މީހަކަށް މަޖްބޫރެއް ނުކުރެވޭނެ ކަމަށެވެ. އިސްލާމްވާށޭ، އިސްލާމް ނުވެއްޖެނަމަ ބޯކަނޑާލަމޭ ނުބުނެވޭނެ ކަމަށެވެ. އިސްލާމްދީން ފެތުރިގެން ދިޔައީވެސް ބާރުގެބޭނުންކޮށްގެނެއް ނޫނެވެ. ބާރުގެ ބޭނުން ކުރުމަކީ އެއީ ކްރިސްޓިޔަން ދީން ފެތުރުމަށް ކްރިސްޓިޔަނުން ބޭނުންކޮށްއުޅުނު އުސޫލެކެވެ. ގަދަބާރުން، ބިރުދައްކައިގެން ނަޞާރާދީނަށް ވެއްދުމެވެ. ދުނިޔޭގެ ތާރީޚުގެ ތެރެއިން ސެއިންޓް ޕޯލްއާ ހަމައަށް ހިންގަވާށެވެ. ދެން އެއަށްފަހު، މީލާދީން 325 (ތިންސަތޭކަ ފަންސަވީސް) ވަނައަހަރު، އެމްޕެރަރ ކޮންސްޓެންޓީން، ނިއޭސާ (NICEAE) ގައި ބޭއްވި ފާދިރީންގެ ކޮންފަރެންސުގައި ކަންހިގައިދިޔަ ތަނާއި، ތަފާތު ގޮސްޕަލްތަކުގެ ތެރެއިން ހަތަރު ގޮސްޕަލް ހުއްދަކުރައްވައި، އެހެންގޮސްޕަލްތައް އުވާލެއްވި ތަނާއި، މިހަތަރު ގޮސްޕަލް މީސްތަކުންގެ މައްޗަށް ހިންގަންފެށީ ހަރުކަށި އުސޫލުތަކެއް ބޭނުންކޮށްގެން ކަމާއި، މިކަންކަން ދުނިޔޭގެ ތާރީޚުފޮތް ފޮތުގައި ރިކޯޑުކުރެވިފައި އެބަހުއްޓެވެ. މިކަންކަންކޮށްފައިވަނީ ކަނޑީގެ ބާރުގެ ބޭނުންކޮށްގެންނާއި، ވެރިކަމުގެ ބާރުގެ ބޭނުންކޮށްގެންނާއި، މީސްތަކުންނަށް ބިރުދައްކައިގެންނެވެ.

އިސްލާމްދީނަށް ވެއްދުމުގައި މަޖުބޫރުކަމެއް ނޯންނަކަން އިސްވެދިޔަ އާޔަތުން ސާބިތުވެއެވެ. ފަހެ ހަނގުރާމަކުރަންޖެހިފައި ވަނީވެސް މަޖްބޫރު ޙާލަތްތަކުގައެވެ. ހަނގުރާމައިގެ މަގްޞަދަކީވެސް މީސްތަކުން އިސްލާމްދީނަށް ވެއްދުމަށް މަޖްބޫރު ކުރުމެއްނޫނެވެ. ﷲގެ ދީނުގެ މަގުގައި ހުރަސްއަޅާ އަނިޔާވެރި ވެރިންގެ ސަބަބުން ހަނގުރާމަކުރުން މަޖްބޫރުވަނީއެވެ. އެހިސާބަށް ކަންތައް ދަނީ ޞުލްޙަވެރި ގޮތުގައި އެތައްގިނަ މަރުޙަލާތަކެއް ހުރަސް ކުރުމަށް ފަހުގައެވެ. … މިއީވެސް ނުހަނު ދިގުވާހަކައަކަށްވާތީ ކުރުކޮށްލީއެވެ…

އިސްލާމްދީނަށް ވެއްދުމުގައި މަޖްބޫރުކަމެއް ނޯވެއެވެ. މަޖްބޫރު ކުރުމެއް ނޯވެއެވެ. ނަމަވެސް ދީނުގެ ތަރަހައިގެ ތެރެއަށް ވަނުމަށްފަހު، ދީނުގެ ޙުކުމްތައް އޭނާގެ މައްޗަށް ތަންފީޒުކުރަންޖެހެއެވެ. ދީނުން ބޭރުވެއްޖެނަމަ އޭނާގެ މައްޗަށް އޮންނަ ޙުކުމެއްވެސް އޮވެއެވެ. އަދި ޒިނޭކޮށްފި މީހާގެ މައްޗަށް ﷲ ޢުޤޫބާތެއް ކަޑައަޅުއްވާފައިވެއެވެ. އަދި މިނޫނަސް އެކިއެކި ޖަރީމާތަކަށް އަރައިގަންނަ މީހާއަށް އިސްލާމްދީނުގައި ޢުޤޫބާތް ކަނޑައަޅުއްވާފައިވެއެވެ. މިކަންކަން ތަންފީޒުކުރުމަކީ ޙާކިމާގެ ވާޖިބުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެހެންކަމުން މަޖްބޫރު ނުކުރެވެނީ ދީނަށް ވެއްދުމަށެވެ. އެކަމަކީ ބާރުގެ ބޭނުން ކޮށްގެން ކުރަންޖެހޭ ކަމެއްނޫނެވެ. މީގެމާނައަކީ އެހެންދީންތަކުގެ މީހުން މުސްލިމުންގެ މައްޗަށް ވެރިވެ، އެބައިމީހުންގެ ދީނުގެ ނުފޫޒު މުސްލިމުންގެ މައްޗަށް ގަދަކުރުމަށްޓަކައި ހަމަހިމޭނުން ތިބުމެއްވެސް ނުމެ ނޫންމެއެވެ. އެއްވެސް އަޞްޙާބުބޭކަލަކު، ނުވަތަ އެއްވެސް ޠާބިޢީ ބޭކަލަކު، ނުވަތަ އެއްވެސް އިމާމުވެރި ބޭކަލަކު މިއާޔަތުގެ މައްޗަށް ބިނާކުރައްވައިގެން ނުވަތަ ޤުރުއާނުގެ އެހެން އާޔަތެއްގެ މައްޗަށް ބިނާ ކުރައްވައިގެން ނުވަތަ ޙަދީޘެއްގެ މައްޗަށް ބިނާ ކުރައްވައިގެން އެހެންދީންތަކުގެ މީހުންނަށް ދީނީ މިނިވަންކަން ދިނުމުގެ މައްޗަކަށް ދަލީލެއް ދެއްކެވިކަމެއް ސާބިތެއްނުވެއެވެ. އެހެންދީންތަކުގެ “އޭޖެންޓުން” މިކަންކުރާންއުޅޭ ކަމުގައި ވިޔަސް ވެހެވެ. މީގެމާނައަކީ އެހެންދީންތަކުގެ މީހުންނަށް އިސްލާމްދީނުގައި މިނިވަންކަމުގެ އިމުގެތެރޭގައި ޙާލަތު ނިޔާކުރާ ގޮތުގެމަތިން މިނިވަންކަން ނޯންނަ ވާހަކައެއްނޫނެވެ. ނަމަވެސް އެކަންއޮންނާނީ ޙާލަތު ނިޔާކުރާ ގޮތުގެ މައްޗަށް ބިނާވެފައެވެ. މުސްލިމުންނަށް ޖިޒީދީގެން މުސްލިމުންގެ ދަށުގައިތިބޭ މީހުންނަށްވެސް އިސްލާމްދީނުގައި ކަނޑައެޅިފައިވާ އިމުގެ ތެރޭގައި ދީނީ މިނިވަންކަން އޮވެއެވެ. އެމީހުން އިސްލާމްވުމަށް މަޖްބޫރެއްވެސް ނުކުރެވޭނެއެވެ.

ޑރ.ކަމާލީ ވިދާޅުވާކަމުގައި 1.11.07 ވަނަދުވަހުގެ “މިނިވަން” ނޫހުގައި އަންނަނިވި ޢިބާރާތްތައް އޮވެއެވެ. “އެހެންދީންތަކެއް އައުމުން ރާއްޖޭގައި ހަމަނުޖެހުންތަކެއް ނުހިނގާނެ… މިކަމުގެ ބިރެއްނެތް މި ޢިބާރާތްތަކާމެދު ކޮންމެ ދިވެހި ދަރިއަކުމެ ވިސްނައިލާންޖެހޭ ކަމާމެދަކު ޝައްކެއްނެތެވެ. ފަހެ، ރާއްޖޭގައި މިއޮތް ޞުލްޙަ މަޞްލަޙަތުކަން އެތައްގިނަ ގަރުނެއްވަންދެން އޮތުމުގެ ސަބަބަކީ ރާއްޖޭގައި އޮތީ ހަމައެކަނި އިސްލާމްދީންކަމަށްވާތީއެވެ. އެހެންދީނެއްގެ ބަޔަކު ޤާނޫނީ ބާރު ލިބިގެން ރާއްޖޭގައި އުޅޭ ކަމުގައި ނުވާތީއެވެ. އެހެންދީން ދީނުގެ މީހުން ޤާނޫނީ ބާރު ލިބިގެން ރާއްޖެ އަތުވެއްޖެނަމަ ރާއްޖޭގައި ބައިބައިވުން އުފެދި ތަޅާފޮޅުން ނުހިނގާނެ ކަމުގެ ގެރެންޓީއަކީ ކޮބައިތޯއެވެ؟ އިންޑިޔާފަދަ ޤައުމުތަކުގައި ޤަދީމީ ޒަމާނުއްސުރެ މުސްލިމުންނާއި ހިންދީންގެ ގުޅުންހުރީ ކޮންފަދައަކުންތޯއެވެ؟ ޕާކިސްތާނު އުފައްދަން ޖެހުނީ ކީއްވެގެންތޯއެވެ؟ މިގަޑުބަޑުގެ ތެރޭގައި މަރައިލެވުނީ ކިތައްމިލިޔަން އިންސާނުންތޯއެވެ؟ ރާއްޖެފަދަ ކުޑަކުޑަ ޤައުމަކަށްބަލާއިރު، ޚާއްޞަކޮށް މިޒަމާނުގައި ހުރިހައި ނުބައިކަމަކާ، ޓެރަރިޒަމާ، ބޮޑެތި ޖަރީމާތައް މުސްލިމުންނަށް ނިސްބަތްކުރަމުންދާ ޒަމާނެއްގައި ޤާނޫނުގެ ބާރު ލިބިގެން އެހެންދީންތަކުގެ މީހުން ރާއްޖެ އަތުވެއްޖެނަމަ ދެން ވާނެގޮތަކާމެދު ވިސްނަންޖެހެއެވެ. ފައިސާއާއި ނުފޫޒާއި، އިންޓަރނޭޝަނަލް މުޢާހަދާތަކުގެ އެހީގައި މުސްލިމު ގައުމުތަކުގައި އެހެންދީންތަކުގެ ނުފޫޒު އެކިފަރާތްފަރާތުން ފަތުރަމުންދާ ޒަމާނެކެވެ. މުސްލިމުން ނިކަމެތިކޮށްލެވޭތޯ ފަރާތްފަރާތުން ތަފާތު މަސައްކަތް ކުރަމުންދާ ޒަމާނެކެވެ. މުސްލިމުންނަކީ ފަންޑަމެންޓަލިސްޓުން ކަމުގައި، ނުވަތަ ދީނުގެ ކަންކަމުގައި އެކްސްޓްރީމިސްޓުން ކަމުގައި ސިފަކުރެވެމުންދާ ޒަމާނެކެވެ. ޓެރަރިސްޓުންކަމުގައި ސިފަކުރެވެމުންދާ ޒަމާނެކެވެ. މިވާހަކަތައް ތިރީގައިމިވާ އިގިރޭސި ޢިބާރާތުގައި އެކުލެވިގެންވެއެވެ. މިއީ މިއަދު މުސްލިމުންނާމެދު މިއަދުގެ ދުނިޔެދެކޭ ގޮތެވެ.

“Muslim fundamentalism is fast becoming the chief threat to global peace and security as well as a cause of national and local disturbances through terrorism. It is akin to the menace posed by Nazism and facism in the 1930s and then by Communism in the 50s”.

(The New York Times/ International Herald Tribune 9/9/93)

Do you think this is true? And what is so called fundamentalism?

(މިލިޔުމަކީ މިނިވަން ނޫހުން ނަގާފައިވާ ލިޔުމެކެވެ.)

Read more...

Thursday 19 November 2009

ޖާރިޔާ ފެނުނު އިރު ހިއްލަތާއި އާޒިމާ އަދި ހިއުމަންރައިޓްސްގެ ދޮގުބޮނޑި ފަޅާއަރައިފި

ޖާރިޔާ ފެނުނު އިރު ހިއްލަތާއި އާޒިމާ އަދި ހިއުމަންރައިޓްސްގެ ދޮގުބޮނޑި ފަޅާއަރައިފި

ސަންގޯރު
ޖާރިޔާއޭ ކިޔައިގެން މީޑިޔާގައި މެދުނުކެނޑި، ސިޔާސީ މަޤްޞަދުތަކެއް ޙާޞިލްކުރުމަށްޓަކައި ފެތުރި ދޮގު ބޮނޑީގެ ޙަޤީޤަތް ފަޅާއެރި އިރު މަޝްހޫރު ފިރިހެން ކުޅި ބްލޮގަރ ހީލާތުގެ ހީލަތްތެރިކަން ހާމަވެ، ކުރީގެ އެޓަރނީ ޖެނެރަލް އާޒިމާ ޝަކޫރުގެ ދޮގުވެރި ދޫ ބޭޒާރުވެ، ރާއްޖޭގައި ހިއުމަން ރައިޓްސްއޭ، އިންސާނީ ޙައްޤުތަކޭ ކިޔައިގެން އެންމެ ފުޅާ ދާއިރާއެއްގައި އަނގަ އަރުވާ ހިއުމަން ރައިޓް ކޮމިޝަން ދިވެހި ރައްޔިތުންގެ ކުރިމަތީގައި ދުވަހަކުވެސް ނުވާފަދަ ފަޟީޙަތްވުމަކުން ފަޟީޙަތްވެ ބޭޒާރު ވެއްޖެއެވެ. މިފަހަރު އިސްލާމިކް މިނިސްޓްރީއާއި އެ މިނިސްޓްރީގެ ސްޓޭޓްމިނިސްޓަރ ޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އަދި މިނިސްޓަރ ޑޮކްޓަރ ޢަބްދުލް މަޖީދު ޢަބްދުލްބާރީމެންގެ ތެދުވެރިކަމާ އިޚްލާޞްތެރިކަން ރައްޔިތުންގެ ކުރިމަތީގައި ވަރަށް ރަނގަޅަށް ޘާބިތުވެގެން ހިނގައްޖެއެވެ.

މިކަމުގެ ޙަޤީޤަތް ހާމަވުމުން، މިހާރު ޖާރިޔާއިންނޭ ކިޔައިގެން މެދު ނުކެނޑި އަނގަތެޅި ސަދޫމު ކުޅި ހިއްލަތާއި އާޒިމާ ޝަކޫރާއި ހިއުމަން ރައިޓްސް ކޮމިޝަންގެ އަނގަ ޗޭވެ، ހުތްވެ، ބުނާނެ އެއްޗެއް މިހާރު ވަނީ ނޭނގިފައެވެ. އެހެންނާ ފަހެ ދެން ކިޔާނީވެސް ކީކޭ ހެއްޔެވެ؟ މިއޮތީ ކަމުގެ ޙަޤީޤަތް ދިމާއަށް ފެންނާށެވެ. މިއޮށް ހުރިހާ ދުވަހު ޖާރިޔާއޭ ކިޔައިގެން މީޑިޔާގައި ދޮގު ވާހަކަތައް ފަތުރާ މިއުޅުނު އެބުނާ ޖާރިޔާއަކީ މީހަކާ އިނދެގެން އުޅޭ އަންހެން ކުއްޖެކެވެ. އެކުއްޖާ ކައިވެނި ކުރީ އިންޑިޔާގައެވެ. އިންޑިޔާގައި ކައިވެނި ކޮށް، ދިވެހި ރާއްޖޭގައި ކައިވެނި ރަޖިސްޓަރީ ނުކޮށް ވަރަށް ގިނަ ދިވެހިން އުޅެއެވެ. އެ އެންމެންނަކީވެސް ޖާރިޔާއިން ކަމުގައި ވާނަމަ، މިހާރު ހާދަހާ ގިނަ ޖާރިޔާއިން މިރާއްޖޭގައި ތިބޭނެތާއެވެ. ސ އަތޮޅު މަރަދޫ ކަތީބު ފައިސަލް އުޅެނީ ކަތީބާ އަމީޒާއާ އިންޑިޔާގައި މިިކަހަލަ ކައިވެންޏެއް ކޮށްގެންނެވެ. އެހެންކަމަށް ވާނަމަ މި އަމީޒާއަކީވެސް ޖާރިޔާއެއް ނޫންބާއެވެ؟

އައިޖީއެމް އެޗަށް ތިޔަ ބުނާ ޖާރިޔާ ދެއްކި ޑޮކްޓަރ ރާއްޖޭގެ މީޑިޔާގެ އިންސާފެއް ނެތް ކަމާމެދު ހިތާމަކުރިއެވެ. އޭނާ ކިޔައިދިން ގޮތުގައި އޭގެ ދެތިން ދުވަސްފަހުން އުމުރުން 10 މަހުގެ އަަންހެން ކުއްޖަކު ޖިންސީ ގޯނާ ކޮށްގެން، އައިޖީއެމް އެޗަށް، ހަމަ އެޑޮކްޓަރަށް ދައްކާފައިވެއެވެ. އޭނާ ކިޔައިދިންގޮތުގައި އެ ކުއްޖާއަށްވަނީ "ވަރަށް ބޮޑުވަރު ކޮށްލާފައެެވެ". ބަލަ މިވާހަކަ ކަލޭމެން ނުލިޔަނީ ކީއްވެހެއްޔެވެ؟ މިއީ ހަމަ ޙަޤީޤަތެވެ. ތޯތޯ ވާހަކައެއް ނޫނެވެ. އެ ޑޮކްޓަރު ކުރެން އައްސަވާށެވެ. ނުވަތަ އައިޖީއެމްއެޗްގެ ރިކޯރޑްތައް ބައްލަވާށެވެ. ހިއުމަން ރައިޓްސް ކޮމިޝަންއެވެ؟ މިދެންނެވި ދިހަމަހުގެ ކުއްޖާގެ ރައިޓްސް ކޮބާތޯއެވެ. ކަލޭމެން ދިރުވާލީހެއްޔެވެ؟

ހިއުމަން ރައިޓްސް ކޮމިޝަންގެ ފެންވަރު ވަރަށް ރަނގަޅަށް މިއޮތީ ފެންނާށެވެ. ސަލީމްއާއި ޒާހިދުމެންގެ ފެންވަރުވެސް ރައްޔިތުންނަށް މިއޮތީ އެނގޭށެވެ. ގަދަ ހަދަ ހަދާފައި މާލޭގައި ޖާރިޔާ އެބަ ގެންގުޅެޔޭ ކިޔައި ދޮގު ހެދީއެވެ. ތިޔައީ ދޮގު ބޮނޑި ކޮމިޝަނެވެ. ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ، ޢިއްޒަތާއި އަބުރު ވެއްޔާ މޮޑެވި، އަމިއްލަ އެދުމުން ފޯވެފައިވާ ނަމެއްގައި އޮންނަ، ރައްޔިތުންގެ ފައިސާއިން ބޮޑު މުސާރަކާ ކޮމިޝަނެކެވެ. އެހެންނާ ފަހެ، މައުމޫނު ސަރުކާރުގެ ދުވަސްވަރު ރާއްޖޭގެ ޖަލެއްގައި އެއްވެސް ޙައްޤަކާ ނުލައި ހައްޔަރުކޮށް، ހަރުކަށިވެގެންވާ އަނިޔާކުރި، ޗައިނާގެ ރައްޔިތަކު އޭނާގެ މައްސަލަ ބަލައިދިނުމަށް ހިއުމަންރައިޓްސް ކޮމިޝަންގައި އެތައް ސަތޭކަ ފަހަރު އެދިފައިވާއިރުވެސް ތިޔަ ކޮމިޝަންވަނީ އެކަމަށް ނުކުޅެދިފައެވެ. ތިޔައީ ނަމެއްގައި ރައްޔިތުންގެ ލޮލުގައި އަނދުން އެޅުމަށްޓަކައި ހަދާފަ ހުންނަ ކޮރަޕްޓް ކޮމިޝަންތަކެވެ.

ރާއްޖޭގައި އެންމެ ޒިންމާދާރު ނޫސްވެރިކަމެއް ކުރާ ކަމަށް ދަޢުވާ ކުރާ ހަވީރު ނޫސް މިކަމުގައި ދިވެހިރައްޔިތުންގެ ކިބައިން މަޢާފަށް އެދެންޖެހޭނެއެވެ. ޖާރިޔާގެ ވާހަކަ މީޑިޔާގެ ސަމާލުކަމަށް ގެނައުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ، ހަވީރު ނޫހާއި ދަށުންދަމާ ކުޅޭ ހިއްލަތުގެ ބްލޮގެވެ. އަދިވެސް ތިޔަ ކުރަނީ ޒިންމާދާރު ނޫސްވެރިކަމެވެ. އެއްވެސް ކުށެއް ނެތް އިންސާނަކު ފަޟީޙަތްކުރީއެވެ. އަދި ކޮމެންޓެއް ދިނަސް އެއްކޮޅަށް ދޭ ކޮމެންޓް ނޫނީ ޝާއިޢު ނުކުރެއެވެ. އަޚްލާޤީ މިންގަނޑު ގެ ތެރެއިން ރިވެތިކޮށް ކަމުގެ ޙަޤީޤަތް ބަޔާންކޮށް ލިޔެފައިވާ އެތައް ކޮމެންޓެއް ހަވީރުގައި ނުޖަހާވެއެވެ. މިއީވެސް ޒިންމާދާރު ނޫސްވެރިކަމެވެ. ކޮމެންޓަތައް ޝާއިޢުކުރީމާ ވާގޮތަކީ އަމިއްލައަށް ބޭޒާރުވަނީއެވެ.

ފާޅުގައި ފިރިހެން ކުޅިއަށް ގޮވާ ހިއްލަތުމެންގެ ގޮވާލުންތައް މީޑިޔާގެ ބީރު ކަންފަތަކަށް ނީވެއެވެ. ހިއްލަތުގެ ފިރިހެން ކުޅި ބްލޮގްގެ މައްސަލާގައި ހިއުމަންރައިޓްސް ކޮމިޝަންގެ ކަންފަތަށްވަނީ ތިމަރަ އެޅިފައެވެ. ވާނީވެސް އެހެންތާއެވެ؟ ރައިޓްސް ބޮނޑިވަރު އޮންނަނީ ހަމަ އެކަނި ފިރިހެން ކުޅިންނާއި އަންގެން ކުޅިންނާއި، ކުށްވެރިންނާއި، މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި ވައްކަންކުރާ މީހުންނާއި މާރާމާރީ ހިންގާ މީހުންގެ އެކަންނެވެ.

ވިސްނާށެވެ. ޢިބުރަތް ޙާޞިލްކުރާށެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ދީނަށް ފުރައްސާރަކުރަން އުޅޭ ކޮންމެ ބަޔަކަށް ލިބޭނީ ތިޔަކަހަލަ ލަނޑެވެ. ފަޟީޙަތްވާނީއެވެ. ބޭޒާރު ވާނީއެވެ. ދެންވެސް އަނގަ މަޑުންލައިގެން ތިބޭށެވެ. ތައުބާ ވާށެވެ. ﷲ ގެ ދީނަށް ފުރައްސާރަކުރުން ހުއްޓާލާށެވެ. ކަންކަމުގައި ޙަޤީޤަތް ނުބަލާ މީހަކު އެއްޗެކޭ ބުނާއިރަށް، ތިމާ ވަރުގެ މީހެއް ނެތިގެން، އެހެން މީހުންގެ އެޓެންޝަން ހޯދުމަށްޓަކައި ދޮގުވާހަކަ ފަތުރާ ނުހަދާށެވެ.

Read more...

Monday 16 November 2009

"މިނިވަން ނިއުސް" ވެބްސައިޓްގެ އެޑިޓަރ މަރިޔަމް އޮމައިދީ ޑީޕޯޓްކުރުމަށް ގޮވާލައިފި

"މިނިވަން ނިއުސް" ވެބްސައިޓްގެ އެޑިޓަރ މަރިޔަމް އޮމައިދީ ޑީޕޯޓްކުރުމަށް ގޮވާލައިފި

ޙާމިދު - ހާމަނޫސް
ރާއްޖޭގައި އިސްލާމްދީނާއި ތަޢާރުޟުވާ ލާދިނީ ހަރަކާތްތަކަށް ހިތްވަރުދޭ ލިޔުންތަކެއް ރާއްޖޭގެ ޚަބަރުތައްގެނެސްދޭ އޮންލައިން ނޫހެއްކަމަށްވާ "މިނިވަން ނިއުސް" ވެބްސައިޓްގެ އެޑިޓަރ މަރިޔަމް އޮމައިދީ ލިޔަމުންދާކަމަށް ތުހުމަތުކޮށް، އޭނާއާއި ދެކޮޅަށް ފިޔަވަޅުއެޅުމަށް ރާއްޖޭގެ އަމިއްލަ ޖަމްއިއްޔާއަކުން އަނެއްކާވެސް ސަރުކާރަށް ގޮވާލައިފިއެވެ.

ދަރުބާރުގޭ ފަންސަވީހުގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި "އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް" ނަމަކަށްކިޔާ މިޖަމާއަތުން ސަރުކާރަށް ގޮވާލީ، މިލިޔުންތެރިޔާ ރާއްޖެއިން ޑިޕޯޓްކުރުމަށެވެ. މީގެކުރިންވެސް އިސްލާމްދީނުގައި ކަނޑައެޅިފައިވާ ހައްދުޖެހުމުގެ ހުކުމާއިދެކޮޅަށް އޭނާ ލިޔެފައިވާ ލިޔުމަކާއިގުޅިގެން އޭނާ ޑިޕޯޓްކުރުމަށް ގޮވާލައި މާލޭގައި މުޒާހަރާއެއް ކޮށްފައިވެއެވެ.

އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްއިން ތުހުމަތުކުރަނީ، އެއްޖިންސުން ގުޅުން ހިންގުމަށް ބާރުއަޅާ ލިޔުންތައް އޭނާގެ އެޑިޓަރުކަމުގެ ދަށުގައި މިނިވަން ނިއުސް ވެބްސައިޓްގައި ޝާއިއު ކުރަމުންދާކަމަށެވެ.

"މިނިވަން ނިއުސް" ވެބްސައިޓްގެ އެޑިޓަރ މަރިޔަމް އޮމައިދީ އާއިމެދު ފިޔަވަޅު އެޅުމަށްޓަކައި ފުލުހުންނާއި އަދި ކަމާއިގުޅޭ ދާއިރާތަކަށް ހުށައަޅާފައިވާނެކަމަށާއި، ފުލުހުންގެ ޖަވާބެއް ލިބުމުން އިމިގްރޭޝަނަށް މިމައްސަލަ ހުށައަޅާނެކަމަށްވެސް އެޖަމްއިއްޔާގެ އިސް ތަރުޖަމާނު އަހުމަދު ޝާއިން މިއަދު ވިދާޅުވިއެވެ.

Read more...

Tuesday 10 November 2009

ޖާރިޔާ ޖާރިޔާ ޖާރިޔާ

ޖާރިޔާ ޖާރިޔާ ޖާރިޔާ
އިބްނު ޢަލީ
މިހާރަކަށް އައިސް އެންމެގިނައިންއިވޭ އެއްއަޑަކީ ދިވެހިރާއްޖޭގައި ޖާރިޔާއިން ގެންގުޅޭ ވާހަކަ ދައްކާ އަޑެވެ. މިހާވަރަށް މިވާހަކަ ދެކެވެނީ ފަހަރެއްގައިވެސް އަންހެންކުއްޖަކު އަޅުވެތިކޮށްގެން ގެންގުޅޭތީ އެއްނޫނެވެ. މިކަންކުރާކަމަށް މިވާހަކައިގައި ކިޔަނީ ދިނީގޮތުން ވަކިފިކުރެއް ގެންގުޅޭ ބައެއްކަމަށް ވީތީއެވެ. މިވާހަކަ މުޖުތަމައު ތެރޭގައި ފަތުރަން އެންމެގަދައަށް ފޫގަޅައިގެން އުޅޭތީ ފެންނަނީ އިސްލާމްދީނަށް ފުރައްސާރަކުރާ މީހުންނެވެ. ހިއްލަތު ރަޝީދު، މާޅޮހު ނަސީރު އަދި ހިއުމަންރައިޓްސް ކޮމިޝަންގެ އިތުރުން އާޒިމާ ފަދަ މީސްމީހުނެވެ.

މީގެ އެންމެ ހެއްވާކަމަކީ މިޖާރިޔާ އަކާއިބެހޭ އެއްވެސް މައުލޫމާތެއްދޭކަށް މީންއެކަކަށްވެސް ނުކެރެއެވެ. އެވެނިމީހާ ކައިރީ މިވެނިމީހާބުއްޏޯލައެވެ. އެވެނި ހޮސްޕިޓަލަކަށް ގެންދިޔަޔޯލައެވެ. މިވާހަކަ ދައްކާމީހުންގެ މަޤްސަދަކީ ފަހަރެއްގައިވެސް މުޖުތަމައުތެރޭގައި ނުބައިކަމެއްހިގާތީ ކަންބޮޑުވެގެނެއްނޫނެވެ. އެހެންނަމަ ދައްކާނެ ސާބިތުހެކިހުރި ބައިވަރު ކަންތައް އެބައޮތެވެ. 18 އަހަރުންދަށުގެ 85 ވަރަކަށް އަންހެނުން ބަލިވެއިންތޯ ބެލުމަށް އަޖިއެމްއެޗްގައި ޓެސްޓްހެދިވާހަކަ އެއީ އެހޮސްޕިޓަލުން ޔަޤީން ކޮށްދޭ ކަމެކެވެ. އެކަމަކު މިމީހުނަކަށް އެއީ މަސްއަލައަކަށް ނުވެއެވެ. ދާދިފަހުން މާލޭގައި ޒުވާނަކު ރަހީނުކޮށްގެން އެތައްއަނިޔާއެއް ކުރުމަށްފަހު އެތައްހާސް ރުފިޔާއެއް ފޭރިގަތްކަން އެއީ ފުލުހުން ޔަޤީން ކޮދީފައިހުރި ކަންތަކެވެ. ކަޓަރުއެޅުމާއި ފޭރުން އެއީ ކޮންމެދުވަހަކު ހިގާކަންތައްތައްކަމަށް ހުރިހާ ދިވެހިން ހެކިވާނެއެވެ. ބަލިވެއިނުމުގެ ސަބަބުން ދަރިވައްޓާލަނީ ކިތައްއަންހެނުންތޯ ބަލަން އިންޑިއާ ސިލޯނުގައި ސާވޭއެއް ކުރަންވީނޫންހެއްޔެވެ. ވައްކަމާއި ފެރުން މިޤައުމުގައި ނެތީހެއްޔެވެ. މިހިރަކަންތައްތަކަކީ އިންސާނީހައްޤުތަކާއި ގުޅުންހުރި ކަންތަކަށް ނުވަނީހެއްޔެވެ. އިސްލާމްދީނުގައި މިކަންތައް ހުއްދައީހެއްޔެވެ. މިވާހަކަ ދައްކަން ނުވަތަ ލިޔަން ނޭގުނީބާވައޭ ހިތަށްއަރައެވެ. ބަލަތިޔަ ޖާރިޔާއެއް ގެންގުޅޭކަން ޔަޤީންވާއިރު އެކަންސާބިތުކޮށްދޭން ފަސްޖެހެނީ އެކަންކުރުވަނީ ތިޔަބައިމީހުންކަމަށް ވެގެންހެއްޔެވެ. ނުވަތަ އެކަމަށް ދެވޭތަރުހީބެއްގެ ބޮޑުކަމުން ބާވައެވެ. ބަލަ ކިތައްމެގިނައިން ތިޔަވާހަކަ ދެއްކިއަސް އެކަމުން އިސްލާމްދީނަށް އެއްވެސް އުނިކަމެއް ތިޔަބައިމީހުނަށް ނުދެވޭނެއެވެ. ހަނދާ ދިމާއަށް ކިސަޑުއުކީމައި އެކިސަޑުއައިސް ޖެހޭނީ އެންމެފަހުން ތިމާގެ މޫނުގައިކަންވެސް ނުވިސްނެނީ ހެއްޔެވެ.

ހިއުމަންރައިޓްސް ކޮމިޝަނުގެ ވެރިންނާއި އަދިވެސް މާލޭގައި ޖާރިޔާއެއް ގެންގުޅޭކަން އެގޭކަމަށް ބުނާމީހުން ބަންދުކޮށްގެން ނަމަވެސް އެކަމުގެ ހަޤީގަތް ހޯދައި އެކުއްޖާ މިނިވަންކޮށް އަދި އެކަންކުރިމީހަކު ނުވަތަ ބަޔަކު ޝަރީއަތަށް ހާޒިރު ކޮށްދިނުމަށް ދިވެހި ފުލުހުންނަށް އިލްތިމާސް ކުރަމެވެ. އަދި މިކަންސާބިތު ކޮށްދިނުކުގައި މިމީސްމީހުން ނުކުޅެދިއްޖެނަމަ މުޖުތަމަޢުގައި މިފަދަ ނުބައިވާހަކައެއް ފެތުރީތީވެ މިބައިމީހުންގެ މައްޗަށް ޝަރީޢަތް ކުރުމަށްވެސް ގޮވައިލަމެވެ.

Read more...

Monday 9 November 2009

ލޯ" ކަނީ ކޮންބައެއްކަން ދަންނާށެވެ!!!

"ލޯ" ކަނީ ކޮންބައެއްކަން ދަންނާށެވެ!!!
އަބޫ ޢަބްދުއްރަޙްމާން

އިސްލާމިކް މިނިސްޓްރީއާއި އަދާލަތުގެ "ކަނުލޯ") މި މަޢުޟޫގެ ދަށުން "މަނަދޫ ލައިވްގައި" ލިޔެފައިވާ ލިޔުމަށް ކުޑަކުޑަ އެއްޗެއް ދަންނަވާލާނަމެވެ. ތިޔަ ވިދާޅުވަނީ "މިހާރުގެ ރައީސް ޙައްޤުގެ މަގުގައި ހުންނެވިކަމަށް ހީފުޅުވެ، އަދާލަތާއި އިސްލާމިކް މިނިސްޓްރީގެ ބޭފުޅުން "ދީވާނާ" ވެފައި ވާހެން ހީވާތީއެވެ." ބަލަ ލިޔުންތެރިޔާ ތިޔަ ސުވާލުކުރައްވަނީ ހަމަ ހޭގައި ހުރެގެންތޯއެވެ؟ ތިބާއަށް ހީވާ ހީވުމަށްވެސް މިހާރު "މުޑި" ނަންގަންފެށީތޯއެވެ؟

އަދާލަތާއި އިސްލާމިކް މިނިސްޓްރީގެ ބޭފުޅުން ސަރުކާރުން ދައްކާހާ ވާހަކައަކަށް ބޯޖަހަމުން، ޖަހާހާ ބެރަކަށް ނަށަމުން ދާ ކަމުގެ ހެއްކަކީ ކޮބައިހެއްޔެވެ؟ ބަލަ އެމީހުން ކުރާ ރަނގަޅު ކަމަކަށް އެއްބާރުލުންދިނުމަކީ ޖަހާހާ ބެރަކަށް ނެށުންތޯއެވެ؟ އެހެންވިއްޔާ ދުނިޔޭގެ އެންމެންވެސް ނަށަނީއެވެ. ބަލަ ފާޅުގައްޔާއި ސިއްރުގައި ސަރުކާރަށް ފާޑުކިޔައި ނަޞޭޙަތްތެރިވަމުންދާތަން ނުފެންނަނީ ތޯ؟ ލިޔުމެއް ލިޔުމުގެ ކުރިން އިސްލާމިކް މިނިސްޓްރީއާއި ޢަދާލަތުން މައުލޫމާތު ސާފުކޮށްލިނަމަ ރަނގަޅުވީހެވެ. އޭރުން ކަނުލޯތަކަށް ފެންނަފެނުން ކަންފަތަށް އަޑުއިވުނީމާ ތަންކޮޅެއް ބޮޑަށް ދޭހަވާނެއެވެ.

ދެން ތިޔަ ބުނަނީ ރައީސް ނަޝީދު ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި ވިދާޅުވީ "ތިމަންނާގެ ހުރި ނުލަފާކަން ދައްކާލާނަމެވެ." ބަލަ މިވާޙަކައަށް ޢަދާލަތު ޕާޓީން ވަނީ ރައީސް ނަޝީދަށް ރައްދުދީފައެވެ. ތިބާގެ ދެލޯ ތަންކޮޅެއް ބޮޑަށް ހުޅުވައިފައި ބެލިނަމަ ފެނުނީހެވެ. ގަނޑުގެ އެއްފަރާތް ބެލީމާ ވީ ގޮތެވެ. ދެފަރާތްވެސް ކީނަމަ ފުރިހަމަ އަށް މޭރުންވާނެއެވެ.

އަދުގެ ސަރުކާރުން އިޒްރޭލާއި ގުޅުން ޤާއިމުކުރަން މަސައްކަތް ކުރީމާ އެންމެ ގަދައަށް އެކަމާ ދެކޮޅަށް ވަކާލާތު ކުރީ ތިޔަ ބުނާ ޖަހާހާ ބެރަކަށް ނަށާ ޢަދާލަތު ޕާޓީއެވެ. އެކަން ނުކުރުމަށް އެދި ރައީސަށް ސިޓީ ފޮނުވާ ނޫސްބަޔާން ނެރުނީ ތިޔަ ބުނާ ނަށާ ގުރޫޕެވެ. މިފަހަރު ނަށާތަން ތި ފެނުނީ އެހެން ފޮތަކުން ބެލީމައެވެ. ރަނގަޅުފޮތުން ބެލިނަމަ ފެންނާނީ އެހެން އެއްޗެއްކަން ޔަގީނެވެ. ބަލަ ރައީސް ނަޝީދު ގެ އިގްތިޞާދި ސިޔާސަތަށް ތާޢްރީފު ކުރުމަކީ މައްސަލައެއް ނޫނެވެ. ކަމެއް ރަނަގަޅަށް ކުރަންޏާ އެކަމެއް އެގޮތަށް ގެންދާށޭ ބުނުން މައްސަލައަކަށް ވަންޏާ ދެންޖެހޭނީ ކޮންމެވެސް އެހެން އެއްޗެކޭ ބުނާށެވެ. ނަމަވެސް .... އެއީ ދިވެހިރާއްޖޭގެ އިގްތިޞާދު ރަނގަޅުވީމާ ފައިދާވަނީ ޢަދާލަތާއި އިސްލާމިކް މިނިސްޓްރީއަކަށް ނޫނެވެ. ޤައުމު މިވަނީ އިގްތިޞާދީ އަދި އިޖްތިމާޢީ އަނދަވަޅަކަށް ވެއްޓިފައެވެ. މިފަދަ ދަނޑިވަޅެއްގައި ޤައުމުގެ އިގްތިޞާދު ނަގާ ކޮޅަށް ޖެހުމަށް ހިތްވަރުދިނުންވެސް ތިވަނީ މިހާރު ކަމުދާ ކަމަކަށް ނުވެފައެވެ.

ރައީސް ނަޝީދު ގެ ކަންތައްތަކަށް ފަރުވާލެއް ނުބަހައްޓާއިރު ރައީސް ނަޝީދުގެ އަރިހުގައާއި އެހެނިހެން ޕޯޑިއަމް ތަކުގައި އެންމެ ގިނައިން ސަރުކާރަށް ފާޑުކިޔާފާވާ ބަޔަކަށް ޢަދާލުވާނެއެވެ.

ކަސްޓަމްސް އިން ރާއްޖެ ވަންނަ އެއްޗެތި މަނާކޮށް ބަލަހައްޓާ ބަޔަކީ ޢަދާލަތާއި އިސްލާމިކް މިނިސްޓްރީއެއް ނޫނެވެ. ދިވެހިރާއްޖޭގެ ޤާނޫނު ހުއްދަނުކުރާ ތަކެތި ރާއްޖެ އެތެރެކުރުން ހުއްޓުވާނީ ރާއްޖޭގެ ކަސްޓަމްސްއިންނެވެ. މިނިސްޓްރީ އާ ހިސާބަށް އަންނާނީ މަޝްވަރާއަކަށް ބޭނުންވެއްޖެ ހިނދެއްގައެވެ. ނުވަތަ ދީނީގޮތުން ކަމެއް އޮތްގޮތް އޮޅުންފިލުވަން ވެއްޖެނަމައެވެ. ނުވަތަ އެތެރެ ކުރި ފޮތަކީ ޞައްޙަ ފޮތެއްކަން ބެލުމަށެވެ. މިކަމުގައިވެސް ވަކި އުޞޫލުތަކެއް ވެއެވެ. ވީމާ މައުލޫމާތު ސާފުކޮށްލުން މުހިއްމުވެ'،. ރާއްޖޭގެ ހުރިހާ ޕޯޓުތަކުގައި ތިބެނީ މިނސްޓްރީގެ ޝެއިޚުންތޯ ނުވަތަ ކަސްޓަމްސް އޮފިސަރުންތޯ ޗެކްކޮށްލާށެވެ.

ނަޞޭޙަތްދީގެން ރަނގަޅުވާހާ ދުވަސް ވެއްޖެޔޭ ބުނާއިރު އޭގެ ތެރެއިން ވިސްނުނީ ކިތައް މީހުންނަށް ކަމެއް އެނގިފައިނެތް ދޯވެ؟ ތިބާ ހަމައެކަނި ހިމަންދޫއަށް ދިޔަނަމަ އެނގުނީހެވެ. ދެން މާލޭގައި ހުކުރުކުރުން ހުއްޓުވޭނީ އެކަމަށް އެކަށޭނެ ގާނޫނެއް ނުވަތަ ޤަވައިދެއް އޮވެގެންނެވެ. ތިޔަފަ މީހުން މަޖިލީހާާށް ހޮވާފައި ތިއްބެވި މެމްބަރުންނަށް އަދި ކުއްލި މައްސަލަތައް ހުރި ގޮތުން އެކަހަލަ ކަމެއް ނުވެގެން އެއުޅުއްވަނީ.. ވީމާ ކެއްކޮށްލާށެވެ. މިނިސްޓްރީން އަންގާނީ ކަމާ ބެހޭ ފަރާތްތަކަށެވެ. މިސްކިތައްގޮސް ޚިލާފުވާ މީހުންގެ "ލަކުގައި" ހިފައި ބޭލުމަކީ މިނިސްޓްރީގެ މަސައްކަތެއް ނޫނެވެ.

ދެން ބޮމްބޭގެ ހަމަލާގެ ވާހަކަ ދައްކާއިރު.. ދުނިޔޭގެ މީޑިޔާއަކަށް ރައީސް އެހެން ވިދާލުވުން އެއީ އެޅި ޅައެއްޗެކެވެ. ރާއްޖޭގައި ހަރުކަށި ފިކުރުގެ މީހުން އެބަތިއްބެވެ. ސަލްޓަންޕާކުގެ ބޮމުގެ ހަމަލާއިންވެސް އެކަން އެނގެއެވެ. ހަމަޔަގީނުންވެސް އެއީ ރަނގަޅުކަމެއްނޫނެވެ. "ޓެރަރިސްޓެއް" އެހެން "ރިސްޓެއް" ނޭނގެއެވެ. ކޮންމެ ނަމެއް ކިޔަސް ތިކިޔާ ބަޔަކު އެބަތިއްބެވެ. މުޅި ދުނިޔޭގއަި އޫރު ރޯގާ އޮތް ހެން މުޅި އިސްލާމީ އުއްމަތުގައި އުފެދިފައި އޮތް ރޯގާ ރާއްޖޭގައިވެސް އޮތުމަކީ އެކަށީގެންވާ ކަމެކެވެ.

އަދާލަތާއި މިނިސްޓރީން ޒާތީ ހަސަދައެއް ގެންގުޅޭކަން އެނގުނީ އެމީހުންގެ ހިތްފަޅާފަ ބެލީމަހެއްޔެވެ؟ ނުވަތަ ކަން ހިނގާ ގޮތުގެ ވާހަކަ ދެއްކީމަހެއްޔެވެ.؟ އެމީހުންގެ ވަނީ ކަނު ލޮލެކޭ ބުނާނެ ޖާގައެއް ނެތެވެ. އެއްފަރާތުން ކިޔާ އެއްޗަކަށް ލިޔުން ބައްޓަން ކުރީމަ ވާނެ އެތި ތިހުރީ ވެފައެވެ. ދެފަރާތް ހޯދާ ބަލައިލިނަމަ މަގު ހުރަސްކުރަންވެސް ފަސޭހަވީހެވެ. އެހެންނަމަވެސް ހަމަ ރަނގަޅަށް ތިހުރީ ނޫ ބޮކީގައި ޖެހިފައެވެ. ރީނދޫ ބޮކީގަވެސް ޖެހިލާފަ ދިޔަނަމަ ރަނގަޅުވީހެވެ.

އިސްލާމްދީނާއި ދިވެހި މުޖުތަމަޢު ހިޔާމާޔަތް ކުރުމަކީ ހަމަ އެކަނި ޢަދާލަތުގެ ކަމެއްކަމަށް ދެކިވަޑައިގަންނަވަންޏާ ތިޔަހުރީ ކަސިޔާރުވެފައެވެ. ތިބާގެ ބޮލުގައިވެސް އެޅިފައިވާ މަސްއޫލިއްޔަތު ތަކެއް ވާކަން ދެނެހުރުން މުޙިއްމެވެ. ނަން މުސްލިމުވެފަ ކަން ގެސްޓުވީމާ ލިޔެވޭނީ ތިކަހަލަ އެއްޗިއްސެވެ. ދީނަށް ގޮވާލާ އެދީނަށް އުޅެމުންދާ މީހުންނަށް ކުރެވޭނީ ފުރައްސާރައެވެ

Read more...

Saturday 7 November 2009

ޖޯރޭގެ ސިޔާސީކޮޓަރި... ހިއުމަން ރައިޓްސްގެ ރާޑަރަށް އަރައި، އިސްލާމިކް މިނިސްޓްރީގެ ރާޑަރަށް ނޭރި "ޖާރިޔާ" އަކީ ކާކު؟

ޖޯރޭގެ ސިޔާސީކޮޓަރި... ހިއުމަން ރައިޓްސްގެ ރާޑަރަށް އަރައި، އިސްލާމިކް މިނިސްޓްރީގެ ރާޑަރަށް ނޭރި "ޖާރިޔާ" އަކީ ކާކު؟
މިއަދުނޫސް - ޖައުފަރު ރަޝީދު
އަޅުގަނޑުމެން ތިބޭފުޅުންނަށް ކަށަވަރުކޮށް ޔަގީންކަމާއެކު ދަންނަވަން ބޭނުންވަނީ ހިއުމަން ރައިޓްސް ކޮމިޝަނަށް މިހާރު ކަށަވަރޭ، ޔަގީނޭ، އެއީ ހިނގާފައި އޮތް ކަމެކޭ. ޖާރިއާއެއްގެ ނަމުގައި 18 އަހަރުން ދަށުގެ ކުއްޖަކު އައިޖީއެމްއެޗް ހޮސްޕިޓަލަށް ގޮސް އައިޖީއެމްއެޗު ހޮސްޕިޓަލުގައި އޭނަ ބަލިވެ އިންތޯ ބެލުމަށް އައިޖީއެމްއެޗު ހޮސްޕިޓަލުން ޓެސްޓުވެސް ވަނީ ހަދާފައި. އެޓެސްޓު ޕޮޒިޓިވް ވެސްވި" މިއީ މިމަހުގެ 4 ވަނަ ދުވަހު ދަރުބާރުގޭ ފަންސަވީސް މާލަމުގައި އޮތް ނިއުސްކޮންފަރެންސެއްގައި ހިއުމަންރައިޓްސް ކޮމިޝަނުގެ ނައިބް ރައީސް އަޙްމަދު ޒާހިދު ވިދާޅުވި ވާހަކަފުޅެކެވެ.

ޓީވީމޯލްޑިވްސްއިން ވަގުތުން ދައްކަމުންދިޔަ އެނިއުސްކޮންފަރެންސްގައި ޒާހިދު ވިދާޅުވީ ރާއްޖޭގައި " ޖާރިޔާއެއް" އުޅޭކަމަށް ދެކެވޭ ވާހަކައަކީ " ތޯތޯ" ވާހަކައެއް ނޫން ކަމަށެވެ. އަމިއްލަ މީހަކު ހިންގާ ބްލޮގެއްގައި އެވާހަކަ ޖަހައިގެން މީހުންގެ ސަމާލުކަމަށް އައުމުން ހިއުމަން ރައިޓްސް ކޮމިޝަނުން އެކަން ބެއްލެވުމަށް ފަހު އެކޮމިޝަނުގެ ނައިބް ރައީސް ވިދާޅުވެފައި ވަނީ " ޖާރިޔާއެއްގެ ނަމުގައި" އައިޖީއެމްއެޗަށް ގޮސް 18 އަހަރު ނުވާ އަންހެން ކުއްޖަކު ބަނޑުބޮޑުތޯ ޓެސްޓު ހެދިކަމަށެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން މިވާހަކަ ގައުމީ ފެންވަރުގައި ބޮޑު މައްސަލައަކަށް ހަދައިގެން ވާހަކަ ދައްކަމުންދާއިރު އިސްލާމިކް މިނިސްޓްރީން ބުނަމުންދަނީ އެވާހަކަ ދެކެވޭތީ އެމިނިސްޓްރީންވެސް ވަރަށްބޮޑަށް އެކަމުގެ ހަގީގަތް ހޯދުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އިސްލާމިކް މިނިސްޓްރީގެ އެއްވެސް ރާޑަރަކަށް ހިއުމަން ރައިޓްސްއިން އެބުނާ ކަހަލަ ޖާރިޔާއެއް އަރާފައި ނެތް ކަމަށް އެމިނިސްޓްރީން ބުނެއެވެ. ނަމަވެސް ހިއުމަން ރައިޓްސްގެ ރާޑަރަށް އެބުނާ ޖާރިޔާއަކު އެބައަރައެވެ. އެހެންވެ މިހާރު އެބުނާ ޖާރިޔާވެސް މިވަނީ "ސިޔާސީ ޖާރިޔާ" އަކަށް ބަދަލުވެފައެވެ. ސިޔާސީ ވެއްޓަކަށް ޖާރިޔާ އައުމުން މިއަދު " ޖާރިޔާ" ވަރަށް މަޝްހޫރު ވެއްޖެއެވެ. ނަމަވެސް އެބުނާ " ޖާރިޔާ" އަތުގައި ޖެހުނު ކަމަކަށް ނުވެއެވެ. އައިޖީއެމްއެޗަށް " ޖާރިޔާ" ދިޔަކަމަށް ބުނެއެވެ. ޑޮކްޓަރަށްވެސް " ޖާރިޔާ" ދެއްކި ކަމަށް ބުނެއެވެ. އަދި އެކުއްޖާ ގޮވައިގެންދިޔަ އަންހެން މީހާ ކައިރީގައި އެއީ ކާކުތޯ ޑޮކްޓަރު ސުވާލު ކުރުމުން އެއީ " ޖާރިޔާ" ކަމުގައި އެއަންހެން މީހާ ބުނި ކަމަށްވެސް އެބަކިޔައެވެ. ނަމަވެސް " ޖާރިޔާ" އުޅެނީ ކޮންގެޔަކު ކަމެއް އަދި އެއީ ކާކުކަމެއް އަދިވެސް އެއްވެސް ފަރާތަކަށް ބުނެއެއް ނުދެވެއެވެ. ހިއުމަން ރައިޓްސްއިން އެބުނާ ކަހަލަ " ޖާރިޔާއެއް" ރާއްޖޭގައި އުޅެންޏާ އެއީ ދީނީ ފިކުރަކުން ބެލިޔަސް މައްސަލައެއް ކަމަށް ދަންނަބޭކަލުން ވިދާޅުވާތީ އަޑު އެހީމެވެ. އެހެންވެ ދަންނަބޭކަލުންވެސް އެއީ ސީރިއަސް މައްސަލައަކަށް ނުބަލައި ދޫކޮށްލާނެއެކޭ އަޅުގަނޑުގެ ހިތެއް ނުބުނެއެވެ. އިސްލާމިކް މިނިސްޓްރީގައި ދަންނަބޭކަލުން އެބަތިއްބެވިއެވެ. ހިއުމަން ރައިޓްސްއިން އެބުނާ ކަހަލަ " ޖާރިޔާ" އެއް ގެންގުޅުމަކީ ދީނީ ގޮތުން ހުއްދަ ކުރެވޭނެ ކަމެއް ނޫން ކަމަށް އެމިނިސްޓްރީގައި ތިއްބެވި ދަންނަ ބޭކަލުން އަޅުގަނޑު ކައިރީގައިވެސް ވިދާޅުވިއެވެ.

އެހެންކަމުން ސުވާލަކީ ރާއްޖޭގައި އުޅެނީ ކޮންކަހަލަ ޖާރިޔާއެއްތޯއެވެ؟ އަޅުގަނޑުވެސް އެއްބަހެވެ. ރާއްޖޭގައި " ޖާރިޔާއެއް" އުޅެފާނެއެވެ. އެހެން މިދެންނެވީ ސައްދާމް ޙުސައިން މަރުވި ފަހުންވެސް ރާއްޖެއިން "ސައްދާމް ޙުސައިން" އަޅުގަނޑު ދެކެފައިވާތީއެވެ. އެހެންވީމާ ރާއްޖޭގައި " އުސާމާ ބިންލާދިން" ވެސް ނޫޅޭނެކޭ އަޅުގަނޑެއް ނުބުނާނަމެވެ. ފަހަރުގައި އެނަން ކިޔާ މީހަކުވެސް ރާއްޖޭގައި އުޅުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އައިޖީއެމްއެޗަށް އެނަން ކިޔާ މީހަކު ގޮސް ޑޮކްޓަރަށް ދެއްކުމުން " އުސާމާ ބިންލާދީން ރާއްޖޭގައި އެބައުޅެއޭ" ކިޔަންޖެހޭނީ ތަންކޮޅެއް ބަލާލައިގެން ކަމަށް އަޅުގަނޑު ގަބޫލު ކުރަމެވެ.

އަޅުގަނޑު ދަންނަވަން މިއުޅޭ އެއްޗެއް ނުބުންޏަސް މިހާރު އެނގޭނެކަން ޔަގީނެވެ. ނަމަވެސް ހިއުމަންރައިޓްސްއިން އެބުނާ ކަހަލަ " ޖާރިޔާއެއް" ރާއްޖޭގައި ނޫޅެއެކޭ އަޅުގަނޑެއް ނުދަންނަވާނަމެވެ. ފަހަރުގައި ހަމަ އުޅުމަކީވެސް ވެދާނެ ކަމެކެވެ. ހަމަ އެގޮތަށް ޑޮކްޓަރަށް ދައްކަންދިޔަ 18 އަހަރު ނުފުރޭ އަންހެން ކުއްޖާއަށް އެކުދިންގެ މައިންބަފައިން ނަން ކީދުވަހު ކިޔާފައި ވަނީ " ޖާރިޔާ" ނޫންކަމެއްވެސް އެނގެނީ ކިހިނެއް ހެއްޔެވެ. ހަގީގަތުގައިވެސް ބަޔެއް އަންހެން ކުދިންނަށް ނަމެއްގެ ގޮތުގައި ޖާރިޔާ ކިޔައި އުޅެއެވެ. ހިއުމަން ރައިޓްސްއިންވެސް އެބުނަނީ "ޖާރިޔާއެއްގެ ނަމުގައި" ކުއްޖަކު ޑޮކްޓަރަށް ދެއްކި ވާހަކައެވެ. އެކުއްޖާއަށް ކިޔަނީ ޖާރިޔާ ކަމަށްވަންޏާ އެހެން ނަމަކު ދެއްކޭނެ ގޮތެއް ނޯންނާނެއެވެ. ތަކުރާރުކޮށްލާނަމެވެ. އެކޮމިޝަނުން އެބުނާ ކަހަލަ ޖާރިޔާއަކު ނޫޅޭކަމަށް އަޅުގަނޑު ވަކާލާތު ކުރަނީކީނޫނެވެ.

އެކިމީހުންވެ ވިސްނުން ތަފާތުވާނެއެވެ. އަޅުގަނޑަށް ގަބޫލުކުރަން އުދަނގޫވާ ކަމެއް އެބައޮތެވެ. ރާއްޖޭގައި ދީނީގޮތުން ހައްދުފަހަނައެޅުން އިންތިހާއަށް މައްޗަށް އަރައިގެން ދިޔަ ދުވަސްވަރެއް އައެވެ. ނަމަވެސް އެކަން މިހާރު ކުޑަކޮށް މައިތިރިވެއްޖެއެވެ. އެކަމަކު ދީނީގޮތުން ހައްދު ފަހަނައަޅައި ގޮސްފައިވާ މީހުންގެ ވާހަކަ ދެކެވެމުން އަންނަނިކޮށް އެބުނާ އަންހެން މީހާ ޑޮކްޓަރު ކައިރީގައި އެއީ "ފިރިމީހާގެ ކަންކަން ބަލަހައްޓަން ގެންގުޅޭ ޖާރިޔާ" ކަމަށް ޑޮކްޓަރު ކައިރީ ބުނާނެ ކަމަށް ގަބޫލުކުރަން އުދަނގުލެވެ. އެހެން ބުނާވަރަށް ވުރެ ޖެހިލުންވާނެއެވެ. އަންހެން މީހާ އާއި އެކުއްޖާއާއެކުގައި ހައްޔަރު ކޮށްފާނެ ކަމަށްވެސް ވިސްނަފާނެއެވެ. އެކަމަކު ގަބޫލު ކުރަމެވެ. އަޅުގަނޑު ގަބޫލުކުރާ ކޮންމެ ގޮތަކީ ހަގީގަތް ކަމަށްވާކަށްވެސް ނުޖެހޭނެއެވެ.

އެންމެ ރަނގަޅެވެ. މިއީ 18 އަހަރު ނުފުރޭ އަންހެން ކުއްޖަކު ރާއްޖޭގައި ނަހަލާލަށް ބަލިވެއިން ފުރަތަމަ ފަހަރުތޯއެވެ؟ ހަމައެކަނި މައްސަލައަކީ ނަހަލާލަށް ބަލިވެއިން އަންހެން ކުއްޖާއަކީ ޖާރިޔާއަކަށް ވުންތޯއެވެ. އެބުނާ ކަހަލަ ޖާރިޔާއަކަށް ނުވެ މިގައުމުގައި 18 އަހަރު ނުފުރޭ ކިތައް އަންހެން ކުދިން ނަހާލަށް ބަލިވެ އިންތޯއެވެ؟ 18 އަހަރު ނުފުރޭ ވަރަށްގިނަ އަންހެން ކުދިން ނަހަލާލަށް ބަލިވެއިން ކަމަށްވެސް ހިއުމަން ރައިޓްސް ކޮމިޝަނުން ދާދިފަހުން ބުނެފައި ވެއެވެ. 18 އަހަރު ނުފުރޭ އަންހެން ކުދިން ރާއްޖޭގައި ނަހަލާލަށް ބަލިވެތިބެނީ މިއަދަކު ނޫނެވެ. އެކަން ކުރިޔަށްދާތަން ވަރަށްގިނަ ދުވަސް ވެއްޖެއެވެ. ރާއްޖޭގެ ސްކޫލެއްގައި ނަހަލާލަށް ބަލިވެތިބި ބައިވަރު ކުދިން އެބަތިބި ކަމަށް މަޝްހޫރު ޝޭޚެއް ކަމަށްވާ އިލްޔާސް ޙުސައިން ތަންކޮޅެއް ކުރިން ޖަލްސާއެއްގައި ވިދާޅުވި އަޑު އަޅުގަނޑު އެހީމެވެ. އެޚަބަރު އަޅުގަނޑު ލިޔުނީމެވެ. އެކަމަކު އިލްޔާސްގެ އެވާހަކަ ހިއުމަން ރައިޓްސް ކޮމިޝަނުގެ ސަމާލުކަމަށް އޭރު ނައިކަން އެއީ މިއަދު އަޅުގަނޑު ދެރަވާކަމެކެވެ. ހިއުމަން ރައިޓްސްއިން މިއަދު އެބުނާ 18 އަހަރު ނުފުރެނީސް ބަނޑުބޮޑުތޯ ޓެސްޓުހެދި ކުދިންތަކަކީ ޝައިޚް އިލްޔާސް އެދުވަހު އެވިދާޅުވި ރަށުގެ ސްކޫލް ކުދިންތައް ނޫންކަމެއް އެނގެނީ ކިހިނެތްތޯއެވެ. އޭރު އިލްޔާސްގެ އެވާހަކަފުޅު ސަމާލުކަމަށް ނައިސް މިއަދު އެވާހަކަ މިބޮޑުކުރަން ޖެހެނީ އެކުދިން ވިހަން ތަންމައްޗަށް އެރީމަތޯއެވެ؟

އަނެއްކޮޅުން އުފެދޭ ކުޑަކުޑަ ސުވާލެއް އެބައޮތެވެ؟ ހަމައެކަނި މައްސަލައަކީ ޖާރިޔާއެއް ގެންގުޅުން ތޯއެވެ؟ މައްސަލައަކީ 18 އަހަރު ނުފުރެނީސް ނަހަލާލަށް ބަލިވެއިނުންތޯއެވެ؟ 18 އަހަރު ފުރުމުން ޖަޕާނު މަހެއްހެން ނަހަލާލަށް ބަލިވެއިނަސް އެންމެ ރަނގަޅުތޯއެވެ؟ 18 އަހަރު ފުރިފައިވާ މީހުން ނަހަލާލަށް ބަލިވެއިނުން ރާއްޖޭގައި އިންތިހާއަށް މިއަދު މިވަނީ ގިނަވެފައެވެ. އެއީވެސް އިންސާނީ ހައްގުތަކާ ތަންކޮޅެއް ބީރައްޓެހި ކަމަށް މިއަދު ވަނީތޯއެވެ؟ "ރަށްމެދަށް ބަލިވެއިނީމަ" އިރެއްގައި "ނަޖިސްވިޔަސް" މިއަދު އެއީ "ޝަރުވެރި އަންހެނަކަށް" ވަނީތޯއެވެ؟ ޖާރިޔާއެއް ނަހަލާލަށް ބަލިވެއިނަސް ލޯބިވެރިޔަކު ނަހަލާލަށް ބަލިވެއިނަސް ދެމީހުންވެސް ކުރިކަމަކީ ޒިނޭ ކުރުމެވެ. 18 އަހަރު ފުރުނަސް ނުފުރުނަސް ކައިވެންޏެއްނުކޮށް އިންދެ ބަނޑުބޮޑުވާނީ ދެމީހުންވެސް އެއްކަމެއް ކޮށްގެންނެވެ. ދެމީހުންވެސް ކުރާނީ ޒިނޭއެވެ.

ނޯޓު: މިލިޔުން ކިޔާލާފައި މާޅޮހު ނަސީރު ނޫނަސް ލިޔުންތެރިން ތިބިކަން އަހުރެންނަށް އެނގިއްޖެއެވެ.

Read more...

މިއަހަރުގެ މިހާހިސާބަށް އައިއިރު 18 އަހަރު ނުފުރޭ 85 ކުއްޖަކު ޕްރެގްނެންސީ ޓެސްޓަށް ޕޮސިޓިވް ވެފައި ވޭ.

މިއަހަރުގެ މިހާހިސާބަށް އައިއިރު 18 އަހަރު ނުފުރޭ 85 ކުއްޖަކު ޕްރެގްނެންސީ ޓެސްޓަށް ޕޮސިޓިވް ވެފައި ވޭ.

ލިޔުނީ: ދޮންވެލި، މުރާސިލް.ކޮމް

މީގެ ސާދަސަތޭކަ އަހަރުކުރިން، ޢަރަބިކަރާގައި މުނާފިގުންގެ ޢަމަލުތަށް ހުރިގޮތަށް މިއަދު މިރާއްޖޭގައިވެސް މުސްލިމުންގެ ނަމުގައި ތިބިމީހުންގެ ޢަމަލުތަށް ބަދަލުވަމުން އެބަދެއެވެ. ނުވަތަ ބަދަލުވެފައި ވެއެވެ. މިބުނާ 'ޖާރިޔާއިންގެ' މައްސަލައަކީ މިފަދަމީހުން އިސްލާމު ދީނަށް 'ލޯބިކުރާ' މިންވަރު ފާޅުކޮށްދިން އަލާމާތެކެވެ. އިސްލާމު ދީނާއިމެދުގައި މިބައިމީހުންގެ ހިތުގައި އުފެދިފައިވާ ނަފުރަތުގެ ޝުޢޫެރުތަށް ފާޅުވެގެން އަލިގަދަ ހެއްކެކެވެ. އަދި އިސްލާމުދީނުގެ ޢިލްމުން، މިމީހުނަށް އުގެނިފައިވާ މިންވަރުވެސް މިފަދަކަންކަމުން ހާމަކޮށްދެއެވެ.

އަޅުގަނޑު މިދަންނަވަންއުޅެނީ ޖާރިޔާއިންގެ ވާހަކަ ނުލިޔާށެކޭ ނޫނެވެ. އެކަމުގެ ޞައްޙަ މަޢުލޫމާތު ދިވެހިންނަށް ފޯރުކޮށް ނުދޭށެކޭނޫނެވެ. އަޅުގަނޑު މިދަންނަވަން އުޅޭވާކަހައަކީ 'ޖާރިޔާއޭ' ބުނުމަށްފަހު ވަރަށްގިނަ ލިޔުންތެރިންނަށް ދެން ފެށެނީ ދީނަށް ފުރައްސާރަކުރާށެވެ. ކަމާނުބެހޭ މީހުންގެ ސިފަތަކާ، ލާހެދުމުގެކުލަޔާ، ތުބުޅިއާ ބުރުގާގެ ވާހަކަތަކެވެ. އެފަދަ އަމަލުތަށް ކުރާ މީހުންނަކާ ބެހޭކަމެއްވެސް ނޫނެވެ. މިއީ މިއަދުގެ ބަޔެއް ލިޔުންތެރިން އެމީހުންގެ ފަންނަށް ތަސައްރަފު ނުފުދޭ ކަމުންވާގޮތެއްކަމުގައި އަޅުގަނޑަށް ޤަބޫލުކުރެވެއެވެ.

ދިވެހި ރާއްޖޭގައި ކައިވެނި ކުރުމަކާނުލާ، 'ޖާރިޔާއިންގެ' ނަމުގައި އަންހެން ކުދިންނާއި ނުވަތަ އަންހެނުންނާއި ޖިންސީގުޅުން ހިންގުމަކީ، އެކަމަށް އަޅުގަނޑުވެސް ދެކޮޅުހަދާކަމެކެވެ. އަދި އެފަދަ ކަންތަށް ހުއްޓުވުމަށް ސަރުކާރަށާ ކަމާބެހޭ ފަރާތްތަކަށް އަޅުގަނޑުވެސް ގޮވާލަމެވެ. އެހެން ނަމަވެސް، އެހިސާބަކުން ނިމުނީކީ ނޫނެވެ. ކައިވެނި ކުރުމަކާނުލާ ކޮންމެ ނަމެއްފައިވިއަސް ޖިންސީ ގުޅުން ހިންގުމާއި އަޅުގަނޑު ދެކޮޅުހަދަމެވެ. އެޅުގަނޑުމެން މޭކަރައިގަންނަނީ ޖަރިޔާއިން ކީމައެވެ. 'ގާލްފުރެންޑް ކިޔަސް' އެންމެ ރަގަނޅެވެ. ބޭނުން ކަމެއް ކުރަންވީއެވެ. ނުވަތަ 'ބޯއި ފުރެންޑް' ކިޔަސް އެންމެ ރަގަނޅެވެ. ބޭނުން ކަމެއް ކުރަންވީއެވެ. ނުވަތަ ހަލާލު އަނބިމީހާގެ އިތުރުން 'ސައިޑް ބިޓެއް' ނުވަތަ 'ސައިޑް ބިޓުންތަކެއް' ގެންގުޅުނަސް އެންމެ ރަގަނޅެވެ. ނުވަތަ އެހެންވެސް ނަމެއްގައި އަނބިމީހާފިޔަވައި އެހެން މީހުނާއި ޒިނޭކުރުމަކީ މިއަދު މައްސަލައަކަށް ނުވެއެވެ. ހިތާމައަކީ އެފަދަ ވާހަކަތަށް ލިޔަން މިދަންނަވާ ލިޔުންތެރިންގެ ގަލަމުގެ ދެއްޔެއްވެސް ނުހިނގައެވެ. މިއީ ޙަޤީޤަތުގައިވެސް ދިވެހިންނަށް ހެޔޮއެދިގެން ލިޔާލިޔުންތެރިންބާވައެވެ؟

ދާދިފަހުން އައި ޖީ އެމް އެޗުން ހާމުކުރި ގޮތުގައި، މިއަހަރުގެ މިހާހިސާބަށް އައިއިރު 18 އަހަރު ނުފުރޭ 85 ކުއްޖަކު ޕްރެގްނެންސީ ޓެސްޓަށް ޕޮސިޓިވް ވެފައި ވެއެވެ. 85 އެއީ އައި ޖީ އެމް އެޗަށް ދެއްކު ކުދިންގެ އަދަދެވެ. އެ ހޮސްޕިޓަލުގެ ރެކޯޑްތަކަށްނާރާ މާބަނޑުވެފައިވާ ކިތަށް ކުދިންވާނެ ބާވައެވެ؟ އަދި މިފަދަ ކުރިއަރާފައިވާ ޒަމާނުގައި އެކިކަހަލަ 'ހުރަސް' ބޭނުންކޮށްގެން އެ ފާޙިޝް އަމަލު ހިންގާފައިވާ ކިތަށް މީހުންވާނެ ބާވައެވެ؟ ނަމަވެސް، މިފަދަ ކަންތައްތަތް ބޮޑުކަމަކަށް ވާހެނެއް ހިޔެއް ނުވެއެވެ. އަދި ނިމުނީކީ ނޫނެވެ. މިފަދަ ފާހިޝް އަމަލު ތަކުގެ ނަތީޖާ ކުރިމަގުގައި ވަރަށް ހިތިވާނެ ކަމުގެ ސިގުނަލްތަށްވެސް ވަރައް ސާފުކޮށް އެއަންނަނީ ލިބެމުންނެވެ.

ރާއްޖެތެރޭ ރަށެއްގައި އެއިޑްސް ޖެހިފައިވާ 26 އަހަރުގެ ފިރިހެނަކު ވަނީ ތަފާތު 4 އަންހެން ކުއްޖަކާއެކީގައި ބަދުއަޚްލާޤީ އަމަލު ކޮށްފައެވެ. މީނާ ލޯބީގެގޮތުން ރައްޓެހިވެގެން އުޅުނީ، އަންހެން ކުއްޖާގެ އާއިލާގެވެސް ރުހުމުގައި، ގްރޭޑް 9 ގައި އުޅޭ ކުއްޖަކާއެވެ. އެއަންހެން ކުއްޖާއާއިއެކުގައި ޖިންސީގުޅުން ހިންގާކަމުގައި އަންހެން ކުއްޖާގެ އާއިލާއިް ވަނީ ކަށަވަރު ކޮށްދީފައެވެ. މިދިޔަ އޮގަސްޓް މަހުގައި ފުލުހުން އޭނާ އަތުލައިގަތީ، ފަޅުގެއެއްގެ ތެރޭގައި 18 އަހަރު ނުފުރޭ ކުއްޖަކާ އެކީގައި ބަދުއަޚްލާޤީ އަމަލު ހިންގަން އޮއްވައި ކަމުގައި ވެއެވެ. ނަމަވެސް މިފަދަ ވާހަކަތަށް ލިޔެ، މީހުންގެ ސަމާލުކަމަށް މިކަން ގެނައުމަށް، ދީނާއި ޤައުމަށް 'ލޯބިކުރާ' ލިޔުންތެރިންގެ ގަލަމަކުން ދެއްޔެއް ނުހިގައެވެ.

ލިޔުން ތެރިޔާއެވެ! އަޅުގަނޑުވެސް އެއްބަހެވެ. "މީގެ ސާދަސަތޭކަ އަހަރުކުރިން، ޢަރަބިކަރާގައި ކަންތައް ހުރިގޮތަށް، މިހާރު މިރާއްޖެ މިހިރަދަނީ ބަދަލުވަމުންނެވެ."

މީގެ ސާދަސަތޭކަ އަހަރު ކުރިން (އިސްލާމު ދީން އައުމުގެ ކުރިން)، އަރަބިކަރާގައި އެމީހުނަށް ލިބޭދަރިން، ޚަރަދު ބޮޑުވާތީވެ، އެމީހުން ދިޔައީ މަރަމުންނެވެ. ނުވަތަ ދިރިތިއްބާ ވަޅުލަމުންނެވެ. އިސްލާމްދީން އައުމަށްފަހު އެކަން ޙަރާމްކުރެވުނެވެ. އެހެންނަމަވެސް އެޒަމާނުގެ އަރަބިންނެކޭ އެއްފަދައިން ދިވެހި ރާއްޖޭގައި މިގޮތަށް ޅަކުދިން މަރާލުން މިވަނީ އާންމު ކަމަކަށް ވެފައެވެ. ނޫސްވެރިޔެއްގެ ޚައިޞިއްޔަތުން ތިބާއަށް އެކަން މާބޮޑަށް އެގިލައްވާނެއެވެ. އަރަބިން ބޯނުކޮށާ، ތުބުޅި ނުބާލާ އަދި ޖަގިޔާ ނުލާވާހަކަ ދެއްކެވި އިރު މިވާހަކަ ލިޔަން ހަދުމަފުޅު ނެތުނީތޯއެވެ؟

މީގެ ސާދަސަތޭކަ އަހަރު ކުރިން (އިސްލާމު ދީން އައުމުގެ ކުރިން)، އަރަބި ކަރާގައި މަސްތުވާތަކެތި ބޭނުންކުރުމަކީ އާންމުވެފައިވާ ކަމެކެވެ. އެމީހުނަށް ރަލަކީ ހިތިއެއްޗެކެވެ. އެކަން ޚަރާމް ކުރެވުނީ އިސްލާމުދީން އައުމަށް ފަހުގައެވެ. އެހެން ނަމަވެސް އަރަބިންގެ އެނާތަހުޒީބީ ޢަމަލު މިއަދު ދިވެހިން މިވަނީ ތަހުޒީބީ އަމަލަކަށް ހަދައި ކުރަންފަށާފައެވެ. ނޫސްވެރިޔެއްގެ ޚައިޞިއްޔަތުން ތިބާއަށް އެކަން މާބޮޑަށް އެގިލައްވާނެއެވެ. އަރަބި އެންހެނުން ކަޅުހެދުންލާވާހަކައާއި މަސައްކަތްނުކޮށް ގޭގައިތިބޭވާހަކަ ލިޔުއްވިއިރު، މިވާހަކަ ލިޔަން ހަދުމަފުޅު ނެތުނީތޯއެވެ؟

މީގެ ސާދަސަތޭކަ އަހަރު ކުރިން (އިސްލާމު ދީން އައުމުގެ ކުރިން)، ޒިނޭކުރުމަކީ އާންމު ކަމެކެވެ. އިސްލާމްދީން އައުމަށްފަހު އެކަން މަނާކުރެވުނެވެ. ނަމަވެސް ދިވެހިން މިއަދު މިވަނީ އެކަންވެސް ރީތިކަމަކަށް ހަދާފައެވެ. އެކި ނަންނަމުގައެވެ. ނޫސްވެރިޔެއްގެ ޚައިޞިއްޔަތުން ތިބާއަށް އެކަން މާބޮޑަށް އެގިލައްވާނެއެވެ. 'ޖާރިޔާއިންގެ' ވާހަކަ ލިޔުއްވިއިރު މީހުނާ އިދެގެން އުޅޭ ފިރިހެނުންގެ ނުވަތަ އަންހެނުންގެ 'ސައިޑް ބިޓުންގެ' ވާހަކަ ނުދެއްކެވީ ހަމަ ހަދުމަފުޅު ނެތުނީ ތޯއެވެ؟

މީގެ ސާދަސަތޭކަ އަހަރަށްވުރެވެސް މާކުރިން (ލޫތު އަލައިހި ސަލާމްގެ ޒަމާނުގައި)، ފިރިހެނުންނާއި އަންހެނުން އެއްޖިންސުން ގުޅުން ހިންގުމަކީ ވަރަށް 'ފޯރިނަގާފައި' ކުރަމުން އާކަމެކެވެ. ލޫތު އަލަހިސަލާމް އެކަން މަނާކުރެއްވުމުން، އެކަލޭގެފާނަކީ 'ހިއުމަން ރައިޓްސް'އާއި ދެކޮޅަށް މަސައްކަތް ކުރަށްވާ ބޭފުޅެއްކަމުގައިބުނެ އެކަލޭގެފާނުގެ އަމުރާއި އެބައިމީހުން ދެކޮޅުހެދިއެވެ. އިސްލާމުދީނުގައި މާތްﷲގެ ވަނީ އެފަދަ ފާހިޝް، ދަށުފަންތީގެ އަމަލުތަށް ޙަރާމް ކުރައްވާފައެވެ. އެހެން ނަމަވެސް، މިއަދު ވަރަށް ގިނަ ދިވެހިންގެ ދައުވާއަކީވެސް އެތައް ހާސް އަހަރެއްކުރިން ލޫތުގެފާނުގެ ޤައުމުގެ މީހުންވެސް ކުރި ދައުވާއެވެ. ނޫސްވެރިޔެއްގެ ޚައިޞިއްޔަތުން ތިބާއަށް އެކަން މާބޮޑަށް އެގިލައްވާނެއެވެ. އަރަބިން ޖަމަލާއި ގާޑިޔާގެންގުޅުނުވާހަކަ ލިޔުއްވިއިރު، މިދަންނަވާލިވާހަކަ އިތުރުކޮށްލަން ހަދުމަފުޅު ނެތުނީތޯއެވެ؟

މީގެ ސާދަސަތޭކަ އަހަރު ކުރިން (އިސްލާމު ދީން އައުމުގެ ކުރިން)، އަރަބިންގެ ތެރޭގައި އޮންނަ އުސޫލަކީ ކޮންމެ ގޮތަކުންނަމަވެސް މުދާ އެއްކުރުމެވެ. އެއީ ރިބާ ކައިގެން ކަމުގައިވިއަސް، ވިޔަފާރީގައި މަކަރުހަދާ އޮޅުވާލައިގެން ކަމުގައިވިއަސް، އަދި ނާސިގެތަށް ހުޅުވައިގެން ކަމުގައިވިއަސް ވަރިހަމައެވެ. އިސްލާމުދީން އައުމަށްފަހު އެފަދަ ހުރިހާކަމެއް މަނާކުރެވުނެވެ. އަދި ޒަކާތްނެރުމަށާ ފަޤީރުންނަށް އެހީވުމަށް އެންގުނެވެ. ނަމަވެސް މިއަދު ދިވެހި ރާއްޖޭގައި މުދަލާއި ފައިސާ އިތުރުކުރުމަށްޓަކައި، އެހުރިހާ ނުބައިކަމެއްވެސް ކުރަމުންދެއެވެ. ނޫސްވެރިޔެއްގެ ޚައިޞިއްޔަތުން ތިބާއަށް އެކަން މާބޮޑަށް އެގިލައްވާނެއެވެ. އެވާހަކަ ލިޔުއްވަން ހަދުމަ ނެތުނީތޯއެވެ؟

މީގެ ސާދަސަތޭކަ އަހަރު ކުރިން (އިސްލާމު ދީން އައުމުގެ ކުރިން)، އަރަބިންގެ ތެރޭގައި އެއްވެސް ޙައްޤަކާނުލާ މީހުންގެ ފުރާނަހިފުމާ، ކިޑްނޭޕުކުރުމާ، އެއްބަނޑު އެއްބަފާ ދެބެންގެތެރެއިން އެކަކު އަނެކަކު ކަތިލުންފަދަ ކަންކަމަކީ އާންމު ކަންތަކެވެ. އިސްލާމުދީން އައުމަށްފަހު ޙައްޤަކާނުލާ މީހުންގަތުލުކުރުމާ، އެހެންވެސް އެފަދަކަންތައްތައް މަނާކުރެވުނެވެ. ނަމަވެސް މިއަދު ރާއްޖޭގައި އެކަން އެވަނީ އާންމުވެފައެވެ. ނޫސްވެރިޔެއްގެ ޚައިޞިއްޔަތުން ތިބާއަށް އެކަން މާބޮޑަށް އެގިލައްވާނެއެވެ. އަރަބިން ނައަމުސޫފި ހުއިހެއްޕިވާހަކައާއި ކަދުރުހެއްދިވާހަކަ ލިޔުއްވިއިރު، މިވާހަކަތަށް ލިޔަން ހަދުމަ ނެތުނީތޯއެވެ؟

މީގެ ސާދަސަތޭކަ އަހަރު ކުރިން (އިސްލާމު ދީން އައުމުގެ ކުރިން)، ވައްކަންކުރުމާ، މީހުންގެ މުދާ ނުހައްޤުން ފޭރުން އަރަބި ކަރާގައި ވަނީ އާންމުވެފައެވެ. އިސްލާމުދީން އައުމަށްފަހު އެކަންތަށް މަނާކުރެވުނެވެ. އެހެން ނަމަވެސް، މިއަދު ވަރަށް ގިނަ ދިވެހި ޒުވާނުންގެ ވަޒީފާއަކީ (ނުވަތަ އާމުދަނީ ހޯދަން ކުރާ މަސައްކަތަކީ) ވައްކަންކުރުމާ، މަގުފޭރުމެވެ. ނޫސްވެރިޔެއްގެ ޚައިޞިއްޔަތުން ތިބާއަށް އެކަން މާބޮޑަށް އެގިލައްވާނެއެވެ. އަރަބިން ޝާމުކަރަޔަށް ވިޔަފާރި ދާވާހަކަ ދެއްކެވިއިރު، މިވާހަކަ ލިޔަން ހަދުމަފުޅު ނެތުނީތޯއެވެ؟

އާއެކެވެ! ތިބާއަކީ ނޫސްވެރިޔެކެވެ. އަދުލުވެރި 'ތަސައްރަފު ފުދިފައިވާ' ނޫސްވެރިންގެ ގޮތަކީ ކަމެއްހިނގާއިރަށް ތިމާގެ ހަވާނަފްސާއެއްގޮތަށް، ދިރާސާކުރުމެއްނެތި ލިޔުންތަށް ލިޔެނެގުމެއްނޫނެވެ. އެ މައުޟޫއަކާ ގުޅޭގޮތުން އެކަމުގެ ޞައްހަ މައުލޫމާތު މީހުނަށް ފޯރުކޮށް ދިނުމެވެ. ތިމާއަށް ކިޔޭނުކިޔޭއެއްޗެހި ނޭންގޭވަރަށް ތިމާގެ ދަރަޖަ ދިއުމެއް ނޫނެވެ. އާއެކެވެ. ކުރިންވެސް ބުނިހެން، ކައިވެނިން ބޭރުގައި ޖާރިޔާއިންގެ ނަމުގައި އަންހެންކުދިންނާއި ޖިންސީގުޅުން ހިންގުމަކީ ކުއްވެރިކުރަން ޖެހޭނެ ކަމެކެވެ. އެކަން ކުއްވެރިކުރައްވާއިރު އެކަމުގެ ވާހަކަ ދައްކަވާށެވެ. އެކަމުގެ ޞައްޙަމައުލޫމާތު އާމުންނަށް ފޯރުކޮށްދޭށޭވެ.

އޭގެބަދަލުގައި ތި ދައްކަވަނީ، ސާދަސަތޭކަ އަހަރު ކުރިން ޢަރަބިން ޖަގިޔާ ނުލާ އުޅުނުވާހަކައެވެ. އެއީ މިކަމަކާ ގުޅުން ހުރިކަމެއް ނޫނެވެ. އަދި ތި މައުލޫމާތަކީވެސް ޞައްޚަ މައުލޫމާތެއް ނޫނެވެ. އެމީހުންވެސް ޖަގިޔާ ނުވަތަ 'އަންޑަވެޔަރ' ލައިއުޅުނެވެ. އަޅުގަނޑު މިތާނގައި މިފާހަގަކޮއްލި ކުށުގެ އިތުރުން މުޅި ލިޔުމުގައިވެސް ޖުމްލަކޮށް ވަނީ މަޢުލޫމާތުގެކުށެވެ. އަދި ގިނައިން ހަދާފައިވަނީ ބުހުތާނު ދޮގުތަކެވެ.

ލިޔުންތެރިޔާއެވެ! މުސްލިމުންނަކީ އިސްލާމު ދީނެއް ނޫނެވެ. އަދި މުސްލިމުންގެ ދިރިއުޅުމަކީވެސް އިސްލާމުދީނެއް ނޫނެވެ. އެކަމަކު މުސްލިމުން ދިރިއުޅެން ޖެހެނީ އިސްލާމު ދީނުގައިވާ ގޮތަށެވެ. އެހެންކަމުން މުސްލިމުންގެ ދިރިއުޅުމަށް ބަލައިގެން އިސްލާމު ދީނެއް ނޭންގޭނެއެވެ. އިސްލާމުދީން އެގޭނީ ﷲގެ ފޮތާ ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމް)ގެ ސުންނަތަށް ބަލައިގެންނެވެ. މުސްލިމުން ނަކީ އިންސާނުންނެވެ. އެމީހުން ގޯސްކަންތަށް ވެސް ކުރާނެއެވެ. ނުވަތަ ކުރެވޭނެއެވެ. ނަމަވެސް އިސްލާމު ދީނަކީ މާތްﷲ ބާވާލައްވާފައިވާ ދީނެކެވެ. އެއީ ޙިކްމަތްވަންތަ އިލާހުގެ ދީނެވެ. އެއީ އިންސާނުންނާއި ޖިންނީން ނެތުމުގެ ތެރެއިން އުފެއްދެވި އިލާހުގެ ދީނެވެ. އެ އިންސާނާއަށް ރަގަޅީ ކޮންގޮތެއްކަމާ، ގޯހީ ކޮންގޮތެއްކަން އެންމެ މޮޅަށް ދެނެވޮޑިގެންވާ އިލާހުގެ ދީނެވެ. ވިމާ، އެ އިލާހުގެ ޝަރީއަތުގައި ކުށެއް ނުހުންނާނެއެވެ. މައްސަލައެއް ނުހުންނާނެއެވެ. މައްސަލަހުރީ އަހަރުމެންގެ ކިބާގައެވެ. ޙަޤީގަތަކީ ކޮބައިތޯ ނުބަލަނީ އަހަރުމެންނެވެ.

ވީމާ، މީހަކު ކުށެއްކުރާއިރަށް، އެމީހާ ހުންނަ ސިފައަށް ނުވަތަ އެމީހާނިސްބަތްވާ ދީނަށް އެއްޗެހިގޮވުމަކީ ވަރަށް ދަށުދަރަޖައިގެ ކަމެކެވެ. އަދި އެކަމުން ދޭހަވާކަމަކީ، އެފަދަ ލިޔުންތެރިންނަކީ، ކަންކަމުގެ މަޢުލޫމާތު އޮޅުންނުފިލާ މީހުންކަމެވެ. ލިޔުންތެރިކަމުގެ ދާއިރާއަށް ތަންދޮރު އޮޅުންނުފިލާ ތަސައްވަރު ނުފުދޭމީހުންކަމެވެ. އަޅުގަނޑު މަތީގައި ދަންނަވާފައިވާ، ވައްކަން ކުރުމާ، ޒިނޭކުރުމާ، މަސްތުވާތަކެތި ބޭނުންކުރުމާ، މާރާމާރީ ހިންގުމާ އަދިވެސް މިފަދަ ގިނަކަންތައްތައް ކުރާމީހުންގެ 'ބެކްގްރައުންޑް' ދިރާށް ކުރައްވާށެވެ. އޭގައި ގިނައިންވަނީ ތުބުޅިލީ މީހުންތޯއެވެ؟ ނުވަތަ ކަޅުހެދުންލާ އަންހެނުންތޯއެވެ؟ ނޫނެކެވެ. މިއީ ކޮންމެ މީހަކަށްވެސް އެނގޭކަމެކެވެ. ވީމާ ތުބުޅިލީ މީހަކު ގޯސްކަމެއްކުރާއިރަށް، ތުބުޅިލީ ހުރިހާމީހުނަށް އޭގެ އެތިވަރުގޮވާ، ދީނަށާ ސުންނަތަށް ފުރައްސާރުކުރުމުން ލިބޭފައިދާއެއް އޮވޭތޯއެވެ؟

Read more...

Friday 6 November 2009

މާޅޮހު ނަސީރުގެ މޮޅު ލިއުމެއް: ޖާރިޔާއިންގެ ފަހަށް، ދެންއޮތީ ނަޢަމްސޫފިޔަކަށް ސަވާރުވުން

މާޅޮހު ނަސީރުގެ މޮޅު ލިއުމެއް: ޖާރިޔާއިންގެ ފަހަށް، ދެންއޮތީ ނަޢަމްސޫފިޔަކަށް ސަވާރުވުން
ރާއްޖެ އިސްލާމް މުރާސިލު
މީގެ ސާދަސަތޭކަ އަހަރުކުރިން، ޢަރަބިކަރާގައި މުނާފިގުންގެ ޢަމަލުތަށް ހުރިގޮތަށް މިއަދު މިރާއްޖޭގައިވެސް މުސްލިމުންގެ ނަމުގައި ތިބިމީހުންގެ ޢަމަލުތަށް ބަދަލުވަމުން އެބަދެއެވެ. ނުވަތަ ބަދަލުވެފައި ވެއެވެ. މިބުނާ 'ޖާރިޔާއިންގެ' މައްސަލައަކީ މިފަދަމީހުން އިސްލާމު ދީނަށް 'ލޯބިކުރާ' މިންވަރު ފާޅުކޮށްދިން އަލާމާތެކެވެ. އިސްލާމު ދީނާއިމެދުގައި މިބައިމީހުންގެ ހިތުގައި އުފެދިފައިވާ ނަފުރަތުގެ ޝުޢޫރުތަށް ފާޅުވެގެން އަލިގަދަ ހެއްކެކެވެ. އަދި އިސްލާމުދީނުގެ ޢިލްމުން، މިމީހުނަށް އުގެނިފައިވާ މިންވަރުވެސް މިފަދަކަންކަމުން ހާމަކޮށްދެއެވެ.

ބިޓުންނާއި ޖާރިޔާއާއި ހުރި ހަމައެކަނި ތަފާތަކީ ޕުކާއި ގުޔާ ހުރި ތަފާތެވެ!

ބިޓުންނާއި ޖާރިޔާއާއި ހުރި ހަމައެކަނި ތަފާތަކީ ޕުކާއި ގުޔާ ހުރި ތަފާތެވެ!

އަލްއުސްތާޛު ޖިބުއެ
ބިޓުން" މިބަހަކީ މިހާރު ދިވެހި ބަހުގައި އެކުވެފައި ވާ ދިންގްލިޝްގެ ބަހެކެވެ. އެއީ އިނގިރޭސި ދިވެހި ބަސްބަހެވެ. މީގެ ލަފްޒީ މާނަޔަށް ވިސްނާލާއިރު މީގެ ތަރްޖަމާ ކުރެވޭނީ " ނުއިދެ ،ކާވެނިނުކޮށް ޖިންސީ އެދުން ފުއްދަން ގެންގުޅޭ ދެޖިންސުގެ މީހުން ނުވަތަ ކުދިން" މިއެވެ. ދެން ޖާރިޔާގެ މާނަޔަށް ބަލަމާ ހިނގާށެވެ. ޖާރިޔާ އަކީ ޢަރަބި ލަފްޒެކެވެ.ނަމަވެސް މިވެސް މިހާރު ދިރިބިކް ބަހަކަށްވެ ނިމިއްޖެއެވެ. އެއީ ޢަރަތްބާއި ދިވެހިން އުފެދިފައިވާ ބަސްބަހެވެ. މީގެ މާނަޔަކީ ހަނގުރާމައިގައި ޢަޞީރު ކުރެވިފައިވާ އަޅު އަންހެން ކުދިންނެވެ. މި ދިޔައީ ކުރުގޮތަކަށް މި ދެލަފްޒު ނުވަތަ ނަމުގެ ލަފްޒީމާނައެވެ. ދެން މީގެ ތަފްސީލަށް ބަލަމާ ހިނގާށެވެ.

Thursday 5 November 2009

Three executed in Jeddah

Three executed in Jeddah Saudi Arabia ; JEDDAH: Two Sri Lankans and an Indian were executed on Wednesday in Jeddah for robbing and murdering a Saudi woman. Two of the robbers were able to enter the woman’s home with the help of the third, who the woman had employed as a maid. The trio stole money and gold from the woman’s safe as she slept. However, when she woke up, the three held her down and smothered her until she died.

Note: Saudi Arabia is the only country in the world which apply Islamic Shaira and the crime rate is extremely less when compared to the man-made-law applying countries. A comparatively less number of crimes take place in the country which is also committed by non Saudis.

See the benefits of applying Islamic Shaira. There is no other way if we maldivians want a peaceful maldives, we have to apply islamic sharia fully.

Read more...

Tuesday 3 November 2009

ދުނިޔޭގެ މަޝްހޫރު ދީނީ ޢިލްމުވެރިންނާއި އެކު 'ޕީސް ކޮންފަރެންސް 2009' ކުރިއަށް އެބަދޭ!

ދުނިޔޭގެ މަޝްހޫރު ދީނީ ޢިލްމުވެރިންނާއި އެކު 'ޕީސް ކޮންފަރެންސް 2009' ކުރިއަށް އެބަދޭ!
އަލީ އަހްސަން އިހްސާން
ދުނިޔޭގެ މަޝްހޫރު ދީނީ ޢިލްމުވެރިންނާއި އެކު 'ޕީސް ކޮންފަރެންސް 2009' ވަރަށް ކާމިޔާބުކަމާއި އެކު ކުރިއަށް އެބަދެއެވެ.

އޮކްޓޯބާރ 30 އިން ނޮވެމްބާރ 8 ގެ ނިޔަލަށް އިންޑިއާގެ މުމްބާއީގައި ކުރިއަށްދާ ޕީސް ކޮންފަރެންސް އަކީ އިންޑިއާގެ މަޝްހޫރު އިސްލާމީ ޖަމިއްޔާއެއްކަމުގައިވާ 'އިސްލާމިކް ރިސާރޗް ފައުންޑޭޝަން (އައި.އާރު.އެފް)' ގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ކޮންފަރެންސްއެކެވެ. ދުނިޔޭގެ ފެންވަރުގެ އިލްމުވެރިންނާއި އެކު ބޭއްވޭ މި އިސްލާމިކް ކޮންފަރެންސްގައި ތަފާތު ހަރަކާތްތައް ކުރިއަށްދާނެކަމަށް ޚަބަރު ލިބެއެވެ. މިކޮންފަރެންސްގައި ދީނީ ޢިލްމުވެރިންގެ އިތުރުން އިސްލާމީ ދުނިޔޭގެ މަޝްހޫރު ބޭފުޅުންވެސް ބައިވެރިވާކަމަށް ބޭރުގެ މީޑިއާތަކުން ހާމަކޮށްފައިވެއެވެ.

'ޕީސް – ސޮލޫޝަން ފޯ ހިއުމަނިޓީ'، މިޝިޔާރުގެ ދަށުން ގެނެސްދޭ މި ހަރަކާތުގައި ދުވާލަކު ފަންސާސް ހާސް މީހުން ބައިވެރިވާނެކަމަށް އަންދާޒާކުރެވޭކަމަށް މިއިވެންޓް އިންތިޒާމްކުރާ ފަރާތަށް ހަވާލާދީ ބޭރުގެ ނޫސްތަކުން ޚަބަރުދެއެވެ. އަދި 125 ޤައުމަކުން ޕީސްޓީވީ މެދުވެރިކޮށް އެތައް މިލިޔަން ބަޔަކު މިއިވެންޓް ބަލާނެކަމަށްވެސް އަންދާޒާކުރެވެއެވެ.

ދުނިޔޭގެ ފެންވަރުގެ ގާތްގަޑަކަށް 30 ޢިލްމުވެރިންނާއި އެކު ކުރިއަށްދާ އިންޓަނޭޝަނަލް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާ ފާހަގަ ކޮށްލެވޭ ޢިލްމުވެރިންގެ ތެރޭގައި އިންޑިއާގެ ޑރ ޒާކިރު ނައިކް، ދާދިފަހުން ރާއްޖެ ވަޑައިގަތް ކެނެޑާގެ ޑރ ބިލާލް ޕިލިޕްސް، ޔޫކޭގެ އަބްދުއްރަހީމް ގްރީން، މެލޭޝިޔާގެ ހުސެއިން ޔީ، ޔޫއޭއީގެ ސާލިމް އަލް އަމްރީ، އެމެރިކާގެ ޔޫސުފް އީސްޓެސް، ސޫދާންގެ ޑރ ޖާފަރ އިދްރީސް، އޮސްޓްރޭލިޔާގެ ޔަހްޔާ އިބްރާހިމް، ސައުދީގެ ޑރ އަހްމަދު އިބްން ސައިފުއްދީން، އަޤްސާ މިސްކިތުގެ އިމާމް ޝެއިޚް އަލީ އަލް އައްބާސީ، މަޝްހޫރު މަދަހަ ކިޔުންތެރިޔާ ޒައިން އަދި ޑރ ޒާކިރު ނައިކްގެ ދަރިފުޅު ފާރިޤް ނައިކް ހިމެނެއެވެ.

މިއަހަރުގެ ޕީސް ކޮންފަރެންސްގެ ފާހަގަ ކޮށްލެވޭ މައުޟޫތަކުގެ ތެރޭގައި 'އިސްލާމް ދީނުގައި އަންހެނުންގެ ހައްޤުތައް' މިމައުޟޫއަށް ޑރ ޒާކިރު ނައިކް ވަނީ ވަރަށް ފުރިހަމަ ތަގުރީރެއް ކުރައްވާފައެވެ. އަދި ޑރ ޒާކިރު ނައިކް ގެ ދަރިފުޅު، ފާރިޤް ނައިކް ވެސް ތަގުރީރު ކުރާނެކަމަށް ހަބަރުތަށް ބުނެއެވެ. މައިގަނޑު ބަހުރުވައެއްގެ ގޮތުގައި 'އިނގިރޭސި' ބަސް ބޭނުންކުރާ މިކޮންފަރެންސްގައި 'އިސްލާމް ދީން ފެތުރިފައިވަނީ ކަނޑިންތަ؟' ، 'މިޒަމާނާއި އިސްލާމް ދީން ގުޅޭ ހެއްޔެވެ؟' އަދި 'ދުނިޔެއަށް ކުރިމަތިވާ ކާރިސާތަކުން އަންނަ ބަދަލުތައް.' ފަދަ މުހިންމު އެތައް މައުޟޫއަކަށް ގާތްގަނޑަކަށް 30 ޢިލްމުވެރިން ތަޤުރީރު ކުރައްވާނެއެވެ.

'އިސްލާމިކް ރިސާރޗް ފައުންޑޭޝަން (އައި.އާރު.އެފް)' ގެ ދީނީ ޓީވީ ކަމުގައިވާ 'ޕީސްޓީވީ'އިން މިކޮންފަރެންސްގެ ގިނަ އިވެންޓްތައް ދަނީ ލައިވް ކުރަމުންނެވެ. މިއިވެންޓަކީ ހަމައެކަނި މުސްލިމުންނަށް އަމާޒުކޮށް ގެނެސްދޭ އިވެންޓެއް ނޫނެވެ. ޢައިރު މުސްލިމުންގެ މެދުގައިވެސް ވަރަށް މަޤްބޫލު އިވެންޓަކަށްވަނީ ވެފައެވެ. މިދިޔަ އަހަރުގެ ޕީސް ކޮންފަރެންސްގައި އިވެންޓްގެ ތެރޭގައި އެތައް ބަޔަކުވަނީ އޯޑިއަންސްގެ ކުރިމަތީ އިސްލާމް ދީން ޤަބޫލުކޮށް ޝަހާދަތް ކިޔާފައެވެ. ހިތާމައަކީ މި ސަތޭކަ އިންސައްތަ މުސްލިމުން އުޅޭ މިދިވެހިރާއްޖޭގައި މިފަދަ މުހިންމު އިސްލާމީ އިވެންޓެއްގެ ވާހަކައިން ޒިކުރު ނުކުރެވޭކަމެވެ.
ނޯޓް: އިސްލާމިކް ރިސާރޗް ފައުންޑޭޝަންގެ ވެބްސައިޓް އަލުންވަނީ ލޯންޗްކޮށްފައެވެ. އެ ވެބްސައިޓަށް ވަޑައިގަތުމަށް މި ފާލަމަށް ފިތާލައްވާ!

Read more...

Monday 2 November 2009

ހުޅަނގުގެ ފައިލަސޫފިންގެ އަރިހުގައި ޤާނޫނާއި އަޚްލާޤިއްޔާތުގެ ނަޒަރިއްޔާތުތައް

ހުޅަނގުގެ ފައިލަސޫފިންގެ އަރިހުގައި ޤާނޫނާއި އަޚްލާޤިއްޔާތުގެ ނަޒަރިއްޔާތުތައް
އަޙްމަދު ޢަބްދުލް މަތީން
މިދުވަސްވަރަކީ އަޅުގަނޑުމެންނަށް “މިނިވަން” ކަމެއް ލިބިގެންއުޅޭ ދުވަސްވަރެކެވެ. ކޮންމެ މީހަކަށްވެސް ފެންނަ ޝުޢޫރުތައް ފާޅުކުރަމުން ދަނީއެވެ. އެއީ ކޮންމެ މަޢްޟޫއަކަށްވިޔަސް އަދި ކޮންމެ ކަމަށް ވިޔަސްމެއެވެ. މިސާލަކަށް އަޅުގަނޑުމެން އަބަދުވެސް ބުނެއުޅޭބަހެއް އޮވެއެވެ. އެއީ “ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް” ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް” މިފަދަ ބަސްތަކެވެ.އެހެންކަމުން އަޅުގަނޑުމެންނަށް ހުޅަނގުގެ ފިލޯސަފަރުން ނުވަތަ ފައިސަލޫފީން “ޤާނޫނާއި” މެދު ދެކޭ ނަޟަރުތައް ހާމަކޮށްލުމަށް އަޅުގަނޑު ޤަސްދުކުރަމެވެ.
އަޅުގަނޑުމެންނަކީ މުސްލިމުންކަމުގައި ވީހިނދު އަޅުގަނޑު އެންމެ ފުރަތަމަ ބަލާނީ އިސްލާމީ ޝަރީޢަތާއި ނުވަތަ އިސްލާމީ އަޚްލާޤިއްޔާތާއި ހުޅަނގުގެ އަޚްލާޤިއްޔާތުތަކުގެ ތަފާތު ފާހަގަކުރުމަށެވެ. އިސްލާމީ ޤާނޫނުގެ މައިގަނޑު ދެމަސްދަރަކީ ކީރިތި ޤްރުއާނާއި މާތް ރަސޫލާގެ ސުންނަތެވެ. މިއީ ކަނޑައެޅިގެން ބަޔާންވެގެންވާ އަދި ﷲ ގެ ހަޟުރަތުން އައިސްފައިވާ ޤާނޫނެވެ. މިމާނާގައި އިސްލާމީ ޝަރީޢަތަކީ ޝާމިލް އެއްޗެއްކަމާއި އެކަމުގައި ރޫޙާނީ ފައިދާއެކުލެވިގެންވާކަން އެގެއެވެ. އަދި އެއީ ޤިޔާމަތާއި ހަމައަށްދާންދެންވެސް އެއްވެސް ބަދަލުވުމެއް ނުވާ ޤާނޫނެކެވެ. އެއީ ހުރިހާ ޒަމާނަކަށް ފެތޭ ފުރިހަމަ ޤާނޫނެކެވެ. އެހެންކަމުން އިސްލާމީ އަޚްލާޤިއްޔަތުގެ މައިގަނޑު ދެއަސްލަކީ ކީރިތި ޤްރްއާނާއި ސުންނަތެވެ.

އަޚްލާޤިއްޔަތަކީ މީހަކު ކުރާކަމެއް ނުވަތަ އޭނާގެ ސުލޫކީ މިންގަނޑު ޤާނޫނާއި އެއްގޮތަށް ރަގަޅުގޮތަކަށް ހުރުމެވެ. އެހެންކަމުން ސުލޫކަކީ އޭގައި ރަގަޅާއި ނުބައި ހިމެނޭ އެއްޗެއްކަމަށް ބެލެވެއެވެ. އަދި ހަމައެހެންމެ އަޚްލާޤިއްޔަތަކީ ރަގަޅުގޮތްކަމަށް މާނަކުރެވެއެވެ.
އިސްލާމީ އަޚްލާޤިއްޔާތުތައް ތަންޒީމްކޮށްދޭ އަނެއް އަސާސަކީ އިސްނާނުން އުފައްދާ ވަޟަޢީ ޤާނޫނުތަކެވެ. އިސްލާމީ ޤާނޫނުގައި އިންސާނާކުރާ ހުރިހާ ޢަމަލެއް ޞަރީޙަކޮށް އޭގެ ޙުކުމް އައިސްފައި ނެތުމަކީ އެކަށީގެންވާކަމެކެވެ. އެހެންކަމުން އިޖްމާޢާއި ޤިޔާސްއަކީ އިސްލާމީ ޤާނޫނުގެ ތިންވަނަ އަދި ހަތަރުވަނަ މަސްދަރުކަމުގައި ފިޤްހް ޢިލްމްވެރިން ޤަބޫލުކުރައްވައެވެ. ވަޟައީ ޤާނޫނުތަކަކީ ޤްރުއާނާއި ސުންނަތާއި ޚިލާފްނުވާނޭގޮތުގެމަތިން އިންސާނުން އުފައްދާ އެއްޗެއްކަމުން އެއީ ފުރިހަމަ އެއްޗެއްކަމަށް ނުބެލެވޭނެއެވެ. އެއީ އިންސާނާގެ ވިސްނުންއެއީ ފުރިހަމަ އެއްޗަކަށް ނުވާތީއެވެ. ހުރިހާ ވަޞަޢީ ޤާނޫނުތަކެއްވެސް ދެމިއޮންނާނީ އެޤާނޫނެއް ޤްރްއާނާއި ސުންނަތާއި އަދި އެހެން އަސްލުތަކާއި ޚިލާފްނުވާނަމައެވެ.
ހުޅަނގުގެ އަޚްލާޤިއްޔަތު މިއާއި މުޅީން ތަފާތެވެ. އެމީހުންދެކޭގޮތުގައި އަޚްލާޤިއްޔަތަކީ މުޖުމަޢުގެ އުފެއްދުމެކެވެ. އެބައިމީހުންގެ މުޖުތަމަޢުތަކުގެ ނަތީޖާއެކެވެ. ހުރިހާ ކަމެއް ބިނާވެފައިވާނީ އެމީހުންގެ ވިސްނުމުގެ މައްޗަށެވެ. އެމީހުންނަށް ވިސްނޭނީ ރަގަޅަށެވެ. އެއީ ޤާނޫނެވެ. އެއަޚްލާޤިއްޔަކީ ޙުކޫމަތްތެރިކަމަށް ބިނާވެފައިވާ އެއްޗެއްނޫނެވެ. އެހެންކަމުން އެއީ އަބަދުވެސް ބަދަލުކުރަންޖެހިފައިވާ އެއްޗެކެވެ. އެކިޒަމާނާއި އެކިތަންތަނަށް އެއަޚްލާޤިއްޔާތުތައް ތަފާތެވެ. މިސާލަކަށް އެމެރިކާގެ މީހުންގެ އަޚްލާޤިއްޔަތުއެއީ އިންޑިމީހުންގެ އަޚްލާޤިއްޔަތުކަމުގައި ނުހިމެނިދާނެއެވެ.
އެންމެ އިހުގައި މީހުން ދުށީ ޤާނޫނާއި އަޚްލާޤިއްޔަތާއި އެއްވެސް ގުޅުމެއް ނުވާކަމަށެވެ. އެކަން އެހެންވެފައިވަނީ ޤާނޫނާއި އަޚްލާޤިއްޔަތު އެމީހުންގެ މައްޗަށް ހިންގަނީ އެއް އަސާސެއްގެ މަތީގައިކަމަށްވާތީއެވެ. އަސާސްކަމުގައި އެމީހުން ދެކެނީ ހަމައެކަނި ދީނާއި އެމީހުންގެ އާދަތަކެވެ. އާދައަކާއި ޚިލާފަށް ޢަމަލުކުރިޔަސް އަޚްލާޤިއްޔަތުގެ އިމުން ބޭރުވިޔަސް އަދަބުދެވެއެވެ. އޭގެތެރޭގައި އެބައިމީހުންގެ ދީނީ ފިކުރާތުތަކުގެ މައްޗަށް އެކަށައަޅާ އަދަބުތަކާއި ހަމައެހެންމެ އިޖްތިމާޢީ ގޮތުން އަޅާ ހުރަސްތައްވެސް ހިމެނެއެވެ.
މީހުންގެ އިޖްތިމާޢީ ހާލަތުބަދަލުވެ ދުނިޔެއަށް ލޯހުޅުވެން ފެށުމާއި އެކުގައި އިސްވެ ދެންނެވުނު ވިސްނުން ބަދަލުވާންފެށިއެވެ. އަދި ހަމައެހެންމެ ޤާނޫނު އެކަށައަޅާނެ ފަރާތަކަށް އެބައިމީހުން އެއްބަސްވިއެވެ. އެއީ ރަސްގެފާނުކަމަށްވިޔަސް ނުވަތަ ފުރިހަމަ މާނައިގައި ބާރުލިބިގެންވާފަރާތްކަމުގައިވިޔަސް މެއެވެ. އެދުވަސްވަރު ވާންފެށިގޮތަކީ އަޚްލާޤިއްޔަތުގެ މައްޗަށް ޤާނޫނުތައް އެކަށައަޅަން ފެށުމެވެ. ޤާނޫނު އުފެދުނީ އަޚްލާޤިއްޔަތު ތަންފީޒުކުރުމަށެވެ. އަދި އޭގެތެރިން ބައެއްކަންތައްތައް މުޖުތަޢުގެ އިޚްތިޔާރަށް ދޫކޮށްލެވުނެވެ. އެހެންކަމުން އަޚްލާޤިއްޔަތާއި ޤާނޫނު ކަނޑައެޅިބަޔާންވެގެންވާ ފަރާތަކުން އައިކަމުގައިވިޔަސް އެއީ އެކައްޗެއްގެ ގޮތުގައި ނުބެލެވުނެވެ. މިޡާލަކަށް ޢަމަލުކުރުން ލާޒިމް ކަންތައްތައްތަކަކީ އަނެކާގެ ޙައްޤަކަށް ނޭރުމެވެ. އަދި މީހަކަށް ކަމެއްގައި އެހީވުން އެއީ މުޖުތަޢުގެ އިޚްތިޔާރުގައި އޮތް ކަމެކެވެ.
ތަބީޢަތަކީ ޤާނޫނުގެ އަސްލުކަމަށް ދެކެވަޑައިގަންނަވާ ބޭފުޅުން ވިދާޅުވަނީ އިންސާނުން ހަދާޤާނޫނު ރަގަޅުވާނީ އޭގެ މަޞްދަރު ރަގަޅުވެގެންނެވެ. އިޖްތިމާޢީ ޒާވިއާއިން ދެކެވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން ރޮސްކޯ ޕޮންޑް(1964-1870) ވިދާޅުވަނީ ޤާނޫނުގައި އިޖްތިމާޢީ ބޭނުމެއްވެއެވެ. ޤާނޫނުގެ މަޤްޞަދަކީ ޖަމާޢަތެވެ. އެހެންކަމުން ޤާނޫނަކީ ރައްޔިތުންނަށް ކުރިއެރުން ގެނެސްދޭ އެއްޗަކަށް ވާންޖެހޭނެއެވެ. އަދި ޤާނޫނުގެ ބޭނުމަކީ ވީހާވެސް ބޮޑު ފައިދާއެއްނަގައި ޚިޔާލުތަފާތުވުން މަދުކުރުމެވެ. އެހެންކަމުން ހަޢްޤާއި މަޞްލަހަތު ކަނޑައެޅުމުގައި ތިންކަމަކަށް ބަލަންޖެހެއެވެ. އެއީ ފަރުދާއި، ޖަމާޢަތާއި ދައުލަތެވެ.
ޖޯން އޮސްޓިން ގެ ރައުޔުގައި ޤާނޫނާއި އަޚްލާޤިއްޔަތާއި ގުޅުމެއްނެތެވެ. އެދެމެދުގައިވާ ގުޅުން އޮސްޓިން ނަފީކުރެއެވެ. އޮސްޓިންގެ މަޝްހޫރު ނަޞަރިއްޔާތަކީ “އަމުރުގެ ނަޟަރިއްޔާ”އެވެ. ނުވަތަ ކޮމާންޑް ތިޔަރީއެވެ. އޭގައިވާގޮތުން ތިންކަމެއް ފުރިހަމަވާންޖެހެއެވެ. އެއީ އަމުރަކާއި، އަމުރުކުރާފަރާތަކާއި އަދި އަދަބެވެ. މިތިޔަރީގައިވާގޮތުން އަމުރުކުރާފަރާތުން އޭނާ ކުރާ އަމުރަށް ކިޔަމަންވުން ލާޒިމެއްނޫނެވެ. އަދި އަމުރުކުރާފަރާތަކީ ކޮންމެ ހާލަތެއްގައިވެސް ބާރުވެރި ކިޔަމަންކުރެވޭ ފަރާތަކަށްވާންޖެހެއެވެ. އަދި އަމުރަށް ކިޔަމަން ނުވެއްޖެ ނަމަ އަދަބުދެވޭނެއެވެ. އެހެންކަމުން މިނަޞަރިއްޔާތަކީ އެހާ ހަމަޖެހޭ އެއްޗެއްކަމަކަށް ނުބެލެވެއެވެ. މިޒަމާނުގެ ނަޞަރިއްޔާތުތައް ހުންނަނީ ޤާނޫނު ހަދާފަރާތުންވެސް އެމައްޗަށް ލާޒިމްކުރުވާފައެވެ. ޤާނޫނުގެ ވެރިކަން ހިންގޭގޮތަށެވެ.
ޖޯން އޮސްޓިން (1890-1790) ނަޟަރިއްޔާތާއި އެންމެ ގާތްކުރާ ނަޟަރިއްޔާތަކަކީ ޖެރަމީ ބެންތަމްގެ(1832-1748) ނަޟަރިއްޔާތެވެ. ބެންތަމްވެސް ޤާނޫނާއި އަޚްލާޤިއްޔަތާއިދެމެދު ގުޅުމެއްނުވާކަމަށް ވިދާޅުވެއެވެ. ޤާނޫނެއް ޤާނޫނަކަށްވާނީ އެޤާނޫނެއް އުފެދޭގޮތަށް ބަލައިގެންނެވެ. ޤާނޫނެއް އުފެދެންޖެހޭނީ އެކަމުގެ ޙައްޤު ބާރު ލިބިގެންވާ ފަރާތަކުންނެވެ. އަދި ޤާނޫނުގައި އަޚްލާޤީ އެއްވެސް އަސާސެއްވާކަށް ނުޖެހެއެވެ. ބޭނުމަކީ އިންސާނާގެ ޢަމަލުތަކާއި ގުޅުންތައް ހިންގާނެ މަގުދެއްކުމެވެ.
ހާޓް (1992-1907) ދެކެވަޑައިގަންނަވާގޮތުގައި ޤާނޫނެއް ޤާނޫނެއްގެ އަސްލުސިފަ ޖެހުމަށްފަހު ދެން އެއަށް އިންކާރު ކުރެވޭނެ ހަމަ އެއްވެސް ހަމައެއް ނޯންނާނެއެވެ. މާނައަކީ އެއަށް ޢަމަލުކުރަން ލާޒިމްވުމެވެ. ޤާނޫނެއް އަޚްލާޤިއްޔަތާއި ފުށުއަރާނަމަ އެފަދަ އެއްޗެއް ޖެހޭނީ ބަދަލުކުރާށެވެ. އަޚްލާޤީ ގޮތުން ޤާނޫނު ފުރިހަމަ ނުވިޔަސް އެއީ އެއަށް ޢަމަލުކުރުމުން އެއްކިބާވެވޭނެ ހަމައެއްނޫނެވެ. އަދި ހަމައެހެންމެ ޤާނޫނަކީ ކޮންމެތަނެއްގައިވެސް އެއަށް ޢަމަލުކުރަންޖެހޭނެ ޤާނޫނު ވުޖޫދުގައިވާނެ އެއްޗެކެވެ. ބޭނުމަކީ ގިނަބަޔަކަށް އުފާވެރިކަން ހޯދައިދިނުމެވެ.
މާކްސް (1883-1818) ޤަބޫލުކުރާގޮތުގައި ޤާނޫނަކީ މުޖުމަޢެއްގެ މަތީފަންތީގެ މީހުން ނުވަތަ ޣާލިބުން ފައިދާއެއް ނެގުމަށް ބޭނުންކުރާ މަޞްދަރެކެވެ. އަދި ފަޤީރު ފަންތީގެ މީހުންނަށް ނާޖާއިޒްގޮތުގައި މިކަން ބޭނުންކުރަމުން ދެއެވެ. އަދި އެކަމުގެ ނަތީޖާއަކީ ފަޤީރުން ޣާލިބުންގެ މައްޗަށް ބާރުހޯދައި ހުދުމުހުތާރު ވެރިކަމެއް ގެނައުމެވެ. އެހުދުމުހުތާރު ވެރިކަމުގެ ބޭނުމަކީ މުޖުތަމަޢުގެ އެންމެންގެ ހަމަހަމަކަން ޤާއިމްކޮށް އިޤްތިޞާދުގައި ތަފާތުނުކުރުމެވެ.
މިއީ ކުޅުދުއްފުށި.ކޮމް އިން ނަގާފައިވާ ލިޔުމެކެވެ.

Read more...

Sunday 1 November 2009

ހިމަންދޫ ރައްޔިތުންނަށް ނުހައްގުންކުރި އަނިޔާ މިސަރުކާރުން ނުކުރުމަށްއެދި ހިމަންދޫ އޮފީހުން ސަރުކާރުގައި އެދިއްޖެ

ހިމަންދޫ ރައްޔިތުންނަށް ނުހައްގުންކުރި އަނިޔާ މިސަރުކާރުން ނުކުރުމަށްއެދި ހިމަންދޫ އޮފީހުން ސަރުކާރުގައި އެދިއްޖެ
މުޙައްމަދު ޝާން- ހާމަނޫސް
"އާއިލާތަކުން ކުރަމުންގެންދާ ހިތާމަ އެންމެރަގަޅަށް އެނގޭ އެކަކީ އަޅުގަނޑު" ހިމަންދޫ ކައުންސެލަރ މިދިޔަ (މައުމޫނުގެ) ސަރުކާރުން ހިމަންދޫގެ ރައްޔިތުންނަށް ނުހައްގުގައިކުރި އަނިޔާ މިސަރުކާރުން ނުކުރުމަށްއެދި ހިމަންދޫ ރައްޔިތުންގެ ނަމުގައި ހިމަންދޫ އޮފީހުން ސަރުކާރަށް ސިޓީއެއް ފޮނުވައިފިއެވެ. ހިމަންދޫ ކައުންސިލަރ ޢަލީ ނަސީރު ސޮއިކުރައްވައި، މިއޮކްޓޫބަރުމަހުގެ 27 ވަނަދުވަހު މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ.ޢަބްދުލްމަޖީދު ޢަބްދުލްބާރީއަށް ފޮނުއްވާފައިވާ މިސިޓީގެ ކޮޕީއެއް މިނޫހަށްވެސްވަނީ ލިބިފައެވެ.

މިސިޓީގައި ބުނެފައިވަނީ، މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ އެރަށުގެ ޒުވާނުން ލުއިޖަލަކަށްް ބަދަލުކޮށްދީ، އޭގެތެރެއިން ބަލިމީހުން މާލެ ބަންދަށް ނެރެދިނުމަށް ކުރެވެންހުރި ހުރިހާކަމެއް ކޮށްދިނުމަކީ ހިމަންދޫގެ ރައްޔިތުންގެ އެދުމެއް ކަމަށެވެ. އަދި ކޮންމެ ކަމެއްވެސް ވާހަކަ ދައްކައިގެން ހައްލުކުރުމަށް އެދިފައިވެއެވެ.

ކުރީގެ ސަރުކާރުން ސިޔާސީ ބޭނުމަށްޓަކައި އެރަށު ބޮޑުކަތީބު އިބްރާހިމް އަބްދުއްރަހުމާނާއި، އޭނާގެ ކޮއްކޮ، ސުކޫލް އެކްޓިން ޕްރިންސިޕަލް އާދަމް އަބުއްރަހުމާންގެ އެދުމުގެމަތިން ހިމަންދޫގެ ބަސް ޤަބޫލުކުރާ ކިޔަމަންތެރި ގިނައަދަދެއްގެ ޒުވާނުންނަށް އެދިން އަނިޔާ ހިމަންދޫ ރައްޔިތުގެ ނަމުގައިޔާއި ކައުންސިލަރގެ އަމިއްލަ ނަމުގައި ހަރުއަޑުން ކުށްވެރި ކުރާކަމަށްވެސް ސިޓީގައި ބަޔާންކޮށްފައިވެއެވެ. މިމައްސަލައަކީ ވާހަކަ ދައްކައިގެން ހައްލު ކުރެވޭނެ ކަމެއްކަން މިއަނިޔާ ދިނުމުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް މިހާރުވަނީ އެނގިފައި ކަމަށައި، އެރަށުގެ މިމައްސަލައަކީ ވާހަކަ ދައްކައިގެން ހައްލުކުރެވޭނެ މައްސަލައެއްކަން، ދިވެހި އެންމެހާ ރައްޔިތުންނަށް އަންގައި ދެއްވުމަށްވެސް އެދިފައިވެއެވެ.

"މާނިކުފާނެވެ. ވޭތިވެދިޔަ ދިގު މާޒީގައި ޙާއްސަކޮށް މައުމޫން އަބްދުލްޤައްޔޫމް ވެރިކަމުގެ ފަހު ތިންއަހަރުގައި ހިމަންދޫގެ ވަކިއާއިލާއަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ ރައްޔިތުންނަށްވަނީ ވަރަށް ގިނަގުނަ އަނިޔާތަކެއް ދީފައެވެ. ސަބަބަކަށް އޭރުގެ ސަރުކާރުން ބުނަމުންދިޔައީ ވަކިވެގަންނަން އުޅޭތީވެ ކަމަށެވެ. ނަމަވެސް އެކަންތައްތަށް ހައްލުކުރުމަށް އޭރުގެ ސަރުކާރުންވަނީ ނުކުޅެދިފައެވެ. ނުކުޅެދިފައިވާ އެސަރުކާރުން އެއްވެސް ވާހަކައެއް ދެއްކުމެއްނެތި، ކޮންމެ ރަމަޟާންމަހަކު ހިމަންދޫއަށް ރާއްޖޭގެ ސަލާމަތީ ބާރުތަށް ފޮނުވައިގެން، ސިޔާސީ ބޭނުމަކަށް، މިރަށު ބޮޑުކަތީބު އިބްރާހިމް އަބްދުލްރަޙްމާންއާއި، ސުކޫލްގެ އެކްޓިން ޕްރިންސިޕަލް އާދަމް އަބުއްރަހުމާންއާއި ދެބެއިން ނުރުހުންވެގެން އިނގިލި ދިއްކޮލި ކޮންމެމީހަކު ދިޔައީ ހިފާ ހައްޔަރު ކުރަމުންނެވެ.

މަނިކުފާނެވެ. އޭރުގެ ސަރުކާރުން ވަނީ ހިމަންދޫގެ ގިނަ ޒުވާނުންތަކެއް ހައްޔަރުކޮށް އެބައިމީހުންގެ އަބިންނާއި މުސްކުޅިމައިންނާއި ޅަދަރިންނާއި ވަކިކޮށްދޫނިދޫގެ ކުޑަގޮޅީގައި 2 މަސް ނުވަތަ 3 މަސްދުވަހުގެ މުއްދަތަކަށް ބައިތިއްބާފައެވެ. އެއިރުގެ ސަރުކާރުން ހިންގި ޕޮރޮޕްގެންޑާގެދަށުން އެންމެފަހުން ނިންމީ އެއިރުގެ ސަރުކާރަށް ސަޕޯޓްނުކުރާ ހުރިހާ ފިރެހެނުން ޖަލަށްލައި، މިބައި މީހުންގެ އަބިންނާއި މައިންގެ އައުރަތަށް ބަލައި ފޮޓޯނެގުމަށެވެ. އެގޮތުން 2007 ވަނައަހަރުގެ ރަމަޟާންމަހުގައި އެއިރުގެ ސަރުކާރުން ކަންތައްކުރީ ހަމަ އެބީދައިންނެވެ.

މަނިކުފާނެވެ. ގިނައަދަދެއްގެ އާއިލާތަކުން ކުރަމުންގެންދާ ހިތާމަ އެންމެ ރަގަޅަށް އެނގޭ އެކަކީ އަޅުގަނޑެވެ. މިއަދު ހިމަންދޫ ގިނަ އަދަދެއްގެ އާއިލާތަކުން، އެތަކެއް މައިންނާއި ބަފައިން މުސްކުޅިވިދުވަހު، އެބައިމީހުންގެ ދަރިންނާއި ދޭތެރޭގައި ވިސްނާ، އެދަނީ ހަލާކުވަމުންނެވެ. ސުކޫލަށްދާ އުމުރުގެ އެތައް ކުދިންނެއް ދަނީ އެކުދިންގެ ބައްޕަ ފެންނާނެ ދުވަހަކަށް އިންތިޒާރު ކުރަމުންނެވެ. އެތަކެއް އަބިންނެއްދަނީ އެމީހުންގެ ފިރިންނާއި ނުލައި، ބިކަހާލުގައި ދަރިންކޮޅު ބަލަމުންނެވެ. މާތް ﷲ ގަންދީ ބުނަމެވެ. މިއީ، އެއިރުގެ ސަރުކާރުން ހިންގި ވަރަށްބޮޑު އިންސާނިއްޔަތާ ޚިލާފު ޖަރީމާއެކެވެ." ހިމަންދޫ ކައުންސިލަރ ފޮނުވި ސިޓީގައި ބަޔާންކޮށްފައިވެއެވެ.

މިސިޓީގައި، ހިމަންދޫގެ ޙާލަތު ބައްލަވައި، އެރަށުގެ މައްސަލަ ޙައްލުކުރެއްވުމަށް ޚާއްޞަކޮށް އިސްލާމިކް އެފެއަރޒް މިނިސްޓްރީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ތަޢުރީފް ކުރައްވާފައިވެއެވެ. "ޙާއްސަކޮށް ވަޒީރު ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ ސްޓޭޓް މިނިސްޓަރ އައްޝައިޙު މުޙައްމަދު ޝަހީމް އަލީ ސައީދުއާއި އުތުރު ޕުރޮވިންސްގެ ވެރިކަން އިސްނަގައިން މިރަށަށް ޒިއާރަތްކޮށް މިރަށުގެ ހާލަތު ލޮލުން ބަލައި، މިރަށުގެ މައްސަލަ ހައްލުކުރުމަށް ކުރެވެންއޮތް މަސައްކަތްދަނީ ކުރަމުންނެވެ. ތިޔަބޭފުޅުންގެ އަމިއްލަ މަސައްކަތްތަކޭ އެއްގޮތަށް ރޭނިދިނުދިދާ މިރަށުގެ ދީނީ އެއްބައިވަނަތަކަމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއްދަނީ ކުރަމުންކަން އަލުގަނޑު ޤަބޫލުކުރަމެވެ. ޚާއްސަކޮށް އައްޝައިހް މުޙައްމަދު ޝަހިމް އަލީ ޝައީދު އަޅުގަނޑާއި ފޯނުން ގުޅުއްވައިގެން ރަށުގެ ހާލަތު ނުބަލާ ދުވަހެއް ނުދެއެވެ. އެކުރައްވާ ބުރަ މަސައްކަތްތަކުގެ ފޮނިމީރުކަން މިހާރު ދަނީ ފެންނަމުންނެވެ." ސިޓީގައި ބަޔާންކޮށްފައިވެއެވެ.

ނަތީޖާއެއްގެގޮތުން، ވަކި ޖަމާއަތްތައް ހަދައިގެން އުޅުނު މީހުންގެ 98 އިންސައްތަ މީހުން މިހާރުވަނީ އެރަށުގެ މަސްޖިދުލް އުލާގައި ނަމާދުކުރަން ފަށާފައި ކަމަށާއި، މިއީ، އިސްލާމިކް މިނިސްޓްރީން އެއްވެސް ހަމަނުޖެހުމެއް ނުހިންގާ ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ. "މިފަހަކަށްއައިސް ބައެއް މުއައްސަސާތަކުން މީޑިޔާގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒު ބަދުނާމުކޮށް، ދީނީ އެއްބައިވަންތަކަމަށް މަސައްކަތް ނުކުރެއޭ ކިޔާފައި އެދައްކާ ވާހަކަތައް އަޅުގަނޑުގެ ރަށުގެ ރައްޔިތުން ކުށްވެރިކުރަމެވެ." ހިމަންދޫ ރައްޔިތުންގެ ނަމުގައި ކައުންސިލަރ ފޮނުއްވި ސިޓީގައި ބަޔާންކޮށްފައިވެއެވެ.: ނޯޓް: މިއީ ހާމަނޫހުން ނަކަލުކޮށްފައިވާ ލިޔުމެއް.

Read more...